ކްރައިމް ސީން ރިބަން: އަނިޔާވި ބިދެސީއަށް ފަރުވާ ދޭން ހުޅުމާލެ ހޮސްޕިޓަލަށް ރޭ ގެންދިޔަ
04 ޖެނުއަރީ 2021 - 13:31
ހުޅުމާލޭގައި ބިދޭސީއަކަށް ބޮޑެތި އަނިޔާތަކެއް ދީ އޭނާގެ ވޮލެޓާއި ފޯނު ފޭރިގެންފި އެވެ.
ފުލުހުން ބުނީ މި މައްސަލަ ރޭގެ ވަގުތެއްގައި ރިޕޯޓްކޮށްފައިވާ ކަމަށެވެ. އެ މީހާއަށް ފަރުވާ ދޭން ހުޅުމާލެ ހޮސްޕިޓަލަށް ގެންދިޔަކަން ފިޔަވައި އިތުރު މައުލޫމާތެއް ފުލުހުން ނުދެ އެވެ.
ސޯޝަލް މީޑިއާގައި ދައުރުވި ފޮޓޯއަކުން ފެންނަ ގޮތުގައި ބިދޭސީ މީހާގެ އެއް ފައި ވަނީ ވަރަށް ބޮޑަށް ޒަހަމްކޮށްލައިފަ އެވެ. އަދި އެ މީހާ ލައިގެން ހުރި އަންނައުނު ވެސް ވަނީ ވީދާލައިފަ އެވެ.
ފުލުހުން ބުނީ މި މައްސަލައާ އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށާއި މައްސަލަ އަންނަނީ ތަހުގީގުކުރަމުން އަންނަ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރަނގު
04 January 2021
ސަރުކާރުވެސްފޭރެނީ ރައްޔިތުން އަތުން.
ރަދުން
04 January 2021
މިގައުމުގެ ސަރުކާރަކީވެސް ހަމައެއް ލަމައެއް ނެތް ތަނެއް.
ދެރަ
04 January 2021
ފުލުހުނަށް ކުރެވޭނީ ކީއްތޯ. ޓިކްޠޮކްގަ ޓޫރިސްޓުނަމުގަ އަންނަ ބޭރުމީހާވެސް އެދަނީ ދުލުން ފަ-އޯފް ޖަހާލާފަ. ޓްވިޓާގަ ސަރުކާރު ހިންގަން ތިބި ވެރީން އެއަށް ނައިސް ޖަހާލާފަ. ވަރަށްދެރަ.
ޙިނި
04 January 2021
ޒުވަނުނައް ބޭނުންވަނީ ފުޓްސަލް ދަންޑާ ހަކުރައް ފަރުވަދޭތަންތަން
ރަދީފްއޮފިޝިއަލް
04 January 2021
ހިތާމަހުރި އަމަލެއް.އަހަރުމެންގެ ތެރެއިން ބައެއް ޒުވާނުން މިތިބެނީ ކިހިނެއްވެފަތަ؟؟!! އަތުން ފައިން އެއްވެސް މަސައްކަތެއް ނުކޮށްތިބެ ނިކަމެތި ބަންގާޅު ކުދިންނަށް މިހެން ފުރައްސާރަކޮށް ގަޔަށް އަތްލުން މިއީ އެޒުވާނުން އެއީ ނުކުޅެދޭ ބައެއްކަން ހާމަވާކަމެއް.ބަންގާޅު ކުއްޖާއަށް އަވަސް ޝިފާއަކަށް އެދެން.ވ.ވ.ެދުން
ޜާގޮޑިރާޖާ
04 January 2021
ޒުވާނުންނަށްހެޔޮވާނެތާ މައިންބަފައިންނަށް ޥެސް ހެޔޮވިއްޔަ ގިނަ މައިންބަފައިންވެސް އެ މީހުންކުރާ ކުއްތަށްފޮރުވަންވިއްޔަ އުޅެނީ.
ކޮރަލް
04 January 2021
މިހާރު އާއްމު ކަމެކެވެ. ފުލުހައް ހުށަހަޅަނީ މަދު މައްސަލަ އެކެވެ. މައްސަލަ ހުށހެޅިއަސް މާސީރިއަސް ކޮށް މައްސަލަ ނުބަލަ އެވެ.
ޢާދަނުބެ
04 January 2021
ތީދެން މިގައުމުގެ ހާލަތު
އަލީ
04 January 2021
ތިކަންވެސް ދާނީ ތޮޅިއައް.ފުލުހުންނައް ވަނީ ކޮންކަމެއްތޯ. ބޭކާރު ބައެއް