ޑރ. ފައުޗީ ވާހަކަ ދައްކަވާ އިރު ޓްރަމްޕް އަޑު އައްސަވަނީ. --ފޮޓޯ:އޭއެފްޕީ
19 އޮކްޓޯބަރ 2020 - 23:40
ވޮޝިންޓަން (އޮކްޓޯބަރު 19) - އެތައް ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދަވާފައިވާ އެމެރިކާ ސަރުކާރު އެންމެ އިސް އެއް ސައެންސްވެރިޔާ އެންތަނީ ފައުޗީ އަކީ "ގަމާރު" ބޭފުޅެއްގެ ގޮތުގައި ރައީސް ޑޮނަލްޑް ޓްރަމްޕް ސިފަ ކުރައްވައިފި އެވެ.
ވައިޓް ހައުސްގެ ކޮރޯނާވައިރަސް ޓާސްކް ފޯހުގެ އިސް މެންބަރު ފައުޗީ އަކީ ކޮރޯނާވައިރަހާ ގުޅިގެން ޓްރަމްޕުގެ ފާޑުކިޔުން އެންމެ ބޮޑަށް އަމާޒުވާ އެއްބޭފުޅާ އެވެ.
"ކޮވިޑްއާ ހެދި މީހުން ވަރުބަލިވެއްޖެ. މީހުން މިހާރު ބުނަން ފަށައިފި ހުރިހާ ކަމެއް ވެސް އެ މީހުންނަށް ދޫކޮށްލުމަށް. ފައުޗީ އާއި މި ހުރިހާ ގަމާރުންގެ ވާހަކަތައް އަޑު އަހަން މީހުން މިހާރު ފޫހިވެއްޖެ،" ކެމްޕޭން ޓީމަށް ކުރެއްވި ފޯން ކޯލެއްގައި ޓްރަމްޕް ވިދާޅުވި އެވެ.
އުމުރުން 79 އަހަރުގެ ފައުޗީ އަށް އިޝާރާތް ކުރައްވައި ޓްރަމްޕް ވިދާޅުވީ "އޭނާ މިތާނގައި އުޅޭތާ 500 އަހަރު ވެއްޖެ" ކަމަށެވެ.
އެމެރިކާގެ ނޭޝަނަލް އިންސްޓްޓިއުޓް އޮފް އެލާޖީސް އެންޑް އިންފެކްޝަސް ޑިޒީޒްގެ އެންމެ އިސްވެރިޔާގެ ގޮތުން ފައުޗީ ކުރައްވަމުން ގެންދަވާ މަސައްކަތް މުޅި ދުނިޔެ ބަލައިގަނެ އެވެ.
"ފައުޗީގެ ބަސް އަހައިގެން ކަންތައްކޮށްފި ނަމަ، އެމެރިކާއިން މިހާރު ހަތް ލައްކަ ނޫނީ އަށް ލައްކަ މީހުން މަރުވެއްޖައީސް،" ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ މި ފާޑުކިޔުން އައިސްފައި ވަނީ ކޮރޯނާވައިރަހާ ގުޅޭ ގޮތުން ފައުޗީ ދެއްކެވި ވާހަކަތަކުގެ ބައެއް އެޑިޓްކޮށްގެން ޓްރަމްޕުގެ ކެމްޕޭނުން ހެދި ވީޑިއޯ އިޝްތިހާރަށް ފައުޗީ ނުރުހުން ފާޅުކޮށްފައި ވަނިކޮށެވެ.
"އަޅުގަނޑުގެ 50 އަހަރުގެ ސަރުކާރުގެ ޚިދުމަތުގައި މިހާތަނަށް ފާޅުގައި އަޅުގަނޑު ނުވާނެ އެއްވެސް ކެންޑިޑޭޓަކަށް ތާއީދުކޮށްފައެއް،" ފައުޗީ ނެރުއްވި ބަޔާނުގައި ބުނެފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މުލޭ
20 October 2020
ތިމާ ނޫން އެންމެން ގަމާރުންނަށް ހަދައިގެން އުޅުނަސް، އެހެން އެންމެންނަށް އެނގޭ އަސްލު ގަމާރަކީ ކާކުކަން.
ޙަބީބު
20 October 2020
ތިޔަޓުރަންޕުތީ ދެވަނަ އަންނި
ޑިމޮކްރަސީ
20 October 2020
މިއަށްވުރެ ގަމާރުވެރިޔަކު ހިޔެއްނުވެ މިދުނިޔޭގަ އުޅެހެނެއް
މާލްދީފް
20 October 2020
އަދި އުޅޭނެ އޭގެ އެކަކު މިގައުމު މަޖިލީހުގަވެސް.. ނަން ނުބުންޏަސް އެންމެނަށް އިނގޭނެ.. ?
މަކީޓާ
26 October 2020
އެންމެ ގަމާރު މީހަކީ ކައި ކައި ބަނޑު ފަޅައިގެންދާއިރުވެސް ކާން ހުއްޓާލަން ނޭގުނު މީހާ.
ރަބަރު
20 October 2020
ގަމާރީ ކާކުކަން މުޅި ދުނިޔެއަށް އެނގޭ.
އިދުރީސްބެ
26 October 2020
އާނ، އެއީ ކައި ކައި ނުފުރިގެން އުޅެނިކޮށް ބަނޑު ފަޅައިގެން ދިޔަމީހާ.
ހަމަ ބުއްދި
20 October 2020
ތިމާ މީހާގެ ގަމާރު ކަން ވެސް ގަމާރުން ނަކަށް ނޭގޭނެ އެވެ.