ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ: ވެހިކަލް ރަޖިސްޓްރީކޮށް ދިނުމާ ބެހޭގޮތުން އޭސީސީން ކުރި ތުހުމަތުތައް ޓްރާންސްޕޯޓް އޮތޯރިޓީން ވަނީ ދޮގު ކޮށްފައި --- ފޮޓޯ/މިހާރު
18 ފެބުރުއަރީ 2021 - 22:34
މާލެ ސަރަހައްދުގައި ވެހިކަލްތައް ރަޖިސްޓްރީ ކުރަނީ އޮންނަ އުސޫލުތަކުގެ ތެރެއިން ބަލަންޖެހޭ ކަންކަން ބެލުމަށް ފަހު ކަމަށާއި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ނުހިމެނޭނެ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީން ބުނެފި އެވެ.
މާލޭގެ ގަރާޖްތަކަށް ވެހިކަލް ރަޖިސްޓްރީ ކޮށްދިނުމުގައި ކޮރަޕްޝަންގެ އަމަލުތައް ހިނގަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކޮންސަލްޓަންޓް ސިމާދު ސައީދު ރައްޔިތުންގެ މަޖިލީހުގެ ކޮމެޓީއެއްގައި ވަނީ ވިދާޅުވެފަ އެވެ. އެންމެ ގަރާޖަކަށް 70 ވެހިކަލް ރަޖިސްޓްރީކޮށް ދިނުން ފަދަ އުސޫލާ ޚިލާފް ކަންތައްތަކެއް ހިނގާފައިވާ ކަމަށް އޭނާ ވިދާޅުވެފައި ވެ އެވެ.
އެކަމާ ގުޅިގެން ޓްރާންސްޕޯޓް އޮތޯރިޓީން މިރޭ ނެރުނު ބަޔާނެއްގައިވަނީ ވެހިކަލް ރަޖިސްޓްރީ ކޮށްދެނީ މާލެ ސިޓީ ކައުންސިލާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ދޫކުރާ ހުއްދައަކަށް ބެލުމަށް ފަހު ކަމަށެވެ. އަދި އެކަމުގައި ކޮރަޕްޝަންގެ އަމަލުތަކެއް ތުހުމަތު ކުރެވޭތީ 2019 ވަނަ އަހަރުން ފެށިގެން ވެހިކަލް ބާއްވަން ރަޖިސްޓްރީ ކުރަން ގަރާޖަކަށްތޯ ނޫންތޯ އެ އޮތޯރިޓީން ބަލަމުންދާ ކަމަށާއި އަދި ޝަރުތު ހަމަނުވާ ތަންތަނަށް ވެހިކަލް ރަޖިސްޓްރީކޮށް ނުދޭ ކަމަށް އެ ބަޔާނުގައިވެ އެވެ.
އެ ބަޔާނުގައިވަނީ އޭސީސީން މަޖިލީހުގައި ދައްކާފައިވަނީ ހަގީގަތާ ޚިލާފް ވާހަކަތަކެއް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖައިސާމް
22 February 2021
މައިތިރިވެބަލަ. ސިމާދު އެއްޗެއް ބުނުމަކީ އޭސީސީއިން ބުނުމެއްނޫން. މިހާރުން ހެޑްލައިން ބަދަލުކޮށްލަން ވީނު؟
ގުޑުގުޑާ
21 February 2021
ތިމައްޖަ ތެދެއްހަދާފާނެބާ
ދިވެހިރައްޔިތެއް
21 February 2021
ވެހިކަލްރަޖިސްޓްކުރާކައް ގަރާޖުސިޓީއެއްގަރާޖެއްބޭނުމެއްނޫނެވެ ތިހާސަރުކާރު ބާރުގަދަވެފާމޮޅިއްޔާ މާލެއާ,ހުޅުމާލެ މަގުމަތީ ޕާކުކޮއްފަހުރި އުޅަދުތައްގަރާޖުތަކައްވައްދަބަލަ! ގައިމުކޮންމެޢުޅަދަކައް ގަރާޖުސިޓީއެއް,ސިޓީކައުންސިލްގަޔާ,ޓުރާންސްޕޯޓުއޮތޯރިޓީގައޮންނާނެ!ވީމާޤާނޫނީޢުމުރައްފެތޭނަމަރަޖިސްޓުރީކޮއްދިނީމަނިމުނީ މަގުމަތީބާއްވާނަމަ މަގައްކުލިނަގާ!ނަހުލާތިހެންވިދާޅުވިއަސް.ވެހިކަލްރަޖިސްޓްރީކޮއްދީގެންބޮޑަތިއަދަދުން ރިސްވަތުނެގުމަކީ ތިޔައޮތޯރިޓީދެވިހިފާފައޮތްކަމެއް!
ކަޓޭ
20 February 2021
މަސްއޫލިއްޔަތު އަދާނުކުރެވެންޏާ އިސްތިއުފާ ދެއްވުން ބުއްދިވެރި. ތިވަރުގެ ކޮރަޕްޓް މިނިސްޓްރީ އެއް މި ރާއްޖެޔަކު ނެތް. ތަން ހަމަޔަކަށް ނޭޅުވެނީ ގާބިލްކަން ނެތީމަ.
ކައުންސިލް ކޮރަޕްޗަން
19 February 2021
މާލޭ ސިޓީ ކައުންސިލް ތިއީ އަސްލު ކޮރަޕްޝަންގެ ހާއްޔަކީ. ތަންތަން ރަޖިސްޓްރީ ކުރުނވެސް އެހާ ލަސްކުރޭ. ފައިސާދިނުމުން އެކަނި އަވަސްވަނީ.
ޑްރައިވަރު
19 February 2021
ކަމަނާ ތި ހައްދަވަނީ ދޮގު. ކަމަނާ ތިޔަ ވިދާޅުވީ ތިކަން އޮންނަ އުސޫލު. އަދި ތިޔަ ގޮތަށް ކަން ހިގަނީ ވަރަށް މަދުން. ވެހިކަލް ރަޖިސްޓްރީ ކުރަން ގަރާޖު ސިޓީ ވިއްކާ ކަމަށް އިސްތިހާރު ކުރާ ބައިވަރު ގުރޫޕް ތައް އެބަހުރި. އޭގެ ކޮންމެ ގްރޫޕެއްގެ އަޑީގަ ހުންނަނީ ޓްރާންސްޕޯރޓް އޮތޯރިޓީގެ އިސް މީހެއް. މި ގްރޫޕްތަކުން އެމީހުން ކުރާ ކަމެއް ކޮށްފަ ވެހިކަލްގެ އޯނަރާ ހަވާލު ކުރާނީ ރަޖިސްޓްރީ. ވެހިކަލް އޯނަރު އެލް.އާރ 1 ފޯމުގަ އަދި އެއްވެސް ޑޮކިއުމެންޓެއްގަ ސޮއި ކުރާކަށެއް ނުޖެހޭ. ގަރާޖު އެގްރީމެންޓެއް ނުވެސް ފެންނާނެ. ވެހިކަލް އޯނަރު ބޭނުންވަނީ މާލޭ ޒޯނަށް ރަޖިސްޓްރީ ކުރަން ވީމަ ރަޖިސްޓްރީ ވަނިކޮށް އޭނާ އަށް ނިމުނީ.
ބަޑީ
19 February 2021
ތިފަދަ ކޮރަޕްޝަންތަކަކީ ރާއްޖޭގަ އެންމެންދަންނަ ބޮޑެތި "ސިއްރު". ލދހޔތގެ ކަންފުޅެއްވެސް މިމީސްމީހުންގެ ހަމަނެތީބާ މިފަދަ ކަންކަން ދޮގުކޮށް ބޮޑެތިބަޔާންތައް ނެރެން. ތީގެންތާކުން ހިދުމަތެއް ހޯދަންޏާ، ކޮންމެސް ރަގަޅު "ހަދިޔާ" އެއްނުދީ އެކަމެއް ކުރުމަކީ ވަރަށްދަތިކަމެއް. މިފަދަ ކަންކަން ހިގާކަން ސަރުކާރަށްވެސް ރަގަޅަށް އެގޭނެ އެހެންވީމަ މިކަމުގާ "ސަރުކާރުގެ"ވެސް ބޮޑުއަތެއްވާނެ.
ސަެެދު
19 February 2021
ހަމަތެދެއް
ސަައިދު
19 February 2021
ކަޑައެލިގެން ދޮގު ރަޖިސްޓުރީ ކުރަން ލާތާ 3މަސްވަާ އިރުވެސް ނިނިމޭ
ދިއްދޫމީހާ
19 February 2021
ތިޔަ ވުޒާރާގާ ކުރިން އެމްޕީއެލްގާ އިސްކޮން މަސައްކަތް ކުރި މީހަކު އުޅޭތޯ( ޔާމީންގެ ވެރިކަމުގާ އެމްޕީެެލްގެ އިސްވެރިޔާގެ މުސާރަ 100000 ބޮޑުކުރަން ނިންމި އިރު އިސްކޮން ހުރީ) އެއިރުން ދެން އިންގޭނެ ތިޔަތާގެ ހާލަތު،