މި ވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް 46 ޑޮކްޓަރުން ވަނީ ހަމަޖައްސައިދީފައި. އޭގެތެރޭގައި 18 ސްޕެޝަލިސްޓުން ހިމެނޭ.
އެމްޑީޕީގެ ކެމްޕޭން ބައްދަލުވުމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި މަޖިލިސް ރައީސް މުހައްމަދު ނަޝީދު: ކުޅުދުއްފުށީ ހޮސްޕިޓަލް އެޅުމުގެ މަޝްރޫއުގެ ތަފްސީލް ރައީސް މި ބައްދަލުވުމުގައި ދެއްވި. --ފޮޓޯ/އެމްޑީޕީ
24 ފެބުރުއަރީ 2021 - 13:20
ހދ. ކުޅުދުއްފުށީގައި 100 އެނދުގެ ޓާޝަރީ އާ ހޮސްޕިޓަލް އަޅަން ކުވެއިތު ފަންޑުން އެހީ ހަމަޖެހި މަޝްރޫއުގެ ފެށުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރޭ ވިދާޅުވެއްޖެ އެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕޭނަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެ ތެރެއިން ހދ. އަތޮޅުގެ އެމްޑީޕީ ކެންޑިޑޭޓުން، ރައްޔިތުންގެ ފަރާތުން ހުށަހަޅާ ކަންކަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަޑު އައްސަވައި އެންމެ ބޮޑު އެއް މަޝްރޫއުގެ ގޮތުގައި ކުޅުދުއްފުއްޓަށް އޮތީ ހޮސްޕިޓަލް އެޅުންކަން ފާހަގަކުރެއްވި އެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވެވަޑައިގަތް އެ ބައްދަލުވުމުގައި ކުޅުދުއްފުއްޓަށް ޕްލޭންކޮށްފައި ހުރި މަޝްރޫއުތަކާއި ނިމިފައިވާ ކަންކަމުގެ ތަފްސީލްތައް ދެއްވި އެވެ.
ރައީސް ވިދާޅުވީ 100 އެނދުގެ އާ ހޮސްޕިޓަލް އެޅުމުގެ އިދާރީ މަސައްކަތްތައް ކުރިއަށް އެބަދާ ކަމަށެވެ. އެ ހޮސްޕިޓަލާ އެކު ކުޅުދުއްފުށީގެ ސިއްހީ ހިދުމަތްތަކަށް އިތުރު ކުރިއެރުންތަކެއް އަންނާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް. -- ފޮޓޯ: ކުޅުދުއްފުށީ އޮންލައިން
ސިއްހީ ޚިދުމަތް ހޯދަން މާލެއަށް ބަރޯސާވުން މަދުކުރަން ވޭތުވެދިޔަ ދެ އަހަރުގެ ތެރޭގައި ސިއްހީ ދާއިރާ ލާމަރުކަޒުކުރަން ގެނައި ބަދަލުތަކުގައި ކުޅުދުއްފުއްޓަށް ރަނގަޅު ބަދަލުތަކެއް ގެނެސްދެވިފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ. މިސާލެއްގެ ގޮތުގައި ނެންގެވީ މިދިޔަ އަހަރުގެ ތެރޭގައި 100،000 މީހުން ކުޅުދުއްފުށީ ހޮސްޕިޓަލުން ޚިދުމަތް ހޯދާފައި ވުމެވެ.
"ކުޅުދުއްފުށީގައި ވެސް އެންމެ ބޮޑު ބަދަލެއް ގެނެވުނު އެއް ދާއިރާ އަކީ ސިއްހީ ޚިދުމަތް. މިދިޔަ އަހަރު 100،000 މީހުން ޚިދުމަތް ހޯދާފައިވާ އިރު އޭގެތެރޭގައި 184 ރަށުގެ މީހުން ހިމެނޭ،" ރައީސް ވިދާޅުވި އެވެ.
ރައީސް އާއްމުކުރެއްވި ތަފާސްހިސާބުގައިވާ ގޮތުން މި ވެރިކަމުގައި ކުޅުދުއްފުށީ ހޮސްޕިޓަލަށް 46 ޑޮކްޓަރުން ވަނީ ހަމަޖައްސައިދީފަ އެވެ. އޭގެތެރޭގައި 18 ސްޕެޝަލިސްޓުން ހިމެނެ އެވެ.
ކުޅުދުއްފުށީގައި ސީޓީ ސްކޭންގެ ޚިދުމަތް ވެސް މިހާރު ލިބެ އެވެ. އަންނަ މަހުގެ ތެރޭގައި އެމްއާރުއައި މެޝިން އިންސްޓޯލްކުރެވޭނެ ކަމަށް ވިދާޅުވި އެވެ.
ކުޅުދުއްފުށީގެ އިތުރުން ރ. އުނގޫފާރާއި ގދ. ތިނަދު އާއި ލ. ގަމާއި އައްޑޫގައި ޓާޝަރީ ފެންވަރުގެ ހޮސްޕިޓަލް އެޅުމަކީ މި ސަރުކާރުގެ ވައުދެކެވެ. ތިނަދޫ ހޮސްޕިޓަލް ވެސް އަޅަން ނިންމާފައި ވަނީ ކުވެއިތު ފަންޑުގެ އެހީގަ އެވެ. އުނގޫފާރު ހޮސްޕިޓަލް އެޅުމަށް މިހާރު ވަނީ ބަޔަކާ ހަވާލުކޮށްފަ އެވެ.
އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް އާއްމުކުރެއްވި ހިސާބުތަކުގައިވާ ގޮތުން ދެ އަހަރުގެ ތެރޭގައި 104 މިލިއަން ރުފިޔާ ކުޅުދުއްފުށީގެ ޕީއެސްއައިޕީ އަށް ވަނީ ހޭދަވެފަ އެވެ. މީގެ އިތުރުން ހިލޭ ޑިގްރީ ޕްރޮގްރާމްގައި 246 ދަރިވަރަކު އަންނަނީ ކިޔަވަމުންނެވެ. ކޮވިޑް-19 އާ ގުޅިގެން 202 މީހަކަށް އިންކަމް ސަޕޯޓްގެ ގޮތުގައި ތިން މިލިއަން އަދި ކަރަންޓް ސަބްސިޑީގެ ގޮތުގައި 51 މިލިއަން ރުފިޔާ ހޭދަވެފައިވާ ކަމަށް ހަސަން ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ރާއްޖެ
25 February 2021
އެހެން ގައުމަކުން ފައިސާ ފޮއްޗެއް ހޯދަން މައި ސަރުކާރުން ހުއްދަ ނުދޭނެ.
މިވަރެއްނެތް
24 February 2021
ރާއްޖޭގެ ވެރިންނަށާއި ސަރުކާރަށް އާންމު ސިއްހަތު ފެންނަނީ އިމާރާތްތަކާއި މެޝިންތަކާއި މުވައްޒަފުން. ކޮންޓްރޯލެއްނެތި އެނަރޖީ ޑްރިންކް ބޯ ޒުވާނުންނާއި، 300 ފޫޓު ދުރުގައި ހުންނަ ފިހާރައަށްވެސް ސައިކަލުގައީ ނޫނީ ނުދެވޭ މީހުންނާއި، ޕީޒާ ފަދަ ސިއްހަތަށް ގެއްލުންހުރި އެއްޗެހިކައިގެން ބިޔަ ބެރުތަކެއްހެން ފަލަވާ ޒުވާނުންނާއި އެމީހުންގެ ފަރާތުން ސިއްހީ ނިޒާމަށްހުރި ގެންޖެހުމެއް ހަމަނުފެނޭދޯ؟
ދަރަނި ދަންތުރަ
24 February 2021
މެކުނު ފުމުނަސް ގާހަކަޔަކަށް ނުފުމެވޭނެ މީ ވަރަށް ވާހަކަ ....
ދަރަނި ދަންތުރަ
24 February 2021
ސަރުކާރުން ކަރަންޓަށް ސަބުސިޑީއެއްނުދޭ އޮޅުވާލަނީ ސޮޓެލްކޯ ފެނައިން ޑިސްކައުންޓު ދިނީ އޭގެ ބަދަލުގައި ސަރުކާރުން އެދެކުންފުއްޏަށް ލޯލާރިއެއްވެސް ނުދޭ އޭގެބަދަލުހޯދަން ރައްޔިތުންފެލަނީ ...
ތުއްތޮންވެ
24 February 2021
އަޅުގަނޑު ހީކޮއްގެންމިހުރީ ތިޔާބުނާ ހޮސްޕިޓަލެއް މިހާރުއަޅާނިމިއްޖެކަމައް އެހެންޏާފަހެ މިހާރު ތިޔަހޮސްޕިޓަލެއް އަޅާތާ ދެއަހަރާބައިވީ.
އިންތިތި
24 February 2021
ކުޅުދުއްފުށީގައި ހޮސްޕިޓަލް ކޮވިޑް ގެ ހުރިހާ އެންމެން ގެނަން ޖެހެނީ ށ.ފުނަދޫ އަށް
ރަދީފްއޮފިޝިއަލް
24 February 2021
ތިކަން އަހަރެން ނޯޓްކޮށްފިން.ތިޔައީ މުޅިންވެސް އިންތިހާބަށް ޖަހާ ކަޑަ.މިހާރު ކަޑަ ޖަހަނީ ކޮމްޕިއުޓަރުން.
ސިލޯން
24 February 2021
ކަލޭމެންގެ ލަދު ހަޔާ ކޮބާ. ޤައުމީޔަތު އިންޑީޔާގެ ބާރުގެ ދަޝައް ގެންގޮސް ހުސްކޮއްފި. ދޭނެ ވޯޓެއް ނެއް ދެނެ
ބޮކިފުރާޅު އައްޔަ
24 February 2021
އެންމަތީގާ އިން ފޮޓޯ ފެނުނީމާ ރުޅިއަންނަނީ.
ތަކުރުފާނުބެ
24 February 2021
ނުބެލީމަ ހެވޭނެ