އެޗުޕީއޭގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، ވެސިނުގެ ފުރަތަމަަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 105،492 އަށް އަރައިފައި. މިއަދު އެކަނި ވެސް 6،073 މީހަކަށް ރާއްްޖޭގައި ވެކްސިން ދިން.
ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންގެ ބަޔަކު ވެކްސިން ޖެހުމަށް، ވެކްސިން ޖަހާ ސެންޓަރެއްގައި މަޑުކުރަނީ
27 ފެބުރުއަރީ 2021 - 23:29
ކޮވިޑް-19 އިންް ދިފާއުވުމަށް ރާއްޖޭގައި ދެމުން އަންނަ އޮކްސްފޯޑް-އެސްޓްރަޒެނެކާ ވެކްސިން (ކޮވިޝީލްޑް)ގެ ފުރަތަމަ ޑޯޒު މިހާތަނަށް ލައްކައަކަށް ވުރެ ގިނަ މީހުންނަށް ދީފައިވާ ކަަމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗުޕީއޭ) އިން މިރޭ ބުނެފި އެވެ.
އެޗުޕީއޭ އިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާ ގޮތުން، ވެސިނުގެ ފުރަތަމަަ ޑޯޒު ޖެހި މީހުންގެ އަދަދު ވަނީ 105،492 އަށް އަރައިފަ އެވެ. އޭގެ ތެރެއިން 72،872 މީހުންނަކީ މާލެ ސަރަހައްދުގައި ވެކްސިން ދިިން މީހުންނެވެ. ރާއްޖޭގެ އެހެން ސަަރަހައްދުތަކުގައި ވެކްސިނުގެ ފުރަތަމަ ޑޯޒު ޖެހި މީހުންގެ އަދަދަކީ 32،620 މީހުންނެވެ.
ވެކްސިން ޖެހި މީހުންގެ އަދަދު ލައްކައަކަށް ވުރެ މަތިވި އިރު މިއަދު އެކަނި ވެސް 6،073 މީހަކަށް ރާއްްޖޭގައި ވެކްސިން ދިނެވެ. އެއީ މާލެ ސަރަހައްދުން 3،147 މީހަކާއި ރާއްޖޭގެ އެހެން ސަރަހައްދުތަކުގައި 2،926 މީހުންނެވެ.
ރާއްޖޭގައި ކޮވިޑްގެ ވެކްސިން ފުރަތަމަ ދޭން ފެށީ އަވަށްޓެރި އިންޑިއާ އިން އެއްލައްކަ ޑޯޒުގެ ވެކްސިން ހަދިޔާ ކުރުމުންނެވެ. އިންޑިއާ އިން އޭގެ ފަހުން ވެސް ވަނީ ރާއްޖެ އަށް އެއްލައްކަ ޑޯޒްގެ ވެކްސިން ދީފަ އެވެ. ހަމަ އެއަދަދުގެ ވެކްސިން ޑޯޒު ރާއްޖެ އަށް ދޭން ޗައިނާ އިން ވެސް ވައުދު ވެފައި ވާއިރު އިންޑިިއާ އިން ވަނީ ދެވަނަ ފަހަރަށް ވެސް ހަމަ އެއަދަށް ވެކްސިން ހަދިޔާކޮށްފަ އެވެ. މީގެ އިތުރުން ޗައިނާގައި އުފެއްދި ސައިނޯފާމް ވެކްސިނުގެ 10،000 ޑޯޒުގެ ވެކްސިން އަމިއްލަ ފަރާތަކުން ވެސް ވަނީ ހަދިޔާ ކޮށްފަ އެވެ. މިއާ އެކު، ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒުގެ އަދަދު 240،000 އަށް އަރަ އެވެ.
ރާއްޖޭގައި ވެކްސިން ޖަހަން ފެށީ މި ދިޔަ މަހުގެ 28 ގަ އެވެ. އޭގެ ފަހުން އެއްލައްކަ އަށް ވުރެ ގިނަ މީނުންގެ ގަޔަށް ވެސް މިހާރު ވެކްސިން ޖަހާފައި ވާއިރު ވެކްސިން ދިނުމުގެ މަސައްކަތް ރާއްްޖޭގައި މެދުކަނޑައެއް ނުލަ އެވެ. އެއީ އެޗްޕީއޭ އިން ކުރިއްސުރެ ކަނޑައަޅާފައި އޮތް ލަނޑުދަނޑިއެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަސަނު
28 February 2021
މަލޭ ސަރަހައްދުގައި ވެކްސިން އަދި ނުޖަހާތިބި އުމުރުން ދޮށީ މީހުން ހޯދާ އެމީހުން ތިބި ތާކަށް ގޮސް ވެކްސިން ޖަހައިގެން ނަަމަވެސް ބަލި ފެތުރުން ހުއްޓުވަން ޖެހޭ...
މިވަރެއްނެތް
28 February 2021
އެކަމަކުވެސް ކޮވިޑަށް ޕޮޒިޓިވްވާ ނިސްބަތް މައްޗަށް! ހޮސްޕިޓަލުގައި އެޑްމިޓްކުރަންޖެހޭ މިންވަރު މައްޗަށް! އަޅާ ފިޔަވަޅު އިތުރަށް މައްޗަށް! ދޭ އިންޒާރުތައް މައްޗަށް! ކެފޭ ޓެސްޓޯރެންޓް ސްކޫލު ފަދަ ތަންތަަން ބަންދު! އެހެންވާނަމަ ތިވެކްސިން ޖެހުމުގެ ބޭނުމަކީ ކޮބާ! ދުނިޔޭގެ އެހެން ހުރިހާ ގައުމެއްގައިވެސް ވެކްސިން ޖަހާ ނިސްބަތުން ޕޮޒިޓިވްވާ މިންވަރު ދަށްވޭ. އެޑްމިޓްކުރަންޖެހޭ މިންވަރު މަދުވޭ. ފިޔަވަޅުތަކުން ލުއިލިބޭ. ރާއްޖެ މުޅިއިން އިދިކޮޅު!
މމމމަ
28 February 2021
ކޮސް ނުގޮވާ. ވެކްސިނަކުން ބަލިފެތުރުމެއް ނުހުއްޓުވޭނޭ އެކިޔަނީ. ދިވެހިންގެ މެދުައި ހޭލުންތެރިކަން ދަށްމިންވަރު މިފެންނަނީ .
ހަމް77
28 February 2021
ތިމާ ކުޑަކޮށް ދުނިޔެއައް ލޯހުޅުވިފަ ހުރުން ރަނގަޅު. ސްމާރޓް ފޯނެއް އޮތަސް ނުވާނެ. ވާނުވާ އެނގެންޖެހޭ. ޙޭލުންތެރިކަން ހަމަ ނެތީ އެއްވެސް ވަރަކަށް. 1 ލައްކަަ އެއީ އާބާދީގެ އެންމެ 18% ކަން އެނގި ވެކްސިން ޖެހުމުގެ ބޭނުން އެނގިގެން ކޮމެންޓު ކުރުން ރަނގަޅު.
އަލީރާޖާ
28 February 2021
އަދިވެސް ބާރަށް ގެންދަވާ. ސައިންސްވެރިން ވިދާޅުވަނީ މަދުވެގެން އާބާދީގެ %70 އަށް ވެކްސިން ޖެހީމާ މި ކަމުން ސަލާމަތްވާނެ ކަމަށް. ވީމާ ރާއްޖޭގައި 3 ލައްކައެއްހާ މީހުންނަށް ވެކްސިން ޖަހަންޖެހޭ.
ހަސަންބޭ
28 February 2021
ދެން ރޯގާ ޖެހުން ދަށްނުވަނީ ކީއްވެ؟
ސައު6
28 February 2021
ހަމަ ތަ ތިބޭފުޅާ؟ ގޫގުލް ކުރަން އެނގޭތަ ނޭނގޭ އެއްޗިހި؟ ބޮލީވުޑް ފިލްމު ބެއްޔަކަސް ނުވާނެ. ހަބަރު ޗެނަލާ ހަބަރު ކިޔުން ގިނަ ކުރައްވާ.
ސުލައިމާން
28 February 2021
ކޮވިޑް އަށް ޕޮޒިޓިވްވާ މީހުންގެ ތެރެއިން ޓޫރިސްޓުންގެ އަދަދު ވަކި ކުރަން ޖެހޭ. މަސައްކަތު ބޭރު މީހުން ބުނެދޭން ޖެހޭ. މާލެ އާއި އެހެން ސަރަޙައްދުތަކުގެ ތަފްސީލާއި އުމުރު ފުރައި ތަދްސީލްތައް ވެސް އަވަސް އަވަހަށް އަޕްޑޭޓްކޮށް ވަގުތުން ވަގުތަށް މުރާޖާކޮށް ތިލަކޮށްދޭން ޖެހޭ.
އަލީ-2
28 February 2021
މަވެސް ޖަހައިފިން
1828
28 February 2021
ލަންކާއަށްވުރެއް ރާއްޖޭގެ އާބާދީގައި ފަގީރުންވެސް މަދު. އާބާދީވެސް ބޮޑު ތަނުން މަދު. އެކަމަކު ރައީސް އޮފީހުން ބުނީމައި އަޅާ މިކިޔަނީ ލަންކާއާ. ކޮބާތޯ ސަރުކާރުން ލަދު؟
މުދިބެ
28 February 2021
ލަންކާ އެއްނޫން ...ލައްކައެއް...ޕީޕީއެމް ލޮޖިކް...
އަދުރޭމެޓިކްސް
27 February 2021
ރާއްޖެއަށް ލިބުނު ވެކްސިން ޑޯޒުގެ އަދަދު 240،000 އަށް އަރަ އެވެ. 240،00 ވީ ކިިހިނެއް!!! 100،000+10،000+100،000+100،000 ؟؟؟!!! 100،000+10,000+100000؟؟؟؟!!!
105492
27 February 2021
މިހާރު އޮޅިއްޖެ. އިންޑިޔާއިން އަދި ލިބުނީ 100000 ޑޯޒް ކޮވިޝީލްޑް. ދެން ދޭންބުނި 100000ޑޯޒް އަދި ނުގެނޭހެން ހީވަނީ. ޗައިނާ ވެކްސިން އަށް އަދި ހުއްދަނުދޭ. ދެން ކޯޗެއްބާ 5492 މީހުނަށް ދީގެ ން މިއުޅެނީ.
ށހސހއ
28 February 2021
100000 އެއީ އޮފިސަލް ރޭޓް އެއީ 10000 ވައިލްގަ ކޮންމއެ ވައިލް އެއް ގަ 10 ޑޯޒް. ޢެކަމަކު އެގައި އަސްލު 12 ނޫނީނ13 ޑޯޒް ނެގޭ ކަމަށް ބޭރު ގެ ހަބަރުތަކުގައި ލިޔެފައިވަނިކޮށް ފެނުނު. ޢެހެން ވީމަ ަދހި 120000 ވެސް ވެދާނެ އެ އެއްނު
ޓާނީ
28 February 2021
އެބުނާހެން. ނަންބަރުތައް ދިމާނުވޭ. ނޫނީ ޗައިނާވެކްސިންވެސް ޖަހާހުސްކޮށްލީ. އެކަމަކުވެސް 492 މި އަންނަގޮތެއް އަނެއްކާ ނުވިސްނޭ.
އަލީ_2
28 February 2021
އަނެއް 100000 ޑޯޒް ގެނައީ މިދިޔަ ހަފްތާ.. ނޭންގެންޏާ ފިތުނަ އުފެދޭކަހަލަ ކޮންމެންޓް ނުކުރުންރަގަޅީ..
294501
28 February 2021
ހީވާހާ އެއްޗަކީ އަދި ކަންކަން ހިނގާފައޮތް ގޮތެއް ނޫން. ރާއްޖޭގައި މިހާރު އޮކްސްފޯޑުގެ 2 ލައްކަ ޑޯޒް އެބަހުރި. ޗައިނާގެ 10 ހާސް ޑޯޒް އެބަހުރި.