ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި ޕީޖީ އާއި އޭސީސީގެ މެމްބަރުން: ވެންޓިލޭޓަރު މައްސަލަ ރިވިއުކޮށްދޭން އޭސީސީން ވަނީ ޕީޖީގައި އެދިފައި. --ފޮޓޯ: އަހްމަދު އައުޝަން/މިހާރު
25 އޮކްޓޯބަރ 2020 - 20:08
ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި ދައުވާ ނުކުރަން ޕްރޮސިކިއުޓަ ޖެނެރަލް ހުސެއިން ޝަމީމް ނިންމެވި ނިންމެވުން އަލުން މުރާޖައާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން މިއަދު އެދިއްޖެ އެވެ.
މިގޮތަށް އެދުނުކަން ފިޔަވައި އޭސީސީގެ މީޑިއާ އޮފިޝަލް ހަސަން މަނިކު އިތުރު ތަފްސީލެއް މިރޭ ނުދެއްވަ އެވެ.
ވެންޓިލޭޓަރުގެ މައްސަލައިގެ ތަހުގީގަށް ފަހު، އޭސީސީން ޕީޖީގައި އެދުނީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީންއާ އެކު 11 މީހެއްގެ މައްޗަށް ދައުވާކޮށްދޭށެވެ. އެއީ، ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމާއި ޑެޕިއުޓީ މިނިސްޓަރު ނިޝާމާ މުހައްމަދާއި ޑެޕިއުޓީ މިނިސްޓަރު ޝިޔާމާ މުހައްމަދާއި ޑިރެކްޓަރު ނައުޝާދު އަލީ އާއި ބިޑް ކޮމިޓީ މެމްބަރު އާމިނަތު ޝައުފާ އާއި އެސިސްޓެންޓް ޑިރެކްޓަރު ފާތުމަތު ލިމްޔާ އާއި ލީގަލް އޮފިސަރު އަލީ ޝިހާމާއި އެސިސްޓެންޓް ޑައިރެކްޓަރު އަބްދުﷲ ހަފީޒާއި އެސިސްޓެންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރު ހުސައިން ނިޔާޒެވެ.
އޭސީސީން އެދުނު ގޮތަށް ދައުވާނުކޮށް މައްސަލަ އަނބުރާ ފޮނުވާލެއްވީ، ޕީޖީ ޝަމީމް ވިދާޅުވެފައިވާ ގޮތުގައި، އޭރު ހުށަހަޅާފައިވާ މައުލޫމާތުތަކުގައި ކޯޓެއްގައި ސާބިތުކުރެވޭ ވަރުގެ ހެކި ނެތުމުންނެވެ. ތަފާތު 12 ތުހުމަތެއް އޭސީސީން ކޮށްފައިވާއިރު، އޭގައި ހުރީ ޕީޖީ ސިފަކުރެއްވި ގޮތުގައި، އިދާރީ މައްސަލަތަކެވެ.
ޝަމީމް ވިދާޅުވި ގޮތުގައި، ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ މިނިސްޓަރު އަމީނާއި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަމަށް ޕީޖީ ވިދާޅުވެފައިވެ އެވެ.
އެކަމަކު އޭސީސީން މި ވާހަކަ ދޮގުކުރެ އެވެ.
އެ ކޮމިޝަނުން ބުނެފައިވާ ގޮތުގައި، ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ އެވެ.
ވެންޓިލޭޓަރު މައްސަލައިގައި، އޮޑިޓު ރިޕޯޓުގައި ފާހަގަކޮށްފައި ހުރި ގޯސްތައް ހިނގި ކަން ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި ތަހުގީގަށް ފަހު ނެރުނު ރިޕޯޓުގައި ވެސް ހިމަނާފައިވެ އެވެ.
އޭގެ ތެރޭގައި، ވެންޓިލޭޓަރު ހޯދަން ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތީސް މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި އެއްބަސްވުމެއް ނެތި އަދި މާލިއްޔަތު ގަވާއިދާ ޚިލާފަށް އެޑްވާންސް ޕޭމަންޓުގެ ގޮތުގައި އެއްބަސްވުމުގެ 90 ޕަސެންޓް، 30 މިލިއަން ރުފިޔާ ދިނުން ހިމެނެ އެވެ. އެޑްވާންސް ފައިސާ ދެއްކީ އޭސީސީން ބުނެފައިވާ ގޮތުގައި، އެގްޒެކިއުޓާސް އިން 65 މެކޭނިކަލް ވެންޓިލޭޓަރާއި 10 ޕޯޓަބަލް ވެންޓިލޭޓަރު ނުލިބެނީސް އެ ތަކެތި ލިބިފައިވާ ކަމަށް ސެޕް ސިސްޓަމުން "ގުޑްސް ރިސީވްޑް" ކަމަށް ދައްކައިގެންނެވެ. އޭރު އެގްޒެކިއުޓާސްއާ އެކު އެއްބަސްވުމުގައި ސޮއެއް ވެސް ނުކުރެ އެވެ.
އެގްޒެކިއުޓާސްއާ އެކު ސޮއިކުރީ، އެޕްރީލް، 2 ގައި ކަމަށް ހެލްތު މިނިސްޓްރީގެ ލިޔުންތަކުގައި ވިޔަސް ފައިނަލް އެއްބަސްވުމުގައި އެގްޒެކިއުޓާސް އިން ސޮއިކޮށް ހެލްތަށް ފޮނުވީ، އެޕްރީލް، 16، 2020 ގައި ކަމަށް އޭސީސީގެ ރިޕޯޓުގައިވެ އެވެ. އެގްޒެކިއުޓާސްއަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ކަމަށް ބުނާ ވާހަކަ ވެސް އޭސީސީން ވަނީ ދޮގުކޮށްފަ އެވެ.
އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން ހެލްތު މިނިސްޓްރީއަށް ނުދެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެންޓިލޭޓަރ
26 October 2020
ފައިސާ ދެއްކި ވެންޓިލޭޓަރުތަކެއް ނުލިބިގެން ޒުވާން ހެލްތް މިނިސްޓަރެއް މަގާމުން ދުރުވާން މަޖްބޫރުކުރުވާފަ ދެން އެމަގާމަށް ގެނައީ ކޮވިޑްގައި އާއްމުކޮށް ވެންޓިލޭޓަރ ބޭނުންވާ އުމުރުގެ ބޭފުޅެއް. އެކަމު އެއުމުރުގައިވެސް އެބޭފުޅާގެ ސިއްހަތު ރަގަޅުކަމުން މިގައުމަށް ނުލިބިގެން އުޅޭ ވެންޓިލޭޓަރުތައް ގެނައުމަށް އިތުރު މަސައްކަތެއްކުރާނެތޯ ސުވާލު އުފެދޭ. ކުރީގެ މިނިސްޓަރު ފަހާ ދުވާވަރާ އެއްވަރަށް ވެންޓިލޭޓަރުތައް ލިބޭތޯ މަސައްކަތްކުރާކަމާމެދު ސުވާލު އުފެދޭ
ައަފުރާސިޔާބު
26 October 2020
ހެހެ. އަދުލު އިންސާފު މެކުހަށް ޖަހާފައި. ޕްރޮސިކިއުޓަރ ޖެނެރަލަކީ ރައްޔިތުންނާ ދެކޮޅަށް ނުކުންނަ މީހެއް ނޫންކަން މިގަމާރުންނަކަށް ނޭގޭދޯ؟ އެއީ އަދުލު އިންސާފުގެ ރޮގުން ރައްޔިތުންނާ އަދި ސަރުކާރަށް ހަމަހަމަ ކޮށް މަސައްކަތްކުރަން ގާނޫނުން އިސްކުރާ މީހެއް. އެއީ ނަޝީދު ބޭނުންމީހަކަށް ނުވަތަ އޭސީސީން ބޭނުންވާ މީހަކު ޖަލަށް ލާން ކޯޓަށް ކަންކަން ގެންދާ ޕޯސްޓްމަނެއްނޫން. މަޖިލީހުގައި ތިބޭނެ ނަޝީދުގެ ބޯއީން. އެމީހުން ކޯޓަށް ސިޓީދީފައި ފޮނުވަންވީނުން.
ފަހުދު
25 October 2020
ދިވެހި ރައްޔިތުން ގުބޯ ހެއްދިއްޖެ ކަމަށް ހިތާ ކެރަފާ އާއިލާއަށް މަގާމު ހޯދައި ދެވިއްޖެއެއްނު. ދެންވެސް ނަޝީދު ނުވޭތަ އެ ސޮރު ދޫކޮށްލަން؟ ބޮޑަށް ހީވަނީ މި ރާއްޖޭ ކޮވިޑް މަންޑޭލާ އަމީންގެ ކުށަކީ މާ ބޮޑަށް ރައްޔިތުން ބަލައިގަތުންހެން
މުސްތޮޮ
25 October 2020
ޝަމީމެއް ތިކަމެއް ނުކުރާނެ. ކޮށްފިއްޔާ ޝަމީމްގެ އަގު ވެއްޓިގެންދާނީ ޕީޖީ އޮފީހުގައި ތިބި ވަކީލުން ކުރިމަތީގައި. އަދި ކިއެއްތަ، މުޅި ރާއްޖޭ ވަކީލުންގެ ދަފްތަރުގައި ތިބި ހުރިހާ ވަކީލުން ކުރިމަތީ. އިންސާފު ގާއިމު ކޮށްދޭނަމޭ ކިޔާ ހަތް ހުވާ ކޮށްގެން އަންނަ މީހުންވެސް މި ޖެހެނީ ބޭނުން މީހަކަށް ބޭނުން އިރަކު ސިޔާސީ ދައުވާ އުފުލަދޭންތަ؟ ޝަމީމްއަކީ ބިޝާމްއެއް ނޫނޭ
ައަފުރާސިޔާބު
26 October 2020
ޝަމީމަކީ ދެއުޅިއެއްނުވާ މީހެއްނޫން. މަޖިލީހުން ބުނާގޮތަކަށް މައްސަލަތައް ކޯޓަށް ވައްދަން. މަޖިލީހުގައި ތިބި ބޯއީންގެ ނިންމުންވެސް ކުރިން ތިބި ބޯއީންނަށް ވީގޮތަށް ނިމިގެންދާނީ. ޝަމީމަކީ ނަފުސު ވިއްކާލާނޭ މީހެއްނޫން. ނިކަން ގަޓް ހުންނާނެ. އޭނާ ބޭރުކޮށްފައިނޫނީ ބޯއީން ބޭނުންވާ މީހުން ޝަރީއަތަށް ހުށަނުހެޅޭނެ. ހެއްކާއި ގަރީނާގެ މައްޗަށް މިހާރުގެ ޕީޖީ ދައުވާކުރާނީ. އިންޓެލިޖެންސް ރިޕޯޓަކަށް ދައުވާއެއް ނުކުރާނެ އިގޭތޯ ބޯއީސް.
ހަސަންގެފުތާ
25 October 2020
މިދެން ނުނިމުމު ޑްރާމާއެއް ދޯ. މިހާރު އެބަޔަގީންވޭ ތިއޮތީ ތިކަމުގެ ތެރެއަށް ސިޔާސީ ނުފޫޒު ވަދެފަކަން. ޝިފާގެ ވާހަކައެއް ނުދައްކާ، ފެނަކަ ސައީދުގެ ވާހަކައެއް މިދައްކާ. ހަމައެކަނި މިޑްޜާމާ ރިޕީޓް އަޅުވާލަ އަޅުވާލަ
ވާނުވާ އޭސީސީ
25 October 2020
ކިހާ ދެރަކަމެއް މި ދެން. އޭސީސީގައި ތިބީ ހަމަ ބޯ ހަމަ ނުޖެހޭ ކުދިންކޮޅެއްތަ؟ ރިވިއު ކުރަން ފޮނުވާއިރު އެއްވެސް އާ ހެއްކެއް ފެނުނުތަ؟ ޕީޖީ އެ ބުނަނީ ކޮރަޕްޝަންގެ އުންސުރުތައް ފުރިހަމަވާ ވަރަށް ހެއްކެއް ނެތޭ، ހުރީ އިދާރީ އުނި އިތުރުތަކޭ.
ައަފުރާސިޔާބު
26 October 2020
ކަނޑުކޮހުންނަށް އެބާވަތުގެ ވަޒީފާތައް ލިބުނީމާ އުޅޭނީ ބަތްކައްކާ ކުޅޭގޮތަށް. އެތާތިބި ބައިގަނޑަކަށް ނޭގޭ ހެކިފެނުނަންސް އަހާލާކަށް ތީ ހެކިތޯ؟ އެމީހުންނަށް ހީވަނީ ވާހަކައެއް ލިޔެލާފައި ފޮނުވީމާ ޕީޖީ ޝަމީމު ދައުވާ ކުރަން ފޮނުވާނޭ ކަމަށް.
ސަމީމު
25 October 2020
އޮޑިޓް އޮފީހުން ބުނަނީ ކޮރަޕްޝަން ހިންގާފައޭ. އޭސީސީން ބުނަނީ ކޮރަޕްޝަން ހިންގާފައޭ. މަޖިލިސް މެންބަރުން ބުނަނީ ކޮރަޕްޝަން އިންތިހާއޭ. ހަބަރު ކިޔައި ކޮމެންޓްކުރާ އެންމެނަށް ކޮރަޕްޝަން އޮތްކަން އެބަ އެނގޭ. އެކަން ކުރި މީހާވެސް އެބަ ބުނޭ ދެން ތިބި މީހުން ފަޅާއަރުވާލާނަމޭ. މިވަރުން ޕީޖީ އަށް ކޮރަޕްޝަން ނުފެންނަންޏާ އިތުބާރު ނެތްކަން ނަގަންވީ ޕީޖީ. ނުވަތަ މާ ގިނަ ދުވަހު ކުށްވެރިންގެ ވަކީލަކަށް އުޅުނީމައި އެއަތަށް މާ ބޮޑަށް ޖެހެވިފައިތޯ؟
12231
25 October 2020
ބުނީ ބުނީ ކިޔާފަ ހުކުމެއް ނުކުރެވޭނެ ދޯ. އޭސީސީ އިން އޭތި ރިވިއު ކުރަން އެދޭ އިރުވެސް އާހެއްކެއް ނުދައްކާ. ޖެހޭނެދޯ މީހަކަށް ހުކުމް ކުރާއިރު ދެއްކެން މިއޮތީ ގަސްތުގައި ނުބައި ހަދާ ފައިދާ ލިބިގެންފަ ކަން
13221
26 October 2020
ޔާމީނަށް ހުކުމްކުރި އިރުވެސް ފައިދާއެއްވި ކަމެއް ނުދެއްކުނު. އެކަމު އެއޮތީ ހުކުމްކޮށް ނިންމާލާފައި.
1984
26 October 2020
ކޮން ޔާމީނެކޭ މި ކިޔަނީ ރައްޔިތުން އޮޅުވާލަން. ޕީޖީ އޮފީހުގެ ވަކީލުން ޔާމީނާ ދެކޮޅަށް ކޯޓަށް ދިޔައީ އެސްއޯއެފް ކުންފުނިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ އެއް މިލިއަން ޑޮލަރުގެ ހެއްކާއެކީ. މި މައްސަލަ އުފުން ކުރުވުއިރު ކޯޗެއް އަމީންއާ ދެކޮޅަށް އޮތީ؟ ދިވެހި ރައްޔިތުންގެ ހައްގުގައި 24 ގަޑިއިރު ކުރި މަސައްކަތް ފިޔަވައި އިތުރު އެއްޗެއް ނެތް!
ނުބެލޭނަމަކަނޑާލާ
25 October 2020
ވެންޓިލޭޓަރުގެ މައްސަލައިގައި ޕީޖީގެ ނިންމުން ރިވިއުކޮށްދޭން އެދިއްޖެ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ އޭސީސީން ޕީޖީ އަށް ފޮނުވި ވެންޓިލޭޓަރު ދަ ބިގް ކޮރަޕްޝަން ކޭސް އަކީ އެއީ ޕީޖީ އަށް ނުބެލި ދޫކޮށްލެވޭނެ ކޭހެއް ނޫނޭ ޕީޖީ ނުޖެހޭނެއޭ ވިދާޅުވާން އެކޭސް ޖިނާއީ ކުށަކަށް ނުވާތީވެ އެކޭސް އަނބުރާ އޭސީސީ އަށް ފޮނުވާލަން ޖެހޭނެ ކަމަށް އޭސީސީން އެކަނި ތަހްގީގް ކުރާ ހުރިހާ ކޭސް ތައް ފެތޭނީ އެއީ މަދަނީ ކޭސް ތަކަށޭ މަދަނީ ކޭސް ތައް ބެލޭނެއޭ ޕީޖީ އަށް ޕީޖީއަށް
ސިރިސޭނާ
25 October 2020
ޕީޖީއާ ޖެހުނީމަ އެނގިއްޖެދޯ ތި ބޮޑު ކޮށްލެވުނީ އެއްވެސް ކަމަކަށް ނުވާ އެއްޗެއްކަން. ދެންވެސް މި ގައުމުގައި އުޅޭ ސިޔާސީ ޖާހިލުންގެ ތައްޕާހުގައި ނުހޭކި މިނިވަންކަމާއެކީ ވިސްނަން ދަސްކުރޭ
123456789
25 October 2020
ޕީޖީ އިސްތިއުފާ. ކިހިނެއް ތިވަރުގެ މީހުން ޕީޖީކަން ކުރާނީ.
ޢިބޫ
25 October 2020
ދެން މިހާރު ޕީޖީ އެ ގޯސްވީ ތުހުމަތެއް އުފަންކޮށް އެއަށް ހެކި އުފަން ނުކުރެވުނަސް ދައުވާ ނުކޮށްގެން. ނަންވާނީ ޔާމީނު. ހަމަ އެއްކަމެއް މި ކުރަނީ ކޮންމެ ބަޔަކު ފޮށާގެ ކުލަ ބަދަލު ކޮށްގެން.