އޭސީސީގެ މެމްބަރުން، މީގެ ކުރިން މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިއަދު ޖަވާބުދާރީވަނީ. ޖުޑިޝަރީ ކޮމިޓީއަށް އޭސީސީގެ ރައީސް ހާޒިރުުކޮށް ސުވާލުކުރަން މަޖިލީހުގެ ރައީސް މިއަދު އެދިވަޑައިގެންނެވި.---ފޮޓޯ: މަޖިލިސް
09 ފެބުރުއަރީ 2021 - 10:42
ދުބާއީގެ ކުންފުންޏަކާ ހަވާލުކޮށްގެން ރާއްޖެ އަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް ނުލިބުމުގެ މައްސަލައިގައި އިހުމާލުވާ ފަރާތްތަކަށް ދައުވާ ކުރުމަށްޓަކައި، އެ މައްސަލަ އަލުން މުރާޖައާ ކުރަން ބޭނުންވާ ލިޔެކިޔުންތައް ދީފައި ނުވާތީ، އެންޓިކޮރަޕްޝަން (އޭސީސީ) އާއި ފުލުހުންގެ ވެރިން މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީ އަށް ހާޒިރުކުރުމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު އެދިވަޑައިގެންފި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްްގެން ރާއްޖެ އަށް ގެންނަން އުޅުނު ވެންޓިލޭޓަރުތައް އަދިވެސް ނުލިބެ އެވެ.
ވެންޓިލޭޓަރު ގެންނަން އެ ކުންފުންޏާ ހަވާލުކުރުމުގައި ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުން ކޮރަޕްޝަނުގެ އަމަލުތައް ހިންގާފައިވާ ކަމަށް ތުހުމަތުކޮށް، އެ ބޭފުޅުންނަށް ދައުވާ ކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލް ގެ އޮފީހަށް ފޮނުވި އެވެ. ނަމަވެސްް ޕީޖީ ހުސައިން ޝަމީމް ނިންމެވީ އެ ބޭފުޅުންނާ ދެކޮޅަށް ދައުވާ ކުރެވެން ނެތް ކަމަށެވެ.
އެގޮތަށް ނިންމެވުމުން މަޖިލީހުން ޕްރޮސެކިއުޓާ ޖެނެރަލަށް އެންގީ އެ މައްސަލައާ ގުޅޭ ގޮތުން އެހެން މުއައްސަސާތަކުގައި ހުރި މައުލޫމާތުތައް އެއްކޮށް، މައްސަލަ އަލުން މުރާޖައާ ކުރުމަށެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް ނަޝީދު ވިދާޅުވީ، އެ މައުލޫމާތު ހޯއްދައްވަން އޭސީސީ އާއި ފުލުހުންގެ އިދާރާގައި ޕީޖީ ޝަމީމް ލިޔުމުން އެދިވަޑައިގެންނެވި ނަަމަވެސް އެކަމާ ގުޅޭ އެއްވެސް މައުލޫމާތު ލިބިވަޑައިނުގެންނެވި ކަން މަޖިލީހަށް އަންގަވާފައިވާ ކަމަށެވެ.
"އެހެންވީމާ އަޅުގަނޑު އަނެއްކާވެސް ޖުޑިޝަރީ ކޮމިޓީގައި އެެދެނީ މި މުއައްސަސާތަކާއި އެއީ އެންޓި ކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ފުލުހުންގެ ކޮމިޝަނަރާއި މި ދެބޭފުޅުންގެ ގާތުގައި އަނެއްކާވެސް އައްސަވައިގެން ސާފުކުރައްވަން، އެ ބޭފުޅުން އެ މައުލޫމާތު ސިއްރު ކުރައްވައި، ޕްރޮސެކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށްޓަކައިތޯ ސާފުކުރަން،" ނަޝީދު ވިދާޅުވި އެވެ.
ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ކުރީގެ މިނިސްޓަރު އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބޭފުޅުންނަށް ވެސް ދައުވާ ކުރެވޭ ވަރަށް ހެކި ނެތްކަމަށް ޕީޖީން ކުރިން ބުނުމުން އޭސީސީން އޭރު އެ ކަމަށް ރައްދު ދީ ބުނީ ހެކި އެބަހުރި ކަމަށެވެ.
އެހެންވީމާ އަޅުގަނޑު އަނެއްކާވެސް ޖުޑިޝަރި ކޮމިޓީގައި އެެދެނީ މި މުއައްސަސާތަކާއި އެއީ އެންޓިކޮރަޕްޝަން ކޮމިޝަނުގެ ރައީސާއި ފުލުހުންގެ ކޮމިޝަނަރާއި މި ދެބޭފުޅުންގެ ގާތުގައި އަނެއްކާވެސް އައްސަވައިގެން ސާފުކުރައްވަން، އެ ބޭފުޅުން އެ މައުލޫމާތު ސިއްރުކުރައްވައި، ޕްރޮސެކިއުޓާ ޖެނެރަލަށް އެ މައުލޫމާތު ނުދެއްވައި އެ ތިއްބެވީ ކޮން ސަބަބަކަށް ޓަކައިތޯ ސާފުކުރަން-- ނަޝީދު
ވެންޓިލޭޓަރުތައް ހޯދަން އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި މައްސަލައިގައި އޭރުގެ ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސް ބޭފުޅުންތަކެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވީ، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދާ ޚިލާފުވެ، ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ތަހުގީގަށް ސާބިތުވާތީ ކަމަށް އޭސީސީން އޭރު ނެރުނު ބަޔާނުގައި ބުންޏެވެ.
ވެންޓިލޭޓަރުތައް ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރުމުގައި ކޮރަޕްޝަން ހިންގާފައިވާ ކަމަށް ފުރަތަމަ ތުހުމަތު ކުރެއްވީ އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތެވެ. އޮޑިޓް އޮފީހުން އެ މައްސަލަ ބެލީ ކޮވިޑް-19 ކޮންޓްރޯލް ކުރަން ސަރުކާރުން ކުރާ މަސައްކަތުގައި ކުރާ ހަރަދު އޮޑިޓްކުރުމަށް މަޖިލީހުން އެންގި އެންގުމަކާ ގުޅިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮކިފުރާޅު އައްޔަ
09 February 2021
މިވަރަކުން ނުފުދޭ. ޑުބާއީ ކުންފުނިވެސް ޖެހޭނީ މަޖުލީހަށް ހާޒިރުކުރާން.
ޑްޜަމާ މަޖިލިސް
09 February 2021
އަނެއްކާ އެއްކަލަ ޑްރާމާ ފެށުނީ. ނަޝީދޫއާޢީ ޥޭޏޤތިލޭޓަރ އާއި އޮތްގުޅުމެއް ބަލަންވެއްޖެ ނުން
ނާނުޖީ
09 February 2021
ހީވާ ކަހަލަ މިއުޅެނީ ތިބޭފުޅޭ ލާރިއޭ ފޮނުވައިގެން. އެހެންނަމަ ތިހެން ބުނަން ރަނގަޅު. ... ވެންޓިލޭޓަރު ތަށް ގެންނަން ދިނީ ރަށްޔިތުންގެ ލާރި. ނަޝީދު އަކީ ރަށްޔިތުން ހޮވާފަހުރި މެމްބަރެއް. ނަޝީދު މިކަން ކުރާތީ އުފާކުރަން. ހީވާ ކަހަލަ މިއުޅެނީ ތިބޭފުޅޭ ލާރިއޭ ފޮނުވައިގެން. އެހެންނަމަ ތިހެން ބުނަން ރަނގަޅު.
އޮނަރަބްލް އަފީފު ދީދީ
09 February 2021
މިކަން ކޮށްފައިވާ ގޮތަށް ބަލާއިރު މިއީ ފުރޯޑްގެ އަމަލަކަށްވާތީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގް ގެ މިމައްސަލަ ފޮރިންގ މިނިސްޓްރީ މެދުވެރިވެ ފުލުހުންނާއި ފިނޭންސް މިނިސްޓްރީން ޑްބާއީގެ ފުލުހުންނަށް ހުށަހަޅާފައި ނުވަނީ ކީއްވެގެންތޯވެސް މަޖިލީހުން ބަލާންޖެހޭ. # މިފަދަ ގޮތްގޮތަށް ދައުލަތުގެ ޙަޒާނާ ލޫޓުވާލަން ފުރުސަތުދޭނަމަ ދުވަހަކަކުވެސް މިކަންކަމަށް ހައްލު ނުހޯދޭނެ. ސީރިއަސް މިފަދަ ކަންކަން ދިގުދެންމުމަކީ އެކަންކަމަށް ދެވޭ ހިތްވަރެއް.
ޙަބީބު.
09 February 2021
ދިވެހިރާ އްޖޭގެ ވެރިކަމުގެ ނިޒާމު ކުޑަކުދިން ބަތްކަ އްކާ ކުޅޭ ނިޒާމަ އް ދިޔުމަކީ ރަ އްޔިތުން މާޔޫސްވެ ގޮތްހުސްވާ ވަރުގެ ކަމެ އް ތިޔަ ވެރިންނަ އް ރައ އްޔިތުން މުސާރަ ދެނީ ޔުނީފޯމުދެނީ ދު އްވާކާރާ އުޅޭނެ ތަނެ އްހަމަޖަ އް ސަ އިދެނީ ރަ އްޔިތުންނަ އް އަމާނާތް ތެރިވުމަ އް ރަ އްޔިތުން ފުދުތެރި ބަޔަކަ އްވުމަ އް ދަ އުލަތުގެ ސި އްކަ ޖަހަ އިގެން ހަރުދަނާ ނިންމުން ނިންމާ ހުކުމްތަ އް އިސްލާމީ ޝަރީ އަތާ އެ އްގޮތަ އްނިންމަން ވީމާ މިކަމާ ދެކޮޅުހަދާ ހިންދީފިލްމ