ކުޅިވަރު / ދިރާގު ދިވެހި ޕްރިމިއާ ލީގު 2020

ކުޅުންތެރިންގެ އާދޭސް: "ލީގު ފެށޭނެ ގޮތެއް ހަދައިދީ!"

ފުރަތަމަ ޑިވިޝަންގެ ކުޅުންތެރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: (ކ.ވ) ބެންޖޯ، ބަކާ، ކުރޯ، އަކޫ އަދި ދަގަނޑޭ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކޮވިޑް-19ގެ ނުރައްކާ އެންމެ ފުރަތަމަ ރާއްޖެ އަށް ބޮޑުވާން ފެށީ މިދިޔަ އަހަރު ކުރީކޮޅުގަ އެވެ. އޭރު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)ގެ ލަފަޔާ އެކު މިދިޔަ އަހަރުގެ ފުޓްބޯޅަ ސީޒަން މާޗް މަހު ނިންމާލީ ފަހު ދެ މުބާރާތް ކަމަށްވާ އެފްއޭ ކަޕާއި ޕްރެޒިޑެންޓްސް ކަޕް ކެންސަލްކުރުމަށް ފަހު އެވެ. އަލުން ފަށަން އޭރު ފުޓްބޯޅަ އާއިލާގެ އެއްވެސް މީހެއް ޝަކުވާއެއް ނުކުރެ އެވެ. އެއީ ހާލަތު ގޯސްކަން އެނގޭތީ އެވެ.

އެކަމަކު އެޗްޕީއޭގެ ހާއްސަ ގަައިޑްލައިންތަކެއް ހަދައި ހާއްސަ ހުއްދައެއްގެ ދަށުން ފުޓްބޯޅަ ސީޒަން ފެށިތާ ހަތަރު މަހެއްހާ ދުވަސް ފަހުން އަނެއްކާ ވެސް މިދިޔަ ހަފްތާގައި ލީގު ހުއްޓާލަން ޖެހުމުން މި ފަހަރު ކުޅުންތެރިންނާއި އޮފިޝަލުން ވީ އެންމެ އަވަހަށް ލީގު ފެށޭތޯ އާދޭސް ކުރަމުން އެ ދަނީ ގޮތް ހުސްވެގެންނެވެ. ކުރިން އުޅެން ޖެހުނު ދަތި ހާލާއި އުނދަގޫ އެތައް ތަޖުރިބާތަކެއް ތަކުރާރު ކުރަން ބޭނުންނުވާތީ އެވެ.

މި މަހު ދެ ވަނަ ދުވަހު ލީގު މެދުކަނޑާލީ 14 ދުވަހަށެވެ. އެކަމަކު އެ އަށް ވުރެން ގިނަ ދުވަސް ވެދާނެތީ ކުޅުންތެރިން ކަންބޮޑުވެ އެވެ. އަދި 14 ދުވަހަށް ހުއްޓާލިޔަސް އަލުން ފަށަން އިތުރު ދެ ހަފްތާއެއް ނަގާނެ އެވެ. އެގޮތަށް ވިސްނާއިރު ފުޓްބޯޅަ މިދަނީ މަހެއްހާ ދުވަސް ފަހަތަށެވެ.

"މިތާގައި ދިރިއުޅޭ ގިނަ ކުޅުންތެރިންނަކީ މާލޭގައި ގެދޮރު ކުށްޔައް ހިފައިގެން ދިރިއުޅޭ ކުޅުންތެރިން. ލީގު ކުރިއަށް ނުގެންދަންޏާ ކްލަބްތަކަށް ވެސް ވަރަށް ބޮޑު ގެއްލުމެއް ހަގީގަތުގައި. ކުޅުންތެރިން ނުކުޅެ މުސާރަ ދީގެން ބައިތިއްބަން ކްލަބްތަކަށް ވެސް އުނދަގޫ. ހުރިހާ ކުޅުންތެރިން ވެސް ދިރިއުޅުމަށް ކުރާ މަސައްކަތަކީ ފުޓްބޯޅަ ކުޅުން،" ފުރަތަމަ ޑިވިޝަންގެ އަށް ކްލަބްގެ ކުޅުންތެރިން ހިމެނޭ ގޮތަށް އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޓީމުގެ ކެޕްޓަން އަދި ކްލަބް ވެލެންސިއާގެ އަކުރަމް އަބްދުލް ގަނީ (އަކޫ) ބުންޏެވެ.

"އެއްވެސް ބަޔަކަށް ގޯސް މެސެޖެއް ދޭން ކުރި ކަމެއް ނޫން މިއީ. ކުޅުންތެރިއަކަށް ކްލަބެއްގެ މުސާރަ ނުލިބުނީމަ ވާ ދަތިތައް ދަންނަވާލަން (ކުޅުންތެރިން ބޭނުންވާތީ) ބޭއްވި ޕްރެސް އެއް. ވަރަށް އާދޭހާ އެކު މި ދަންނަވަނީ،"

އެޗްޕީއޭގެ އެންގުމަށް މި މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ފުޓްބޯޅަ އޮތީ ހުއްޓިފަ އެވެ. މިދިޔަ ހަފްތާގެ ބުދަ ދުވަހު ލީގު މެދުކަނޑާލިއިރު، އެ ދުވަހު ހަވީރާއި ރޭގަނޑު ކުޅެން ޝެޑިއުލްކޮށްފައި އޮތް މެޗަށް ކުޅުންތެރިން ދިޔައީ އަވަދިނެތި ތައްޔާރުވަމުންނެވެ. ނުކުޅެ މިހެން ހުންނަން ޖެހޭ ކޮންމެ ދުވަހަކީ އިތުރުވާ ގޮންޖެހުމެކެވެ. އެއީ އެހެން ދާއިރާތަކުން ވެސް އާމްދަނީ ހޯދައިގެން އުޅޭ މީހުންގެ މަސައްކަތް ހުއްޓިއްޖެނަމަ ގެއްލުންވާ އުސޫލުންނެވެ.

"ކޮންމެ ގޮތެއް ވިޔަސް އުޖޫރައެއް ލިބި ލިބި ތިބެފައި ނުލިބެން ފެށީމަ އެންމެނަށް ވެސް ދަތިވާނެ. ލީގު މިހެން މެދުކަނޑާލާފައި އޮވެ މުސާަރަ އަށް ދަތިވަންޏާ ކުޅުންތެރިން ވަރަށް ހާލުގައި ޖެހޭނެ. ފުޓްބޯޅަ ކުޅޭ ގައުމުތަކުގައި އެބަހުރި ޕޮޒިޓިވްވެފައި ވެސް ކޭސްތައް. އެކަމަކު ހަމަ ފުޓްބޯޅަ މެދުކެނޑިގެން ނުގޮސް އެބަދޭ. ވަސީލަތް އޮތް ބޮޑެތި ގައުމުތަކަށް (ފުޓްބޯޅަ ހުއްޓާލާއިރު) ބޮޑު މާލީ ގެއްލުންތައް ވާނެތީ އެ ގޮތަކަށް ނުކުރޭ ކަމެއް. އެ ގޮތަށް ބަލާއިރު ވަސީލަތް މަދު ރާއްޖެ ކަހަލަ ގައުމެއްގައި ލިބޭ ގެއްލުން މާ ބޮޑުވާނެ މިހެއް ހުއްޓާލީމަ،" ފުރަތަަމަ ޑިވިޝަނުގައި 15 އަށް ވުރެން ގިނަ އަހަރު ކުޅެފައިވާ ތަޖުރިބާކާރު ކުޅުންތެރިޔާ އަބްދުﷲ ހަނީފް (ބެންޖޯ) ބުންޏެވެ.

މާޒިޔާގެ ކެޕްޓަން އަސަދުﷲ (ކ) އާއި ގްރާންޑޭގެ ކެޕްޓަން ޔަސްފާދު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ކްލަބް ގްރީން ސްޓްރީޓްސްގެ ކެޕްޓަން ރިލްވާން ވަހީދު (ރިލޭ) ބުނީ ޓީމުތަކުގައި ގިނައިން މިތިބީ ރަށްރަށުން އައިސް ސީދާ ފުޓްބޯޅަ އަށް ހުސްވެގެން ތިބި ކުޅުންތެރިން ކަމަށެވެ. އެ ގޮތަށް ތިބޭއިރު އާމްދަނީ އަށް އަސަރުކުރުމުން މި ކޮޅުގައި ނޫޅެވޭނެ ކަމަށާއި މިހެން ލީގު ހުއްޓާލާފައި އޮތުމުން މިދިޔަ އަހަރު އުޅެން ޖެހުނު ދަތި ހާލު ތަކުރާރު ކުރަން ޖެހިދާނެތީ ވެސް ކުޅުންތެރިން ކަންބޮޑުވާ ކަމަށް ރިލޭ ބުންޏެވެ.

"ސްޕޮންސަރެއް ހަމަނުޖެހޭ. ގިނަ ކުންފުނިތަކުން (ކްލަބްތަކަށް) ސްޕޮންސައެއް ވެސް ދޭން ބޭނުމެއް ނުވޭ. އެއީ ކޮންމެހެން ގްރީން ސްޓްރީޓްސް ވީމައެއް ނޫން. އެއީ ފައިނޭންޝިއަލީ (އެ ކުންފުނިތައް) ދަށްވެގެން. އެހެންވީމަ މިހަލަ ސިޓުއޭޝަނެއްގައި ކްލަބަކަށް ވާނެ ގެއްލުން ވެސް ބޮޑު. އެއީ ނުކުޅެ މުސާރަ ދިނުމަކީ ކްލަބަށް ވެސް ވާނެ ކަމެއް ނޫން. އަޅުގަނޑުމެން ވަރަށް ބޮޑަށް އެދެން އެޗްޕީއޭގެ އަޅާލުމަށް، މި ކަމުގައި. އެއީ ޕްރެކްޓިސްތަކާއި ލީގު ފެށިގެން ކްލަބަށް ވެސް މުސާރަ ދެވެން އޮތީ،" ރިލޭ ބުންޏެވެ.

ފުރަތަމަ ޑިވިޝަނުގެ ޕްރެކްޓިސް މިދިޔަ އޮކްޓޫބަރު މަހު ފެށީ އެޗްޕީއޭ އާއި އެފްއޭއެމުން ތައްޔާރުކުރި ހާއްސަ ގައިޑްލައިނެއްގެ ތެރެއިންނެވެ. އެ ގޮތުން ކޮންމެ ކްލަބެއްގައި ހައިޖީން އޮފިސަރެއް ބަހަައްޓައި ބަރާބަރަށް ދިޔައީ ކުޅުންތެރިންގެ ކަންތައްތައް މޮނިޓާ ކުރަމުންނެވެ. ހަމައެކަނި ޕްރެކްޓިސްތަކުގައި އެކަންޏެއް ނޫނެވެ. ގަލޮޅު ދަނޑުގައި މެޗުތައް ކުޅޭއިރު ވެސް ކުޅުންތެރިންގެ ފިނި ހޫނުމިން ޗެކްކުރުމާއި އެ ނޫން ކަންތައްތައް ދިޔައީ ގަވާއިދެއްގެ ތެރެއިން ކުރަމުންނެވެ.

"އެ (ގައިޑްލައިންތައް) ފޮލޯ ކުރިކަމުގެ ނަތީޖާ އެ އޮތީ. ފުޓްބޯޅަ ކްލަބްތަކުން ޕްރެކްޓިސް ކުރަމުން ދިޔައިރު ކްލަބެއްގެ ތެރެއިން އެއްވެސް ކޭހެއް ފެނިފައި ނެތް. އެއީ ގައިޑްލައިނަށް ފޮލޯ ކުރިކަމުގެ ހެއްކެއް. ހަމަ . ކުރިއަށް އޮތްތާގައި ފުޓްބޯޅަ ކުޅުންތެރިންނާއި ކްލަބްތަކުން މިއީ މިކަން (ކޮވިޑް-19) ފަތުރަން އުޅޭބައެއް ނޫން. އޮންނަ ގައިޑްލައިނާ އެއްގޮތަށް ފޮލޯ ކޮށްގެން އިތުރު ކޭސް އެއް މީގެ ތެރެއިން ނުފެންނަ ގޮތަށް އަމަލުކޮށް ޕްރެކްޓިސްކުރުން ދެން މެޗުތައް ކުޅުން އެއީ ބޭނުމަކީ،" މާޒިޔާގެ ކެޕްޓަން އަސަދުﷲ އަބްދުﷲ ބުންޏެވެ.

އެޗްޕީއޭގެ އެންގުމަށް ފުޓްބޯޅަ ހުއްޓާލާފައި މި އޮތް މުއްދަތުގައި ކުޅުންތެރިން ފިޓްނަސް ހިފެހެއްޓުމުގެ ގޮތުން މި ދުވަސްކޮޅު ގިނަ ކުޅުންތެރިން އަންނަނީ މާލޭ ސިންތެޓިކް ޓްރެކު ބޭނުންކުރަމުންނެވެ. އެކަމަކު ފުޓްބޯޅަ ކަހަލަ ޓީމު ކުޅިވަރެއްގެ ފިޓްނަސް އަށް އެހެެން ކުރާ އިންޑިވިޖުއަލް ކަސްރަތަކުން މާ ބޮޑު ފަސޭހައެއް ނާންނާނެ ކަމަށް ގިނަ ކޯޗުން ވެސް ވަނީ ބުނެފަ އެވެ.

"ވަރަށް އުނދަގޫވޭ އަސްލު. ވަރަށް ގިނަ ދުވަހަށް ފަހު ފުޓްބޯޅަ ފަށައިގެން މިއައީ. އަނެއްކާ އޭގެ ތެރެއަށް ބްރޭކެއް އައީމަ ވަރަށް އުނދަގޫވާނެ އެ ފިޓްނަސް އެ އިން ވަރަށް ހިފަހައްޓަން. އެހެންވީމަ ހަމައެކަނި ދުވެލައިގެން ފުޓްބޯޅަ ކުޅޭ ކުޅުންތެރިއެއްގެ މެޗު ފިޓްނަސް އެއް ނާންނާނެ،" ކްލަބް އީގަލްސްގެ ކެޕްޓަން އަދި ގައުމީ ޓީމުގެ ޑިފެންޑަރު ހުސެއިން ސިފާއު ޔޫސުފް (ކުރޯ) ބުންޏެވެ.

ޔުނައިޓެޑް ވިކްޓްރީގެ މިޑްފީލްޑަރު އިސްމާއިލް އީސާ އިންޓަވިއުދެނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޔުނައިޓެޑް ވިކްޓްރީ އާއި ގައުމީ ޓީމުގެ މިޑްފީލްޑަރު އިސްމާއިލް އީސާ (މެސީ) ބުނީ މިދިޔަ އަހަރު ފުޓްބޯޅައާ ދުރުގައި ހޭދަކުރި ނުވަ މަސް ދުވަސް ދިޔައީ ވަރަށް އުނދަގޫކޮށް ކަމަށެވެ. އެ ހުރިހާ ކަމަކުން އަރައިގަނެވުނީ މީގެ ހަތަރު ވަރަކަށް މަސް ކުރިން ފުޓްބޯޅަ ސީޒަން ފެއްޓޭގޮތްވުމުން ކަމަށާއި އެކަމަކު އަނެއްކާ ކުރިން އެ އޮތް ހާލަތަށް ދާން ކުޅުންތެރިން ނޭދޭ ކަމަށް އީސަ ބުންޏެވެ.

"އަސްލު ކުޅިވަރެއްގެ ގޮތުގައި މި ނުނަގަންވީ. މިއީ ދިރިއުޅުމަށް ކުރާ މަސައްކަތެއް. ވާހަކަ އަކީ މިކަން ނުކޮށްފިއްޔާ މާލޭަގައި ވެސް އެހެން ތާކު ވެސް ދިރިނޫޅެވޭނެ. ހަގީގަތަށް ބުނަންޏާ ކްލަބް ލޯބީގައި އަވަށު ލޯބީގައެއް ނޫން. އެ އެއްޗެއްސެއް ނޫން މިހާރު. ފުދޭ ވަރަކަށް އަމިއްލަ ދިިރިއުޅުން މެނޭޖްކޮށް ފެމިލީއެއް ގޮވައިގެން އުޅެވޭވަރުގެ އާމްދަނީއެއް މިކަމުގެ ތެރެއިން ލިބޭތީ ކުރާ ކަމެއް މިއީ. ކޮންމެ ފަހަރަކު ހުއްޓާލީމަ ވަރަށް އުނދަގޫވޭ،" އީސަ ބުންޏެވެ.

މާޒިޔާގެ ވައިސް ކެޕްޓަން އަދި ގައުމީ ޓީމުގެ މިޑްފީލްޑަރު މުހައްމަދު އިރުފާން (އިރޭ) ބުނީ ލީގު ކުޅުން ހުއްޓާލިއިރު އެންމެ ކުޑަމިނުން ޕްރެކްޓިސް ކޮށްލެވޭނެ ފުރުސަތު ވެސް ނެތުމުން އެ ލިބޭ ގެއްލުން ވެސް ބޮޑު ކަމަށެވެ. މި ވަގުތު ކޮންމެ ކްލަބެއްގެ ކޯޗިން ޓީމުން ދޭ ވަކި ޓްރެއިނިންތަކެއް ކުޅުންތެރިން އަމިއްލަ އަށް ފޮލޯކުރާކަމަށާއި އެކަމަކު އެއީ އަބަދަކު ކުރެވޭނެ ކަމެއް ނޫން ކަމަށް އިރޭ ބުންޏެވެ.

"ޕްރެކްޓިސް ނުކޮށް ޓީމެއް ބިނާުނުކުރެވޭނެ. ކަސްރަތެއް ގޮތުގައި ފުޓްބޯޅަ ނުދެކި ފުޓްބޯޅަ ޓީމު ސްޕޯޓެއްގެ .ގޮތުގައި ދެކިގެން ބައިވަރު މީހުން ކުރާ މަސައްކަތެއްގެ ގޮތުގައި ދެކިގެން ޕްރެކްޓިސްތައް ވީ އެންމެ އަވަހަކަށް ފެށުން މުހިއްމު،" އިރޭ ބުންޏެވެ.

ވަރަށް އަވަހަށް ރާއްޖޭގެ ގައުމީ ޓީމުގެ ވޯލްޑް ކަޕް ކޮލިފައިން މެޗުތަކާއި އޭއެފްސީ ކަޕްގެ މެޗުތައް ވެސް ކުޅެން ވަނީ ޝެޑިއުލްކޮށްފަ އެވެ. އެ މެޗުތައް ބޯމަތީގައި އޮއްވައި މިހެން ރާއްޖޭގެ ލީގު މެދުކަނޑާލުމުން ފުޓްބޯޅަ އަށް ވެސް ލިބޭ ގެއްލުން ބޮޑެވެ.

ރާއްޖޭން ސަރަހައްދީ ފުޓްބޯޅައިގައި ވާދަކުރާ އެހެން ގައުމުތައް އިންޑިއާ އާއި ސްރީލަންކާ އަދި ބަންގްލަދޭޝްގައި ލީގު ކުރިއަށްދާއިރު، ރާއްޖޭގައި މިހެން ހުއްޓާލާފައި ފައްޓަން ވެއްޖިއްޔާ ބޭނުންވާ ލެވަލްގައި ނުހިފެހެއްޓި އޭގެ ގެއްލުން ބޮޑުވާނެ ކަމަށް ކުޅުންތެރިންނާއި ކޯޗުން ގަބޫލުކުރެ އެވެ.

ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުގެ ކުޅުންތެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

"ވަރަށް އުނދަގޫ ހާލަތަކަށް ވެއްޓިފައި މި އޮތީ. އަޅުގަނޑުމެން މި ސަރަހައްދުތަކާ ވާދަކުރަންޏާ މި ލެވަލްގައި އަބަދު ބޯޅަ ކުޅެ ކުޅެ ތިބުމަކީ ވަރަށް މުހިއްމު ކަމެއް. އެކަމަކު މި އަށް އަނެއްކާ ވެސް މެދުކެނޑުމެއް މި އައީ. އެއް އަހަރަށް ވުރެ ގިނަ ދުވަހު ނުކުޅެ ތިބެފައި އަނެއްކާ ފަށައިގެން ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ފަށައިގެން މެދުކެނޑުމެއް މި އޮތީ ފުޓްބޯޅަ އަށް އައިސްފައި. އަޅުގަނޑުގެ އެދުމަކީ ވެކްސިން ޖަހަންޏާ ވެކްސިން ވެސް ޖަހައިގެން ވީ އެންމެ އަވަހަށް ފަށައި .ކުރިއަށް ދެވޭނެ މަގެއް ދެއްކުން،" ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް ކުޅޭ ތަޖުރިބާކާރު ޑިފެންޑަރު އަހުމަދު ޝާފިއު (ޝާފީ) ބުންޏެވެ.

އެންމެ ފަހުން ބޭއްވި 2018 ވަނަ އަހަރުގެ ސާފް ސުޒުކީ ކަޕްގެ ފައިނަލުގައި ރާއްޖޭގެ ކެޕްޓަން ބޭންޑް އަޅައިގެން ގޯލު ޖަހައި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިދޭން އެހީތެރިވެދިން އަލީ ފާސިރު (ސެންޓޭ) ބުނީ މިހެން އަންނަ ބްރޭކްތަކުގެ ސަބަބުން ގައުމީ ޓީމުގެ ކުޅުންތެރިންގެ ކުޅުން ވެސް ދަށްވާނެ ކަމަށާއި އޭގެ ސަބަބުން ނަތީޖާ ނެރެން ވެސް އުނދަގޫތައް ކުރިމަތިވާނެ ކަމަށެވެ.

ފުރަތަމަ ޑިވިޝަނުގައި ނިސްބަތުން ޒުވާން ކުޅުންތެރިން ކޮންމެ ޓީމެއްގައި ވެސް ގިނަ އެވެ. ޒުވާން ކުޅުންތެރިން ފުޓްބޯޅައިގެ ތެރެއަށް އަންނަނީ މީގެ އިން ލިބޭ އާމްދަނީ ވެސް ރަނގަޅުވެ މުސްތަގުބަލެއް ވެސް ފެންނާތީ އެވެ. އެކަމަކު ކަމެއް ދިމާވުމުން މި ގޮތަށް އެންމެ ފުރަތަމަ ވެސް ޕްރޮފެޝަނަލް ފުޓްބޯޅަ ހުއްޓާލުމަކީ ޒުވާން ކުޅުންތެރިންނަށް ވެސް ދެވޭ ނުރަނގަޅު މެސެޖެއް ކަމަށް ފުޓްބޯޅައިގެ ގިނަ ބަޔަކު ގަބޫލުކުރެ އެވެ.

"ވަރަށް ގޯސް މެސެޖެއް މި ދެވެނީ. ވަރަށް މަދު ކުުޅުންތެރިންތަކެއް މި ތިބީ އަސްލު. ރާއްޖޭގައި ތިބީ ލިމިޓެޑް ޕްލޭޔަރުން. މި ކަހަލަ ކަންތައްތައް އިރު އިރުކޮޅަކާ ދިމާވެ. ލީގު ހުއްޓާލަން ޖެހުމަކީ މި އަރަމުން އަންނަ ޕްލޭޔަރުން (ފުޓްބޯޅަ) ދޫކޮށްލާފައި ގޮސްފާނެ ކަމެއް،" ދަ ގްރާންޑޭގެ ކެޕްޓަން ޔަސްފާދު ހަބީބު (މުލަކޭ) ބުންޏެވެ.

ގައުމީ ކެޕްޓަން އަކޫ ބުނީ ހުރިހާ ކުޅުންތެރިންގެ ވެސް ޝުއޫރުތައް ހުރީ އެއްގޮތަކަށް ކަމަށާއި އެދެނީ ވެކްސިން ޖަހައިގެން ވިޔަސް ވީ އެންމެ އަވަހަށް ފުޓްބޯޅަ ހަރަކާތްތައް ފެށުން ކަމަށެވެ. ސިއްހީ މާހިރުން ދޭ އިރުޝާދަށް ކުޅުންތެރިން ބޯލަނބާނެ ކަމުގެ ޔަގީންކަން އޮތް ކަމަކީ ކްލަބްތަކުން މިހާތަނަށް ވެސް އެޗްޕީއޭ އިން ދިން ކޮންމެ ގައިޑްލައިނެއް ގަބޫލުކޮށްފައިވުން ކަމަށް އަކޫ ބުންޏެވެ.

"ކޮންމެ ކުއްޖަކު ވެސް މަގުމަތިން ފެނުނަސް ގުޅާލާފައި ވިޔަސް އަހާލާ ކޮން އިރަކުންހޭ ފެށެެނީ ކިހިނެއްހޭ މިހެން އުޅެނީ. އެއީ މެޖޯރިޓީ އަކީ ކުއްޔަށް އުޅޭ ކުދިން. ގިނަ ކުދިންނަކީ ވަޒީފާ އަށް ދާ ކުދިންނެއް ނޫން. ހަމައެކަނި އާމްދަނީ ލިބޭ ފުޓްބޯޅަ ހުއްޓިފައި އޮތުމުން ވާނެ ގެއްލުން ބޮޑު. މި ކަންކަމަށް ހައްލެއް ޙޯދައިދެވޭނެ ބަޔަކީ އެޗްޕީއޭ. އެހެންވީމަ ވަރަށް އާދޭހާ އެކު މި ދަންނަވަނީ ހައްލެއް ހޯދައިދޭން،" އަކޫ ބުންޏެވެ.

ފުޓްބޯޅަ ހުއްޓާލާފައި އޮތުމުން ކަންބޮޑުވުން ހިއްސާކުރަން ކްލަބްތަކުގެ އިސް މެނޭޖްމަންޓާއި ކޯޗުން އަދި ކުޅުންތެރިން ވެސް ވަނީ ވީ އެންމެ އަވަހަށް ވެކްސިން ޖަހައިގެން ވިޔަސް ފުޓްބޯޅަ ފެށޭނެ މަގެއް ދައްކައިދޭން ރަސްމީ އިދާރާތައް ކައިރިން އެދިފަ އެވެ. އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވެސް ވަނީ ވެކްސިން ޖަހައިގެން ފުޓްބޯޅަ ފެށޭނެ މަގެއް އޮވެއްޖެނަމަ އެ ގޮތަށް ފުޓްބޯޅަ އާއިލާ ތައްޔާރުކަމަށް ވިދާޅުވެފަ އެވެ.

5 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 22%
icon sad icon sad 22%
icon angry icon angry 56%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުލޭ

12 February 2021

"ރައްޔިތުންގެ އާދޭސް: ކާފިއު އުވާލައި ދަތުރުފަތުރު ކުރުމުގެ މިނިވަންކަން ދީ!." މިހެން ބުންޏަސް ފަސޭހައިން މިކަން ވާނެ މާޙައުލެއް ނެތް. މިކަންވާނީ ޕޮސިޓިވްވާ ޢަދަދު ދަށްވެގެން. ތިޔައީ ގޭންގްތަކުން ކޮންޓްރޯލްކުރާ ކުޅިވަރެއް މިހާރު. ފުޓުބޯޅައަށް ޖާނާނައި މާލު ދިން މީހުންވެސް ތިޔަ ކުޅިވަރުމަތިން ފޫހިވެއްޖެ މިހާރު.

The name is already taken The name is available. Register?

މޮޔަސޮރު

12 February 2021

މިއީ ތަސައްރަފް ނުފުދޭ ބައެއް. ޤައުމުގެ ހާލަތު އޮތްގޮތް ނޭގެންޏާ ކުރާނެކަމެއް ނެތް. ފުރަތަމަ ތިމާގެ ސަލާމަތާއި ދޭތެރޭ ވިސްނަބަލަ.

The name is already taken The name is available. Register?

މޯޑް

11 February 2021

ބަލަ މިރޭވެސް 180 މީހުންނަށް ވުރެ ގިނައިން ފޮޒިޓިވްވެއްޖެ. ރަށްއިތުން ބޮނޑް ބިރުވެތި ކަމެއްގަ ތިބޭއިރު ކޮން ފުޓްބޯޅައެއް ކުޅޭކަން. ވެކުސިން ޖަހަން ފަށަންވި ގަޅޮޅު ދަނޑްގަވެސް. އޭރުން ވީހާވެސް ގިނަބަޔަކަށް ވެކުސިން ދީ އާއްމް ހާލަތަކަށް ދެވޭނި. އޭރުން ފުޓްބޯޅަ ވެސް ބަށިވެސް ދަށުން ދާމާވެސް ކުޅެށްްވީ.ި

The name is already taken The name is available. Register?

ލަރޭ.

11 February 2021

މީ އެއްވެސް ކަމެއް ނުކޮށް ސަރުކާރުން މުސާރަދޭތީ މުސާރަ ނަގައިގެން އުޅެން ދިމާކޮށްފަ ތިބި ބައެއް. ޤައުމު ތަކުގެ ލީގަކީ ތިގޮތަށް ގޭދޮށު ކުދިން ކޮޅެއްލައިގެން ކުޅޭ އެއްޗެއްނޫން. ހޯމް އަވޭ ގޮތަށް ނުކުޅޭމަލަ މާލޭ ގޭދޮށު ކުދިންގެ ބޯޅަ މުބާރާތަށް ތިޔަ ނަން ބަދަލުކޮށްލާ.

The name is already taken The name is available. Register?

ރަޖުނީ ކާންތް

11 February 2021

އާދޭސްކުރިޔަސް ރައްޔިތުން ފުންވަޅުގަނޑަކަށް ވެއްޓޭފަދަކަމެއްކުރާން ހަމަހިލާ ދޫނުދެވޭނެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454