ޚަބަރު / ރައީސް މުހައްމަދު ނަޝީދު

މައުމޫނާ އެކު މަސައްކަތް ކުރުން މިވަގުތު ވަރަށް މުހިއްމު: ނަޝީދު

ކުރީގެ ރައީސް ނަޝީދު (ކ) އާއި މައުމޫން ޖަލްސާއެއްގައި ބައިވެރިވެވަޑައިގަންނަވަނީ. -- ފޮޓޯ: ވީ ނިއުސް

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރައްޔިތުންނަށް ދެމުންދާ "އަނިޔާ" އާ ދެކޮޅަށް ނުކުންނަވައި އެމަނިކުފާނުގެ ބޭބޭފުޅު، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ފައްޓަވާފައިވާ މަސައްކަތްޕުޅަށް ސިޔާސީ ހުރިހާ ފަރާތްތަކާއި ޖަމިއްޔާ ޖަމާއަތްތައް އަދި ގައުމުގެ ހެވަށް އެދޭ އެންމެން މިވަގުތު ބައިވެރިވުން ވަރަށް މުހިއްމު ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ބޭސްފަރުވާ އަށް އިނގިރޭސި ވިލާތަށް ވަޑައިގެން، އެ ގައުމުގެ ހިމާޔަތް ހޯއްދަވައިގެން ހުންނެވި ނަޝީދު "97 މިނިވަން" އަށް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ވެރިކަމަށް ވަޑައިގަތުމާއެކު ވާދަވެރި ސިޔާސީ ނިޒާމް ނައްތާލަން ރައީސް ޔާމީން އެޅުއްވި ފިޔަވަޅުތަކުން އެމަނިކުފާނު މިހާރު ހުންނެވީ ވަރަށް އެކަނިވެރިވެފައި ކަމަށެވެ. މައުމޫނާ އެކު މަސައްކަތް ކުރަން ޖެހެނީ ވީހާވެސް އަވަހަކަށް، ގައުމަށް ހަމަޖެހުމެއް ހޯދަން ކަމަށް ވިދާޅުވި އެވެ.

އެމްޑީޕީ އާއި އަދާލަތާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެހެން ފަރާތްތައް ގުޅިގެން އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މޯލްޑިވްސް ޔުނައިޓެޑް އޮޕޮޒިޝަން (އެމްޔޫއޯ) އިން ވެސް ކުރަމުން އަންނަނީ، ނަޝީދު ވިދާޅުވި ގޮތުގައި، އެ މަސައްކަތެވެ. އަދި އެންމެން ގުޅިގެން ކުރާ މަސައްކަތް ކާމިޔާބުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ނަޝީދު ވިދާޅުވީ އެމްޔޫއޯ އިން އަބަދުވެސް ބުނަމުންދާ ގޮތަށް، ދުވަސްކޮޅެއް ވަންދެން ގުޅިފައިވާ ސަރުކާރެއް ރާއްޖޭގައި އޮތުން ވަރަށް މުހިއްމު ކަމަށެވެ. ރިޔާސީ އިންތިހާބަކާ ހަމައަށް ދާން ޖެހޭނީ އޭގެ ފަހުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެންގެ ސަލާމަތް އޮތީ އެކަކު އަނެކަކުގެ ގެއްލުމަށް މަސައްކަތް ނުކުރުމުން. ހަސަދަވެރިކަމާއި ރުޅިވެރިކަމާ، މި މަގަށް އަޅުގަނޑުމެން ނުގޮސް ރިވެތި ގޮތުގައި އަޅުގަނޑުމެންނަށް މަސައްކަތް ކުރެވޭތޯ ބެލުން. އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް އެކަން ވާނެއޭ،" ނަޝީދު ވިދާޅވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު: އެމަނިކުފާނު ވަނީ އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވާފައި. --ފޮޓޯ: އަހްމަދު އާޒިމް (އަންޖު)

ސިޔާސީ ލީޑަރުންތަކަކަށް ނުހައްގުން ޖަލު ހުކުމްތަކެއް އިއްވާފައިވާ ކަން ފާހަގަކުރައްވައި ނަޝީދު ވިދާޅުވީ ތަހުގީގުތައް ރަނގަޅަށް ކުރިއަށް ގެންގޮސް ޝަރީއަތްތައް ހިންގަން ޖެހޭނީ އިންސާފުވެރިކޮށް ކަމަށެވެ. އެކަމަކު ރާއްޖޭގައި ކަން ހިނގަނީ އެ އުސޫލުން ކަމަށް ވިދާޅުވެވެން ނެތް ކަމަށް ނަޝީދު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ނުހައްގުން އަދަބު ދީފައިވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމާއި ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްފޫލް ފަދަ ބޭފުޅުން މިނިވަންކުރަން ޖެެހެ އެވެ. އަދި މިދިޔަ އަހަރުގެ މޭ 1 ގައި މާލޭގައި ބޭއްވި މުޒާހަރާގައި ހައްޔަރުކޮށްފައިވާ އެންމެން ވެސް ދޫކޮށްލަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"އެމްޑީޕީން ދެކޭ ގޮތުގައި ހައްޔަރުން ނެއްޓިގެން ނޫނީ ތަރައްގީ ހޯދޭކަށް ނެތް. އަޅުގަނޑުމެންގެ ދިރިއުޅުން ރަނގަޅު ކުރަން އެދޭނަމަ، އެންމެ ފުރަތަމަ ކުރަން ޖެހޭ ކަމަކީ އަޅުގަނޑުމެން މިނިވަންކުރުން،" ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑު އަބަދުވެސް ދަންނަވަން އޮބަހައްޓައި ފިއްތައިގެނެއް ކުރިއެރުމެއް ނުލިބޭނެއޭ."

ސަރުކާރުން އަނިޔާ ދޭ އެންމެން ދޫކޮށްލައި، ސިޔާސީ ޕާޓީތަކުން މަޝްވަރާކޮށްގެން ހައްލަކަށް ދިއުމަށް ނަޝީދު ގޮވާލެއްވި އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި ގައުމު ހަމަ މަގަށް އަޅުވަން، ގުޅިގެން ކުރާ މަސައްކަތުގައި ރައީސް ޔާމީނަށް ވެސް ދެރައެއް ދޭން ވިސްނައިގެން ނުވާނެ އެވެ. މަސައްކަތް ކުރަންވީ މަގްސަދަކީ، އިންސާފާއި ހަމަހަމަކަން ރާއްޖޭގައި ގާއިމްކުރަން ކަމަށް ނަޝީދު ވިދާޅުވި އެވެ.

އިނގިރޭސި ވިލާތުގައި، ދިރިއުޅުއްވުމަކީ "ވަރަށް ބޮޑު ހިތާމާއެއް" ކަމަށާއި "މިގޮތަށް އަބަދަކު އަޅުގަނޑު ނުހުންނާނަން" ކަމަށް ނަޝީދު ވިދާޅުވި އެވެ. އެނބުރި ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރު ކުރެއްވިއަސް ތާރީހެއް ވިދާޅެއް ނުވެ އެވެ.

އެމަނިކުފާނު ވިދާޅުވި ގޮތުގައި 2013 ގެ ރިޔާސީ އިންތިހާބުގެ ނަތީޖާ އޮޅުވާލާފައިވާއިރު ވެސް ރައީސް ޔާމީނަށް ވެރިކަން ކުރެއްވުމުގެ ފުރުސަތު އެމްޑީޕީން ދިނެވެ. އެކަމަކު 2014 ނުނިމެނީސް، ރައީސް ޔާމީންގެ އަމާޒު ސިޔާސީ ލީޑަރުން ހިފައި ހައްޔަރުކުރުމަށް މިސްރާބު ޖައްސަވައި ނުހައްގުން އެތައް ބަޔަކަށް އަދަބު ދޭން ފައްޓާވާފައިވާ ކަމަށާއި އެމްޑީޕީން ސަރުކާރާ ދެކޮޅަށް ބަސްބުނަން ފެށީ އެހެންވެ ކަމަށް ނަޝީދު ވިދާޅުވި އެވެ.

"ވާދަވެރި ސިޔާސީ ނިޒާމް ނައްތާލަން މަސައްކަތް ފެއްޓެވި ހިސާބުން އަޅުގަނޑުމެންނަށް މަޖުބޫރުވީ، އަޅުގަނޑުމެންގެ ހަރަކާތްތައް ކުރިއަށް ގެންދިއުން އިތުރު ކުރަން،" ނަޝީދު ވިދާޅުވި އެވެ.

ގައުމާއި ރައްޔިތުންގެ ހައްގުގައި ކުރެއްވެން އޮތް މަސައްކަތްޕުޅެއް ކުރިއަށް އޮތް ތަނުގައި ވެސް ކުރައްވާނެ ކަމަށް ވިދާޅުވި އެވެ.

35 ކޮމެންޓް, 150 ރިއެކްޝަންސް

icon happy icon happy 81%
icon sad icon sad 3%
icon angry icon angry 16%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ހމމމ

06 November 2016

ހަމަ ހެއުކޮށް.

The name is already taken The name is available. Register?

ލިޓްލް

06 November 2016

އެންމެން ވިސްނާ. މި ގައުމަަށް ރައީސް ނަޝީދު ގެނެސް ދެއްވި އިންގިލާބީ ބަދަލު ތަކުގެ ތެރެއިން. 1 - މުސްކުޅިން ނާއި އެކަނި ވެރި މައިން ގެ އިނާޔަތް 2 - އާސަންދަ (އައިޑީ ކާޑަށް ބޭސް ފަރުވާ) 3 - ޓެކްސް ގެ ނިޒާމް 4 - ފޮތް ލިސްޓް ހިލޭ 5 - ގެސްޓް ހައުސް ވިޔަފާރި 6 - އެންޑް މެނީ މޯ ވިދިން ޖަސްޓް 3 އިޔާރސް. ދެންވެސް ޕީޕަލް ޑޫ އޭސް ހީ ސަޖަސްޓްސް.

The name is already taken The name is available. Register?

ޖީހާން

06 November 2016

ތެދު ފުޅެއް. ހިތާމަ ކުރަން އަންނި އާއި އިދިކޮޅަށް ވޯޓު ދެވުނީ ތީ.

The name is already taken The name is available. Register?

އެނޮނީމާ

08 December 2016

އައްނިޔަށް ހެދުނު އެއްމެބޮޑު ގޯހަކީ އެދުވަހު ސިފައިންގެޔަށްވަދެ އެތާތިބި ސިފައިންނަށް ސީދާ އޭނަ އަމުރު ކުރަންފެށުން. އެއީ ބޮއްސުންލީސަބަބަކީ. އެއްވެސް ތާކު ރައީސަކު ނުހަދާނެ އެހެނެއް. އައްނިވެސް ދުރުގަހުރެ އޯޑަރު ކުރިނަމަ ތަފާތުވީސް ކަންނޭގެ. މީ މަގޭހިޔާލު

The name is already taken The name is available. Register?

އާސިފު

06 November 2016

އަޅުގަނޑު ހިތަށް އަރަނީ އަތުން ފައިން މަސައްކަތެއް ނުކޮށް އަނބިދަރިންނާއެކު މީރުކޮށް ކައިގެން ރީތި ހެދުން ލައިގެން ކުރީގެ ރައީސް ނަޝީދަށް ވުރެ ވަކިން އަރާމުގަ އުޅޭ އެހެން ދިވެހި ރައްޔިތެއް އުޅޭނެބާއޭ

The name is already taken The name is available. Register?

އިސްމައިލު

06 November 2016

މައުމޫނާ އެކު މަސައްކަތް ކުރުމަކީ މިވަގުތު ގައުމުގެ މަސްލަހަތަށް މުހިންމު ކަމެއް. ތިކަމުގަ މަނިކުފާނުގެ ތެދުނިޔަތާ އިޚްލާސްތެރިކަމެއް އަދި ނުފެނޭ. މަނިކުފާނަކީ ވަރަށްގިނަ ފަހަރު ހިތުގަ އޮންނައެތި ނޫން އެހެންވާހަކަ ދައްކަވާ ބޭފުޅެއް.

The name is already taken The name is available. Register?

މަހަށްދޭ

06 November 2016

މިގައުމުގައި އިންތިގާލީ ވެރިކަމެއް ކުޅަދާނަ އެއް ނޫން ގާއިމް ކުރާކަށް. ތަމެންނަށް އެކަމެއް ވިޔަކަ ނުދޭނަން މަމެން ޕިންކީސް އިން މިގައުމުގެ ވެރިކަމުގައި ތިބި ހިނދަކު އިނގޭ. ތަމެން ޖެހޭނީ ތިގޮތަށް ކިޔާލަ ކިޔާލާ ލައްގަލޭ ލައްގަޅޭ ލައްގަޅޭ މައިން ލައްގަޅޭ މަށަށް ލައްގަޅޭ އިންތިގާލީ ވެރިކަމެއް އެހެން ކިޔާލަ ކިޔާލަ ތިބޭން އެވެ. 2018 ވެސް މަމެންނަށް އިނގޭ. ތަމެން ޖެހޭނީ މަހަށް ދާން އެކަމުގައި އިނގޭ.

The name is already taken The name is available. Register?

އިބޫ

06 November 2016

އަލްހމްދުލިއްލާހި ﷲއިރާދަފުޅުން ދާދި އަވަހަށް މި ގައުމުގަިއ އިންތިގާލީ ވެރިކަމެއް ގައިމުވެ، ކަންކަން ހަމަމަގަށް އެޅުވޭނެ

The name is already taken The name is available. Register?

ހަސަން

06 November 2016

ރާއްޖެ ލިޓިލް ސިންގަޕޯރ އަށް ހަދާނުދިނަސް މަމެން ޕިންކީންނަށް އޯކޭ .. ރައީސް ޔާމީނު އަވަހަށް އިސްތިއުފާދީފަ ގޭގަ މަޑުކޮށްލާ

The name is already taken The name is available. Register?

ރެއްރެރޭރޭރޭ

05 November 2016

އެމްޑީޕީ ވެސް ރަނގަޅު މަގަށް ޑްރަައިވް ކުރުމަށް ޓަކައި އެމްޑީޕީ ވެސް އޯވަރ ހޯލް ކުރަން ވެއްޖެ ކަމަށް ރައީސް ނަޝީދު މަމެން ޕިންކީންސް އިން ނަށް ފެނޭ. މަމެންނަށް މިކަން ފާހަގަ ކުރެވެނީ އެއީ އެމްޑީޕީގެ އެކި އެކި އޯގަންސް ތައް ސްޕޮރާޑިކް އުސޫލުން މަސައްކަތް ކުރާ ތަން ފެންނާތީވެ. ވެރީ ނޮން ސިސްޓަމެޓިކް.. އެމްޑީޕީ ކުދިން ދެކެ މަމެން ޕިންކީންސް ވެސް ވަރަށް ލޯބި ވެއެވެ. އެއީ މަމެން ފަދައިން މަމެން ގައުމުގެ ދިވެހި ދަރިންނެވެ. އެމެން ބާކީ ކޮށްފައި މަމެން ފްލެޓްސް ތައް މާލެ ސަރަހައްދުން ދޭނެ ބަޔަކު ވެސް ނުތިބޭނެއެވެ އަދި އެމަގުން ކަންކަން ކުރަން މަމެން ބޭނުމެއްވެސް ނޫނެވެ. މަމެންނަށް އެއް ފްލެޓް ލިބިއްޖެނަމަ ތަމެންނަށް 2 ފްލެޓްސް މަމެން ދޭނަމެވެ. ރޭޝިއޯ އަކީ 1:2 އެވެ. ތަމެންނަށް ދޭއް މަމެންނަށް އެކެއް އެވެ. ލަވިންގް ރަންރީނދުލޭސް އާރ ގިވިންގް އެން އިލެކްޓްރިފައިންގް ޗާރޖް ޓު ބެކް އޮފް މައިންޑް.. ރެއްރެރޭރޭރޭ، ރެއްރޭރޭރޭ، ރެއްރެރޭރޭރޭ، ލަވިންގް ރަންރީނދުލޭސް މީންސް ދެޓް ގެޓިންގް އެން އިންގްލިޝް ސޮސައިޓީ އެންގޭޖްޑް ޓު ޕިންކީސް.. ޓަޗިންގް ރަންރީނުލޭސް މީންސް ދެޓް ވީ ވިލް ނެވަރ ފައިންޑް ސަޗް އަ ހާރޑްވާރކިންގް ޓީމް، އޯއް، ޔޭއް، ރެެއްރެރޭރޭރޭ، ރެއްރެރޭރޭރޭ، ރެއްރެރޭރޭރޭ، ޑާންސް، ޑާންސް، ޑާންސް..

The name is already taken The name is available. Register?

ގާގަބެލް

05 November 2016

މުޅި ގައުމު މިއޮތީ އެމް.އެމް.ޕީ.އާރު.ސީ އައްވެފަ. ޜާއްޖެ މިއޮތީ އުތީމު ތަކުރުފާނު ފަދަ ގައުމީ ބަތޮލެއްގެ އިންތިޒާރުގަ.

The name is already taken The name is available. Register?

މޯލްޑިވިއަން

05 November 2016

މީނާގެ ވާހަކަ ކިހާ ރީތި. މިއީ މިކަހަލަ މީހުންގެ ވާހަކަ ހުންންނެ ގޮތް. މިއިން އެނގިގެން މިދިޔައީ މި މީހުން ހަދައިގެން މިއުޅޭ އެމްޔޫއޯއަކީ ތާކުންތާކު ޖެހޭ ޖަމާއަތެއް ނޫންކަން. އުޅެއުޅެ އެއްވެސް ކަމެއް ނުވީމަ ދެން ދުއްވައިގަންނަން މިއުޅެނީ ރައީސް މައުމޫނު ބޮލަށް ޗިޕު ޖަހާލެވޭތޯ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454