އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް މަޖިލީހުގެ ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. ބަޖެޓް އަނބުރާ ގެންގޮސް ކުޑަކުރަން ސަލީމް ގޮވައިލެއްވި.
16 ނޮވެމްބަރ 2020 - 12:12
ދައުލަތުގެ އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ މިއަދުގެ ހާލަތާ ގުޅޭ ބަޖެޓެއް ނޫން ކަމަށް ވިދާޅުވެ، އެ ބަޖެޓު އަނބުރާ ގެންގޮސް މުރާޖައާ ކުރަން ރައްޔިތުންގެ މަޖިލީހުގެ މައިނޯރިޓީ ލީޑަރު، އޭދަފުށީ ދާއިރާގެ މެމްބަރު އަހުމަދު ސަލީމް (ރެޑްވޭވް) މިއަދު ގޮވާލައްވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި ސަލީމް ވިދާޅުވީ، ތަރައްގީގެ މަޝްރޫއުތަކުގެ ވާހަކަތަކުގެ ބަދަލުގައި މިއަދު ޖެހިފައި ވަނީ "މުސީބާތުން" ރައްޔިތުން ސަލާމަތްކުރަން މަސައްކަތް ކުރުން ކަމަށެވެ. ބަޖެޓްގަައި ތަރައްގީގެ މަޝްރޫއުތަކަށް ޖަހާފައިވާ އަދަދުތަކުގެ ބަދަލުގައި މަސައްކަތްތެރިންގެ ހާލަތު ރަނގަޅު ކުރަން ހަރަދުކުރާ ފައިސާ އިތުރުކުރަން އޭނާ ގޮވާލެއްވި އެވެ. ސަރުކާރުގެ އަމާޒަކަށް ވާންވީ ސަލީމް ވިދާޅުވިގޮތުގައި ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
"މި ބަޖެޓް އަނބުރާ ފޮނުވާލާފައި، މި ބަޖެޓް 24 ބިލިއަން ނޫނީ 25 ބިލިއަނަށް ހަދާފައި އިއްޒަތްތެރި ވަޒީރު ވެސް ތަންކޮޅެއް ތިިރިވެގެން ބަޖެޓް އަނބުރާ މަޖިލީހަށް ފޮނުވައިގެން ދެން ބަހުސް ކޮށްގެން އަޅުގަނޑުމެން މި ތިބީ މި އަށް ހިތްވަރު ދޭން،" އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހެޅި 37 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭ ގޮތުން ސަލީމް ވިދާޅުވި އެެެވެ.
އޭނާ ވިދާޅުވީ ރާއްޖޭގެ އިގުތިސާދު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށާއި އެހެންވެ، ބަޖެޓު އެކުލަވައިލާއިރު އެ ހާލަތަށް ރިއާޔަތް ކުރަން ޖެހޭ ކަމަށެވެ. އަންނަ އަހަރު ދައުލަތަށް ލިބޭނެ ކަމަށް ލަފާކުރާ އާމްދަނީ އަށް ބަލައި، ބަޖެޓް ކުޑަކުރުމާ ގުޅޭ ގޮތުން ސަލީމް ސުވާލު ކުރެއްވި އެވެ. އެގޮތަށް ކަންތައް ނުކޮށްފި ނަމަ އޭގެ ނަތީޖާއަކަށް ވާނީ ސަލީމް ވިދާޅުވިގޮތުގައި ތަކެތީގެ އަގު އިންތިހާ އަށް ބޮޑުވުމެވެ. އޭރުން ޑޮލަރުގެ އަގު 25 އަށް ނުވަތަ 20 އަށް އަރާނެ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް މަޝްރޫއުތަކެއް ހިންގިދާނެ ގަދަފައި ވިއްދާފައި. އެހެން ނަމަވެސް އެ ނިކަމެތި މީހާ ކޮންތާކަށްތޯ ދާނީ؟ ކޮންތާކުތޯ އެ މީހާ މަސައްކަތް ކުރާނީ؟ ކޮންތާކުންތޯ އެ ފައިސާ އޭނާ އިތުރަށް ހޯދާނީ؟ ތަކެތީގެ އަގު ބޮޑުވީ، އެހެން ކަންތައްތައް އަގުބޮޑުވީ،" އިދިކޮޅު ޕީޕީއެމްގެ ޕާލަމެންޓްރީ ގުރޫޕުގެ ލީޑަރު ސަލީމް ވިދާޅުވި އެވެ.
"ދެން އަަޅުގަނޑުމެންގެ ނަތީޖާއަކީ ނިކަމެތިން، ތިން ފަހަރު ކައިގެން ތިބި މީހުން އެއް ފަހަރު ކައިގެން ނަމަވެސް ތިބެން މަސަައްކަތް ކުރުން."
އޭނާގެ ވާހަކަ އަށް ފަހު މިއަދުގެ ޖަލްސާގައި ވާހަަކަ ދައްވަން ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ލިބިވަޑައިގެންނެވި ފުރުސަތުގައި އޭނާ ވިދޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ހެދި ރާއްޖެ އަށް ކުރިމަތިވި އިގުތިސާދީ މައްސަލަތަކާ އެކު އިގުތިސާދު މިހާރު ވެސް ކުޑަވެފައިވާ ކަމަށާއި ސަރުކާރުން ކުރާ ހަރަަދު ކުޑަކޮށްފި ނަމަ އިގުތިސާދު ދާނީ ހައްތާ ކުޑަވަމުން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކައްނެއް މަހު
16 November 2020
ސަލީމު ޖީބައްލާނެ ފޮއްޗެއް ނެތީމަ އަނބުރާ ފޮނުވާލަންވީ. ލަދު ހަޔާތުގެ ކަންފުޅެއްވެސް ނެތީދޯ.
މޯޑް
16 November 2020
ކޮންތާކަށް ގެންގޮސް ކުޑަކޮށްފަ ގެންނާށޭ ތި ކިޔަނި. ރަށްއިތުންގެ ބައިތުލްމާލުން ޔާމީނު ނެގި ރުފިޔާދަށްކާށޭ ކިޔާބަލަ. ކޯޓުން ހުކުމް ކުރީމަވެސް ދައުލަތަށް ރުފިޔާ ނުދަށްކާ ލަދުގެ ކަންފުޅެއް ވެސް ނެތެއްނު ފީޖީ ލީޑަރޯ
ޒަރީރޫ
16 November 2020
ތިޔަ ސަލީމަކީ ވަރަށް ފުއްނާބު އުސްމީހެއް، ރާއްޖޭގަ ހުރި ދެވަނަ އިކޮނޮމިސްޓް، ސަލީމު އަށް އިނގޭނެ ތިގޮތަށް ތިކަން ކުރީމަ ނުކުންނާނެ ނަތީޖާ ވަރަށް ތަޖުރިބާ ހުންނާނެ، އެޓޯލް މިނިސްޓްރީން ފެށިގެން ސަލީމުމެން އެދަނީ ފައިސާގެ ވަރަށް ގިނަ ތަޖުރިބާ ކުރަމުން.
އަފްޣާނިސްތާނުގެހާމިދުކަރުޒާއީ
16 November 2020
ނުލިބުނަސް ކޮންމެސް ނަންބަރުތަކެއްޖަހާފާ ފޮނުވީ. ފޮތުގާ ކިތަންމެ ރީއްޗަށްވެސް މަންޒަުކުރަހާލެވިދާނެ. އެކަމަކު ޙަގީގަތް އޮތީ ޗަކައިން ތަތްތެޅިފާ.
ފުކެއް ބޮޑުވަރު
16 November 2020
އަމީރު މީކޮންވާހަކައެއް ދައްކާ މީހެއްތަ? އިގުތިސާދު ކުޑަވގެން ދައުލތުން ޚަރަދު އިތުރުކުރަނީ ކޯންޗެއް ޕްރައިވެކްޓް ސެކްޓަރުން އުފައްދާނެ ކަމަށްތަ? ސަރުކާރުން އިމްޕޯޓު މުދާ ވިޔަފާރިވެރިން އަތުން ގަތީމާ އެއީ އިގްތިސާދު ކުރިއަރަނީ އެއްނޫން.އަމިއްލައަށް އެއްޗެ އް އުފެއްދުން އެއީ އިގްތިސާދު ކުރިއަރާ ގޮތަކީ، ދެން މަޤާމުތަކުގެ ދހިވެތިކަމުމައި ތިހާ ދަށުދަރަޖައަށް ވެއްޓޭކަށް ނުޖެހޭ
އޭދަފުށި
16 November 2020
ސަލީމް މީ މަޖިލީހުގަ ކީއްކުރާ މީހެއްތަ؟ ދާއިރާގެ ރައްޔިތުންގެ ޙައްޤުގަ ބުނެލާ ބަހެއް ނެތް، ރައްޔިތަކަށް ފަސޭހަކޮއްދިނުމަށް ކުރާ ކަމެއްނެތް. ސަރުކާރުން ހުށަހަޅާ ބިލަކަށް ދޭ ވޯޓެއް ނެތް. ހައްޤުނޫން މުސާރަ ނަގައިގެން މަޖިލީހުގަ އިންނަ ބޮލެއް
ކޮއިމަލާ
16 November 2020
އިއްޒަތްތެރި މެމްބަރ.. ރެޑްވޭވް ފިހާރަތަކުގެ ހަރުގާ ހުރި މުދާތައްވެސް އަނބުރާ ގެންދަވާފަ އަގުކުޑަކޮށްފަ އަލުން އަތުރައްވާ..
ހަ ސީނު
16 November 2020
މައިނޮރިޓީ ލީޑަރު، އޮޅުވާލައިގެން ރާއްޖެ އެތެރެކުރި ކޯސްޓްކިރު ކޮންޓެއިނަރ އަނބުރާ ފޮނުވާނުލީ ކީއްވެތޯ؟
އަހުމަދުބޭ
16 November 2020
ސަލީމް ތީކީ މާތާހިރު ބޭފުޅެއްނޫން ބަޖެޓްގެ ވާހަކަ ދައްކަން، ޑޮލަރުގެ އަގުތިރިކުރަން ކުރަންޖެހޭ ކަންކަން ނުކޮށް ދެން ކޮންވާހަކައެއް އެންމެންވެގެން މިދައްކަނީ
ކައްނެއް މަހު
16 November 2020
އާން އަހަންމަދުބޭ. ތިޔާ ބުނަނީ ރަނގަޅައް. މިވެރިން ތިބެ މިތާ ބޮޑު މުސާރަ ނަގައިގެން އަދި ވިޔަފާރި ކުރަމުން ނުވި ތާކަށް ދާއޮހޮރުވައިގެން މަސައްކަތް ކުރާ ނިކަމެތި ރައްޔިތު މީހާގެ ލޭވެސް ބޯލަނީ. އެއްޗެކޭ ބުނީމަ ބުނާ މީހާ ގޯސް ކޮއްފަ މާދަން ހަޅޭއްލަވާނެ މަޖިލީހުގައި ނިޒާމީ ނުކުތާއޭ މަގޭ އަބުރޭ
ޓިނު
16 November 2020
މިދެންކާކު އަދުރޭ ގާތުބުނެ ތިކަންކުރަން؟