ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ސަލާމްކުރައްވަނީ: ޔާމީނަށް ލުއި ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާ ނިމުމުން ކަމަށް ރައީސް ވިދާޅުވި. --ފޮޓޯ/މިހާރު
11 ނޮވެމްބަރ 2020 - 14:25
ޖަލު ހުކުމެއް ތަންފީޒުކުރައްވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން، އެއްވެސް ޑީލެއްގެ ދަށުން ދޫކުރުމަކީ ކުރައްވާނެ ކަމެއް ނޫން ކަމަށާއި އެމަނިކުފާނަށް ލުޔެއް ދެއްވުމާ މެދު ގޮތެއް ނިންމެވޭނީ ކޯޓު މަރުހަލާތައް ނިމުމުން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެ އެވެ.
ޖުމްހޫރީ ދުވަހާ ގުޅިގެން ރާއްޖެ ޓީވީގެ "ފަށާ އިރު" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ހުކުމް ތަންފީޒުކުރާ މީހުންނާ މެދު ގައުމުގެ ވެރިޔާ އަމަލުކުރައްވަން ޖެހިވަޑައިގަންނަވާނެ ގޮތްތައް ގާނޫނުތަކުގައި ލިއެފައި އެބަ އޮތް ކަމަށެވެ. މިހާރު ގާނޫނީ ގޮތުން ރައީސަށް މާފެއް ނުދެއްވޭ ކަމަށާއި ދެއްވޭނީ ލުޔެއް ކަން ފާހަގަކުރެއްވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި އެމަނިކުފާނަށް އެ ލުއި ދެއްވުމާ ހިސާބަށް ދެވޭނީ ކޯޓުތަކުން ހުރިހާ މަރހަލާއެއް ނިމުމުންނެވެ.
"ރައީސް ޔާމީންގެ އެއް މައްސަލަ އެ އުޅެނީ ހައި ކޯޓުގައި، އަނެއް މައްސަލަ ދަށު ކޯޓުގައި. އެހެންވީމަ އަޅުގަނޑަށް ރައީސް ޔާމީންގެ މައްސަލައާ ބެހޭ ގޮތުން ކަމެއް ކުރެވޭނީ ސުޕްރީމް ކޯޓުން ވަކި ގޮތަކަށް ނިމުނީމަ،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ގޮތުގައި ޔާމީނަށް ލުއި ދެއްވުމުގައި، އެ މަރުހަލާތަކުގެ ބޭރުން ކުރެއްވޭނެ ކަމެއް ނެތެވެ.
"އެއްވެސް ޑީލެއްގެ ދަށުން ބަންދުގައި ހުރި މީހަކު ދޫކޮށްލުމަކީ އަޅުގަނޑު ކުރާނެ ކަމެއް ނޫން،" ރައީސް ވިދާޅުވި އެވެ.
ޔާމީނަށް ފަސް އަހަރުގެ ޖަލު ހުކުމެއް އިއްވީ އެމްއެމްޕީއާރުސީގެ ޚިޔާނާތާ ގުޅޭ މަނީ ލޯންޑްރިން މައްސަލައެއްގަ އެވެ. އެއީ ނުހައްގުން އުފުލި ސިޔާސީ ދައުވާއެއް ކަމުގެ ތުހުމަތާ އެކު އެމަނިކުފާނު މިނިވަންކުރުމުގެ މަސައްކަތް އިދިކޮޅުން ކުރަނިކޮށް މަނީ ލޯންޑްރިންގެ އިތުރު ދެ ދައުވާއެއް ވެސް އެމަނިކުފާނުގެ މައްޗަށް ވަނީ އުފުލައިފަ އެވެ. އެ ޝަރީއަތް ކްރިމިނަލް ކޯޓުގައި އަދި ނުފަށަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ތެދުވެރި ހަސަނު
12 November 2020
އެއިލޮށިގަޑު އެއޮތީ ޔާމީނުގެ ލޮލައް ހެރިފައެވެ.
ތައުފީގު
12 November 2020
ސާބަސް ވެރިކަން ކުރެވޭނީ ތިވަރުގެ ގަޓްހުރެގެން ގަޓްރައީސްއޭ ނުކިޔަސް ކަންކަން ކުރުމުގެ ގަޓްބެހެއްޓީމަ އެވީގަޓް.
ހިމަލޮނު
12 November 2020
ޔާމީން މިނިވަންކޮށްފަ ބަހައްޓައިގެން ވެރިކަންނުކުރެވޭނެތީ ޔާމީން ޖަލަށްލާފަ އެއޮތީ. އެއީކީ ގަޓްހުރި މީހުން ކުރާ ކަހަލަ ކަމެއް ނޫން, ހުރި ހަމަ އެކަނި އިދިކޮޅު ލީޑަރު ޖަލަށްލާފަ ވެރިކަންކުރުން. ދެންވެސް ދައުވާއެއް ކުރަން ފޮނުވާ ވާހަކަ ފުލުފުލުގަ އިވެނީ ހުސް އިދިކޮޅު މީހުންގެ. ބައިކޮޅު މީހާގެ މައްސަލަ އޮންނަނީ ކޮންމެވެސް ކަމެއް ފުރިހަމަނުވެގެން ތަނެއްގަ ޕާކްކޮށްފަ.
ތޮއްތޮންބެ 80
21 November 2020
އަހަރެން ޖަލަށްގަޅާލާފަ ބޭއްވީވެސް ހަމަ އެހެންވެގެން.
އާދަންބެ
12 November 2020
އަދީބާއެކު ސަރުކާރުން ޑީލެއް ހެދިތޯ؟ ހަމަ އަހާލީ
ހަނާން
12 November 2020
މީ އަހަރެމެން މި ބޭނުންވާ ޒާތުގެ ރައީސް އަކީ
އިބްރ
11 November 2020
ﷲ އިރާދަކުރެއްވިއްޔާ ވެރިކަން ނިމެން ދެން މާކަގިނަ ދުވަހެއް ނެތެވެ. ހޭއަރައިތިބޭށެވެ. އެމީހަކު ފޭހުނު އިލޮށިގަނޑެއް އެމީހެއްގެ ލޮލަށް ހެރޭނެކަން ރ އިބްރާހިމް މުޙައްމަދު ޞާލިޙާއި ރ ނަޝީދު ދަންނަން ޖެހޭނެ. އަދި އިންޑިޔާގެ ވެރިންވެސް މި ސަފުގައި ތިބެންޖެހޭނެ.
ޒުލައިޚާ
11 November 2020
ދެން ހޯރައިއްބެއަށް މާފު ދިނީ ކިހިނަކުންނޯ. ގައިމު އެއީ ކުޑަކުއްޖަކާ ބެހިގެން ޖަލުހުކުމެއް ތަންފީޒުކުރަމުން ދިޔަ މީހެއް. ޔާމިން ހައްޔަރު ކޮށްފަ އެއޮތީ ކުޑަކުއްޖަކާ ބެހިގެނެއް ނޫން. ސިޔާސީ ގޮތުން. ހާދަ ދެކޮޅުނުޖެހޭ ވާހަކައެކޭ ތިޔަ ވިދާޅުވީ.
ހަބޭސް222
12 November 2020
ހަމަޔަގީނުންވެސް މަށެއް ޔާމީނަކަށް މަޢާފެއް ނުކުރާނަން...!
މައިސް
11 November 2020
ޔާމީނަށް އެއްގޮތަކަށްވެސް ލުޔެއް ދީގެން ނުވާނެ. ޔާމީނު ކަންތައް ކުރިގޮތް ހަނދާނެއް ނުނެތޭ އަދި. ނުހައްޤުން އަނިޔާ ލިބުނު އެތައް އާއިލާއަކާއި ދައުލަތަށް ލިބުނު ގެއްލުމަަށް ދިވެހި ރައްޔިތުންނަށް އިންސާފު ލިބެންޖެހޭނެ. ކޮބާ ބޮމޭ ހަތިޔާރޭ އަނެކައްޗަކޭ ކިޔާ ޖެހިހާ ސަކަރާތްގަނޑުާ ޙެެދިހާ ބޮޑަތި ދޮގުތައް
ައަފުރާސިޔާބު
11 November 2020
މި ރައީސް މީ ވެސް އަޖައިބެއް ކަހަލަ މީހެއް. ކުށްކުރީމާ ކުށްވެރިވީމާ ގާނޫނެއް ނުދަނޭ އެއީ ރައީސްކަން ކޮށްފައިވާ މީހެއްތޯ؟ ނޫނީ ރައީސެއްތޯ؟ ކުށުގެ އަދަބު ކަނޑައަޅަނީ ޝަރީޢަތުން. ދެން ލުއިދެވޭނީވެސް ގާނޫނުގައި އޮންނަ ގޮތަކަށް. އިރުއިރުކޮޅާ ކުށްވެރިޔަކަށް ލުއިދޭނެ ވާހަކަ ދެއްކުމަކީ ރައީސްގެ މަގާމުހުންނަ މީހަކު ކޮށްގެންވާނެ ކަމެއްނޫން. ރައްޓެހި ރަހުމަތްތެރިކަން ގޭގައި ގެންގުޅުއްވާ. ރައްޔިތުންނަށް އަންގާނެ ކަމެއްނެތް.
ހަބޭސް222
12 November 2020
ރައީސް ޔާމީނުގެ ބަސްފުޅެއް...!
ފުރާސިޔާ
12 November 2020
ރައީސް އެވާހަކަ އެދައްކަނީ ބޭނުންވެއްޖަނަމަ ލުއިދެވެން އޮތީމަ ގާނޫނު ކޮންމެ ގޮތަކަށް އޮތަސް. އަދީބަަށްވެސް ނަމުން ލުއިނުދީ އަމަލުން ލުއިދީފަ އެހުރީ ބަހައްޓާފަ. ވަގުތު ޖެހުނީމަ އިބޫއެއްކަމަކު އޮންނާނީ ޑީލްހަދާފަ. ސިޔާސީމީހުން އެއީ. އެކަކު އަނެކަކުގެ ރިމޯޓަށް ފިތާނެ ޗާންސް ލިބުނީމަ ފިތާނެ.
އޮށަނި
11 November 2020
އޭނަ ކޯޓަށް ދައްކަންޖެހޭ ފައިސާ ނުދައްކަނީސް އެއްވެސް ލުޔެއް ނުދެވޭނެ އަދި އޭނަ އިހުމާލުން ދައުލަތުން ގެއްލިފައިވާ ފައިސާގެ ދައުވާ އަވަސްކުރަން ޖެހޭ
ައަހުމަދު
11 November 2020
އާދައިގެ ރައްޔިތެއްނަމަ ތިހެންވިދާޅެއްނުވާނެކަން ޔަޤީން އެނޫންނަމަ އެހުކުމް ނިމެންދެން އެމީހަހު އޮންނާނި ޖަލުގައި ' އަދުލުއިންސާފެއް އޮތްތަނެއްނޫން މިޤައުމަކީ އެލިބެނީ ބަރުގަދަބަޔަނުފޫޒްގަދަ މީހުންނަށް .