ހުޅުމާލޭގެ ފިހާރައަކުން ބަޔަކު ވިޔަފާރި ކުރަނީ.-- ފޮޓޯ: ނިޝާން އަލީ / މިހާރު
08 ނޮވެމްބަރ 2020 - 14:01
ކޮވިޑް-19 އިން ރައްކާތެރިވުމަށް ސަރުކާރުން އެޅި ފިޔަވަޅުތަކަށް ދެމުން އަންނަ ލުއިތަކާ އެކު، ފިހާރަތަކާއި ކެފޭ/ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓޭ ގަޑިތައް އިކޮނޮމިކް މިނިސްޓްރީން މިއަދު އިތުރު ކޮށްފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގެ ފިހާރަތައް މިއަދުން ފެށިގެން ފަތިހު 5:00 އިން ރޭގަނޑު 11:00 އަށް ހުޅުވާފައި ބެހެއްޓޭނެ ކަމަށެވެ. ސައި ހޮޓާ، ކެންޓީން، ކެފޭ، ރެސްޓޯރަންޓް ފަދަ ކާބޯތަކެތީގެ ހިދުމަތް ދޭ ތަންތަން މިއަދުން ފެށިގެން ހުޅުވާފައި ބެހެއްޓޭނީ އިކޮނޮމިކް މިނިސްޓްރީން ބުނިގޮތުގައި، ފަތިހު 4:30 އިން ރޭގަނޑު 11:30 ވަންދެންނެވެ.
ފިހާރަތަކާއި ކެފޭ އަދި ރެސްޓޯރަންޓު ފަދަ ތަންތަނުން ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރަން ޖެހޭނެ ކަމަށް ވެސް އިކޮނޮމިކް މިނިސްޓްރީން ބުނެ އެވެ.
ކޮވިޑް-19ގެ ސަބަބުން މާލެ ސަރަހައްދުގައި އަޅާ ފައިވާ ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް އެޗްޕީއޭއި ން ވަނީ ރެއިން ފެށިގެން ލުއި ދީފަ އެވެ، މި ލުޔާއެކު، ކާފިއު ގަޑި ވަނީ ދަންވަރު 12 އިން ފަތިހު ހަތަރަކަށް ބަދަލުކޮށްފަ އެވެ. މިހާތަނަށް ކާފިއު ގަޑިއަކީ ރޭގަނޑު 11 އިން ފަތިހު ހަތަރަކަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟަރިޔާ
08 November 2020
ފިހާރަތއއަ އް 10.00 ގަ އި ބަންދުކުރަންވީ. އަވަހަށް ނިދާފަ އަވަހަށް ހޭލަން (ދަމުނަމާދަށް) އާދަކުރުވަންވީ
ޕްލީޒް!
08 November 2020
ބޭނުން ވިޔަފާރިވެރިއަކު ހަމަ ދިހައަކުން ބަންދުކުރަންވީ. އެމީހުން މަޖުބޫރެއްނުކުރޭ އެގާރަ ޖަހަންދެން ހުޅުވައިގެން ތިބޭކަށް!
ބަރަވެލި
08 November 2020
ރޭގަނޑު 10 ގެ ފަހުން އާންމު އުސޫލުން ފިހާރަތައް ހުޅުވާފަ ބަހައްޓާކަށް ނުފެނެއެވެ. ސައިހޮޓާ ކެފޭ ރެސްޓޯރަންޓްތައްވެސް އެންމެ ލަސްވެގެން 11 ޖަހާއިރު ބަންދުކޮށް 12 ގެ ކުރިން މަގުމަތި އަމާންކޮށް ހަމަހިމޭން ކުރުން މުހިއްމެވެ. މާލެ ކަހަލަ ތޮއްޖެހިފައިވާ ތަނެއްގެ އަބަދު މީހުންތައް ހޭލަމޭލަ ވުމަށް ފުރުސަތު ދިނުމަކީ ސިއްހީ ގޮތުންނާއި އިޖްތިމާއީ ގޮތުން ބަލާއިރުވެސް ރަގަޅުގޮތެއް ނޫނެވެ.
އިއްނިޒާމު
08 November 2020
ކުރިސްމަސް ނަ އިޓަށް ތިތަކަން ކުރާނެކަން މާކުރިން ވެސް އިނގޭ އަދިވެސް ވަގުތު އިތުރުކުރާނެ ތިޔައއީ ކޮންބަ އެއ އް... އަދި ކިޔައޭ ސިގިރޭޓު ހުއްޓުވާށޭ...ތި އީ ކޮންބަ އެއް،،
ބަސް
08 November 2020
ތިއީ ރަނގަޅު ނިންމުމެއްކަމަށް ނުފެނޭ.