ފެހެންދޫ ސްކޫލު ދަރިވަރުން ސްކޫލު ފެރީގައި، ގޮއިދުއަށް ދަނީ-- ޓްވިޓާ ފޮޓޯ: ޑރ. އައިޝަތު އަލީ
02 ނޮވެމްބަރ 2020 - 18:23
ބ. ފެހެންދޫ ދަރިވަރުންނަށް އިންޑިއާއިން ހަދިޔާކުރި ލޯންޗު ބޭނުންކުރަން މިއަދު ފަށައިފި އެވެ.
އާބާދީ ކުޑަކަމުން ފެހެންދޫ ސްކޫލު 2008 ވަނަ އަހަރު ވަނީ ބަންދުކޮށްފަ އެވެ. އޭރުން ފެށިގެން ފެހެންދޫ ދަރިވަރުން، ހިޔާނުކޮށް އޮތް ޑިންގީއެއްގައި ކިޔަވަން ދަނީ އެ ރަށާ އެއް ފަޅެއްގައި އޮންނަ ގޮއިދޫއަށެވެ.
އެ ލޯންޗު އޮޕަރޭޓްކުރާ ގޮއިދޫ ސްކޫލުގެ ޕްރިންސިޕަލް މުހައްމަދު ނިޒާމް ވިދާޅުވީ، މިދިޔަ ޖުލައި މަހު ހަދިޔާކުރި ލޯންޗު ބޭނުންކުރަން ފެށުން ލަސްވީ ފެހެންދޫގެ ބަނދަރު ނުނިމޭތީ ކަމަށެވެ.
އެމްޓީސީސީން ހަދަމުން އަންނަ ބަނދަރުގެ މަސައްކަތުގެ 50 ޕަސެންޓަށްވުރެ ބޮޑުބައި ވަނީ ނިންމައިފަ އެވެ. އެހެންވެ ލޯންޗު ކައިރި ކުރަނީ، މީގެ ކުރިން ބޭނުންކުރި ފާލަމަށެވެ.
ލޯންޗު ބަނދެފައިވަނީ، މިދިޔަ އަހަރު އިންޑިއާ އިން ރާއްޖެ އަށް ހަދިޔާ ކުރި 106 މިލިއަން ރުފިޔާ ގްރާންޓުން، 2.5 މިލިއަން ރުފިޔާ ހޭދަކޮށްގެންނެވެ.
Really happy to see the students of Fehendhoo School going to school in B Fehendhoo Ferry. Thank you @HCIMaldives for making this possible. @goidhooschool @hisaanhussain pic.twitter.com/oozWMJ17M3
— Aishath Ali (@aisthly) November 2, 2020
ނިޒާމް ވިދާޅުވީ ހެނދުނު 8:00 ގައި ފަށާ ކްލާހަށް ފެހެންދޫ އިން 30 ދަރިވަރުންނާއެކު 7:40 ގައި ނައްޓާލައި 3-4 މިނެޓު ތެރޭގައި ގޮއިދުއަށް ދެވޭނެ ކަމަށެވެ. އެ ލޯންޗު ބޭނުންކުރަން ފެށުމުން ދަރިވަރުންނަށް ފަސޭހަވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ފެހެންދޫ އިން ލޯންޗަށް އެރުމުގެ ކުރިން، ފ ދަރިވަރުންގެ ހުން ބަލައި އަތް ދޮންނާނެ އިންތިޒާމު ހަމަޖައްސާފައި ވެ އެވެ.
މީގެ ކުރިން ދުއްވި ކުޑަ ޑިންގީ ވެސް އޮޕަރޭޓްކުރީ ގޮއިދޫ ސްކޫލުންނެވެ. އޭރު އެ ޑިންގީ ހިންގީ، 24 ދަރިވަރުންގެ ތެރެއިން ކޮންމެ ކުއްޖެއްގެ ބޮލަކަށް ސަރުކާރުން ދޭ 1،000ރ. ގެ ސަބްސިޑީންނެވެ. އެ ސަބްސިޑީން، ޑިންގީ ދުއްވި ކައްޕިގެ މުސާރަ ހަމަޖައްސައި ތެޔޮ ގަނެވޭ ކަމަށާއި އެކަމަކު ބޮޑު ލޯންޗުގެ ކަންކަން، 24،000ރ. އިން ހަމަ ނުޖެއްސޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެހެންވެ އިތުރަށް ހިނގާ ހަރަދުތަކުގެ ތަފްސީލު މިނިސްޓްރީއާ ހިއްސާކުރަން އެދިފައި ވެ އެވެ.
ބޮޑު ލޯންޗުގައި ކެޕްޓަނާއި ދެ ފަޅުވެރިން ތިބެ އެވެ.
ޕްރީ ސްކޫލުން ފެށިގެން ގްރޭޑު 10 އަށް ކިޔަވައިދޭ ގޮއިދޫ ސްކޫލުގައި މިވަގުތު 160 ދަރިވަރުން އެބަތިއްބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
03 November 2020
އެންމެ 30 ދަރިވަރުންނަށްޓަކައި ދުނިޔޭގެ އެއްވެސް ސަރުކާރަކުން މިފަދަ ޚަރަދެއް ނުކުރާނެ. މި ނަމޫނާ ފެންނާނީ ދިވެހިރާއްޖެއިން. ޚުދު ތިކަމަށްއެހީވި އިންޑިއާވެސް އެގައުމުގައި ތިވަރުކަމެއް ނުކުރާނެ. މިއީ މިސަރުކާރަށް ކުރިތައުރީފެއްނޫން. ދިވެހިރާއްޖެއަށް ކުރި ތައުރީފެއް. މިހެން ނުބުނެ ހުއްޓާލައިފިއްޔާ ކޮމެންޓް ބޮން އަޅާނެ ބަޔަކު ތިބޭނެކަން ކަށަވަރު.
ޝިޔާމް
03 November 2020
ކެޕްޓަނުންނާއި ފަޅުވެރިންނަށް ތިބެނީ ދިވެހިންތަ؟ އެހެން މި ބުނީ ހެލިކޮޕްޓަރުވެސް ދުއްވަން ނޭގިގެން އިންޑިޔާ ސިފައިން ތިބޭތީ.
ބުރެދި
03 November 2020
ދާއިމީ ހައްލެއް ލިބޭނީ ފެހެންދޫ މީހުންނަށް ގޯތި ދީ ގޮއިދޫ އަށް ބަދަލު ކޮށް ގެންނެވެ .
ސޯލީ
03 November 2020
މީހުން މިކަމުގައިވެސް ސަރުކާރަށް މި ބަވަނީ. ބައްލަވާ ރަށުގައި ތިބި ވާނުވާ އަދި އަމިއްލަ އެދުމާއިގެން އުޅޭމީހުން ބޭނުމެއްނުވޭ ބޮޑު ރަށަކަށް ބަދަލުވާން. އެމީހުންނަށް ނޭނގެނީތަ ރަށުގައި ތިބި ކިޔަވާކުދިން، ބަލި މީހުން އަދި ގައުމުގައި ދެން ތިބި ޓެކްސް ދައްކާ ރައްޔިތުންނަށް ކިހާ ބޮޑު އަނިޔާއެއްކަން މި ދެވެނީ؟ އަހަރަކު މި ދެ ރަށް ހިންގަން މިހާރުވެސް ސަރުކާރުން ހަރަދުކުރާ އެތަށް މިލިއަނެއް މީ މަތިން ފައިބާއެއްޗެއް ނޫނޭ.
މޫސަ123
03 November 2020
އެއްފަސް ކުރުމުގެ ސިޔާސަތަކީ ގައުމަށް އެންމެ ފައިދާ ހުރިގޮތްކަން އެގުމުން މިހާރު މިވަނީ ޖަޒީރާ ދިރިއުޅުމަށް އާއެކޭބުނެފަ ދެން ދުނިޔެ އުމުރު ތިޔަގޮތަށް މަރުފަލި ޖަހަން ޖަޒީރާގަ ތިބޭ
ދިއްދޫމީހާ
03 November 2020
ދިވެހި ސަރުކާރުގާ ނެތީތަ ފެރީގެ ހިދުމަތް ދޭނެ ފެންވަރު؟؟ ހޫމް އަތޮޅު ތެރޭ ރަށެއް ވީމަ ވާނީ މިހެން މާލޭގެ ބޮޑުންގެ ދަރިންނެ ނޫން ވީމަ ވާގޮތް،،،
އަލިމަނިކު
02 November 2020
މިޤައުމުގައި ނެތީތަ ފެރީއެއް ހަދިޔާ ކުރާނެ ފެންވަރުވެސް. ދިވެއްސަކަށް ވީތީ ދެރަވެ ލަދު ގަނޭ. ޤައުމުގެ ބަޖެޓުގައި ފައިސާ ނެތަސް މި ޤައުމުގައި އެއްތައް މަހުޖަނުން އުޅޭ. ކޮންމެ މީހެއް އަތުގައި އެތައް ލޯންޗެއް ހުރޭ. މަސްދަތުރު ދާން ލޯންޗެއް، ރިސޯޓަށް ޕިކުނު ދާން ލޯންޗެއް، ޕާޓީ ޖަލްސާއަށް ކުދިން ގެންނަން ލޯންޗެއް. މިހެންގޮސް އެތައް ލޯންޗެއް. އެކަމަކު ކުދިން ސްކޫލަށް ފޮނުވަން ފެރީގަނޑެއްވެސް ހޯދަން ޖެހެނީ އިންޑިއާއިން ސަލާން ޖަހައިގެން. މަހުޖަނުންގެ ލަދުކޮބާ؟
ދެޓްވޭ
03 November 2020
ދޭތެރެއަކުން ގޮވާލާނެ އިންޑިއާ އައުޓޭ ވެސް
އައަހަހަހާ
02 November 2020
މިވަރުގެ ބޮޑު އެހީއެއް އެންމެ ރަސްމިއްޔާތަކުން ނިންމާލާކަށް ނުވާނެ. ގައިމު ތިޔައީ ދުވަހަކުވެސް މިވަރުގެ ޤައުމަކަށް ކުރެވޭވަރުގެ ކަމެއް ނޫން. ޝުކުރިއްޔާ އިންޑިއާ
1828
02 November 2020
ކުރެވޭނެ.
ށހދބ
02 November 2020
މިވަރު ކަމެއް ކޮށްލަ ދޭނެ ވިޔަފާރި ވެރިޔަކު، ނޫނީ ކުންފުނިއެއް މިޤައުމުގަ ނެތީ މަ ދެރަވަރު
އޮނަރަބްލް އަފީފު ދީދީ
02 November 2020
ތިއީ ދާއިމީ ހައްލެއްތޯ؟ މީގެ 5 ދިގައެއް ނޫނީ 20 އަހަރު ފަހުން ދެން ކަންކަން ވާނީ ކިހިނެއްތޯ އާއި ދަތުރު ކުރާނެ ލާންޗް ގަނޑެއް ދީގެން ފުއްދާލާނީތޯ ވިސްނާލަމާ. # ތިޔަރަށް އެމްޓީޑީސީގާއި ޙަވާލުކޮށް ރިސޯޓް ތަރައްޤީ ކުރާން އެންމެ ބޮޑު އިކުޒިޝަން ފީއެއް ދީފައި ނަގާ ފަރާތަކަށް 35 އަހަރަށް ވިއްކާލާފައި ލިބޭ ފައިސާއިން ރަށުގައި މިހާރު ގޯތިއޮތް ކޮންމެ މީހަކަށް 2000 އކފ ބިމެއް ފިއްލަދޫ، ލ.ގުަޅިފައިވާ ރަށްރަށުން ނޫނީ އައްޑޫސިޓީން ގަނެދީފަ ގެ އަޅާދިނަސް ތިއަށްވުރެންރަނގަޅުވާނެ.