ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
20 އޮކްޓޯބަރ 2020 - 21:18
ހދ. ކުޅުދުއްފުށީގައި ކޮވިޑް-19ގެ ލޯކަލް ޓްރާސްމިޝަނެއް އޮތް ކަމަށް އިއުލާންކޮށް، އެ ރަށަށް ހާއްސަ ކޮށްގެން ޓާސްކް ފޯހެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު އުފައްދަވައިފި އެވެ.
އެޗްޕީއޭއިން ނެރުނު ބަޔާނެއްގައި ބުނީ ކުޅުދުއްފުށީގައި ކޮވިޑް-19 ފެތުރުމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބަލައި، އެ ރަށަށް ހާއްސަ ކޮށްގެން ޓާސްކް ފޯހެއް އެކުލަވައިލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމެވުމާ ގުޅިގެން، އެކަމުގެ އަމަލީ މަސައްކަތް ނައިބު ރައީސް ފައިސަލް ނަސީމް ފައްޓަވާފައިވާ ކަމަށެވެ.
ހާއްސަ ޓީމު އެކުލަވާލައި، އެ ޓީމާ މިއަދު ހެނދުނު ނައިބު ރައީސް ބައްދަލުކުރެއްވި ކަމަށް އެޗްޕީއޭ އިން ބުނެ އެވެ.
ކުޅުދުއްފުއްޓަކީ 70،000 މީހުން ހިމެނޭ އިގުތިސޯދީ ހަބެއްކަން ފާހަގަކުރައްވައި، އެ ސަރަހައްދުގެ އިގުތިސޯދީ އަދި އިޖުތިމާއީ މިުހިންމު ކަންކަމަށް ބުރޫ ނާރާނެހެން މަސައްކަތްތައް ކުރިއަށް ގެންދިއުމަށް ނައިބު ރައީސް އިލްތިމާސް ކުރެއްވި ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
މިހާރުގެ ހާލަތަށް ބަލައި އަޅަމުންދާ ފިޔަވަޅުތަކާ އެކު، ރައްޔިތުންނަށް އެއްވެސް ދައްޗެއް ނެތި ކަންކަން ކުރިއަށް ގެންދެވޭނެ ކަމުގެ ޔަގީންކަން ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ޓާސްކް ފޯހުގެ ބޭފުޅުން ދެއްވާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. މިހާރު އަޅާފައިވާ ފިޔަވަޅުތަކުގެ ތަފުސީލް ސިޓީ ކައުންސިލުން ހިއްސާކުރި ކަމަށް ވެސް ބަޔާނުގައި ވެ އެވެ.
ކުޅުދުއްފުއްޓަށް ފޮނުވާ ހާއްސަ ޓާސްކް ފޯސް ޓީމުގައި އެޗްއީއޯސީގެ ފަންނީ މީހުން ވެސް ހިމަނާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކުޅުދުއްފުއްޓަށް ދިޔަ ފުލުހަކު ކޮވިޑް-19އަށް ޕޮޒިޓިވްވެ އެ ރަށް އެންމެ ފުރަތަމަ މޮނިޓަރިން އަށް ލާފައި ވަނީ މި މަހުގެ ފަހެއްގަ އެވެ. އެ ކޭސްއާ ގުޅިގެން އެ ސިޓީން 15 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައި ވެ އެވެ. އޭގެ ތެރެއިން ދެ މީހަކު ޕޮޒިޓިވްވީ އެ ކޭސްއާ ޑައިރެކްޓް ކޮންޓެކްޓު ނުވެ، އެކަމަކު ބައްދަލުވެފައިވާ މީހުންގެ ސާމްޕަލް ނެގުމުގެ ތެރެއިން މިދިޔަ ހުކުރު ދުވަހު އެވެ.
އެ ދެކޭސް އާ ގުޅިގެން ބެލި ބެލުމުން އިތުރު މީހަކު ކޮވިޑަށް ޕޮޒިޓިވްވެ، އެ ސިޓީ އަނެއްކާ ވެސް މޮނިޓަރިން އަށް ލާފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ކުޅުދުއްފުށީގައި ކޮވިޑުގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތްކަން އެޗްޕީއޭ އިން އިއުލާންކޮށްފައި ވަނީ އިއްޔެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރަށްވެހި
21 October 2020
އަނެއްކަވެސް އަހަރެމެސް ތިބެންވީ ކުޅުދުއްފުެއްޓަށް މި އަންނަ ޙާއްސަ ޓީމުގެ ކޮންޓެކްޓް ޓްރޭސިން ހަދައި އެމީހުން ދިޔަތަނަކާއި ކުރިކަމެއް ބަލަން. މިމީހުން ކުޅުދުއްފުއްޓަށް ގޮސްގެން ވަކި އިތުރައް ކުރަން އޮންނާނީ ކޮން ކަމެއްބާވައޭ މި ހިތައް އަރަނީ.
H.R ވެހި
21 October 2020
ހެލްތު މިނިސްޓަރުކަމަށް ފައިނަގާ ނާގާބިލް ސާހު މާހިރު ފައުޖަކާއެކު ކުޅުދުއްފުއްޓަށް މިޔަދު ދަނީ މިވާ ބޮޑުވަބާއެއް
ލައުރާ
21 October 2020
ކޮޗިން ފެރީ އައިދުވަހު މާލެ އޭރިޔާއިން މި ކަން މޮނިޓަރ ކުރުމައް އައިމީހުން ހުއްދަނެތި ސަރުކާރުގެ އިހުމާލުން ހާއްސަ ހުއްދައޭ ކިޔާފަ އަރާ މިރައް ސްޕޮއިލް ކޮއްލީ ވަރައްދެރަ
އައިސާާ
20 October 2020
އަނެއްކާ ވެސް ހާއްސަ ހުއްދަ ބާ.ބިރުބޮޑު
އޭނާ
20 October 2020
ހަޑި ހޭވުމުގެއް ބަދަލުގައި ކޮވިޑުކަންތަކާ އުޅޭނެކަމައް އުންމީދުކުރަން!