މައުމޫން އެމަނިކުފާނުގެ ސަޕޯޓަރުންނާ ސަލާމް ކުރައްވަނީ.---ފޮޓޯ: މިހާރު
09 ނޮވެމްބަރ 2016 - 12:29
ޕީޕީއެމް ހިންގުމުގެ ބާރު އެ ޕާޓީގެ މުސްތަޝާރު އަދި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކުރީ ގާނޫނާ ޚިލާފަށް ކަމަށް ވިދާޅުވެ، އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ޕީޕީއެމާ ދެކޮޅަށް ސިވިލް ކޯޓަށް މިއަދު މައްސަލައެއް ހުށަހަޅުއްވައިފި އެވެ.
ސިވިލް ކޯޓުގެ ހުކުމަކާ ގުޅިގެން ޕީޕިއެމް ހިންގުމުގެ ބާރު ރައީސް ޔާމީނަށް ލިބިވަޑައިގަތުމާއެކު، ޕާޓީ ހިންގުމުގެ ހުރިހާ ކަމެއް ކުރައްވަނީ އެމަނިކުފާނުގެ ބެއްލެވުމުގެ ދަށުންނެވެ. ސިވިލް ކޯޓުގެ ހުކުމަށް ހައި ކޯޓާއި ސުޕްރީމް ކޯޓުން ވެސް ވަނީ ތާއީދުކޮށްފަ އެވެ.
މައުމޫން ކޯޓަށް މައްސަލަ ހުށަހެޅުއްވީ ޕާޓީ ހިންގުމުގެ ބާރު ރައީސް ޔާމީނާ ހަވާލުކުރީ ގާނޫނުއަސާސީ އާއި ޕާޓީތަކުގެ ގާނޫނާއި ޕީޕީއެމްގެ އަސާސީ ގަވާއިދާ ޚިލާފަށް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ޕީޕީއެމްގެ ހިންގުން ރައީސް ޔާމީނަށް ލިބިވަޑައިގަތަސް ކޯޓުގެ ނިންމުން މައުމޫން ގަބޫލުފުޅެއް ނުކުރައްވަ އެވެ. އަދި އެމަނިކުފާނު އަންނަނީ ތާއީދުކުރާ ކައުންސިލް މެމްބަރުންނާ އެކު ވަކިން ކައުންސިލް ބައްދަލުވުންތައް ބާއްވައި، ނިންމުންތައް ނިންމަވަމުންނެވެ.
ޕާޓީ ހިންގުން ރައީސް ޔާމީނާ ކޯޓުން ހަވާލުކުރީ އެމަނިކުފާނާއި މައުމޫނާ ދެމެދު ޚިޔާލު ތަފާތުވުން އުފެދި، ޕާޓީގެ ކައުންސިލް ބައްދަލުވުންތައް ބޭއްވުން މައުމޫން ހުއްޓާލެއްވުމުން ރައްޔިތުންގެ މަޖިލީހުގެ ޕީޕީއެމަށް ނިސްބަތްވާ ދެ މެމްބަރަކު އެ މައްސަލަ ހުށަހެޅުމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްލާ އަލީ
10 November 2016
ގާނޫނު އަސާސީގެ 64 ވަނަ މއްދާ ބުނާގޮތުން އަމުރެއް ނެރެވޭނީ 142 ވަނަމާއްދާގަ ބުނާ ގާނޫނީ ތަރަހައިގެ ތެރެއިން . 64 ވަނަމާއްދާ ބުނާގޮތުން ގާނޫނަކުން ބާރު ލިބިގެން ނޫނަގޮތަކަށް ނުވަތަ ގާނޫނެއްގައިވާގޮތަށް ނޫންގޮތަކަށް ނެރޭއަމުރަކަށް ތަބާނުވުމުގެ ހައްގު ކޮންމެ މީހަކަށް ލިބިގެންވޭ.
ވަޒީރު ދޮންބެ
10 November 2016
މިއޮތީވާ ކަމެއް!
އިއްބެ
10 November 2016
މައިތިރިވެގެން ގޭގައި މަޑުކޮށްލައްވަބައްލަވާ! ހަމަ މިހާރުވެސް ވެރިކަން ކުރަމުން ގެންދަނީ ތިޔަ ޢާއިލާއިންނޭ!
އަބްދުއްލާ
10 November 2016
ނިންމަން ޖެހޭނި ގާނޫނުއަސާއީ ގެ142 އާ އެއަ ގޮތައް
އަބްދުއްލާ އަލީ
10 November 2016
ހަވާލު ކުރީ ނިޔާ އަކީ ގާނޫނުއަސާސީ ގެ 142 ވަނަ މާއްދާ އާއެއްގޮތްވާ ނިޔާއެއްބާ ؟
ބާސްމަތީ ރައީސް
09 November 2016
ވޮލީކޯޓައް ވަޑައިގަންނެވިއަސް ވާނީއެއްވަރު، އެއްވެސްތާކުން އިންސާފެއް ނުލިނޭނެ
ކޮލޮމްބޯ
09 November 2016
މަޖަލޭ! ސިވިލްކޯރޓާއި ދެކޮޅަށް ސިވިލްކޯރޓަށް!!
ހުވަދޫ މޮހޮނު
09 November 2016
ތިޔަ މައްސަލަ މަދަނީ ކޯޓުން ބަލައިގެންފާނެކަމާއިމެދުވެސް ޝައްކު އުފެދޭ!
މުހައްމަދު ސައީދު
09 November 2016
ދެން ތިކަމާ ދާނީ ކޮންނަމެއްކިޔާ ކޮންތަނެއްގައި ހުރި ކޯޓަކަށްބާ ؟ ދެންވެސް ދާންއޮތީ ތިޔަ ނިއްމުން ނިއްމި ކޯތްތަކަސް ނޫންބާ ؟ އެކޯޓް ތަކުން އެހެން ނިއްމުމެއް ތިކަމާއި ގުޅިގެން ނިންމަފާނެ ކަމަކަށެއް ނުފެނޭ އިނގޭތޯ ؟
އިއްބެ
10 November 2016
ދެން އެފެކްޝަނުން ކޯޓެއް އުފައްދާނީ! ދެއްތޯ؟