27 އޮކްޓޯބަރ 2020 - 18:41
ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ހިއްސާ އޮންނަ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސްދޯނި އެ ދޯނީގެ ވެރިފަރާތާ ހަވާލުކުރަން ލ. ގަމު މެޖިސްޓްރޭޓްކޯޓުން ނެރުނު އަމުރަކީ އެ ދޯނި ހިފެހެއްޓުމުގައި އަމަލުކޮށްފައިވާ ގޮތް ދިފާއުކުރަން ނެރުނު އަމުރެއް ކަަމަށް ތުހުމަތުކޮށް، ޖާބިރު އެ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަަން (ޖޭއެސްސީ) އަށް ހުށަހަޅުއްވައިފި އެވެ.
ޖޭއެސްސީގެ ރައީސް ހިސާން ހުސައިން އަށް ޖާބިރު މިއަދު ފޮނުއްވި ސިޓީއެއްގައި ވިދާޅުވީ ލ. ގަމު ތުނޑި އިހުރާމް، އިދުރީސް ހުސައިންގެ އަތުން ގަނެފައިވާ ދޯނި "ފަސްކުރި" އިދުރީސްއާ ހަވާލުކުރަން ގަމު ކޯޓުން ނެރުނު ވަގުތީ އަމުރަކީ މަދަނީ މައްސަލަތަކުގައި ކޯޓުތަކުން އަމުރު ނެރޭ އުސޫލާ ހިލާފަށް ނެރުނު އަމުރެއް ކަމަށެވެ. އެގޮތުން ދޯނި ހަވާލުކުރުމުގެ އަމުރު ނެރެދިނީ އެ އަމުރާ ގުޅޭ ދައުވާ އަަށް ޖަވާބު ދިނުމުގެ ފުރުސަތު ވެސް ރިޗްކްލަަބް މޯލްޑިވްސް އަށް ނުދީ ކަމަށް ސިޓީގައި ޖާބިރު ވިދާޅުވި އެވެ.
އޭނާ ވިދާޅުވެފައިވާ ގޮތުގައި ދޯނި ގަތުމަށް އިދުރީސްއާ އެކު ވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް، ފައިސާ ނުދައްކައިގެން ދޯނި އަތުލާ ނަމަ އަތުލަން ޖެހޭނީ ވެސް ޝަރީއަތުންނެވެ. އެކަމަކު ދޯނި އަތުލީ ޓެރަރިޒަމް ނުވަތަ ކަނޑު ފޭރުން ކަަމަށް ބެލެވޭ ފަދަ ގޮތަކަށް ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.
ދޯނި އަތުލުމުގައި އަމަލުކުރި ގޮތް ތަހުގީގުކޮށްދިނުން އެދި ޖާބިރު ވަނީ ފުލުހުންނަށް ވެސް މައްސަލަ ހުށަހަޅުއްވައިފަ އެވެ. އެ މައްސަލަ ހުށަހަޅުއްވާފައިވާކަން ވެސްް ޖޭއެސްސީ އަށް ފޮނުއްވި ސިޓީގައި ޖާބިރު ބަޔާންކުރެއްވި އެވެ.
ލ. ގަމު މެޖިސްޓްރޭޓް ކޯޓާ ގުޅޭ ގޮތުން ޖާބިރު މިފަދަ މައްސަލައެއް ހުށަހެޅުއްވި އިރު އެ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ފައްތާހު އަބްދުލް ޣަފޫރުގެ ސުލޫކީ މައްސަލައެއް ބަލަން ޖޭއެސްސީން ނިންމާފައިވާ ކަމަށް އެ ކޮމިޝަނުން މިއަދު ބުންޏެވެ. އެ ކޮމިޝަނުން ބުނީ އޭނާގެ މައްސަލައެއް ބަލަނީ ބަންދުގެ މުއްދަތާ މެދު ގޮތް ނިންމުމުގެ މައްސަލައެއްގައި ގާނޫނާ ހިލާފަށް އަމަލުކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ކަމަށެވެ. އެ މައްސަލަަ ބަލަން ނިންމީ މި މަހު 14 ވަނަ ދުވަހު ކޮމިޝަނުން ބޭއްވި މައްސަލައެއްގަ އެވެ.
އެނގިފައިވާ ގޮތުގައި މީގެ ދެ އަހަރު ކުރިން "ފަސްކުރި" ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ، ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން މިހާތަނަށް ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. އެކަމަކު ރިޗްކްލަބް މޯލްޑިވްސްގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޖާބިރު އެ ވާހަކަތައް ދޮގުކުރައްވަ އެވެ.
ދޯންޏަށް ފައިސާ ނުދައްކާތީ އެ އުޅަނދު އަތުލަން ކަމަށް ބުނެ، ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮއްވައި ކަތިވަޅި އާއި ދަގަނޑު ހިފައިގެން ބަޔަކު ވަނީ މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެ އުޅަނދަށް އަރައިފަ އެވެ. އެ މައްސަލައާ ގުޅިގެން ތިން މީހަކު ރޭ ހައްޔަރުކޮށްފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރާސްތާ
28 October 2020
މިސަރުކާރުގައިވެސް ޖުޑިޝަރީގެ މިނިވަންކަމާމެދު ވަރަށްބޮޑަށް ސުވާލު އުފެދޭ. މަޖްލިސް މެމްބަރެއް ބޭނުންވާ ގޮތަށް ނޫންގޮތަކަށް ކޯޓަކުން ޙުކުމެއް ކޮށްފިނަމަ އެވީ މެޖިސްޓްރޭޓްގެ މަޤާމުން ދުރުކުރަން. މިނޫން ދުވަހެއް އޮތްކަން ހަނދާން ހުރިހެނެއް ހިޔެއްނުވޭ އެއްވެސް މަޖްލިސް މެމްބަރަކަށްވެސް. ވަރަށް ސަލާމް
ކޮރަސް
30 October 2020
ތިވާހަކަ އަށް ތާއީދު. އެކަމަކު، ޝަރީޢަތުން ދޯނި ހަވާލުކުރަން އަމުރު ނެރުނުގޮތް ވެސް ގޯސް. ދެންއޮތީ ދޯނި އަތުލިގޮތް. އެގޮތްވެސް ގޯސް. އެހެންވީމާ، ޖާބިރުމެން ގަދަވާ ކަހަލަ ގޮތަކަށް މި ކަން މިދިޔައީ. މިއަށްވުރެ ބޯބަހައްޓައިގެން ޖާބިރުމެން ފަދަ މީހުންނާ ޑީލް ކުރާނީ. ގޯހެއް އޮތްނަމަ ކޯޓުންވެސް ވިން ކުރަން ފަސޭހަވާނެ. ދެން. ޖުޑީޝަރީޢަތް އަތްބޭނޭތީ، މިސަރުކާރުންވެސް ބޭނުންވަނީ އަތްބާނަން.
ޒިންދަގީ
28 October 2020
ފަނޑިޔާރާއި އޮޑިވެރިމީހާގެ ދުވަސްދިޔައީ. ޖާބިރަށް އޮޑިވެސް ލިބޭނެ.. މީ ޖަޒީރާ ރާއްޖޭގެ އިންސާފުގެ ދަތުރު. މިދަތުރުގަ ތިންބާރު އޮންނާނީ އެއްކޮން.
ހަމަ ބުއްދި
28 October 2020
އިސްތިއުނާފުގެ ކުރިން އިޖްރާއަތު ބޮޑުތަނުން ގޯސް ކަމަކަށް ޖޭއެސްސީ އިން ނިންމާގެނެއް ނުވާނެއެވެ.
ހަސަނު
27 October 2020
މައްސަލަ އިސްތިއުނާފު ކުރަން ޖެހެނީ މަތީ މަރުހަލާގެ ކޯޓަކަށް. ޖޭއެސްސީ އަކަށް ނޫން..
ކަކުނިބޯ
27 October 2020
ބަލަ ޖާބިރު ބުނީ އޭނަގަނެފައޮތް ދޯންޔެއް ނޯންނާނޭ އެހެންތާ ބުނާނީ ރިޗް ކުލަބްކައިރީ އެހިނަމަތާ ދެން އެގޭނީވެސް ބައެއްއިރަށް އޭނަގެ އަގައިން ނިކުންނާނީ ރިޗްކުލަބުގެ އަޑު އަނެއްބައިރުއިރަށް އޭނަގެ އަގައިން ނިކުންނާނީ އިއްޒަތްތެރި މެންބަރުގެއަޑު އަނެއްބައިއިރުއިރަށް މާމޮޅުވިޔަފާރިވެރިއެއްގެއަޑު
އަފުން
27 October 2020
އަބުދުﷲ ޖާބިރުއާ ވިޔަފާރީގެ މުއާމަލާތެއް ހިންގާނީ މޮޔައެއް. އެއްބަސްވުމަށް ދުވަހަކުވެސް އިހްތިރާމެއް ނުކުރާނެ. ދައުލަތަށް ދައްކަން ޖެހޭ ތައް މިލިޔަންފައިސާއެއް ނުދައްކާ އެ ހިފަހައްޓަނީ. ވެރިކަން ބަދަލުކުރަން ޚަރަދު ކުރީތީ މިއަދުގެ ސަރުކާރުން ޖާބިރުގެ އެއްވެސް މައްސަލައެއް ކޯޓަކަށް ނުފޮނުވާ. މިއީ އިންސާފު.
ޖައްބާރު
27 October 2020
އެ ގޮތަށް އެކަމުގައި އަދުލު އިންސާފު ލިބެން އޮތީ.. އެ ނޫން އެހެން ގޮތެއް ނެތީ..
ހަމަ ބުއްދި
27 October 2020
ތޯރިޤުގެ އަސްލު ބޭނުމަކީ އިބޫ ސޯލިހު އާއި އަންނި އާއި އެމްޑީޕީގެ ބަހާއި އަމަލާ ދިމާނުވާ ކަމާއި ވައިދަކީ އެމްޑީޕީ އަށް އަގެއް ނެތް އެއްޗެއް ކަން އަންގާ ދިނުމެވެ. ކިތެއްމެހާ ފުރިހަމައަކަށް ވެސް އެކަން އެގިއްޖެ އެވެ. ޝުކުރިއްޔާ ޓޮމް
ލޭބޯ
27 October 2020
އެކަމަކި ރޭ ސަންގު ޓީވީގައި ޖާބިރި ބުނި ތިމަންނަ ދޯންޏެއް ގަނެފައެއް ނުވާނެ އެވެ.މިތިބީ ކޮންކަހަލަ އިންސާނިނެއްތޭ؟ އިސްލާމުން ތޭ؟
ފުރަތަމަ ޖާ-ބިރު
27 October 2020
ފުރަތަމަ ފޭރުނީ ޖާބިރު އެވެ.