ޑިންގީގައި އޮޔާ ދަނިކޮށް ސަލާމަތް ކުރި ފިރިހެން މީހާ
17 ފެބުރުއަރީ 2021 - 21:03
ވ.އަތޮޅުގެ ފަޅު ރަށެއްކަމަށްވާ ފޮއްތެޔޮ ބޮޑުފުށީގައި މަރުވެފައި އޮއްވާ ރޭ ފެނުނު މީހާއަކީ އެ އަތޮޅު އަންބަރާގެ ބޭރުން މީހަކާ އެކު ފެނުނު ޑިންގީގައި ދަތުރުކުރި މީހެއްކަން އެނގިއްޖެ އެވެ.
އެމްއެންޑީއެފުން މިރޭ ބުނީ ޑިންގީގައި އިން މީހާ އާއި މަރުވެފައި އޮއްވާ ފެނުނު މީހާއަކީ އަވަށްޓެރި ސްރީ ލަންކާއިން މިދިޔަ މަހުގެ 30ގައި ފުރައިގެން އުޅެނިކޮށް ބެހިގެން އައި ދެ މީހުން ކަން އެނގިފައިވާ ކަމަށެވެ. އެ ދެ މީހުންނާ ބެހޭ ގޮތުން އިތުރަށް ބަލަން ޖެހޭ ކަންތައްތައް އެބަހުރި ކަމަށާއި އެ ކަންތައްތައް ކަމާ ބެހޭ އިދާރާތައް މެދުވެރިކޮށް ބަލަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ވ. ފޮއްތެޔޮ ބޮޑުފުށިން، މަރުވެފައި އޮތް ފިރިހެނެއްގެ ހަށިގަނޑު ފެނުނީ، އިއްޔެ ހެނދުނު އެ ރަށަށް ދަނޑި ކަނޑަން ގޮސް އުޅުނު ބަޔަކަށެވެ. އެ ހަށިގަނޑު އޮތީ ރަށުގެ ވަރަށް އެތެރޭގަ އެވެ. އޮޔާ އައިސް އެރަަށް ލެއްގީ ކަމަކަށް އެހެންވީމާ ނުބެލެވެ އެވެ.
ފުލުހުން އިއްޔެ ބުނީ ތުހުމަތެއް ކުރެވޭ ކަހަލަ ނިޝާނެއް އެ ހަށިގަނޑުން ފެންނަން ނެތް ކަމަށެވެ. އެކަމަކު އެކަމަކު އޭނާގެ މަރު ތަހުގީގުކުރަމުން އަންނަ ކަމަށް ވެސް ބުންޏެވެ.
ޑިންގީން ދަތުރުކުރި ދެވަނަ މީހާ ޑިންގީއާ އެކު އޮޔާ ދަނިކޮށް ފެނުނީ އިއްޔެ ހަވީރު އެވެ. އޭނާ ސަލާމަތް ކުުރުމަށް ފަހު ސިފައިން އިއްޔެ ބުނީ އޭނާގެ އަތުގައި ހުރި ލިޔެކިއުމުން އެއީ ލަންކާ މީހެއް ކަމަށް ބެލެވޭ ކަމަށެވެ. އެކަން ކަށަަވަރު ކުރެވުނީ މިއަދު އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ރބތރ
18 February 2021
ކުރިން ހަބަރަކުން ފެނުން އެމީހާ މަރުވެފައި އޮއްވާ ފެނުނުއިރު ޒަހަމްތަކެއް ހުރި ވާހަކަ، މިހާރު މިއޮތީ ޒަހަމްތަކެއް ފެންނަން ނެތް ވާހަކަ، ކޮބާ ހަގީގަތަކީ؟
ފޮނިތޮށި
18 February 2021
އެހެނެއް ބުނެފައެއް ނެތް އިނގޭތޯ. އަލުން ގޮސް ކުރީގެ ހަބަރު ކިޔާލާ
ގައުމީ ޙިދުމަތް
18 February 2021
ލިޔެކިޔުން ހުއްޓަސް ަ އަދިވެސް ލަންކާ މީހެއް ކަމަށް ބެލެވެނި؟ޔަގީން ނުކުރެވޭނެތަ. ކޮންމެބަހަކުން ހުއްޓަސް މިއޮށްފަދަ ޒަމާނުގަ ވެރިފައި ކޮށްލެވޭނެ. މިހާދުވަސް ވީއިރުވެސް އޭނާ އެރަށަށް އަރަން ޖެހުނުގޮތާ ދެންހުރި މީހާ ބޯޓުގަ ހުރި ސަބަބު އެމީހާއަށް ހަވާލާދީފަވެސް ބުނެވޭވަރު ނުވަނީ ހަމަ؟؟ އަދިވެސް ދެޖުމްލަ ދޭތެރެއިން ތަހުގީގް ކުރަނިއްޔޭ މިކިޔަނި. ހޯދުނު ހަމައެކަނި އެއްޗަކީ ގުޅުމެއްވާކަން. ބޮޑެތި ކްރައިމްތަކުގަ މިމީހުންގެ ދުވެލި ކިހާ ލަސްވަނެ އަދި.
އެމް ބީ އޭ ޕަޕެތުން ނޭ
18 February 2021
ހެޔޮނުވާނެ ތިޔަ ލަންކާ މީހުން ރާއްޖެއިން ޑީޕޯޓް ކޮއްލަން ފެނޭ
އެމް ބީ އޭ
18 February 2021
ހެޔޮނުވާނެ ތިޔަ ލަންކާ މީހުން ރާއްޖެއިން ޑީޕޯޓް ކޮއްލަން ފެނޭ
ސަލިކުރ
18 February 2021
ގައުމައް އެތެރެވެ ރައްށުން ބޭރު ބޯފަހަރުގަ އައިސް ކުރުބާއެޅިއަސްނޭގޭ ދެއްތިމިހުން ދާނީ އެމިހުންގެ ބޭނުންތައް ފުއްދުމައް ރަކައް އާރާރީތި އަންހެނަކު ވަގަންނަ ގައިގެންކަންނޭގެ! ބޮޑުބަޖެޓުދީފަ ބޮޑު މުސާރަދީފަ ތީބޭބަޔެއްތިބޭ! މީރޢްޖެޔައް ބަޔަކުއާރާ ވަގުރުކު އައިގެން ދާއިރު ނޭގޭބަޔަކު ކޮޑައް ތަރިޔާ މާހުމާ އަރާފަ ހުންނަ ޔުނީފޯމު ލައިގެން ފޮނިކަނޑާތައް ފެނުނީމަ ލަގަންނައް ޖެހެނީ އެހެންމީހުން
ކާޖާ
17 February 2021
މިއީ ހާދަ ބޮޑު ނުރައްކަލެއްގެ ރަގަބީލެވެ. މިރާއްޖޭގެ ރަށަކަށް އަރާފަ ފައިބައިގެން ދިޔައިރުވެސް ހިލަމެއް ނުވެއެވެ.
ރަދީފްއޮފިޝިއަލް
18 February 2021
ދައުލަތުގެ ޙަޒާނާ ހުރިތަން ވަޅުގަނޑަކަށް އެއްބަޔަކު ހެދިފަހުން އަނެއް ބަޔަކު ހައިމާކެއް ހިފައިގެންއައިސް އިތުރަށް ކޮނެ ފުންކުރާއިރު އެނގޭ ބަޔަކު އެބަތިބިތަ؟ ނެތް އެހެންނޫން ތޯ.ވ.ވެދުން