ޝަޒައިލް: އޭނާ ސަސްޕެންޑްކޮށްފައި ހުންނަތާ އަހަރަކަށް ވުރެން ގިނަ ދުވަސްވެއްޖެ. --ފޮޓޯ/މިހާރު
27 އޮކްޓޯބަރ 2020 - 11:41
ކޮރަޕްޝަންގެ މައްސަލައެއްގެ ތުހުމަތާ އެކު މޯލްޑިވް ގޭހުގެ މެނޭޖިން ޑިރެކްޓަރު ޝަޒައިލް ޝިޔާމް ސަސްޕެންޑް ކޮށްފައި ހުންނަތާ އަހަރަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ.
ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގެ ތަހުގީގު އޭސީސީން ފަށައި އޭނާގެ ބަޔާން ވެސް ވަނީ ނަގައިފަ އެވެ. އެކަމަކު މިހާތަނަށް އެއްވެސް އިދާރާއަކުން އެންގުމެއް އަންގާފައި ނުވާ ކަމަށް ވިދާޅުވި އެވެ.
ޝަޒައިލަށް ތުހުމަތުކުރާ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަ ޕްރައިސަސް (އެސްއޯއީ) ކޮމިޓީ އަށް ހާޒިރުކޮށް، ސުވާލުކުރި އެވެ. އެއީ، މޯލްޑިވް ގޭހަށް އަގުބޮޑުކޮށް ގޭސް ގަންނަ ކަމަށް ބުނެ މީހަކު ހުށަހަޅާފައިވާ ޝަކުވާއަކާ ގުޅިގެންނެވެ.
ކޮރަޕްޝަންގެ ތުހުމަތުކުރިއަސް އެފަދަ އެއްވެސް ކަމެއް ކުރައްވާފައި ނޯންނާނެ ކަމަށް ޝަޒައިލް ވަނީ ވިދާޅުވެފަ އެވެ.
ޝަޒައިލް ވަނީ 2013 ވަނަ އަހަރު ކޫއްޑޫ ފިޝަރީޒްގެ ޗެއާމަންކަން ކުރައްވައިފަ އެވެ. އަދި ފިޝަރީޒް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުކަން ކުރެއްވި އެވެ. އޭޕްރީލް 12، 2017 ވަނަ ދުވަހު މަގާމުން ވަކިކުރެއްވިއިރު އޭނާ ހުންނެވީ ޓޫރިޒަމް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށެވެ. އޭނާ އެ މަގާމުން ވަކިކުރެއްވީ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ތާއީދުކުރެއްވުން ހުއްޓާލައްވައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފެކްޝަނާ ގުޅިވަޑައިގަތުމުންނެވެ. އޭނާ މަގާމަށް ވަޑައިގަތީ އެމްއާރުއެމްގެ ސްލޮޓެއްގަ އެވެ.
ޝަޒައިލަށް ތުހުމަތުކުރި ފަދަ މަގާމުގެ ނުފޫޒު ނާޖާއިޒު ގޮތުގައި ބޭނުން ކުރެއްވުމުގެ ތުހުމަތު ގްރޭޓާ މާލެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ރަޝީދު (އިބޫ) އަށް ވެސް ވަނީ ކޮށްފަ އެވެ. ތިލަފުށި ފަޅުތެރޭގައި އޮތް ބޯޓެއް ނެގުން، ޕާކަވަން ކުންފުންޏާ ހަވާލުކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް ބުނެ ހުށަހަޅާފައިވާ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ން އަންނަނީ ތަހުގީގު ކުރަމުންނެވެ.
މި ބޯޓު ނެގުން، ދައުލަތަށް ގެއްލުންވާ ގޮތަށް ބަޔަކާ ހަވާލުކުރި ކަމަށް ބުނާ މައްސަލަ އެސްއޯއީ ކޮމިޓީން ވެސް ވަނީ ބަލައިފަ އެވެ. ކޮމިޓީން ނިންމާފައި ވަނީ ބޯޓް ނައްތާލުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ދީފައިނުވާ އިރު ގަވައިދާ ހިލާފަށް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބޫ އަމަލުކުރައްވާފައިވާ ކަމަށެވެ. އެ މައްސަލަ ބަލައި އިހުމާލު ވެފައިވާ ފަރާތްތަކާ މެދު ފިޔަވަޅު އެޅުމަށް ޕީސީބީ އާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ފިނޭންސް މިނިސްޓްރީ އަށް އެންގުމަށް ވެސް ކޮމިޓީން ވަނީ ނިންމައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޒަލީފް ތާރިޤް
28 October 2020
ޓްރާންސްޕޭރަންސީ ޝިއުނާ އަށް ހިއުމަންރައިޓްސް އަކީ ކޯއްޗެއްކަން އެނގެނީ ކިހާވަރަކަށްބާ؟؟
ދެލޯ
28 October 2020
މަކަރާއި ހީލަތަކީ ބަފައި ފުށުގެ ޑީއެން އޭ ގުޅިފައިވާ ކަ މެއް. ކިއްލި ވިއްކަން ހަވާލުކުރާކަންވެ ހެޔޮ ނުވާނެ.
ގްރޭންޑް ލުޓޭރޭ
28 October 2020
ތިގޮވީ އަތަކަށްވެސް ނޫން، އަނގަޔަށް. ޒީރޯ ޓޮލަރެންސް އެއީ މަކަރާ ހީލަތުގެ ޓޫލެއް. މިސަރުކާރުގާ ވައްކަން ކޮށް ބަދަލުދީފިއޭ ރާއްޖޭގަ 40 އަހަރު ލޫޓުވާ ވައްކަން ނުކުރާ ވަރަށް. އެތަނުން ވަޅެއް މިތަނުން ފާރެއް ރާނާ ތަރައްގީ އޭ ކިޔާން ލަދެއް ނުގަނޭތަ؟
ާއުނިމާ
27 October 2020
ބަރާބަރަށް މުސާރަލިބެންޏާ އެ ނިމުނީތާ
އަރުވާލި އާދަނުގެ ސިޔާސީ ހާސަރު
27 October 2020
12 މަސްދުވަސް ދެއްތޮ. ތިޔަ ކުރައައްވާ ތުހުމަތުގެ ކަން ކަން ހިގީ ހަނދުގަ ނޫނީ މާސްގަތޯ ؟ އާތް އަށް ތިޔަ ތުހުމަތު ގެނެސް ބަލާ ހެދުމަށް 12މަސް ދުވަސް. ކަވި އުދަގޫ އަތުން މާޖެހުން ކަހަލަ ކަމެއް ދެއްތޮ. ތިނޯހެއްގެ ފަގައިިން ޖަމަލު ވަދެ ނުކުތުމަށް ޖަމަލެއް 12 މަސް ވަންދެން މަސައްކަތް ކުރި ނަމަ އެސޮރުވެސް 12މަހިގެ ކުރިން އެކަން ކުރީސް.
ފަށަވަރުކކކ
27 October 2020
ތިގޮލާ ވައްކަންކުރީމަ ވެސް މުސާރަދޭން ޖެހެނީތަ ނުޖެހޭދޭކަށް، މައްސަލަބަލާފަ ހައްގު ވާއަދަބުދޭންޖެހޭ ލަސްވެސްވްޖެ މަގާމެއްލިބުނީމަ މިގައުމުގަ އޮންނަނީ ވައްކަންކޮށްލުން މިގައުމު ބައްޓަންކޮށްފައި އޮތީދިގުވެރިކަމެއްކުރިބޭފުޅާ ބޭނުންފުޅުވިގޮތަށް އިގޭތޯ، ކޮބާތޯ މިގައުމުނޫނީ މިފެންވަރަށް ވައްކަންކޮށްލާފަ ހިންދެމިގެން ކޮންމެ މީހަކުވެސް ހަމަޖެހިލާގެން އުޅޭ އެހެންގައުމެއް.
ހަކީމް
27 October 2020
މިވޭތިވިއަހަރު އޭނަ މުސާރަ ނަގާފައިވާނަމަ ، އިބޫ ސޯލިހު ގެ މުސާރައިން އެދަދަށް ވާވާރު ކަނޑައި ދައުލަތަށް ޖަމާކޮއްދިނުން އެދެން. ރަށްޔިތުންގެ ލާރި މިގޮތަށް ބޭކާރަށް ތަޅާތަޅާކަށް ނޫން ވޯޓު ދިނީކީ ...
އެހެންދޯ
27 October 2020
މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައި މުސާރަ ނުލިބޭ ގޮތަށް އޭނާ ސަސްޕެންޑްކުރީ، ރައީސް އޮފީހުން ހުޅުވާލާފައިވާ "ޒީރޯ ޓޮލެރެންސް ޓު ދަ ކޮރަޕްޝަން" އަށް ލިބިފައިވާ ސީރިއަސް ޝަކުވާތަކަކާ ގުޅިގެންނެވެ. ކުޑަކޮށް ކިޔާލައިގެން އުޅެބަލަ. ލިޔެފައޮތް އެއްޗެއް ނުކިޔާ ކެކިގަނނޭ އެބަ. ސިއްހަތަށްވެސް ބަލާލަބަލަ
ޝަމީމް އަލީ
27 October 2020
މީގެ ކުރިންވެސް މީނާ ސަރުކާރުގެ މަޤާމުތަކުގަ އުޅުނުކަމަށްވާއިރު، ކުރިން މިކަހަލަ އަމަލެއް ހިންގާފައިނުވާކަމީ، މިއީ ޙަޤީޤަތެއް ކަމާމެދު ޝައްކު.
ލަކީން
27 October 2020
ކޮބާތަ އިންސާފު؟ އަންނި ބުނި ފައްޔާޒަކީ ޚިޔާނާތް ތެރިއެކޭ، އޭސީސީން މައްސަލަ ބަލަންވާނޭ، ފެނަކާގެ ބޮޑު ޚިޔާނާތުގެ 21 މައްސަލަ ކޮބާތޯ؟
ާއުނިމާ
27 October 2020
ކޮބާ މާމިގީ އިބޫ ވަކިކުރެވިއްޖެތަ؟ އެމްޑީޕީ ވީމާ އޯކޭ ވާނެދޯ
ބިމުކިލާ
27 October 2020
އެއްޑީޕީ އާއި ކުލަޔާ ފިކުރު ދިމާނުވާތީ 360 ދުވަސް ސަސްޕެން ޝަނުގައި. ކުށެއް ކުރީކީ ނޫން ކުށެއް ސާބިތު ވީކީ ނޫން. މައްސަލައެއް ބަލާ ނިމުނީކީ ނޫން. މީއީ ބޮޑުވަރު.