ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި ޣައްސާން މިރޭ ބައިވެރިވެވަޑައިގަންނަވަނީ. --ޓުވިޓާ ފޮޓޯ: މެމްބަރު އަހްމަދު ނިހާން
31 އޮކްޓޯބަރ 2016 - 22:41
ރައީސް އަބްދުﷲ ޔާމީން ފެކްޝަނާއި ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފެކްޝަނުން މިރޭ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން ބޭއްވިއިރު، އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުމުގައި މައުމޫންގެ ދަރިކަލުން މުހައްމަދު ޣައްސާން މައުމޫން ބައިވެރިވެވަޑައިގެންފި އެވެ.
ރައީސް ޔާމީން ރިޔާސަތު ބެލެހެއްޓެވި ކައުންސިލް ބައްދަލުވުން ދަރުބާރުގޭގައި ކުރިއަށް ގެންދިޔައިރު މައުމޫންގެ ބައްދަލުވުން އޮތީ އެންދެރިމާގޭގެ އެވެ. ކައުންސިލް ބައްދަލުވުމުގައި، ރައީސް އޮފީހުގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޣައްސާން އިންނަވަނިކޮށް، ޔާމީން ފެކްޝަނުން ވަނީ ފޮޓޯ އާއްމުކޮށްފަ އެވެ.
ޕީޕީއެމް ދެ ފަޅިކޮށް، ވަކިވަކިން ކައުންސިލް ބާއްވަމުންދާއިރު، މީގެކުރިން ދެ ކައުންސިލްގެ ބައްދަލުވުންތަކުގައި ވެސް ޣައްސާން ބައިވެރިވެވަޑައިގަންނަވަ އެވެ. އެހެންވެ ބައްޕާފުޅާއި ބޭބޭފުޅުގެ ހިޔާލު ތަފާތުވުންތަކުގައި، އޭނާ ހުންނެވީ ކޮން ފަޅިއެއްގައިތޯ ގިނަ ބަޔަކު ސުވާލު އުފެއްދި އެވެ.
މައުމޫން ފެކްޝަނުން ޕީޕީއެމް އޮފީހުގައި ބޭއްވި ކައުންސިލް ބައްދަލުވުމެއް ނިންމާލުމަށްފަހު ޕީޕީއެމްގެ ރައީސް މައުމޫން، ނިކުމެވަޑައިގަންނަވާއިރު ޣައްސާން އަރިހުގައި.-- ފޮޓޯ: މުހައްމަދު ޝަރުހާން/މިހާރު
އެއްބަނޑު އެއްބަފާ އެހެން ބޭފުޅުން، ބައްޕާފުޅާ އެކު ކައުންސިލް ބައްދަލުވުމުގައި މިރޭ ބައިވެރިވެވަޑައިގެންނެވިއިރު ޣައްސާން މި އަމަލުކުރެއްވި ގޮތުން އޭނާ ހުންނެވީ ރައީސް ޔާމީން ފަޅީގައި ކަމަށް ބެލެވިދާނެ އެވެ. އެއީ އެއް ވަގުތެއްގައި ކައުންސިލް ބައްދަލުވުން އޮއްވައި، ޔާމީން ފެކްޝަނަކަށް ވަޑައިގަތުމުންނެވެ.
އެކަމަކު ޕާޓީގައި އުފެދިެގެން އުޅޭ މައްސަލާގައި ޣައްސާން ވިސްނުން ގެންގުޅުއްވާ ގޮތެއް މިހާތަނަށް އޭނާ ރަސްމީކޮށް ހާމަކުރައްވާފައެއް ނުވެ އެވެ.
ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާންކުރެއްވި ހަފުލާގައި ވެސް އޭނާ ބައިވެރިވެވަޑައިގެންނެވި އެވެ. ޕާޓީގެ ފަސް ވަނަ އަހަރީ ޖަލްސާ ޕީޕީއެމް އޮފީހުގައި ބާއްވަން ޖާގަ ނުދީ، ފުލުހުން ލައްވައި ހުރަސްއެޅުމުގެ ކަންބޮޑުވުން ފާޅުކުރައްވައި މައުމޫން ވާހަކަފުޅު ދެއްކެވިއިރު އެމަނިކުފާނުގެ ކައުންސިލަށް ނިސްބަތްވެވަޑައިގަންނަވާ ހުރިހާ މެމްބަރުން އަރިހުގައި ތިއްބެވި ނަމަވެސް ޣައްސާން އިންނެވީ މަންމާފުޅު، ނަސްރީނާ އިބްރާހީމާ އެކު ދުރުގައި އައްޑުއައްސަވާށެވެ.
ރައީސް ޔާމީނަށް ކުރައްވާ ތާއީދު އަނބުރާ ގެންދެވިކަން މައުމޫން އިއުލާން ކުރެއްވިތާ ކުޑަ އިރުކޮޅެއްގެ ތެރޭގައި ޣައްސާން ވަނީ އެތަނުން ނިކުމެވަޑައިގެންފަ އެވެ.
ޕީޕީއެމްގެ ފަސް ވަނަ އަހަރީ ދުވަހު ކޭކު ފެޅުމުގެ ރަސްމިއްޔާތުގައި މައުމޫން ބައިވެރިވެވަޑައިގަންނަވާއިރު ކައުންސިލް މެމްބަރުން އަރިހުގައި: --ފޮޓޯ: މުހައްމަދު ޝަރުހާން
މައުމޫން ފެކްޝަނުގެ ބައެއް ބޭފުޅުން ކުރިން ވިދާޅުވެފައިވާ ގޮތުގައި ޣައްސާން ވިސްނުން ގެންގުޅުއްވަނީ ސިޔާސީ ގޮތުން ކުރިއަށް ވަޑައިގަތުމަށެވެ. ސިޔާސީ ގޮތުން ޣައްސާންގެ ނިންމެވުންތަކާ މެދު އާއިލާ އިން ސުވާލުކޮށެއް ނުހަދާ ކަަމަށް ވެ އެވެ.
ޕީޕީއެމް ދެ ފަޅިކޮށް ހިންގަން ފެށި ފަހުން، ދަރުބާރުގޭޣައި ބޭއްވި ހަފުލާއެއްގައި ޣައްސާނަކީ ސިޔާސީ މުސްތަގުބަލެއް އޮތް ބޭފުޅެއް ކަމަށް ވިދާޅުވެ އޭނާ އަށް ރައީސް ޔާމީން ވަނީ ވަރަށް ބޮޑަށް ތައުރީފް ކުރައްވައިފަ އެވެ. ދެން އެންމެ އަވަހަށް އޮންނަ މަޖިލިސް އިންތިހާބުގައި "ކޮންމެވެސް ރަނގަޅު ދާއިރާއަކުން ޣައްސާން މަޖިލީހަށް އެތެރެ ކުރާނަން" ކަމަށް ވެސް ރައީސް ޔާމީން ވިދާޅުވި އެވެ. އެމަނިކުފާނު އެގޮތަށް ވިދާޅުވުމާ އެކު، ތުލުސްދޫ ދާއިރާ އަށް ޣައްސާން ހޮވުމުގެ ކެމްޕޭން، ރައީސް ޔާމީން ފެކްޝަނުން ވަނީ ފަށައިފަ އެވެ. ސޯޝަލް މީޑިއާގައި އެ ކެމްޕޭން ކުރިއަށް އެބަގެންދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތުއްތޮންބެ
03 November 2016
ޣައްސާން ނޫނަސް ނޫޙު އަލައިހިއްސަލާމް ގެ ދަރިކަލުންވެސް ހުންނެވީ ބައްޕާފުޅާ ދެކޮޅު މީހުންނާއެކުގައެވެ. ދުނިޔޭގައި ތިޔަފަދަ ކިތަންމެ ޣައްސާނެއް އުޅެއެވެ. ތިޔައީ އާކަމެއްނޫނެވެ.
ޕޕ
01 November 2016
ސިޔާސީ ކުރިމަގޭ ކިޔައިގެން ގައްސާނުގެ ބޯކަނީ.... މިފަހަރު ގައްސާނު ވަރުގަދަ ބޮނޑިއެއް ބޯނެ... މައިންބަފައިންނަށްވުރެ ތިމާއަށް ހެޔޮއެދޭ ދެވަނަ ފަރާތެއް ނުހުންނާނެ... ދިވެހި އެންމެ އާދައިގެ ސޮރައްވެސް ޔާމީން ދަަސްވިއިރު ގައްސާނަށް މީނަގެ ގޮތް ނޭގުނީތީ ހިތާމަކުރަން.
ތާއީދު
01 November 2016
ގައްސާނު މައުމޫނަކީ ސިޔާސީ ގޮތުން ހަގު ބޭފުޅަކަސް ސިޔާސީ ކުރިމަގެއް އޮތް ބޭފުޅެއް
އލމ
01 November 2016
ގައްސާން އަކީ މައުމޫން ގެ ދަރިޔަކަށް ވިޔަސް ގައްސާން އަކަށް ސަޕޯޓެއް ކިރެވޭކައް ނެތް. ހަމަ އެކަނި އޮތް ގޮތަކީ ސޯދާ މައުމޫން ކިރިމަތިލުން އިންތިހާބްއަށް. ތި އާއިލާއިން އެހެން މީހަކު ލައިގެން މަށެއް ވޯޓެއް ނުދޭނަން
އާއިލާ
01 November 2016
ދެން ތަޅާ ފޮޅާނީ ގައްސާން އާއި ފާރިޝް. ތި އާއިލާ އަކާހުރެ ގައުމު މިއޮއް ހަލާކުވެދަނީއޭ
އާއިޝަތު އަޒުރާ ނައީމު
01 November 2016
ތިޔައީ އަދި އުމުރުން ވަރައް ހަނގު ވެސް ބޭފުޅެއްކަމުން އޭނާގެ ބޭނުން ނުހަމަގޮތުގައި ހިފިފައި އޮތުމަކީ އެކަށީގެންވާ ކަމެއް، އަދި ރެކެލެވެން ނެތުމަކީ މިކަމުގެ ދަލީލުހެކި... ދެންއޮތީ އޭނާއައް މިދުނިޔެމަތީގައި ލިބޭއުފަލަކާއި އަރާމުތަކެއް ވަސްވާސް... އޭނާ އަކީ ޕޮލިޓިޝަނެއްކަމަކައް އހަރެން ފަހަރެއްގައިވެސް ގަބޫލެއްނުކުރަން، ވަރައް ކައިރީން ދަންނަވެސް ބޭފުޅެއްކަމުން.....
ޓެކްނޯ
01 November 2016
ޓެކްނޮލޮޖީގެ ޒަމާނުގައި ދެ ބައްދަލުވުމުގައި އެއްފަހަރާ ބައިވެރިވާނެގޮތް ހުރޭ. ކޮންމެ މީހަކުވެސް ދާނީ އެންމެ މުހިންމު ބައްދަލުވުމަށް. އަނެއް ބައްދަލުވުމުގެ ކަންކަން އެއީ ފަހުން ނުވަތަ އެވަގުތުވިއަސް އެނގޭނެގޮތް މިހާރު ހެދެން ހުންނަ ކަންކަން. ކޮންމެ ބައްދަލުވުމެއްގައި ޖިސްމާނީ ގޮތުން އިނަސް އަސްލު ހުންނެވި ގޮތެއް އެކަކަށްވެސް ފޮޓޯއަކުން ނޭނގޭނެ.
އަލިފުބާގަ
01 November 2016
މައުމޫނުގެ ދަރިން މައުމޫނަށް ޣައްދާރުވާނެކަމަކަށް ގަބޫލެއް ނުކުރެވޭ! ޥެދާނެގޮތެއް އެބޭފުޅާ ދަންތުރައެއްގަ ޖެއްސުން، ނުވަތަ ޖާސޫސެއްގެ ރޯލު އަދާކުރުން.
އިބޫ
01 November 2016
ޣައްސާނުވެސް ހުރީ ނަގޫފިތިފައި މައުމޫނުގެ ދަރިއަކަސް ނަގޫފިތިފައިވާ މީހަކު މައުމޫންގެ އަރިހުގައި ނުހުންނާނެ
މާމުއި
01 November 2016
" އެއްމެހިތްހެވީ މަގޭ މަންމައާއި ބައްޕައޭ އެންމެގާތުގައިވަނީ މަންމައާއި ބައްޕައޭ " = އަދި މިމަންޒަރުފެންނާނެއެވެ. ސައްކުނުކުރާއްޗޭ =