ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަަދު ޝިޔާމް އޭނާއާ ދެކޮޅަށް ދައުވާ ކުރަން އޭސީސީން މިއަދު ވަނީ ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި.
23 ޑިސެމްބަރ 2020 - 16:18
ވިލިމާލޭގައި ހުންނަ ކޯސްޓްގާޑްގެ އިމާރާތުގެ ވީއައިޕީ ބައިގައި ބައްޕަ ބެހެއްޓެވި މައްސަލައިގައި ކުރީގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް (ރިޓަޔާޑް) އަހުމަދު ޝިޔާމާ ދެކޮޅަށް ކޮރަޕްޝަނުގެ ކުށުގެ ދައުވާކުރަން އެންޓި-ކޮރަޕްޝަން ކޮމިޝަނުން ޕްްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށްް މިއަދު ފޮނުވައިފި އެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި ޝިޔާމް ހުންނެވި އިރު އޭނާގެ ބައްޕަ ގިނަ ދުވަސްތަކެއް ވަންދެން ސިފައިންގެ އެ އިމާރާތުގައި ދިރިއުޅުއްވި މައްސަލަ އޭސީސީން ފުރަތަމަ ބެލުމަށް ފަހު ނިންމީ އެކަމުގައި ކޮރަޕްޝަނެއް ނެތް ކަމަށެވެ. އެ މައްސަލަ ދެވަނަ ފަހަރަށް ބެލީ އަލުން ބަލަން ޕީޖީން އެންގުމުންނެވެ.
އޭސީސީން މިއަދު ބުނީ ޝިޔާމާ ދެކޮޅަށް ދެ ކުށެއްގެ ތުހުމަތުކޮށް ދައުވާ ކުރަން ފޮނުވާފައިވާ ކަމަށެވެ. އެއީ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އާއި ނަހަމަގޮތުގައި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށްގެން، އޭގެ ފައިދާ ލިބެން ނުޖެހޭ މީހަކަށް މަންފާއެއް ހޯދައިދިނުމުގެ ކުށުގެ ދައުވާ އެވެ.
ވިލިމާލޭގައި ހުންނަ ކޯސްޓް ގާޑްގެ އިމާރާތުގައި ޖުލައި 18، 2017 އިން ފެށިގެން ޑިސެމްބަރު 11، 2018 އާ ހަމައަށް ޝިޔާމްގެ ބައްޕަ ދިރިއުޅުއްވި މައްސަލަ އޭސީސީއަށް ފުރަތަމަ ހުށަހެޅީ އަމިއްލަ ފަރާތަކުންނެވެ. އޭރު އެ މައްސަލަ ފައިލް ކުރި އިރު އޭސީސީން ބުނީ ސިފައިންގެ ވީއައިޕީ ގޭގައި، ޑިފެންސް ޗީފާއި ވައިސް ޗީފް އަދި ކޯސްޓް ގާޑުގެ ކޮމާންޑަރު އަންގަވާ ގޮތެއްގެ މަތިން އެކި މީސްމީހުންނަށް ތިބުމުގެ އިންތިޒާމު ހަމަޖެހޭކަން ލިބިފައިވާ ލިއުންތަކުން އެނގޭ ކަމަށެެވެ. އެހެންވެ، ޝިޔާމްގެ ބައްޕަ އަށް އެތަނުގައި ހުންނެވުމުގެ އިންތިޒާމު ހަމަޖައްސައިފައި ވަނީ ނާޖާއިޒު ފައިދާއެއް ހޯދައިދިނުމަށް ކަމަށް ނުބެލެވޭ ކަމަށް އޭރު ތަހުގީގު ނިންމި ގޮތުގެ ރިޕޯޓުގައިވެ އެވެ.
ޝިޔާމަށް ދައުވާ ކުރަން ފޮނުވުމަށް ފަހު އޭސީސީން މިއަދު އާއްމުކުރި ބަޔާނުގައި ބުނީ ޝިޔާމްގެ ބައްޕަ ބެހެއްޓެވި ވީއައިޕީ ގެއަކީ ސިފައިންގެ މަރުކަޒެއް ކަަމަށްވާ އެމްއާރްސީސީގެ ބަޔަކަށް ވާތީ އެ މަރުކަޒަށް ހިނގާ ގަވައިދު އެ ގެއަށް ވެސް ހިނގާނެ ކަމަށެވެ. އެހެންވެ އެެ ގޭގައި އާއްމުންނަށް ދިރިނޫޅެވޭނެކަން އެނގޭ ކަމަށް ވެސް ބުންޏެވެ.
"...ހަމައެހެންމެ، ވީ.އައި.ޕީ ގެއަކީ ސިފައިންގެ އެކިއެކި ބޭނުންތަކަށާއި ސިފައިންގެ ހިދުމަތްތަކަށް އަންނަ ހާއްސަ ފަރާތްތައް ވަގުތީ ގޮތުން މަޑުކޮށްގެން ތިބުމަށް ބޭނުންކުރާ ތަނަކަށްވާއިރު، ދައުލަތުގެ މާލިއްޔާއިން ހަރަދުކުރާ ތަނެއްގެ އިސް މަގާމުތަކުގައި ތިބޭ ފަރާތްތަކުން، މަގާމުގެ ނުފޫޒު ބޭނުންކޮށް އެތަނެއްގެ ވަސީލަތްތައް އެ ފަރާތެއްގެ އަމިއްލަ ބޭނުންތަކަށް ބޭނުންކުރެވޭނެ ކަމަށް ދެކޭ ދުވަސްވީ ސަގާފަތެއް ދައުލަތުގެ މުއައްސަސާއެއްގެ ތެރޭގައި އޮތުމަކީ އެ އަމަލު ހުއްދަކުރާނެ ނުވަތަ ކޮރަޕްޝަން ހުއްދަވާނެ ކަމެއް ނޫނެވެ. އެގޮތުން، އެ އަމަލަކީ ދައުލަތުގެ މުވައްޒަފެއްގެ ވަޒީފާ ނުވަތަ މަގާމު ބޭނުންކޮށްގެން ދައުލަތުން ހަރަދުކުރާ ތަނެއްގެ މަންފާ، އެ މަންފާއެއް ލިބެންނުޖެހޭ ފަރާތްތަކަށް ލިއްބައިދޭ އަމަލެއްކަން ފާހަގަކުރެވެއެވެ،" އޭސީސީގެ ބަޔާނުގައި ބުންޏެވެ.
ޝިޔާމްްގެ މައްސަލަ އަލުން ބަލަން ޕީޖީން އެދުމުން، އޭސީސީން އޭރު ބުނީ މައްސަލަ އަލުން ތަހުގީގުކުރާނީ ކުރިން އެ މައްސަލަ ބެލި ޓީމް ނޫން އެހެން ޓީމަކުން ކަމަށެވެ. އެ ކޮމިޝަނުން އެ މައްސަލަ ބަލާފައި މިވަނީ މައްސަލައިގައި ކޮރަޕްޝަން ނެތް ކަމަށް ނިންމީ ޝިޔާމަށް މަންފާ ހޯދައިދޭން ކަމަށް ތުހުމަތުކޮށް، އާއްމުންގެ މީހަކު ކޮމިޝަނުގެ މެމްބަރުންގެ މައްސަލަ ފުލުހަށް ވެސް ހުށަހަޅާފައި ވަނިކޮށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮމާންޑަރ ބޯކުޑޭ
24 December 2020
ސިފައިން ސިޔާސީ ކުރުން ވަގްތުން ވަގްތަށް ދޫކޮށްލާ
ޖެނެރަލް ކުޑަބެ
24 December 2020
ސިފައިނެގެ މީހާއާއި ސިފެއިންގެ އާއިލާގެ ދިފާއުގައި ސިފައިން ތިބޭނެ
ޒީތު
24 December 2020
ގައުމާއި ވަތަންގެ ދިފާއުގައި ފުރާނައިން ގުރުބާންވާން ހޭލާތިބޭ ލަޝްކަރީންގެ އަބުރު ހިމާޔަތް ކުރުމުގައި މުއައްސަސާ ފެއިލްވެފައި
ސަމަރުބުލޫ
24 December 2020
ޖެނެރަލް ޝިޔާމް އަކީ ދިވެހިން ފަޚުރު ކަމުގައިވާ ސިފައިންގެ ވަޒީފާގައި ދިގު މުއްދަތަކަށް އިޚްލާސް ތެރިކަމާ އެކީ ގައުމަށް ޚިދުކަތް ކޮށް ދެއްވާފައިވާ އަދި ޗީފް އޮފް ޑިފެންސް ފޯސްގެ މަގާމުގައި މިގައުމަށް ދިމާވި ބޮޑެތި ގޮންޖެހުން ތަކުގެ ތެރޭ ލީޑަރޝިޕް ދެއްކެވި ބަތަލެއް. މިފަދަ ގަދަރުވެރި ބޭފުޅަކާ މިވަރުގެ ކުޑަ ކަމަކާ ދައުވާ ކުރުން ބަލައި ނުގަނެވޭ. ކޮބާ ލަދު؟؟
ބުލޫސަމަރު
24 December 2020
ގަދަރުވެރިކަމުންދޯ އެންމެ މަތީ ކޯޓު ހިންގުމުގައިވެސް ރެޔާއި ދުވާލު އުޅުނީ!
ނަހުލާ އަލީ
24 December 2020
ސިފައިންގެ ކުރީގެ ޗީފް އަކަށް ދައުވާ ކުރުމަކީ ދެރަވަރުކަމެއް. މިހާރުވެސް ތިޔަކަންކަން ހިނގަނީ ތިހެން. މިނިސްޓަރަށް ހުންނަވާ ބޭފުޅަކާއި ޗީފަށް ހުންނަވާ ބޭފުޅެއްގެ އާއިލާއަށް ބޭނުން ހުރިހާ ކަމެއް އެމްއެންޑީއެފް ތެެރެއިން އޭރުވެސް އަދި މިހާރުވެސް ކުރޭ. ސިފައިންގެ ރަށްތަކަށް ސިފައިންގެ ވެހިކަލްގަ ލޯންޗުގައި ގޮސް ސިފައިންގެ ހަރަދުގަ ކައިބޮއިހަދާ މިކަހަލަ ކިތަންމެ ކަމެއް ހިނގާ. މިކަންކަން މޮނިޓަރ ކޮށް ރެގިއުލޭޓް ކުރެވޭނެގޮތެއް ނޯވޭ.
ޒުއްބަ
24 December 2020
ފުލެޓުގަ ހުރީތާ.. މިނިސަޓަރާ އޮފިސަރުންތައް ދައލަތުގެ އުޅަނދުފަހަރު ބޭނުން ކުރަނީ ހިތުހުރިގޮތަކަށް
އަދަބު
24 December 2020
ސިޔާސީ ނުފޫޒު ވަދެފަ އެވެ.
ޖައިސާމް
24 December 2020
ޖެނެރަލް ޝިޔާމްގެ މައްސަލަ ކޮރަޕްޝަން ނޫންކަމަށް ނިންމީ ކުރީގެތޯ މިހާރުގެ އެންޓިކޮރަޕްޝަން ކޮމިޝަނުންކަން ހިމަނާލިނަމަ ކިޔުންތެރިންނަށް ސާފުވީސް މިވެގެން މިއުޅޭ ކަމެއް.
ފަހީމާއިބުރޭ
24 December 2020
ސުވާލު އުފެދެނީ ޕީޖީއަކަށް ނޫން ސުވާލު އުފެދެނީ އޭ.ސީ.ސީ ގެ ތަޙްޤީޤްހިނގާ ގޮތުން . ޓީމު ބަދަލުވީ ދައުވާއެއް ކުރަން ނުޖެހޭކަމަށް ބުނި ބުނުން ނަފީވީ . އަޖައިބުން އަޖައިބު . އެންމެ ހިތްގައިމުވާޏީ ކުރިން ތިޔަ މައްސަލަބެލި ޓީމުގެ މައްސަލަބަލާ އޭސީސީ ބަދުނާމްވާގޮތަށް ތަޙްޤީޤެއްކޮށްފައިވާތީ އެޓީމަށްވެސް ފިޔަވަޅެއް އަޅާލީމަދޯ . މަޤާމުގެ ނުފޫޒުބޭނުންކޮށްގެން ތަޙްޤީޤްކުރާ ޓީމުގެ މެމްބަރުންނަށްވެސް އެއްލޯ މަރައިގެން އަނެއްލޯ ކުޑަކުޑަކޮށް ހުޅުވައިގެން ވީގޮތްފެނޭނު
12134
24 December 2020
އެއްވެސް މީހެއް ތަފާތުނުކޮށް ތިގޮތަށް ކަންކުރާނަމަ ރަގަ ، ނޫންނަމަ ކަޑަ