މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ގެންގުޅޭކަމުގެ ތުހުމަތު ގޫގުލްގެ މައްޗަށް ބޮޑު
21 ފެބުރުއަރީ 2021 - 07:23
ގޫގުލްގެ އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އެތިކްސް ޔުނިޓްގެ ބާނީ އަދި ކޯ-ހެޑް މާގްރެޓް މިޝެލް ހުކުރު ދުވަހު މަގާމުން ވަކިކޮށްފި އެވެ.
އަލްފަބްޓްގެ ދަށުން ހިންގާ ގޫގުލް އިން ނެރުނު ބަޔާނެއްގައި ބުނީ އޭނާ މަގާމުން ވަކިކުރީ ކުންފުނީގެ އުސޫލުތަކާ ހިލާފުވެގެން ކަމަށާއި ކުންފުނީގެ ވަރަށް މުހިއްމު މައުލޫމާތުތަކެއް ސިއްރުން ބޭރުކޮށްފައިވާ ކަމަށެވެ. މިޝެލް ކުރި ޓްވީޓެއްގައި ވެސް އޭނާ މަގާމުން ވަކިކުރި ވާހަކަ ބުނެފައިވެ އެވެ.
މިޝެލް މަގާމުން ވަކިކޮށްފައި ވަނީ މިދިޔަ އަހަރުގެ ފަހުކޮޅު ގޫގުލްގެ އިސް އެހެން މުވައްޒަފަކު ވެސް މަގާމުން ވަކިކުރުމާ ގުޅިގެން ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައި ވަނިކޮށެވެ.
I'm fired.
— MMitchell (@mmitchell_ai) February 19, 2021
މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަގާމުން ވަކިކުރީ އާޓިފިޝަލް އިންޓެލިންސްޖް އެތިކްސް ޔުނިޓްގެ ލީޑް ރިސާޗަރެއްގެ ގޮތުގައި މަސައްކަތްކުރަމުން ދިޔަ ޑރ. ޓިމްނިޓް ގެބްރޫ އެވެ. އޭނާ މަގާމުން ވަކި ކުރީ މުވައްޒަފުންނާ މެދު ތަފާތުކުރުންތަކެއް ގެންގުޅޭ ކަމަށް ބުނެ ކުންފުނީގެ ތެރޭގައި ދައުރުކުރީ އިމެއިލްތަލެއްގެ މައްސަލައިގަ އެވެ.
I am concerned about @timnitGebru 's firing from Google and its relationship to sexism and discrimination. I wanted to share the email I wrote to Google press the day my access was cut off.https://t.co/O7JPlqJW8L
— MMitchell (@mmitchell_ai) February 5, 2021
އެ މައްސަލާގައި އޭނާ މަގާމުން ވަކިކުރުމަށް ފަހު ގޫގުލް އިން ބުނެފައި ވަނީ ގެބްރޫ އަމިއްލަ އަށް ވަކިވީ ކަމަށެވެ.
ނަމަވެސް މި މައްސަލާގައި އޭނާ ބުނެފައި ވަނީ މަގާމުން ވަކިކުރީ އޭނާ އިސްކޮށް މަސައްކަތް ކުރި ރިސާޗަކުން ނަން ނެގުމަށް ވެސް މަޖުބޫރުކޮށްފައި ކަމަށެވެ.
މިޝެލް އާއި ގެބްރޫ އަކީ ގޫގުލްގައި ޑައިވަސިޓީ ފުޅާކުރަން ވަރަށް ބޮޑަށް ކެމްޕޭން ކުރި ދެ މުވައްޒަފެކެވެ. އެ މީހުން ބުނެފައިވާ ގޮތުގައި އެ ކުންފުންޏަކީ ނަސްލީ ގޮތުންނާއި ޖިންސީ ގޮތުން ވެސް މުވައްޒަފުންގެ މެދުގައި ތަފާތުކުރުން ބޮޑު ކުންފުންޏެކެވެ.
ޓިމްނިޓް ގެބްރޫ.
ގޫގުލްގައި މަސައްކަތްކުރާ އަންހެން ސޮފްޓްވެއާ އިންޖިނިއަރުންނާއި އެ ކުންފުނީގެ އޭޝިއާގެ މުވައްޒަފުންގެ މެދުގައި ގެންގުޅުނު މުސާރައިގެ ފަރަގުގެ މައްސަލައެއް ހޫނުވުމުން އެ ކުންފުނިން އެކަން ހައްލުކުރަން 2.5 މިލިއަން ޑޮލަރު ހޭދަކުރަން ނިންމިކަން ވެސް މިދިޔަ މަހު އިއުލާންކޮށްފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުންފުނީތާ
21 February 2021
ގޫގުލްއަށް ގެއްލުމެއް ނުވަނީސް ބޭރު ކުރަން ޖެހޭބަ މީގެ މީހުން. ސޯސަލް ޖަސްޓިސް ވޯރިއާސް ރަނގަޅުވާނީ ޓުވިޓާގަ މަސައްކަތް ކުރަން.
ސަޅި
21 February 2021
ރަންގަޅު ވާހަކަ އެއް. އިންޓަނެޓުން އަަބަދު ބުޅާ ފޮޓޯ ބަލާފަ، ނުދަންނަ މީހުންނާ ޒުވާބުކުރަންޏާ ވަޒީފާ ހޯދުން ރަނގަޅީ ޓުވިޓާރ އިން.