މާލެ: ނޮވެމްބަރު 22، 2019- އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި، މަޑުއްވަރީ ދާއިރާގެ މެމްބަރު، ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް ވާހަކަ ދައްކަވަނީ.---ފޮޓޯ: ހުސައިން ވަހީދު/މިހާރު
20 އޮކްޓޯބަރ 2020 - 19:30
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް ތަހުގީގުކޮށް ދައުވާ ކުރުމަށް އޭސީސީން ޕީޖީ އަށް ފޮނުވުމުން، ދައުވާނުކުރަން ނިންމާފައި ވަނީ އެކަމުގައި ހިމެނޭ ބައެއް ފޮރުވުމަށް ކަމަށާއި ޕީޖީ އޮފީހުން ދައްކަނީ ހުސް ބަހަނާ ކަމަށް ބުނެ އިދިކޮޅުން ޕީޖީގެ ނިންމުމަށް މިއަދު ފާޑުކިޔައިިފި އެވެ.
އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވީ ވެންޓިލޭޓަރާ ގުޅޭ ކަންތައްތަކުގައި ގިނަ ބައެއް ޝާމިލްވުން އޮތް ކަމަށާއި އޭސީސީ އާއި އޮޑިޓާ ޖެނެރަލް އޮފީހުން ވެސް މައްސަލަ ބަލައި ދައުވާއަށް ހުށަހެޅުމުން ވެސް މައްސަލަ އޮއްބައިލަން މަސައްކަތް ކުރާތީ ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ.
އޭނާ ވިދާޅުވީ ކޮރަޕްޝަނާ ދެކޮޅު ކަމަށް ބުނެ ކެމްޕޭން ކުރުމަށް ފަހު، މި ސަރުކާރަށް އެފަދަ ބޮޑު ކޮރަޕްޝަނަކަށް ފިޔަވަޅު ނޭޅުނު ކަމަށާއި އޭގެ ބަދަލުގައި ކުރަނީ އެކަމުގައި ޝާމިލްވާ މީހުން ފޮރުވުމުގެ މަސައްކަތް ކަމަށެވެ.
"ވެންޓިލޭޓަރު މައްސަލައިގައި އަޅުގަނޑުމެންނަށް އެބަ ގަބޫލުކުރެވޭ ސަރުކާރުގެ ވަކި ސިޔާސަތެއް އެބަ ގެންގުޅޭ ކަން މިކަމުގައި ޝާމިލްވާ ބައެއް މީހުން ހިމާޔަތް ކޮށްދިނުމާއި އަދި ހާއްސަ ގޮތެއްގައި ސަރުކާރު ހިންގާ ކޯލިޝަނުގައި ހިމެނޭ އެހެން ފަރާތްތަކާ މެދުގައި ނޭއްގާނީ ގޮތްތަކެއް ގެންގުޅުން ވެސް" އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވި ގޮތުގައި މިކަމުގައި ދެ ވަޒީރުންގެ ބައިވެރިވުން ހިމެނެ އެވެ. އެގޮތުން ފައިސާ ދޫކޮށްފައި ވަނީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރުގެ އެންގެވުމަކަށް ކަން ފާހަގަކުރެއްވި އެވެ. ނަމަވެސް ތަހުގީގުތަކުގައި ހަމައެކަނި ހެލްތު މިނިސްޓަރު އަމީންގެ ނަން ހިމަނާފައިވާއިރު މިއިން އެއްވެސް ކަމަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެއްޗެއް ވިދާޅުނުވުމަކީ ކޮރަޕްޝަން ނުހުއްޓުވޭ ކަމުގެ ހެއްކެއް ކަމަށް ވެސް ވިދާޅުވި އެވެ.
އަމީންގެ މައްޗަށް ދައުވާނުކުރުމަށް ނިންމި ނިންމުމާ ގުޅިގެން އާދަމް ޝަރީފް ވިދާޅުވީ، އިދިކޮޅު ބޭފުޅެއްގެ މައްސަލައެއް ނަމަ ވަރަށް އަވަހަށް ދައުވާ ކުރާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ މައްސަލަތަކުގައި ޕީޖީން ދައްކަނީ ބަހަނާ ކަމަށެވެ.
އޭނާ ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ މިފަދަ ބޮޑު މައްސަލައެއްގައި ސަރުކާރުގެ އިސް ބޭފުޅުން އަދި ވަކިން ހާއްސަކޮށް ވަޒީރުން ހިމެނޭ އިރު ގިނަ ދުވަސްތަކެއް ވާއިރު އަދިވެސް އެއްވެސް ބޭފުޅަކަށް ފިޔަވަޅު ނޭޅި އެންމެން ވެސް ވަޒީފާގައި ތިބުމުން މި ސަރުކާރު ކޮރަޕްޝަން ހުއްޓުވުމުގައި ވަނީ ފެއިލް ވެފަ އެވެ.
ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތް ކަމަށެވެ. ޖުމްލަ 12 ތުހުމަތެއް ކޮށްފައިވާއިރު ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ މިނިސްޓަރު އަމީނާއި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސްމަދު
21 October 2020
ބިޝާމު އެޅިހާބަތަކަށް ރިހަވެގެން ޔާމީން ވިދާލުވާހާކަމެއް ކުރާހެން އެންމެނެއް ނުކުރާނެ.
ހަސަނު
21 October 2020
މީ އެބޭފުޅުން ސަރުކާރުގެ ދުވަސްވަރު ނަމަ ބުނާނެ ހުދު އަނބި މީހާވެސް އަހާ ނުލައޭ ވެންޓިލެޓަރު ލާރިއަށް ހެދި ގޮތެއް...
ޟިތްރަތުލް މުންތަހާ
20 October 2020
ކަލޭމެން ކުރިވައްކަންވެސް އަހަރުމެން ދައްކަންވީ އެއީ ބަހަނާއެއްކަމަށް ތަ ؟
ކުރިއަށް
20 October 2020
ޕީޖީ ޝަމީމު ކޮރަޕްޝަން ދައުލަތުން ހުއްޓުވަން މަސައްކަތް ކުރާނަމަ އޭސީސީން ފޮނުވި މައްސަލަ ތައް އަނބުރާ ދައުވާ ނުކުރެވޭނެއޭ ބުނެ ނުފޮނުވާނެއޭ އޭނާ ސަބަބެއް ކަމަށް ދައްކަނީ އެއީ ޖިނާއީ ދައުވާ ކުރެވޭނެ ކޭސް ތަކެއް ނޫނޭ ކޮރަޕްޝަން ކޭސް ތަކަކީ އެއީ ޖިނާއީ ކޭސް ތަކެއް ނޫނޭ އެއީ މަދަނީ ކޭސް ތަކެކޭ އެކޭސް ތައް ދައުވާ ކުރަން ކޯޓް ތަކަށް ނުފޮނުވެންވީ އެއްވެސް ގޮތެއް ނެތޭ ޕީޖީ ކަމުން ޝަމީމް ވަކިކުރުމުގެ ކަންކަަން ބާރަށް ކުރިއަށް ގެންދަންވީއޭ ކުރިއަށް ބާރަށް
ރަބަރު
20 October 2020
އިދިކޮޅޭބުނުމުގެ މާނައަކީ ހުރިހާކަމެއްގައި އިދިކޮޅު ދެއްކުންކަމަށް ހީކުރެވޭހެން ހާދަ ހީވެއޭ. މިހާރު އެހުރީ ގާނޫނުތައް ވަރަށް ރަނގަޅަށް އެނގޭ ޕީޖީއެއް.
މަދަނީ އަބްދުﷲ
20 October 2020
ޕީޖީއަކަށް މަގޭ އިތުބާރެއް މިހާަކު ނެތް. ޕީޖީ އިސްތިއުފާ.
އިސްތިއުފާއޭ
20 October 2020
ޕީޖީގެ މަގާމުން ޝަމީމް އިސްތިއުފާ ދޭންވީއޭ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ ޝަމީމް އިސްތިއުފާ