ކޮވިޑް-19 އަށް ޓެސްޓުކުރަން ސާ،މްޕަލް ނަގަނީ -- ފޮޓޯ:އަހުމަދު އަވްޝަން އަލްޔާސް/ މިހާރު
03 ނޮވެމްބަރ 2020 - 22:32
ވޭތުވެދިޔަ 24 ގަޑި އިރު ތެރޭގައި ކޮވިޑް-19 އަށް ޓެސްޓުކުރަން ނެގިި 1،471 ސާމްޕަލް އިން 59 މީހުން ޕޮޒިޓިވްވެއްޖެ އެވެ.
ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިރޭ ބުނީ އިއްޔެ ހަވީރު 6:00 އިން ފެށިގެން މިއަދު ހަވީރު 6:00 އާ ހަމައަށް ޕޮޒިޓިވްވެފައި ވަނީ 29 ދިވެހިންނާއި 30 ބިދޭސީން ކަމަށެވެ. އޭގެ ތެރެއިން 33 މީހަކު ޕޮޒިޓިވްވެފައި ވަނީ ރަށްރަށުން ނުވަތަ ރިސޯޓުތަކުންނެވެ.
✳️ COVID-19 Case Updates
— Health Protection Agency (@HPA_MV) November 3, 2020
As of 03.11.2020, 06:00 PM
Confirmed an additional 59 cases of COVID-19 infections in Maldives
- 29 Locals
- 30 Foreigners
Total number of cases: 11,796 pic.twitter.com/w6ZO8wP3Pg
އެޗްޕީއޭ އއިން މިރޭ ކުރި ޓވްީޓެއް
ކޮވިޑަށް މިއަދު ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދ. ކަނޑިންމަ ރިސޯޓުން ކޮވިޑަށް ޕޮޒިޓިވްވި 27 މީހުން ހިމެނެ އެވެ. އެ މީހުންނާއި އެކު އެ ރިސޯޓުން ޕޮޒިޓިވްވި މީހުންގެ އަދަދު 46 އަކަށް އެރީ އެވެ. މިއީ އެއް ރިސޯޓަކުން ކޮވިޑަށް މިހާ ގިނަ ބަޔަކު ޕޮޒިޓިވްވި ފުރަތަމަ ފަހަރެވެ.
އެ ރިސޯޓުގައި ކޮވިޑް ފެތުރިފައިވާ ކަން އެނގުނީ އުމުރުން 60 އަހަރުގެ ދިވެހި މުވައްޒަފަކު ބަލިވެގެން، ކުޑަހުވަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދެނިކޮށް މަރުވުމުންނެވެ. ބަލީގެ އަލާމާތްތަކާ ގުޅިގެން އޭނާ ޓެސްޓްކުރީ މަރުވި ފަހުންނެވެ.
މިހާތަނަށް 11،796 މީހަކު ކޮވިޑަށް ޕޮޒިޓިވްވެފައިވާ އިރު މި ބަައްޔަށް މިހާރު ފަރުވާ ހޯދަމުން އަންނަނީ 789 މީހުންނެވެ. އޭގެ ތެރެއިން 55 މީހަކަށް ހޮސްޕިޓަލުތަކުގައި ފަރުވާ ދެމުން އަންނަ އިރު 38 މީހަކު ވަނީ މި ބަލި ޖެހިގެން މަރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބަސް
04 November 2020
ރިސޯޓުން އެކަކުވެސް ބޭރުވިޔަނުދީ ހިފަހައްޓަންޖެހޭ. އަދި މާލެއާ ކޮވިޑް ފެނިފައިވާ އެހެން ރަށްތަކުންވެސް ބަލައިގެން އުޅުން މުހިންމު. ނޫނިއްޔާ ހިތާމަ ބޮޑުވުން ވަރަށް ގާތް.