ރިޓްޒް ކާޓަންއިން ރާއްޖޭގައި ތަރައްގީ ކުރާ ރިސޯޓު: ފަޅު ހިއްކައިގެން ހަތަރު ރިސޯޓު މިތަނުގައި ތަރައްގީ ކުރޭ
28 ނޮވެމްބަރ 2020 - 21:08
ސިންގަޕޫރުގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޕޮންޓިއަކް ލޭންޑުން ތަރައްގީ ކުރަމުން އަންނަ ކ. ރަށްފަޅު ހުރާގެ ހަތަރު ވަނަ ރަށުގައި ބިދޭސީން މިއަދު ހަމަނުޖެހުން ހިންގީ، ކޮވިޑް-19 ފެތުރޭތީ އެ ރަށުގައި އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް ދެމެހެއްޓުމަށް މެނޭޖްމެންޓުން ނިންމުމުން ކަމަށް ފުލުހުން ބުނެފި އެވެ.
ރަށްފަޅު ހުރާ ފަޅުތެރެ ހިއްކައިގެން ހަތަރު ރަށެއް ތަރައްގީ ކުރާއިރު އެތަން މެނޭޖް ކުރަން ނިންމާފައިވަނީ ދުނިޔޭގެ ލަގްޒަރީ ތިން ބްރޭންޑެއް ކަމަށްވާ، ރިޒް ކާޓަން އާއި ކަޕެއްލާ ހޮޓެލްސް އަދި ޕަޓިނާ ހޮޓެލްސް އިންނެވެ. އެ ރިސޯޓުތައް ހެދުމުގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު އެ މީހުންގެ ތެރޭގައި މިހާރު ދަނީ ވަރަށް ހަލުއިކޮށް ކޮވިޑް-19 ފެތުރެމުންނެވެ. އެގޮތުން އެ ރަށުން ޕޮޒިޓިވްވި މީހުންގެ އަދަދު، މިދިޔަ ހޯމަ ދުވަހުގެ ނިޔަލަށް 187 އަށް އަރަ އެވެ.
ބަލި ކޮންޓްރޯލް ކުރުމަށް އެ ރަށުގައި މިހާރު ވަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށްފަ އެވެ. ފުލުހުން ބުނީ، މަސައްކަތް ކުރާ މީހުން ހަމަނުޖެހުން ހިންގީ، އެ ފިޔަވަޅުތައް އިތުރަށް ދިގުދަންމައި، މުވައްޒަފުން ވަކި އުސޫލަކުން ކަންކަން ކުރުމަށް މެނޭޖްމެންޓުން އެންގުމުން ކަމަށް ފުލުހުން ބުންޏެވެ.
މިއަދު މެންދުރުފަހު ހިންގި މި ހަމަނުޖެހުން ކޮންްޓްރޯލް ކުރީ ފުލުހުން އެ ރަށަށް ގޮހެވެ. ފުލުހުން ބުނިގޮތުގައި އެއްވެސް މީހަކަށް ބޮޑު އަނިޔާވެފައެއް ނުވެ އެވެ. އެކަމަކު މައްސަލަ ދަނީ ތަހުގީގު ކުރަމުންނެވެ.
ރާއްޖޭގައި ރިސޯޓު ހެދުމުގެ މި މަޝްރޫއު ސިންގަޕޫރު ކުންފުނިން ފެށީ 2017 ވަނަ އަހަރުގެ ތެރޭގަ އެވެ. ގާތްގަނޑަކަށް 500 މިލިޔަން ޑޮލަރުގެ އަގުބޮޑު މި މަޝްރޫއުގެ ދަށުން ތިން ފެންވަރެއްގެ ރިސޯޓު ހަދާނެ އެވެ. މި މަޝްރޫއަކީ ރާއްޖޭގައި މިހާތަނަށް ކުރިއަށް ގެންދާ، މި ފަދަ އެންމެ އަގުބޮޑު އެއް މަޝްރޫއެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވަހީދު
30 November 2020
ތަނެއް ދޮރެއް އުޑެއް ބިމެއް ނުދަންނަ އަގު ހެޔޮ ލޭބަރުން ލައްވައި ބިލިޔަން ޑޮލަރުގެ ރިސޯޓް ތަރައްޤިީ ކުރާއިރު މިފަދަ ކަމެއް ހިނގާފާނެ
އަލަށް ހަދާ
29 November 2020
ކޮންމެ ރިސޯޓެެއްގަ ވެސް ވަކި އަދަދަކަށް ފުލުހުން ތިބެންވީ، ބިދޭސީން އަނބުރާ އިޔާދަ ނުކުރެވޭވަރުގެ ގެއްލުން އެބަދޭ މުދަލައް، މިސާލަކަށް ބ. ބޮޑުފިނޮޅުގަ ދިން ގެއްލުން
ބުރުގާ
29 November 2020
ހެހެހެ،،،،، ނަސީބެއްނު ބިދޭސީން ރާއްޖޭގެ ގާނޫނު އަސާސީދެކެ ރުޅިނައިކަން.
ދެ ފަރާތުގެ ބަސް ހޯދާ
29 November 2020
ފުލުހުން އަދި މެނެޖްމަންޓްގެ ބަސް އެތާ މަސައްކަތްކުާ މީހުންގެ ބަހާ ތަފާތުވުން އެކަށީގެންވޭ
ހަސަނު
29 November 2020
މިރަށުގަ ކަން ހިނގާ ގޮތެއް އަހުމެންނަކަށް ނޭނގެ.. ހަބަރު އަންނަނީ ހަނަ އެކަނި މިތައްމީހުން ބަލިވެއްޖެ ކަމަށް އެކަނި... ބިދޭސީބް ހަމަނުހެހުން ހިންގާނީ ގައިމު ކޮންމެސް ކަންތައްތަކެއް ގޯހުން ދާތީ...
ޟބކހކބކ
29 November 2020
އެބުނީނު ކޮވިޑް ފިޔަވަޅު ވަރުގަދަކުރީމައޭ. ތިކަހަލަ ދިވެހިންނާހެދިއޭ ބިދޭސީންނަށް ކޮންމެކަމެއްގަ ހަމަނުޖެހުން ހިންގަންކެރެނީ. އެމީހުން ކޮންމެކަމެއްގޯސަކޮށްކުރިޔަސް މާބިދޭސީންގެ ހައްގަށްވަކާލާތުކޮށްދޭ ބަޔަކަށްހެދިގެން އުޑެއްބުޑެއްނުބަލަ އެތިވަރު ތިގޮވަނީ. ފުރަތަމަ ދިވެހިންގެ ގައުމުގަ ދިވެހިންގެ ހައްގު ހިމާޔަތްކުރަން އަޑުއުފުލަބަލަ
ތިމާވެށި
29 November 2020
އެ ރިސޯޓުތައް ހެދުމުގައި 2،000 އަށް ވުރެ ގިނަ މުވައްޒަފުން މަސައްކަތް ކުރާއިރު އެ މީހުންގެ ތެރޭގައި މިހާރު ދަނީ ވަރަށް ހަލުއިކޮށް ކޮވިޑް-19 ފެތުރެމުންނެވެ. މިހާރު ސާވޭ ކޮށްލިއަސް ގަވާއިދާ ހިލާފް 300 މީހުންނަށް ވުރެ ގިނަ އިން ނެގޭނެ އެވެ. އެތަނައް ސާވޭ ކުރަން އެއްވެސް ބަޔަކު ނުދާނެ އެވެ.
ބަބުރަންޖީ ހާޖީ
28 November 2020
ބިދޭސީންނަށް މިހާރު ރުޅިމަތަކުރޭ ބޭސްދޭންޖެހޭހެން ހީވޭ. މާބޮޑަށް މިހާރު އެމީހުން ރުޅިގަދަވަނީ. ވާނީވެސް އެހެންތާ ފެނަށް ހޭނޭވަރަކަށް.
ބައުނާ
28 November 2020
ކަލޭވެސް ކާން ނުދީ ފެން ނުދީ މުސާރަ ނުދީ އަޅެއްހެން ގެންގުޅެބަލަ. އަދި ގަޔަށް އަތްލައި ހަދާބަލަ. ރުޅިއަންނަމީހާ ގޯސް ވާނީ ވިޔަފާރިވެރިންނަށް