ޚަބަރު / ރ. އަތޮޅު

ކޮވިޑް-19: އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން

އުނގޫފާރުގައި ހުންނަ ރ. ރީޖަނަލް ހޮސްޕިޓަލް. އުނގޫފާރުން ކޮވިޑް ކޭސްތައް ފެނުމުން ހޮސްޕިޓަލްގެ ހިދުމަތް ހޯދުމުގެ ފުރުސަތު އަތޮޅުގެ އެހެން ރަށްތަކުގެ މީހުންނަށް ވަނީ ބަންދުވެފައި. ކޮވިޑް ކޭސްތަކާ ގުޅިގެން މުޅި އަތޮޅަށް ބިރުވެރިކަން އެބަ އޮތް.

ރ. އަތޮޅުގެ ގިނަ ބަޔަކު ކޮންމެ ދުވަހަކު ގޮސް އުޅޭ އުނގޫފާރުން ފެނުނު ކޮވިޑް ކޭސްތަކުގެ ބިރުވެރިކަން މުޅި އެ އަތޮޅަށް ބޮޑުވެއްޖެ އެވެ.

ރ. އަތޮޅުގެ ވެރިރަށް އުނގޫފާރުން މި ފަހަރު ކޮވިޑަށް ފުރަތަމަ ޕޮޒިޓިވް ވީ އެ ރަށުން މާލެ އަށް ދަތުރުކުރާ "ރަހުމަތުﷲ" ބޯޓުގެ ކެޕްޓަނާ ގުޅުން ހުރި މީހެކެވެ. އޭގެ ފަހުން އެ ބޯޓާ ގުޅުން ހުރި އިތުރު ހަތަރު މީހަކު އެ ބައްޔަށް ޕޮޒިޓވްކަން މިއަދު އެނގުނެވެ. ފުރަތަމަ މީހާ އެ ބައްޔަށް ޕޮޒިޓިވްވި ހިސާބުން އެ ރަށަށް އަރައި ފޭބުން އެޗްޕީއޭ އިން ވަނީ މަނާކޮށްފަ އެވެ.

އެ އިދާރާ އިން މިއަދު ބުނީ މި މަހުގެ ދެވަނަ ދުވަހުން ފެށިގެން އުނގޫފާރަށް ދަތުރުކުރި އެންމެން އެ މީހަކު ތިބި ރަށެއްގެ ހެލްތު ސެންޓަރަށް އެކަން އެންގުމަށް ފަހު ގޭގައި ކަރަންޓީނުވާން އެދޭ ކަމަށެވެ. އެ މީހުންގެ ސާމްޕަލް ނެގުމުގެ އިންްތިޒާމު ހެލްތު ސެންޓަރުތަކުން ހަމަޖައްސާނެ އެވެ. އެ ތާރީޚުން ފެށިގެން މިހާތަނަށްް އުނގޫފާރުން މާލެ އަށް ދަތުރުކުރި މީހުން ވެސް މާލޭގައި ހުރި ފްލޫކްލިނިކަކަށް ގޮސް ސާމްޕަލް ނަގަން އެެޗްޕީއޭގެ އިރުޝާދުގައި ބުންޏެވެ.

އުނގޫފާރަކީ ރީޖަނަލް ހޮސްޕިޓަލް ހުންނަ ރަށަކަށް ވާތީ ރ. އަތޮޅުގެ ރަށްތަކުގެ އިތުރުން އެހެން ގިނަ އަތޮޅުތަކަކުން ވެސް ކޮންމެ ދުވަހަކު ގިނަ އަދަދެއްގެ މީހުން އެ ރަށަށް ދަތުރުކުރެ އެވެ. މާލެ އިން ރ. އަތޮޅަށް ދަތުރުކުރާ ގިނަ ބޯޓުފަހަރު ވެސް އުނގޫފާރަށް ބަނދަރުކުރެ އެވެ. އުނގޫފާރުގެ އުތުރަށް ހުރި ރަށްތަކަށްް ދަތުރުކުރަނީ އެެ ރަށުގައި މަޑުކުރުމަށް ފަހުގަ އެވެ. އެހެންވެ، އުނގޫފާރުގެ ކޮވިޑް ކޭސްތަކާ ގުޅުން ހުރި އިތުރު ކޭސްތައް ރ. އަތޮޅުގެ އެހެން ރަށްތަކުގައި ގިނަ އަދަދަކަށް އޮވެދާނެ ކަމުގެ ބިރު އެބަ އޮތެވެ.

އުނގޫފާރުގެ ކޭސްތަކާ ގުޅުން ހުރި "ރަހުމަތުﷲ" ބޯޓަކީ އާއްމު ގޮތެއްގައި ހަފުތާއަކު ދެ ދަތުރު މާލެ އަށް ދަތުރުކުރާ ބޯޓެކެވެ. އެ ބޯޓާ ގުޅުން ހުރި ފުރަތަމަ ކޭސް ފެނުނީ ބަލިވެގެން ހޮސްޕިޓަލަށްް ގޮސް ޓެސްޓު ކުރުމުން ކަމަށް ވާތީ، އޭނާ ޓެސްޓު ކޮށްފައި ވަނީ ބެލެވޭ ގޮތުގައި އެ ބައްޔަށް ޕޮޒިޓިވްވިތާ ދުވަސްްތަކެއް ފަހުންނެވެ. މި މަހުގެ ދެވަނަ ފުވަހުން ފެށިގެން ދަތުރުކުރި މީހުން މޮނިޓާކުރަން ޖެހެނީ އެހެންވެ އެވެ. އެއީ ކޮވިޑް ޖެހޭ މީހުންގެ އަލާމާތްތައް ފެންނަން ބައެއް ކޭސްތަކުގައި 14 ދުވަސް ހޭދަވާތީ އެވެ.

ރ. ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އިބްރާހީމް ޒަޔާން "މިހާރު" އަށް މިރޭ ވިދާޅުވީ ކޮވިޑް ކޭސްތައް ފެނުމުން އުނގޫފާރުން މިއަދު ގިނަ އަދެއްގެ ސާމްޕަލް ނަގާފައިވާ ކަމަށެވެ. އެއީ ހޮސްޕިޓަލްގެ މުވައްޒަފުންނާއި ކޮވިޑްގެ ޕޮޒިޓިވް ކޭސްތަކާ ގުޅުން ހުރި ގެތަކުގެ މީހުންގެ ސާމްޕަލްތަކާއި އަލާމާތް ހުރެގެން ފްލޫ ކްލިނިކަށް އަމިއްލަ އަށް ދިޔަ މީހުންގެ ސާމްޕަލްތަކެވެ.

އޭނާ ވިދާޅުވިގޮތުގައި، ކޮވިޑް ކޭސްތައް ފެނުނު ނަމަވެސް އުނގޫފާރުގެ އެތެރޭގައި މާގިނަ ހަރުކަށި ފިޔަަވަޅުތަކެއް އަދި ނާޅަ އެވެ. އެއީ އޭނާ ވިދާޅުވި ގޮތުގައި އެ ރަށް މޮނިޓަރިން އަށް ލީ އިރު، ރަށުން ބޭރުން ގޮސް ތިބި ގިނަ އަދަދެއްގެ މީހުން އެ ރަށުގައި ބަންދުވެފައި ތިބީމަ އެވެ.

"ރަށް މޮނިޓަރިން އަށް ލީ އިރު، ޑޮކްޓަރަށް ދައްކަން އައިސް ތިބި ގިނަ އަދަދެއްގެ މީހުން އެބަތިބި. އެ މީހުންގެ ކެއުންބުއިމުގެ ކަންތައްތައް ހަމަޖައްސަނީ ކެފޭ ރެސްޓޯރެންޓް ތަކުން. އެހެންވެ އެ ތަންތަން ބަންދުކުރުމަކީ ދަތި ކަމެއް. މިހާރު އަޅާފައިވާ އެއް ފިޔަވަޅަކީ ސްކޫލް ބަންދު ކުރުން،" އޭނާ ވިދާޅުވި އެވެ.

ޒަޔާން ވިދާޅުވިގޮތުގައި އަތޮޅު ތެރެއިން އުނގޫފާރަށް ދަތުރުކުރި މީހުންގެ ސާމްޕަލްތަކެއް އަދިއެއް ނުނަގަ އެވެ. އެކަމަކު ބޯޓުގެ ކޭސްތަކާ ގުޅުން ހުރި ބައެއް ގެތައް، އަތޮޅުގެ އެހެން ބައެއް ރަށްރަށުގައި ވެސް މޮނިޓަރިން އަށް މިއަދު ލާފައި ވެ އެވެ.

އުނގޫފާރަކީ ރ. އަތޮޅުގެ ފެރީ ނިޒާމުގައި އެ ރަށުގެ އުތުރަށް ހުރި ރަށްތަކުގެ މީހުން ދެކުނުގެ ރަށް ރަށަށް ދާން ފައިބަން ޖެހޭ ރަށެވެ. އެ ރަށަށް ދަތުރު ނުކުރެވޭ ގޮތް ވުމުން ފެރީތައް މިހާރު ދަތުރު ކުރަނީ ދުވާފަރަށެވެ.

ޒަޔާން ވިދާޅުވިގޮތުގައި އުނގޫފާރު މޮނިޓަރިން އަށް ލާފައި އޮތް ނަަމަވެސް މެޑިކަލް އިމަޖެންސީތަކުގައި ރީޖަނަލް ހޮސްޕިޓަަލަށް ދާން ޖެހޭ މީހުން ދަތުރުކުރަން މިހާރު ވެސް ހާއްސަ ހުއްދައެއް އަންނަނީ ދެމުންނެވެ. އެކަމަކު އެގޮތަށް ދަތުރުކުރާ އިރު ބަލިމީއާ އެކު ދަތުރުކުރެވޭނީ ދެ މީހުނަށެވެ.

ރާއްޖޭގެ ތިން ވަނަ އަށް އެންމެ އާބާދީ ބޮޑު އަތޮޅަކީ ރ. އަތޮޅެވެ. މި އަތޮޅުގައި 23،000 އަށް ވުރެ ގިނަ މީހުން އުޅެއެވެ.

2 ކޮމެންޓް, 9 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 89%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 11%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބާލައާދަނު

21 March 2021

"އުނގޫފާރުގެ ކޭސްތައް، މުޅި އަތޮޅަށް ބިރުވެރިކަން" މި ސުރުޚީ "އުނގޫފާރުގެ ކޭސްތައް، މުޅި އުތުރަށް ބިރުވެރިކަން" މި ގޮތަށް ބަދަލުކޮށްލަ ދެއްވާ. އެހެނީ ށ، ނ، ޅ، ބ މި އަތޮޅުތަކުން ވެސް ވަރަށް ގިނަ އަދަދެއްގެ މީހުން ގޮސްއުޅޭ. އަޅުގަނޑުމެން ރަށުން ވެސް ބުނެވި ދިޔަ މުއްދަތުގައި 50 އަށް ވުރެ ގިނަ މީހުން ދަތުރުކޮށްފައިވޭ.

The name is already taken The name is available. Register?

ޙަބީބު.

20 March 2021

ވީމާ ކުޅުދުއްފުށި ސިޓީއައް ޑޮކްޓަރައް ދައްކަންދާ މީހުންނާ ދޭތެރޭ ވަރައް ސަމާލުވާންޖެހޭ ތިޔަވީގޮތުން ހާއްސަކޮއް ރ އަތޮޅުން ދާއިރު ޓެސްޓުގެ ނަތީޖާ އޮތުން ބުއްދިވެރި

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454