އެމްޓީސީސީގެ މުވައްޒަފުންތަކެއް މަސައްކަތް ކުރާއިރު، އެތަނުގެ އެމްޑީ އާދަމް އާޒިމް މަސައްކަތް ބައްލަވާލައްވަނީ
03 މާޗް 2021 - 19:45
އެމްޓީސީސީގެ އެކި ޕްރޮޖެކްޓް ސައިޓުތަކުގައި މަސައްކަތް ކުރާނެ ދިވެހިން ހޯދަން އިއުލާންކޮށްފި އެވެ.
ރާއްޖޭގެ އެންމެ ބޮޑު އެއް ކުންފުނިން ބުނިގޮތުގައި އެތަނުގެ މަޝްރޫއުތައް ހިންގާ ސައިޓުތަކުގައި މަސައްކަތް ކުރާނެ 250 ދިވެހިން، ވަރަށް އަވަހަށް ބޭނުންވެ އެވެ. އެ ވަޒީފާތަކުގެ އެންމެ ދަށް މުސާރައަކީ 10،000ރ. އެވެ. އެންމެ ބޮޑު މުސާރައެއްގެ ގޮތުގައި ކަނޑައަޅާފައި ވަނީ 25،000ރ. އެވެ.
ރާއްޖޭގެ އެކި ރަށްރަށުގައި އެމްޓީސީސީގެ މަޝްރޫތައް ހިންގާއިރު، އެތަންތަނުގައި މަސައްކަތް ކުރުމަށް ކުންފުނިން ބޭނުން ވަނީ ހެވީ ވެހިކަލް އޮޕަރޭޓަރުންނާއި ވެލްޑަރުންނާއި ކާޕެންޓަރުންނާއި މޭސަނުންގެ އިތުރުން މެކޭނިކުންނާއި އިންޖިނިއަރުންނެވެ. ޝައުގުވެރިވާ މީހުންނަށް، ތަމްރީނުތައް ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ.
އެ ވަޒީފާތަކަށް ޝައުގުވެރިވާ މީހުންގެ އިންޓަވިއު، މާދަމާއިން ފެށިގެން މި މަހުގެ 11އިގެ ނިޔަލަށް އޮންނާނެ އެވެ. އެމްޓީސީީސީން ބުނީ، ޝައުގުވެރިވާ މީހުން، މާލެ އާއި ހުޅުމާލޭގައި ހުންނަ އެމްޓީސީސީގެ ފެރީ ޓާމިނަލަށް ދިޔުމުން އިންޓަވިއުގައި ބައިވެރިވެވޭނެ ކަމަށެވެ. އިންޓަވިއުތައް ކުރިއަށް ގެންދާނީ މެންދުރު ފަހު 2 އިން ހަވީރު 5 އަށެވެ.
ރަށްރަށުގައި ތިބި ޝައުގުވެރިވާ މީހުންނަށް، އެ ރަށެއްގެ ކައުންސިލް މެދުވެރިކޮށް ބައިވެރިވެވޭނެ ކަމަށް އެމްޓީސީސީން ބުންޏެވެ.
އެ ކުންފުނިން ރާއްޖޭގެ އެކި ރަށްރަށުގައި މިހާރު ވެސް 50 މަޝްރޫއު އެބަ ކުރިއަށް ގެންދެ އެވެ. އަދި އިތުރު 21 މަޝްރޫއު ފަށަން އެބައޮތެވެ. ނަމަވެސް، ވަޒީފާތަަކަށް ދިވެހިން ލިބުމުގެ ދަތިކަން ވަރަށް ބޮޑަށް އޮތް ކަން އެމްޓީސީސީން ފާހަގަ ކުރި އެވެ.
އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޒަންގެ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީން ވިދާޅުވީ ގިނަ ވަޒީފާތަކެއް ދިވެހިންނަށް ހާއްސަ ކުރި ނަމަވެސް، އެކަންކަމަށް ދިވެހިން ކުރިމަތި ނުލާ ކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ ފަދަ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިންގެ ޝައުގުވެރިކަން ކުޑަކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ އަމާޒަކީ މި މަސައްކަތްތަކަށް ދިވެހިން ހޯދުން. އެކަމަކު މިހާރު އެކަން ކުރަން ވަރަށް އުނދަގޫ،" ފާތިމަތު ޖަބީން ވިދާޅުވި އެވެ.
އެމްޓީސީސީން ބުނީ އެތަނުގައި 2،000އަށް ވުރެ ގިނަ މުވައްޒަފުން އުޅޭއިރު އޭގެ ތެރޭގައި ނިސްބަތުން ބިދޭސީން ގިނަ ކަމަށާއި އެކަމަކު މިހާރު މަސައްކަތް ކުރަނީ އެ ވަޒީފާތަކަށް ދިވެހިން ހަމަޖެއްސުމަށް ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޅަބޭ
04 March 2021
މަގުމަތީ އާވާރާވެގެން އުޅޭ ޕާޓޭންތަކައް ތި ޓްރޭނިން ދީފަ ތިރައްތަކައް ގެންގޮސް ބަލަ/
ކޮރަލް
03 March 2021
އެ ކުންފުނީގެ ހިއުމަން ރިސޯސް ޑިވިޒަންގެ ޖެނެރަލް މެނޭޖަރު ފާތިމަތު ޖަބީން ވިދާޅުވީ ގިނަ ވަޒީފާތަކެއް ދިވެހިންނަށް ހާއްސަ ކުރި ނަމަވެސް، އެކަންކަމަށް ދިވެހިން ކުރިމަތި ނުލާ ކަމަށެވެ. އަދި މިހާރު ހުޅުވާލާފައިވާ ފަދަ ޓެކްނިކަލް ވަޒީފާތަކަށް ދިވެހިންގެ ޝައުގުވެރިކަން ކުޑަކަމަށް އޭނާ ވިދާޅުވި އެވެ. މިއެނގުނީ ނޫހުގަ ޖެހީމަ އެވެ. ދެން ކުރިމަތި ލެވޭނީ ވެސް ފަސޭހައިން ތިޔަ ވަޒީފާ ތައް އޮތް ކަން ހާމަ ކޮށްގެންނެވެ.
މިވެރިކަމާއިދިކޮޅު
03 March 2021
ޕާޓީ ކުދިން ކޮޅަށް ވަޒީފާ ދޭންވެގެން، އިންތިޚާބާދިމާކށް. ސަލާމް.
އަލީހުސެން
03 March 2021
އަބަދު ވޯޓް ކައިރިވެފަ އޮންނަ ނަމައޭ ހިތައް އަރާ...
ޖަމްޝީދާ
03 March 2021
މިއީ އާދަނުކުރާންއުޅޭ އަޅުކަމެއް. އެކަމު ދިވެހިން ހަރުލާނެކަމާއިމެދު ޝައްކު
ނަސީ
03 March 2021
ދިވެހިން ބަރާބަރުވާނެ ރަގަޅު މުސާރަދެވޭނަމަ
އަހުމަދުބޭ
04 March 2021
ރަގަނޅު މުސާރައަކީ ކޮބައިތޯ، ސަރުކާރުގެ އެކި މުއްސަސާތަކުގައި އަދި ކުންފުނި ތަކުގައި އެބައުޅޭ 20 ހާސް 25 ހާސް 15 ހާހުން މަތީ މުސާރަ ދޭއެތަށް ހާސް ދިވެހީންނެއް، އެކަމަކު ނަމަކަށް އެއްވެސް ސައުގުވެރިކަމެއްނެތި ހިތަށް އެރި ދުވަހަކު ހިތައްއެރި ވަގުތެއްގައި ވަޒީފައިގައި އުޅެނީ، ދެން އޮންނަނީ އަބަދުވެސް ކޮންމެވެސް ކަމެއް ގޯސްވެފައި ނުވަތަ ވެރިމީހައި ގޯސްވެފައި، ތިމާގެ އެއްވެސް މަސްއޫލިއްޔަތެއް އޮންނަހެނެއް ހިޔެއްނުވޭ، އުޅެން ބޭނުންވަނީ ލިބޭ އެއްޗަކަށް
އިއްބެ
03 March 2021
ތީގަ ތި އޮތް މަގާމް ތަކަކަށް ތި މުސާރައިގަ ދިވެންސަކު ކީންކުރަށް ބިދޭސީޔަކުވެސް ނުދާނެ. ދެން ބުނާނެ ދިވެހިން ނުލިބޭވާހަކަ. ރަގަޅު މުސާރައާއި އިނާޔަތް ދޭނަމަ ދިވެހިން ލިބޭނެ.
ވެންޑޫޔޫ
03 March 2021
އެމްޓީސީސީން 250 ވަޒީފާ، އެންމެ ކުޑަ މުސާރަ 10،000 ކަމަށް ވަނީ ނަމަ އެއީ މަމެން އުފާ ކުރާ ކަމެކޭ މިއިން އެގިގެން ދަނީ ސަރުކާރުގެ ކުންފުނި ތައް ކުރި އަރާނަމަ ދިވެހި ރައްޔިތުންނަށް އޭގެ ފައިދާ ކުރާނޭ ކަން މިކަން އަދިވެސް ރަނގަޅަށް ކުރުމަށް ޓަކައި ހައްދަވަންވީ ގޮތަކީ ސަރުކާރުން މާލެ ސަރަހައްދުގައި އޮތް ފުށި ދިއްގަރު ފަޅު އެއްކޮށް 1000 އަހަރަށް އެމްޓީސީސީ އަށް ހިލޭދޭންވީއޭ ދެން އެމްޓީސީސީ އާއި ބީއެމްއެލް ގުޅިގެން އެފަޅު ހިއްކާ ބިންތައް ވިއްކާނީއޭ
ވެންޑޫޔޫ ނޯ
04 March 2021
އެއްކަލަ ފަޅު ހިއްކާ. ސާބަހޭ. ފަޅު ނުހިއްކިޔަސް ވަޒީފާގެ ފުރުސަތު ހޯދައިދެވޭނެ.
ޙަބީބު
03 March 2021
މަގުކުނިކަހާ ވެމްކޯ މުވައްޒަފަކައްވެސް 10.000. ޜުފިޔާ. ދެން
މޯޑް
03 March 2021
ހެވީވެހިކަލު އޮފަރޭޓަރުން ނާއި މޭސަނުން ނާއި ވެލުޑަރުން ފަދަ މަގާމް ތަކަކަށް 10000ރ އެއީ މިޒަމާނުގަ ކޯޗެއް. ތީ ބިދޭސީންނަށް ވެސް ދޭ ވަރަށް ވުރެ ކުޑަ އަދަދެއް.
ކަކކކަކުކަކުނިބޯ
04 March 2021
ހަޤީޤަތް ބަލާނުލާ ދޭތެރެޖައްސަން ހިތުހުރި ކޮމެންޓެއް ނު ކުރިޔަސް ރަނގަޅުވާނެ.
ހުސޭނުބޭ
04 March 2021
އެވެރިން ތިބީ އަދިވެސް ދިވެހި އަޅުންގެ މުސާރައަކީ 1410ރ ކަމަށް ބަލައިގެން