ވިޔަފާރި / އެޗްޑީސީ

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރު ބަދަލުތަކަކާއެކު ހުޅުވައިފި

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ހުރި ހުޅުމާލެ މާސްޓާ ޕްލޭންގެ މޮޑެލް، މިނިސްޓަރު ޒުހޫރާއި ސައިމަން މިއަދު ބައްލަވާލައްވަނީ.--- ފޮޓޯ: މިހާރު

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ އެގްޒިބިޝަން ސެންޓަރު މިއަދު ހުޅުވައިފި އެވެ.

އެޗްޑީސީގެ އޮފީހުގައި ގާއިމުކުރި ސެންޓަރު ހުޅުވައި ދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހުމަދު ޒުހޫރު އެވެ. މި ރަސްމިއްޔާތުގައި ޒުހޫރު ވަނީ އެޗްޑީސީގެ އާ ވެބްސައިޓާއި އަލަށް ތައާރަފް ކުރި އެޗްޑީސީގެ "މައި ހުޅުމާލެ" ޕޯޓަލް ވެސް އިފްތިތާހުކޮށް ދެއްވައިފަ އެވެ.

އެޗްޑީސީން ބުނި ގޮތުގައި ބަދަލުތަކަކާއެކު ހުޅުވި އެގްޒިބިޝަން ސެންޓަރަކީ ހުޅުމާލެ އަށް ޒިޔާރަތް ކުރާ އިންވެސްޓަރުންނާއި ބޭރުގެ އެކިއެކި ފަރާތްތަކަށް ހާއްސަކޮށް، ހުޅުމާލެ ތަރައްގީވެގެން އައި ގޮތް ދައްކުވައިދޭ ޓައިމްލައިންތަކާއި ހުޅުމާލެ ތަރައްގީ ކުރުމަށް ރޭވިފައިވާ ގޮތް ފެންނަ ގޮތަށް ތައްޔާރު ކޮށްފައިވާ ތަނެއް ކަމަށެވެ.

އެޗްޑީސީ އެގްޒިބިޝަން ސެންޓަރުގައި ހުރި ހުޅުމާލެ މާސްޓާ ޕްލޭންގެ މޮޑެލް.--- ފޮޓޯ: މިހާރު

ސެންޓަރަށް ޒިޔާރަތް ކުރާ މީހުންނަށް ފެންނަ ގޮތަށް، މިހާރުގެ މާސްޓާ ޕްލޭންގެ ފުރިހަމަ މޮޑެލްއެއް ވެސް އެތަނުގައި ޝޯކޭސް ކޮށްފައިވެ އެވެ. އަދި ހުޅުމާލެ މާސްޓަޕްލޭންގެ މޮޑެލް ތްރީޑީކޮށް ބަލައިލުމުގެ ފުރުސަތު ވެސް އެޗްޑީސީން ވަނީ ފަހިކޮށްދީފަ އެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޒުހޫރު ވިދާޅުވީ މިދިޔަ ތިން އަހަރުގެ ތެރޭގައި ތަރައްގީގެ މަޝްރޫއުތައް އެތައް ގުނައަކަށް އިތުރުވެފައިވާ ކަމަށެވެ. އެ ގޮތުން ހަމައެކަނި ހުޅުމާލެއަށް ބެއްޔަސް ފެންނަނީ "ކޮންސްޓްރަކްޝަން އިންޑަސްޓްރީ" އެއްގެ ގޮތުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

"ކޮންމެ ދިމާލަކަށް ބަލައިލިޔަސް އަޅަމުންދާ އުސް އިމާރާތްތައް ފެނިގެން އެބަދޭ. މިއީ ގައުމުގެ އިގްތިސާދަށް އައި ކުރިއެރުން،" ޒުހޫރު ވިދާޅުވި އެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ރައީސް އޮފީހުގެ މިނިސްޓަރު ޒުހޫރު ވާހަކަ ދައްކަވަނީ: ހުޅުމާލެ ފެންނަނީ ކޮންސްޓްރަކްޝަން އިންޑަސްޓްރީއެއް ގޮތުގައި ކަމަށް އޭނާ ވިދާޅުވި.--- ފޮޓޯ: މިހާރު

އޭނާ ވިދާޅުވި ގޮތުގައި ހުޅުމާލެ ތަރައްގީވުމުން ރާއްޖޭގެ ދެބައިކުޅައެއް ބަޔަށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅޭނީ އެ ރަށުގަ އެވެ. އަދި ހުޅުމާލެ އިތުރަށް ތަރައްގީ ކުރެވިގެން ދަނީ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ސައިމަން ވިދާޅުވި ގޮތުގައި އެގްޒިބިޝަން ސެންޓަރަކީ އިންވެސްޓަރުންނާ ރަހްމަތްތެރި ތަނެކެވެ. އެގޮތުން އިންވެސްޓަރުންނަށް އޮތް ފުރުސަތުތައް ވަރަށް ފަސޭހަކަމާއެކު އެނގިގެންދާނެ ކަމަށް ވެސް ސައިމަން ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ލިބޭ އިންވެސްޓަރުން ދެމެހެއްޓުމަށް ނުވަތަ [އިންވެސްޓަރުން] އިތުރު ކުރުމަށް ވަރަށް ބޮޑު ލުއި ފަސޭހަތަކެއް [އެގްޒިބިޝަން ސެންޓަރުން] ލިބިގެންދާނެ،" ސައިމަން ވިދާޅުވި އެވެ.

އެޗްޑީސީގެ އެގްޒިބިޝަން ސެންޓަރުގައި ހުރި ހުޅުމާލެ މާސްޓާ ޕްލޭންގެ މޮޑެލް.--- ފޮޓޯ: މިހާރު

ސައިމަން ވިދާޅުވީ ބައިނަލްއަގުވާމީ ދެތިން އިންވެސްޓަރުން ހަފުތާއަކު ހުޅުމާލެއަށް ޒިޔާރަތް ކުރާ ކަމަށާއި އިގްތިސާދަށް ގެންނަ އިސްލާހީ ބަދަލުތަކުގެ ސަބަބުން ގިނަ ބަޔަކު ހުޅުމާލޭގައި އިންވެސްޓްކުރަން ޝައުގުވެރިކަން ފާޅުކުރަމުން އަންނަ ކަމަށެވެ.

އެޗްޑީސީގެ ޕޯޓަލް މެދުވެރިކޮށް ޔޫސާ ނޭމް އެއް ހަދައިގެން އެޗްޑީސީގެ ކަސްޓަމަރުންނަށް ލިބެން ހުންނަ ހުރިހާ ހިދުމަތްތައް އޮންލައިންކޮށް ހޯދުމުގެ މަގު ތަނަވަސްވެގެންދާނެ އެވެ. މި ޕޯޓަލް މެދުވެރިކޮށް ލިބިގެންދާނެ އިލެކްޓްރޯނިކް ހިދުމަތްތައް ކުރިއަށް އޮތް ތަނުގައި ފުޅާކުރުމަށް ވަނީ ހަމަޖެހިފަ އެވެ.

މި ޕޯޓަލް އެޗްޑީސީގެ އާ ވެބްސައިޓްގައި ވެބް އެޕްލިކޭޝަނެއްގެ ގޮތުގައި ގާއިމު ކޮށްފައިވާއިރު، އެއް މަސް ދުވަހުގެ ތެރޭގައި މި ޕޯޓަލްގެ އެންޑްރޮއިޑް އަދި އެޕަލް ބޭސްޑް މޮބައިލް އެޕްލިކޭޝަން ތައާރަފް ކުރުމަށް ހަމަޖެހިފައިވާ ކަމަށް އެޗްޑީސީން ބުންޏެވެ.

2 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުހަންމަދު

06 January 2017

ތިޔައީ ފެންބޮވައިގެންފަތިބިބަޔަކަށް ދައްކާ ހުވަފެންތަކަކާއި ދަޅަ! ތިތަންތަން މިލްކުވެރިކޮށްދޭނީ، ވެރިކަމުގައި ތިބިބަޔަކު ބޭނުންވާ ބަޔަކަށް! ބަލަންތިބޭ! އެންމެ އަގުބޮޑު އެންމެ ޒީނަތްތެރި ހިސާބުހިސާބުން ބިންލިބޭނީ ގޯނިގޯންޏަށް އަޅައިގެންދިޔަ ލާރިގަނޑުން ހިތްފުރޭވަރަށްނެގި، ރައްޔިތުންގެ ޙައްޤު ފިތާލާ ފިތަކުން ފުނޑުފުނޑުކޮށްލާބަޔަކަށް! ނޫނީ މިހާރުވެސް ފުރަމާލޭގަޔާއި ދުނިޔޭގެ ކަންކޮޅުތަކުގައި އަގުބޮޑު ގެދޮރާއިބިން ހުރިމީސްމީހުނަށް! ބަލަންތިބޭ! ބަލަންތިބޭ!

The name is already taken The name is available. Register?

މަލަކް

09 November 2016

އޮފީހުގެ ބައެއްގައި ކުލަލިޔަސް މިހަކު ގެނެސް އެތަން ހުޅުވައި ނޫހަށް އަރުވަންޖެހޭތް؟ ތިޔަ އެޗްޑިސީގައި ކުިރިން ނެތް މޮޑަލަކާއި ޓައިމްލައިނެއް އިތުރުކޮށްގެންތަ ތި ހުޅުވީ..ހައތަހާވެސް ހެޑްލައިނަށް އެރޭތޯ އެއްޗެކޭ ކިޔާތަން މިފެނަނނީ ކަމެއް ނުވިޔަސް

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454