ކޮވިޑުން ރައްކާތެރިވުމަށް މާލޭގައި ކާފިއު ގަޑި އިއުލާން ކޮށްފައިވާ ވަގުތެއްގައި ސިނަމާލެ ބްރިޖު ސަރަހައްދުގައި ފުލުހުން ހަރަކާތްތެރިވަނީ.---ފައިލް ފޮޓޯ: މިހާރު
08 ނޮވެމްބަރ 2020 - 01:48
ކޮވިޑް-19 އިން ރައްކާތެރިވުމަށް މާލެ ސަރަހައްދުގައި އިއުލާން ކޮށްފައިވާ ކާފިއުގެ ވަގުތު އެޗުޕީއޭ އިން އަނެއްކާ ވެސް ކުޑަކޮށްފި އެވެ.
އެ އިދާރާ އިން ރޭ އާންމުކުރި އިއުލާނުގައިވާ ގޮތުން މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި މިއަދުން ފެށިގެން ކާފިއު ގަޑި ހިނގާނީ ކޮންމެ ރެއެއްގެ ދަންވަރު 12 އިން ފަތިހު ހަތަރަކާ ހަމައަށެވެ. އެންމެ ފަހުން ގެނައި ބަދަލާ އެކު، ކާފިއު ވަގުތަކީ އެޗުޕީއޭ އިން ހަމަޖައްސާފައިވާ ގޮތުން ކޮންމެ ރެއެއްގެ 11 އިން ފަތިހު ހަތަރަކަށެވެ. ނަމަވެސް ރޭ ގެނައި ބަދަލާ އެކު، ދަންވަރު 12 އާ ހަމައަށް ބޭރުތެރޭގައި އެންމެންނަށް ވެސް އުޅެވޭނެ އެވެ. ދަންވަރު 12 އިން ފެށިގެން އެއްގަމު އުޅަނދު ދުއްވުން ވެސް އާންމު އުސޫލުގެ މަތިން މަނާވާނެ ކަމަށް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ނެރުއްވި އެންގެވުމުގައި ވެ އެވެ،
އާ އެންގުމުގައި ލުއިތަކެއް ދީފައިވާއިރު، ކޮވިޑުން ރައްކާތެރިވުމަށް އަދިވެސް ބައެއް ކަންކަން އެޗުޕީއޭ އިން ވަނީ ލިމިޓު ކޮށްފަ އެވެ. އޭގެ ތެރޭގައި މާލެ ސަރަހައްދުގައި އެއްވެސް ވަގުތެއްގައި އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ މީހުން މަގުމަތީގައި އުޅުން މަނާކުރުމާއި މާލެ ސަރަހައްދުން އެހެން ރަށްރަށަށް ދާ މީހުން ކަރަންޓީނު ކުރުން ހިމެނެ އެވެ.
- ކޮންޓެކްޓް ސްޕޯޓްސް އާއި އައުޓު ޑޯ ކުޅިވަރުތަކަށް ހުޅުވައިލުން.
- އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ވިޔަފާރި ކުރާ ތަންތަނާއި ކާބޯތަކެތީގެ ޚިދުމަތް ދޭ ތަންތަން، އެކަމާ ގުޅޭ އިދާރާއަކުން ކަނޑައަޅާ ގޮތެއްގެ މަތިން ހުޅުވައިލުން.
- އެއްފަހަރާ 15 މީހުންނަށް ވުރެ ގިނަ ނުވާ ގޮތަށް ކުޅިވަރުތައް ބަލަން ދިއުން.
- އެޗުޕީއޭގެ ގައިޑްލައިންތަކާ އެއްގޮތަށް، ޕާކުތަކާއި މައިޒާންތަކާއި ދާރުލްއާސާރުތައް ހުޅުވައިލުން.
- ގޭގައި މަސައްކަތް ކުރަން އޮފީސްތަކުން ކަނޑައަޅަފައިވާ، ހައި ރިސްކު މީހުން ރައްކާތެރިކަމުގެ ފިޔަވަޅުތަކާ އެކު އޮފީސްތަކަށް ނުކުމެ މަސައްކަތް ކުރުން.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިޓްހެޕަންސް
08 November 2020
އަދަދުތައް ކިރިޔާ ތިރިވެލާއިރަށް އެބަ އެތައް ދުލެއް ދޭން ފަށާ. ވަކި މިނަކަށްވުރެ ދަށްވާން ބޭނުންނުވާހެން ހީވަނީ. އަދަދުތައް މައްޗަށް އަރާނެ ގޮތް ހަދައިދޭން ބޭނުންވާކަމަށް ދޭހަވަނީ. ކަންކަން ލުއިކޮށްދެމުން ގެންދިއައީމަ އަދަދުތައް އުޅޭނެ އެވްރެޖްކޮށް 30ގަ އަބަދުވެސް. ބަލި އެއްކޮށް ނައްތާލާ ނުވަތަ 10 އިން ތިރިއަށް ގެންދިއުމުގެ ވިސްނުމެއް އެއްގޮތަކަށްވެސް ނެތުމާ ވައްތަރީ.
ބޭރުޔ
08 November 2020
ޓޫރިޒަމްގެ ހައި ސީޒަން ނިމުމަކާ ހަމައަށް ދަންދެން ކޮވިޑްގެ ނަންބަރުތައް އިތުރުވިޔަ ނުދީ ހިފަހައްޓާލެވޭނެ ގޮތަކަށް ޕޮލިސީތައް ބައްޓަންކުރުން މުހިއްމެވެ. ތި ގޮތަށް ދޫދޭން ފެށުމުން ކޮވިޑްގެ ނަންބަރުތައް އަރައިގެން ދާންފެށުމުން އަނެއްކާވެސް ޓުއަރިޒަމް އިދަޖެހި އިގްތިސާދު ހަލާކުވާނީއެވެ.
ލުގުމާން
08 November 2020
ސަޅިއޭ. ތިޔަ ކާފިއުގަޑި އަދި ކުޑަވަމުން ކުޑަވަމުން ގޮސް ފަތިހު 3:55 އިން 4:00 އަށް ހަދާފަ ނޫނީ ނިންމައެއް ނުލާނެ. ކޮރޯނާވައިރަސް ފެތުރޭތީ ހިންގާކާފިއު ގެ ވަގުތުތަކަކީ ގައުމުގެ އެއްމެން ނިދާވަގުތު. މީވަރަށް ހިކުމަތްތެރި ބޭފުޅުން ކޮޅެއް.
އަހުމަދުބޭ
08 November 2020
ކޮންމެ ކަމެއް މިއޮންނަނީ ޖެއްސުމާއި މަލާމަތް ކުރުން، ލުގުމާން ނިކަން ވިސްނާލަބަލަ، މިބަލިމަޑުކަމުގައި ގައުމުތަކަށް ލިބެމުން މިދާގެއްލުމާ އަނެއްކާ ލޮކްޑައުން ކުރުމާ، ތާއަބަދު މިބަލިމަޑުކަމުގެ ބިރުގައި ތިބެޖެހުމުން ނަފަސާނީގޮތުން ލިބެމުން މިދާގެއްލުމާ އިކޮނޮމީއަށް ލިބެމުން މިދާގެއްލުން ކުޑަކުރަން ހާލަތަށް ބަލައި ލުއިދޭން އެބަޖެހޭ، ކިހައި ދުވަހަކުތޯ މިހެން ތިބެން ތިޔަވިސްނަނީ ﷲ ގެ ރަހުމަތުން މިގައުމު މިބަލިމަޑުކަމުން ސަލާމަތުގެ އައްސޭރިއަށް މިދަނީ
ހަސީ
08 November 2020
ޑޮކްޓަރުންގެ ވަރުބަލިކަން ފިލައިފި މިހާރު ކޭސްތައް މަދުވާން ފެށީމަ. އެހެންވެ ކޭސްތައް ގިނަކޮއްލަން ދޯ.