ފުލުހުންނަށް އިންޒާރު ދިން މައްސަލައިގައި ހައްޔަރުކުރި ޕީޕީއެމްގެ އެކްޓިވިސްޓު ސަމަދު
19 ފެބުރުއަރީ 2021 - 20:46
ޗެނަލް-13 އިން ގެނެސްދިން އިންޓަވިއުއެއްގައި "ދޮގު ހެކި ބަސްދޭ" ފުލުހުން ކޮށާލާނެ ކަމަށް ބުނެ އިންޒާރުދިން، އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރަކު މިއަދު ހައްޔަރުކޮށްފި އެވެ.
ފުލުސް އޮފީހުން ބުނީ ފުލުހުންނަށް ހެކި ބަސްދޭ މީހުންނަށް އިންޒާރުދީ، ބިރު ދެއްކި މައްސަލައެއްގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، އުމުރުން 51 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފައިިވާ ކަމަށެވެ. ހައްޔަރުކުރީ ގ. ރަންހިރި އަބްދުއްސަމަދެވެ.
އޭނާ ހައްޔަރުކުރީ، މުޖުތަމައުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަދި ހެކި ފޮރުވައި ނުވަތަ ހެކި ނައްތައިލުމަށް މަސައްކަތްކޮށްފާނެ ކަމަށް ބުނެ އެވެ.
އިދިކޮޅުން މިހާރު މާލޭގައި ސިލްސިލާކޮށް ކުރާ މުޒާހަރާއެއްގެ ތެރެއިން އެ މީހާ އިންޓަވިއު ދެމުން ބުނީ "އަޅުގަނޑުމެން ޖަލުގައި ބަންދުކުރުމަށް ދޮގު ހެކި ދިން ފުލުހުން ވަރަށް ރަނގަޅަށް އެނގޭ ކަމަށާއި ހައްގު އެ މީހުންނާ އަރާ ހަމަކުރާނެ" ކަމަށެވެ.
އޭނާ ބުނިގޮތުގައި ދެން އަންނަ ދައުރެއްގައި ވެރިކަން ކުރާނެ އިދިކޮޅުންނެވެ. އަދި އެ ވެރިކަމުގައި، ހެކި ބަސް ދިން މީހުން ވެސް ޖަލުގެ ތޭރިތަކަށް ދާނެ ކަމަށާއި އެ މީހުން "ވަކިވަކިން ކޮށާލާނެ" ކަމަށް އޭނާ ބުންޏެވެ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން މިނިވަން ކުރުމަށާއި ހުޅުމާލޭ ދެވަނަ ފޭސް އިން ފްލެޓް ދީފައި ވަނީ އޮޅުވާލައިގެން ކަމަށް ބުނެ، އިދިކޮޅުން މިއަދު ވެސް ވަނީ މުޒާހަރާކޮށްފަ އެވެ. އަދި އެ މުޒާހަރާގެ ތެރެއިން، ފުލުހުންނާއި އާއްމުންނާ ދެމެދު ކުރިމަތިލުން ހިނގާފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޮތަރުކޮށި މޫސަ
20 February 2021
އިންޒާރެއް ނުދޭ. ތިއުޅެނީ މިހާރު ބިރުފަނެފެން. 2012 ގަ ތެޅިފޮޅުނުހެން ދެން ހަދާނީ ކިހިނެއްބާއޭ ހީވެ ކޮޅުކޮޅުމައްޗަށް ދުވެނަގަނީ. ވެއްޓެނީ ވެއްޓެނީ ވެއްޓެނީ ކޮރަރުކޮށްޓޭ ގޮވައި ރައްޔިތުން ބޮލުގަ ތެތްގޯނި އެޅުވިއްޖެތަ؟ އަދިވެސް ރިޕޯޓު ހަދާ. 2ފޫޓު ފާޚާނާއޭ 3 ފޫޓު ކޮޓަރިއޭވެސް ގޮވާ ކުލަފޮށްޓޭވެސް ގޮވާ އަލިފާންފޮށްޓޭވެސް ގޮވާ. ކޮބާހޭ ލަދު! ލަދު ކޮބާހޭ!
ފޫހި
20 February 2021
އެމީހާ ބުނީ ގާނޫނީ އިމުގެ ތެރޭން ކުރާނެމކަމެއްގެ ވާހަކަ. އޭގެ މާނައަކީ ދޮގުހެކި ދިނުން ސާބިތުވެ ހުކުމެއް އައިނަމަ އެކަމެއްކުރާނަމޭދޯ. ދެން ހުކުމުގައިއާދޭ މަރަން މަރުހިފަންވެސް. އެހެންވީމާ ހުކުމެއް އައިމަދޯ އެކަންކިރެވޭނީ.
ކެރެދި ބެއްޔާ
20 February 2021
ފުލުހުންނާއި ސިފައިންގެއިން ރިޓަޔަރ ކޮއްފަ ތިއްބަވާ މިފަދަ ބޭފުޅުން ސިޔާސީ ޕާޓީތަކުގައި ތިއްބަވާ ތަނެއް ދޮރެއް ދޮރާއްޓެއް ނޭގޭ މިހުންގެ އަވައިގައި ޖެހި މަގުމައްޗަށް ނިކުމެ ތާވަޅެއްހެން އުޅުމަކީ ވަރައްލަދުވެތިކަމެއް! ފުލުހުންނާއި ސިފައިން ގެ މުއައްސަސާ އިން ޖެހޭ މިފަދަ އަގުހުރި މަސައްކަތް ކޮއްފަ ތިއްބަވާ ގަދަރުވެރި ބޭފުޅުން ގުޅިގެން މި ގުއިރޯނުގައި މިފަދަބޭފުޅުން ނުޖެހި އުޅެވޭތޯ ބެލުމައް ގުޅިގެން މަސައްކަތްތަކެއްކުރަން! ޝުކުރިއްޔާ ޝިފޫ
ސަމްސިއްޔާ
20 February 2021
"ވަކިވަކިން ކޮށާލާނެ" ކަމަށް ބުނެ އޭގެ ފަހުން އޭގެ މާނަވެސް ބުނިދޯ. އެއީ ޖަލަށް ލުންކަމަށް. އެބައިވެސް ގެނައިނަމަދޯ. މިހާރު ނޫހުން މާބޮޑަށް އެއްއަތަށް ބުރަވެ ހަބަރުތައް ގެންނަކަން ފާހަގަ ކުރެވޭ.
މާނަ
20 February 2021
އޭގެ މާނަ ބުނާކަށް ނުޖެހޭނެ. ވަކިވަކިން ކޮށާލުމުގެ މާނަޔަކީ ޖަލަށް ލުމެއްނޫން.
މާރީޔާދޯ
20 February 2021
ތަޅާނެ ކުދިން ކޮޅެއް ހޯދަން އޯ ކޭ. ޤާނޫނީ އިމުގެ ތެރޭން މަޖާޒީ ގޮތެއްގަ ކޮށާޅުން ކަޑަ
ހަސަންކާރި
20 February 2021
އެެވެސް ގޯސް މިވެސް ގޯސް..
6743
20 February 2021
ޞަމަދަކީ ކުރިން ސިފައިންގެ ސެކިއުރިޓީ ޑިވިޝަން އަދި ފަހުން ފުލުހުންގެ ވަޒީފާގައި އުޅުނު މީހެއް. މުޅި ޕޮލިހަށް އަދި ސިފައިންނަށް ލަދު
އިބްރ
20 February 2021
ރައީސް ޔާމީނު މަރަންގޮވި އެމްޑީޕީ އެކްޓިވިސްޓާއި ، ފުލުހުންގައި ތޅާނެ ބަޔަކު ހޯދަންގޮވި މިހާރުގެ މަޖިލިސް ރައީސްގެ މައްސަލަ ކޮބާ؟
މަގަތު
20 February 2021
މިތަނުގައި ކޮމެންޓްކޮށްފަައިވާ ފަރާތަކަށް ބުނެލަން ބޭނުންވަނީ ގޮތް ހުސްވީމައެއްނޫނޭ މިސްކިތަށްއަރާ ދުޢާކުރަންޖެެހެނީ.. އުފާވެރިހާލަތުގައި އަދި ހިތާމަވެރި ހާލަތުގައިވެސް ވާގިއެދެނީ ﷲ ގެ ހަޟްރަތުން. ޢެކަކު އަނެކަކުގެ ކިބައިން ހިތްވަރު ހޯދުމަކީ އަހަރެމެން ގަބޫލްކުރާގޮތެއްނޫން.
އަޖަމީޕޫލްގެ
20 February 2021
ތި ޗ13 ގެ ކުރޫގެ ގަމާރުކަމުން ގިނަ އެކްޓިވިސްޓުން ދަންމަޅި އެޅިފަ އެތިބީ. ބަޔެއްފަހަރު ހިތައްއަރާ ޔާމީނާ އެންޓި ބަޔެކޭ
ޟަޒް
20 February 2021
ޢެކްސް ކޮޕެއް ދެއްތޯ. ޢިންޒާރުގެ މައްސަލަތަ ތަކުގައި ޒީރޯ ޓޮލެރެންސް ގެންގުޅުން ރަގަޅު.