ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގައި މެމްބަރުން ބައިވެރިވެވަަޑައިގަންނަވަނީ. ޑޮލަރު ރާއްޖޭގައި ހިފަހައްޓަން ގޮވާލައި މިއަދު މަޖިލީހަށް ގަރާރެއް ހުށަހެޅި.
17 ފެބުރުއަރީ 2021 - 12:50
ރާއްޖޭގައި ކުރާ ވިޔަފާރިތަކުން ލިބޭ ޑޮލަރު ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ނުވައްދާ ބޭރުގެ ބޭންކްތަކަށް ޖަމާކުރާތީ ކަންބޮޑުވުން ފާޅުކޮށް އެކަން ހުއްޓުވުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް މިއަދު ގަރާރެއް ހުށަހަޅައިފި އެވެ.
ރައްޔިިތުންގެ މަޖިލ؛ީހުގެ މިއަދުގެ ޖަލްސާގައި މަނަދޫ ދާއިރާގެ އެމްޑީޕީ މެމްބަރު އަހުމަދު ހާރޫނު ހުށަހެޅުއްވި ގަރާރުގައި ބުނެފައި ވަނީ ރާއްޖޭގައި ކުރާ ވިޔަފާރިތަކުގައި ބޭރު ގައުމުތަކުގެ ޕީއޯއެސްް ބޭނުންކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ރާއްޖެ އަށް އަންނަ ޓޫރިސްޓުން ހަދާ ބުކިންތަކުގެ ފައިސާ ވެސް އެގޮތަށް ބޭރުގެ ބޭންކްތަކަށް ޖަމާކުރަމުންދާ ކަމަށާއި އެހެންވެ، އެ މުއާމަލާތްތަކުން ދައުލަތަށް ލިބެންވާ ފައިސާ ވެސް ނުލިބޭކަން ފާހަގަކުރެވޭ ކަމަށް ގަރާރުގައި އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ރާއްޖޭގައި 4.1 ބިލިޔަން ޑޮލަރުގެ ވިޔަފާރި، ބޭރު ފައިސާއިން ކުރިއިރު އޭގެ ތެރެއިން ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް ވަދެފައި ވަނީ އަދި ރާއްޖޭން ބޭރުވެފައި ވަނީ ކިހާވަރެއްކަން އެނގެން ނެތް ކަމަށެވެ.
"މި މައްސަލަ އަށް ހަައްލެން ހޯދަން ކުރެވިދާނެ ކަންކަމުގެ ތެރޭގައި، ދިވެހިރާއްޖޭގެ ސަރަހައްދުގައި ހިނގާ އެންމެހާ ވިޔަފާރިތަކަށް ސޭލްސްގެ ގޮތުގައި ލިބޭ ފައިސާ އާއި އެ ވިޔަފާރިތަކުން އުފެދޭ އެހެނިހެން އާމްދަނީ އަކީ ދިވެހިރާއްޖޭގެ ފައިނޭންޝަލް ސިސްޓަމަށް ވަންނަ ފައިސާކަން ކަށަވަރުކުރުމަށް ޓަކައި، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ބޭންކަކުން ދޫކުރާ ޕީއޯއެސް ނޫނީ ރާއްޖޭގައި ބޭނުންކުރުން ހުއްޓުވުން ނުވަތަ މަނާކުރުން މުހިއްމުކަން ފާހަގަކުރެވޭ...،" ގަރާރުގައި ހާރޫނު ވިދާޅުވި އެވެ.
ރާއްޖޭގައި ކުރާ ވިޔަފާރީގެ މުއާމަލާތެއްގައި އޮންލައިންކޮށް ފައިސާ ދެއްކި ނަމަވެސް ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއަށް އެ ފައިސާ ވަންނަ ގޮތަށް އުސޫލުތައް ކަނޑައަޅަން ވެސް އޭނާ ގޮވައިލެއްވި އެވެ. ބޭރު ފައިސާ ރާއްޖޭގައި ހިފެހެއްޓުމަށްޓަކައި އުސޫލުތަކަށާއި ގާނޫނުތަކަށް ގެންނަން ޖެހޭ އިސްލާހުތައް ގެނައުމަށް ވެސް އޭނާ ގޮވައިލެއްވި އެވެ. އެކަމަށް ޓަކައި އާ ގާނުނުތަކެއް ހަދަން ޖެހޭ ނަމަ އެ ގާނޫނުތައް ހަދަން ވެސް އޭނާ ގޮވައިލެއްވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އިބްރާހމ
18 February 2021
ރާއްޖޭގައި ތިއްބެވި ބޮޑު ހަ ވިޔަފާރިވެރިންވެސް ތިއްބެވީ ކޯލިޝަނުގެ ތެރޭގައެވެ. ވީމާ މިހާރު އެމްޑީޕީއަށް މިކަމުގައި ދެއްކޭނެ އެއްވެސް ވާހަކައެއް މިހާރު ނެތީއެވެ. ގައުމު ހިންގަން ނޭނގުނީމާ ރައްޔިތުން ތަޅު ނާޅުވައި އަވަހަށް އިސްތިއުފާ ދެއްވާފަ އެއްފަރާތަށް ޖެހިލައްވާށެވެ. ތިޔަބޭފުޅުން ގޮވައިގެން ކޯޓްތަކަށް ހިނގުމުގެ އެއްްވެސް ވިސްނުމެއް އަޅުގަނޑުމެންގެ ނެތެވެ.
ޜިސޯޓުބޯއީސް
18 February 2021
ވަރައްރަނގަޅު ގާނޫނެއްތިޔައީ ރިސޯޓުތަކައް ފަތުރުވެރިންގެ ގޮތުގަ ކޮންޕްލިމަންޓްރީ ކޮއް ކަ މައްބުނެ ހުރިހާ ހިދު މަތެއް ހޯދައިގެން ޓީޖީއެސްޓީ ސާވިސްޗާޖު ނުދައްކަ ފުރައިގެންގޮސް ބޭރުގެ ކުންފުނި އެކައުންޓަކައް ޖަ މާކުރުވާ މިހެންވު މުން ސާވިސްޗާޖާ ޓީޖީއެސްޓީ ނުލިބޭ ވީމ މާ މިކަ މައް އަވަސް ހައްލެއް ބޭނުން މުވައްޒަފުންނައް ލިބެންވާ ސާވިސްޗާޖު ދައްކަންޖެހޭނެ ވަރިހަ މަ ކުންފުންޏައް ނުދެއްކިޔަސް އެއީ މުވައްޒަފުންގެ ކުށެއްނޫން
ސައިކަލު އަބުސީ
17 February 2021
އެމްއެމްއޭގެ ދޯހަޅި ކަމުން ވާ ކަންތައް މީ. މިހާރުގެ ގާނޫނާ ގަވާއިދުގެ ތެރެއިންވެސް ހުއްޓުވޭނެ ކަމެއް އެކަމަކު އެތާ ސުޕަވިޝަންގަ ތިބޭ މުސްކުޅި އަންހެންވެރިންނަށް ނުވާނެ އެއްކަމެއްވެސް. އޮފީސް ޖެހިގެން ހުރި ހުރިހާ ފިހާރައެއްގެ ބޭރުގަ ބޮޑު އަކުރުން ޑޮލަރު 18 އަށް ގަންނަން ޖަހާ އިސްތިހާރު ކުރާއިރު ވެސް އެކަން ކުރާކަން ނޭނގޭ އެކަން ގަބޫލު ނުކުރާ ބަޔަކަށް ކޮންކަމެއް ކުރެވޭނީ. ދެން ހުރި ލިންޓެލް އަލީގެ ވާހަކަ އަލިގަދަ ތަންތާ ނުދެއްކިއްޔާ ރަގަޅުވާނީ.
މަންސޫރު
17 February 2021
ރިސޯރޓް މަހުޖަނުންގެ ވާހަކަ ބަހައްޓާފަ ރާއްޖޭގަ ބޭރު ޕީއޯއެސް ބެހެއްޓުމުގެ ވިޔަފާރިކުރާ ފަރާތަކީ ކާކު ކަންބަލާލީމަވެސް އެނގޭނެ ތިކަން ނުވާނެކަން. ކިތައް މީހުނަަށްބާ އެނގެނީ މި ފުރަ މާލޭގަ ހުރި ކޭއެފްސީގަ ކާޑުން ކަނޑާ ކޮންމެ ރުފިޔާއަކީ ޑޮލަރުގެ ގޮތުގަ ބޭރުވެގެން ލަންކާއަށް ދާ ޑޮލަރުކަން؟ ރުފިޔާ އެކައުންޓަކުން ރުފިޔާ ކާޑަކުން ކެނޑިޔަސް ހަމަ އެހެންވަނީ. އަދި ބީއެމްއެލްއިން ދިފަ އޮންނަ ކުޑަ ޑޮލަރު ލިމިޓް ތެރޭގަ މިވެސް ހިމެނޭ.
އަރުތަ
17 February 2021
ރިސޯޓުތަކުން މީރާއަށް ދައްކާ ހުރިހާ ޕޭމަންޓެއް ރުފިޔާއިން ދެއްކުމުގެ ބަދަލުގަ ޑޮލަރުން ދައްކާ ގޮތަށް ކަނޑައަޅާ ސިއްކަޖަހާބަލަ، އެއީވެސް ހާދަ ބައިވަރު ޑޮލަރެކޭ.
އިބްރ
18 February 2021
ނުވާނެ ތިޔަކަމެއް. ބޮޑު 6 މީހުންވެސް ތިއްބެވީ ކޯލިޝަނުގައި. އެ 6 މީހުން ނުރުހޭކަމެއްް ނުވާނެ މި ސަރުކާރުގައި.
ދިއްދޫމީހާ
17 February 2021
ތިޔައީ ރިސޯޓް ބޯއީސްއަ ނައިޓަށް ދެވޭނެއޭ ބުނިކަހަލަ ވާހަކައެ،،
އެހެންނުވާނީ
17 February 2021
މިތާ ވިޔަފާރި ކުރުމަކީ ވަރަށް ރިސްކީކަމެއް، މާދަމާވެސް ކޮންމެވެސް ސިޔާސީ ކަމާކާ ހުރެ އެކައުންޓް ފްރީޒް ކޮއްލަފާނެ. ވީއިރު އެމީހެއްގެ ސަލާމަތް އެމީހަކު ހޯދާނެ.
ރުނބާ
17 February 2021
ޜައްޔިތުންގެ ބިމާ ފަޅުރަށްތައް ނުއަގުގައި 90 އަހަރަށް ކަހާލާއިގެން ދިވެހިން ވަޒަިފާތަކުން ބާކީ ކޮށްފަ އިންކަމްޓެކުސް ނުދައްކާ ޑޮލަރު ބޭރުގެ އެކައުޓްތަކަށް ޖަމާކޮށް ވާނުވާނޭގޭ ގޮތަށް މަހުނުންނަށް ނުވެވޭނެ. ކޮރޮޕްޓް ސަރުކާރު ތަކެއް މިތާ ނޯންނަ ނަމަ
ސަމަރޭ
17 February 2021
ރިސްއަކާ ނުލާ ވިޔަފާރިއެއްނުކުރެވޭނެ.
ހާސަރު
17 February 2021
ތިޔައީ ކުރަން މާލަސްވެފާ އޮތްކަމެއް އެކަމަކު ތިޔަކަން ވީމަ ނޫނީ ވާނެއެކޭ ނުބުނާނަން މިރާއްޖޭގައި ޑޮލަރ ލިބޭމީހުންގެ ބާރުގެދަށުގަ އައިހާ ސަރުކާރެއް އޮތީ!؟
އާރީ
17 February 2021
އެމްޑީފީ 65 މެންބަރުން ގެ އިހުލާސްތެރި ކަމެއް ހުރިއްޔާ މިފަހަރު އެގޭނެ
ދޮހޮއްތު
17 February 2021
މިކަހަލަ ތާކުން ތާކު ނުޖެހޭ ކަންކަން ހައްތަހާވެސް.. މިއުޅެނީ ތިތާ ތިބި ބުރަނދަ ތަކަށް ތިކަން ކުރަން ނޭނގިގެން.. ގަރާރަކީ ބޭގަރާރު ޖަމަލު ފޮޑި