26 ފެބުރުއަރީ 2021 - 08:24
ޔޫޓިއުބަކީ އެ ބޭނުންކުރާ ކުޑަކުދިންނަށް ރައްކާތެރި ޕްލެޓްފޯމަކަށް ހެދުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ އިރު އަނެއްކާ ވެސް އިތުރު ރައްކާތެރިކަމެއް ގެނެސްދޭން ނިންމައިފި އެވެ.
ޔޫޓިއުބުން މި ފަހަރު ދެނީ ކުދިން ބަލާ އެއްޗެހި މިހާރަށް ވުރެ ބޮޑަށް ބެލެނިވެރިންނަށް "ސުޕަވައިޒްކުރެވޭނެ" ގޮތެކެވެ. މީގެ ބީޓާ ވާޝަނުގައި އަލަށް ތައާރަފުކުރަނީ ޔޫޓިއުބް ކިޑްސް އާއި އާންމު ޔޫޓިއުބާ ދެމެދު ފާލަން އެޅޭ ހިދުމަތެކެވެ. މީގެ ސަބަބުން، ކުދިން ބަލާ އެއްޗިއްސަށް ގޫގުލް އެކައުންޓެއް މެދުވެރިކޮށް އެކްސެސްވުމުގެ ފުރުސަތު ބެލެނިވެރިންނަށް އޮންނާނެ އެވެ. އަދި ކުދިންގެ އެކައުންޓްތަކުގައި ހުންނަ ބައެއް ފީޗާތަކާ ބެލެނިވެރިންނަށް ކުޅެލެވޭނެ އެވެ. އޭގެ ތެރޭގައި އިން-އެޕް ޕާޗޭސަސް، ކްރިއޭޝަން އަދި ކޮމެންޓް ފަދަ ފީޗާތައް ހިމެނެ އެވެ. އެގޮތުން ކުދިންގެ އުމުރާ އެންމެ ގުޅޭ ގޮތަށް ބެލެނިވެރިންނަށް އެކައުންޓްތައް ބައްޓަންކުރެވޭނެ އެވެ.
Today, we are announcing a new, supervised experience for parents who have decided their tweens and teens are ready to explore YouTube. More details here: https://t.co/fY5vE0NsM1 pic.twitter.com/W8FsC6EhQd
— YouTube (@YouTube) February 24, 2021
މިކަމަށް ހާއްސަ ތިން އޮޕްޝަން ސެޓިންއެއް ވެސް ޔޫޓިއުބުން ދޭނެ އެވެ. އެއީ އުމުރަށް އަންނަ ބަދަލުތަކާ އެކު އެކްސެސްވެވޭނެ ކޮންޓެންޓްތަކަށް ލުއިދެވޭ ގޮތަށެވެ. އެ ތިން އޮޕްޝަނަކީ "އެކްސްޕްލޯ" އާއި "އެކްސްޕްލޯ މޯ" އަދި "މޯސްޓް އޮޔް ޔޫޓިއުބް" އެވެ.
In addition to content settings, parents will be able to manage watch/search history, and bedtime & break reminders will be on by default. Comments, live chat, channel creation, video upload and purchases will be disabled. We’ll add new features and tools over time.
— YouTube (@YouTube) February 24, 2021
މި ސެޓިން އޮޕްޝަންތައް ހާއްސަކޮށްފައި ވަނީ 9 އަހަރުން މައްޗާއި 13 އަހަރުން މަތި އަދި 13 އަހަރުން މަތީގެ ފުރާތަކުގެ ކުދިން ބަލަން އެކަށީގެންވާ ކޮންޓެންޓްތަކަށް ރިއާޔަތްކޮށެވެ.
މިކަމާ ބެހޭ ގޮތުން ޔޫޓިއުން ބުނީ އެ ބޭނުންކުރާ ކުދިންގެ ބެލެނިވެރިންގެ ފަރާތުން އަބަދު ވެސް ގިނަ ޝަކުވާތަކެއް ލިބެމުންދާ ކަމަށާއި އަމާޒަކީ ބެލެނިވެރިންގެ ހުރޮހާ ކަންބޮޑުންތަކެއް ހައްލުކޮށްދީ، ޔޫޓިއުބަކީ އަބަދު ވެސް ކުދިންނަށް ރައްކާތެރި އެއްޗެއްކަން ކަށާވަރުކޮށް ދިނުން ކަމަށެވެ.
We still recommend YouTube Kids -- our separate app made for kids -- for parents who want a diverse but much smaller selection of content than YouTube. The app is now available in over 80 countries and is used by over 35 million viewers every week. https://t.co/qZYf1mts2h pic.twitter.com/Sx8FmXhq1j
— YouTube (@YouTube) February 24, 2021
"މީގައި އެންމެ މުހިއްމު ކަމަކީ އުމުރުފުރާތަކާ ގުޅޭ ގޮތަށް ޔޫޓިއުބް ވީހާ ވެސް ރައްކާތެރިކޮށް ބޭނުންކުރެވޭނެ ގޮތް ފަހިވެފައި އޮތުން. ބެލެނިވެރިންގެ އެންމެ ބޮޑު ޑިމާންޑަކީ ވެސް އެއީ،" ޔޫޓިއުބްގެ ޕްރޮޑަކްޓް މެނޭޖްމަންޓްގެ ޑިރެކްޓަރު ޖޭމްސް ބީޒާ ވިދާޅުވި އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy