ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާ އަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ދެކަނބަލުން ވަޑައިގަތުމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަރުހަބާ ދަންނަވަނީ.---ފޮޓޯ: ރައީސް އޮފީސް
27 ޑިސެމްބަރ 2020 - 11:57
ކޮވިޑް-19އަށް ވެކްސިން ހޯދަން ސަރުކާރުން ކުރަމުން އަންނަ މަސައްކަތުން ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެކްސިން ހަމަޖެހޭނެ ކަމުގެ ޔަގީންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ރޭ ދެއްވައިފި އެވެ.
ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކުރިއަށް ގެންދާ "ކޮވެކްސް" ޕްރޮގްރާމުން ރާއްޖޭގެ އާބާދީގެ 20 ޕަސެންޓަށް ހިލޭ ވެކްސިން ލިބޭނެ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ން ބުނެފައި ވަނިކޮށް، އެ ސްކީމް ފެއިލްވެދާނެ ކަމުގެ ބިރު އޮތް ކަމަށް ރޮއިޓާސް އިން ދިރާސާކުރި އިންޓާނަލް ރިޕޯޓްތަކުގައި ވަނީ ބުނެފަ އެވެ.
އެޗްއީއޯސީން ވެކްސިން ހޯދުމުގެ މަސައްކަތުގައި އަމާޒު ހިފާފައި ވަނީ އަންނަ އަހަރުގެ ފުރަތަމަ ތިން މަސް ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެކްސިން ޖަހަން ފެށުމަށެވެ. އެކަމަކު، ސީދާ ތާރީޚެއް އަދި ނޭނގުނަސް ވެކްސިންގައި ހަމައެކަނި ބަރޯސާވަނީ ކޮވެކްސް ޕްރޮގްރާމަށް ނޫން ކަމަށާއި އެހެން ގޮތްގޮތުން ވެސް ވެކްސިން ޔަގީންކުރަމުން އަންނަ ކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.
މި އަހަރުގެ ގައުމީ އިނާމު ދިނުމަށް ޖުމްހޫރީ މައިދާނުގައި ރޭ ބޭއްވި ޖަލްސާގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ކޮވިޑް-19އާ އެކު ޓޫރިޒަމް ހުއްޓި އިގްތިސާދީ ގޮތުން އެންމެ ބޮޑު އަސަރެއް ރާއްޖެ އަށް ކުރި ނަމަވެސް ކުރިއަށް އޮތީ އުފާވެރި ދުވަސްތަކެއް ކަމުގެ އުއްމީދު އާވާ ކަމަށެވެ. އާބާދީގައި 500،000 މީހުން ތިބި ރާއްޖެ އަށް ބޭނުންވާ މިންވަރަށް ވެކްސިން ހޯދަމުން އަންނަ ކަމަށާއި އެކަން ހަމަޖެހޭނެ ކަމަށް ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވި ގޮތުގައި ވެކްސިންގެ ތަފްސީލުތައް ކަމާބެހޭ އިދާރާތަކުން އާއްމުންނަށް ހާމަކުރާނެ އެވެ. ހުރިހާ ރައްޔިތުންނަށް ވެސް ވެކްސިން ޖަހާނީ ހިލޭ ކަމަށް ރައީސް ކުރިން އޮތީ އިއުލާން ކުރައްވައިފަ އެވެ.
ރައީސްގެ ވާހަކަފުޅުގައި ކޮވިޑް-19 އިން ރައްކާތެރިވުމުގެ ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަލުން ހުޅުވާލުމުން ޓޫރިސްޓުންގެ އެންމެ މަގްބޫލު މަންޒިލަކީ ރާއްޖެކަން ފާހަގަކުރެއްވި އެވެ. ކުރު މުއްދަތެއްގެ ތެރޭގައި ޓޫރިޒަމަށް ބޮޑު ކުރިއެރުމެއް އައިސްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"ރާއްޖޭގެ ބޯޑަރުތައް ހުޅުވާލައި، ފަތުރުވެރިންނަށް މަރުހަބާ ކިޔަން ފެށުނީ ރައްޔިތުންގެ ވަރަށް މަތިވެރި ގުރުބާނީތަކެއްގެ ސަބަބުންކަން އަޅުގަނޑަށް ޔަގީން،" ރައީސް ވިދާޅުވި އެވެ.
ކޮވިޑް-19 އިން ރައްޔިތުން ރައްކާތެރިކޮށް ބޭތިއްބުމުގައި ސިއްހީ ދާއިރާ އާއި އެހެން ދާއިރާތަކުން އިސްކޮށް މަސައްކަތް ކުރަމުން އަންނަ މީހުންގެ ޚިދުމަތަށް ރައީސް ރޭ ވެސް ޝުކުރު އަދާކުރެއްވި އެވެ.
"ކޮވިޑުން ރައްކާތެރިވުމަށް އެޅި ފިޔަވަޅުތަކަށް ލުއިތައް ދެމުން އަންނައިރު، ގައުމު ކުރިން އޮތް ހާލަތަށް ވުރެ ވެސް، ރަނގަޅު ހާލަތަކަށް ގެންދެވޭނީ، މިހާރު އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ފުރިހަމަ އަށް އަމަލު ކޮށްގެންކަން އަޅުގަނޑުމެންގެ ހަނދާނުގައި ބަހައްޓަންވާނެ،" ރައީސް ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
27 December 2020
ކޮރޯނާ ވެކްސިނަށްވުރެން މުހިންމު އަދި ޤާނޫނުއަސާސީން ލާޒިމްކޮށްފައިވާ ސާފު ބޯފެނާއި ނަރުދަމާގެ ހިދުމަތް ރާއްޖޭގެ އެންމެ ބޮޑުސިޓީގެ ރައްޔިތުންނަށް ނުދީއޮތް ސަރުކާރަކުން ތިހެން ވެކްސިން ލިބޭނެކަމަށް ބުންޏަސް އެވާހަކަ އަހަރުމެން އަޑުއަހާ ޤަބޫލު ކުރާކަށް ނުޖެހޭނެ. # ކޮވިޑް ޖެހި ރަނގަޅުވެގެން ދިޔައިރުވެސް މިސިޓީގެ އިކްއިޓޯރިއަލް ހޮސްޕިޓަލުން ވައިރެސް ޓެސްޓް ހެދޭނެ ގޮތެއްނެތް. އެއަރޕޯޓްގައި އޮތީ ބޮޑު ތަޅު އަޅުވާފަ. މާލޭ އެއަރޕޯޓް މުޅި ދުނިޔެއަށް ހުޅުވާލާފަ!!
ޅަބޭ
27 December 2020
ކަނޑައެޅިގެން ދޮގެއް.
އަބްދޫ
27 December 2020
ދުނިޔޭގެ ގިނަގައުމުތަކުން ވަނީ ވެކްސިންގެ އެތައްބިލިއްނޑޯޒްތަކަށް ފައިސާ ދައްކާފަ. އެފައިސާ ދެއްކިފަރާތްތަކަށް ދޭންޖެހޭ މިންވަރަށް ވަެސް 2021 ނިމޭ ިރު ވެކްސިން ނުއުފެއްދޭނެ.ޑަބްލިއު އެޗްއޯއަކީ ވެކްސިން އުފައްދާތަނެއްނޫން. ޑަބްލިއު އެޗްއޯ އަކީ ހިލޭއެހީ ލިބިގެން ނާއި ޗަންދާއިން ލިބޭ ފައިސާއިން ގަނެގެން އެހީ ފޯރުކޮށްދޭ ޖަމާއަތެއް. މި ޖަމާއްތަ ވެސް މިހާރުވަނީ ފަގީރުވެފަ. އެއީ އެންމެ ބޮޑުޗަންދައެއް ދޭ އެމެރިކާ އިން ޗަންދަާދިނުން ހުއްޓާލުމުން..
އަހްމަދު
27 December 2020
ހެޔޮން ވެކްސިންއެއް. ތީ ހުސް ވިޔަފާރި... އަމިއްލަޔަށް ޖަހާލާ ތިކުދިން
މުރާސިލު
27 December 2020
އަޅެ ހާދަގައޭ! މިއަދު ދެންނެތްކިޔާނެ އެކައްޗެއްވެސް. އެކަމަކު އަދި ލިބޭވަރުވާނީ އިންޑިއާ އިން ބަލިކޮންޓްރޯލްވެ ވެކްސިން އެޤައުމުގެ ރައްޔިތުން ކަމަށް ޤަބޫލުކުރާ މީހުންނަށް ދީނިމުމަށްފަހު ހޯމްލެސް ފަޤީރުންނަށް ވެކްސިން ދެވެން ފެށުމުން. ގާތްގަނޑަކަށް އެސްޓިމޭޓް ކުރެވިދާނެ އަންނައަހަރުގެ ޖުލައިމަހުގެ މެދުތެރެހިސާބަށް.
ދުރޫސުލް އަޚްލާގު
27 December 2020
ކޮވިޑުފެށުނުފަހުން ސަރުކާރުން ކެނޑީ ހުސް ފޮނި. ނޫނީ ބައެއްހާލަތްތަކުގާ އޮޅުވާލުން.
ދިއްދޫމީހާ
27 December 2020
ރާއްޖެއަ ބޭނުންވާ ވަރަށް ކޯންޗެއް ނުލިބެނީ؟؟ ރާއްޖެެއަ ބޭނުން ވާވަރަށް ލިބެނީ އެއްމެ އެއްޗެއް، މަގުމަތި ބަލާލީމަ އިންގޭނެ ލިބެނީ ކޯންޗެއްކަން،،
ޝާޑު
27 December 2020
ބަނގުލަދަޝްބޭފުޅުން ދޯ؟
1828
27 December 2020
ލިބުނީމައިި ލިބިއްޖެއޭ ބުނެބަލަ.
މުހައިމިން އައް
27 December 2020
ކޮން އިރަކުތަ ތި ވެކްސިން ލިބެނީ؟
ނައު11
27 December 2020
18 ނުވަތަ 16 އަހަރުން ދަށު މީހުނައް ޖަހަން ހުއްދަ އޮންނަ ވެކްސިނެއް ނުއުފައްދާ. ޢުފައްދަން މަސައްކަތް ވެސް ނުކުރޭ. ދެން ޑރ ނަޒްލާ މީތި ސާފްކޮއްލަ ދިނީމަ އިބޫ މިހެން އެހެންޏޭ ބުނާނެ. ވާނުވާ ބަލާފަ ވާހަކަ ދައްކަން ވާނި.