ޕީޕީއެމް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުން--
10 އެޕްރީލް 2021 - 16:46
ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ކުރީގެ ރައީސް އަދި މިހާރު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވެސް ކެމްޕެއިން ކުރެއްވި ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.
އިދިކޮޅު ފަރާތްތަކުން މިހެން ބުނީ، ލޯކަލް ކައުންސިލް އިންތިހާބުގައި ވޯޓު ލުމަށް ފަހު ނަޝީދާއި ރައީސް ނޫސްވެރިންނާ ބައްދަލު ކުރައްވައި ދެއްކެވި ވާހަކަފުޅާ ގުޅިގެންނެވެ. ރައީސް ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަށް ގެނައި އިސްލާހާ އެކު ބޮޑެތި ބާރުތައް ވަނީ ދޫކޮށްލައިފަ އެވެ. އަދި އެމްޑީޕީން އިންތިހާބު ކާމިޔާބު ކުރާނެ ކަން ޔަގީން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު ވެސް ވަނީ އެމްޑީޕީ އަށް އިންތިހާބު ކާމިޔާބު ކުރެވޭނެ ކަމުގެ ޔަގީންކަން ދެއްވައި ވާހަކަފުޅު ދައްކަވައިފަ އެވެ.
އެކަން ފާހަގަ ކުރައްވައި، ޕީޕީއެމުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން އެ ޕާޓީގެ ކައުންސިލް މެންބަރު އަހުމަދު ސިއްދީގު ވިދާޅުވީ ކެމްޕެއިންއަކީ އަމަލުންނާއި އިޝާރާތުންނާއި ބަހުން އަދި މީހާ ލައިގެން ހުންނަ ހެދުމުގެ ކުލައިން ވެސް ކުރެވޭ އެއްޗެއް ކަމަށެވެ.
އެމްޑީޕީ މަޖިލިސް މެންބަރުންނާއި ނަޝީދު އަދި ރައީސްގެ ފަރާތުން ވެސް މިއަދު ފެނިގެން ދިޔައީ ބަހާއި އަމަލުން ކެމްޕެއިން ކުރެއްވި ތަން ކަމަށާއި އެކަމަކު އިލެކްޝަންސް ކޮމިޝަަން (އީސީ) އަޅައި ނުލާ ކަމަށް ސިއްދީގު ވިދާޅުވި އެވެ.
"ރައީސް ވޯޓު ދެއްވުމަށް ފަހު ނިކުމެ ވަޑައިގެން ނުސީދާ ކެމްޕެއިން ރައީސް ކުރެއްވި. އެ ބޭފުޅުން ބޭނުންވާ ކަންތައްތަކަށް ނިސްބަތް ކޮށް، ބޭނުންވާ ބަޔަކަށް ވަކި އަދަދަކުން އިންތިހާބު ކާމިޔާބު ކުރާނެ ކަމަށް ބުނެ ރައްޔިތުންގެ ތެރޭގައި ވަކި ބަޔަކަށް ވޯޓުދޭން ހިތްވަރު ލިބޭ ގޮތަށް ވާހަކަ ދެއްކެވި،" ސިއްދީގު ވިދާޅުވި އެވެ.
ސިއްދީގު ވިދާޅުވީ ވޯޓު ލުން ކުރިޔަށް ދިޔައިރު ނަޝީދު ވެސް ހުރިހާ މަރުކަޒުތަކަށް ވަޑައިގެން އެތަނުގައި ހަރަކާތްތެރިވީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް ކަމަށެވެ. އަދި މާފަންނު މެދު ދާއިރާގެ ވޯޓު ފޮށި ކައިރީ ވެސް އެ ދާއިރާގެ މަޖިލިސް މެންބަރު ހަރަކާތްތެރިވެ ވޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށް އޭނާ ތުހުމަތު ކުރި އެވެ.
"އަޅުގަނޑުމެންނަށް ލިބިފައިވާ ހެކިތަކުގެ މައްޗަށް ބިނާކޮށް މި މައްސަލަ ހުށަހަޅާނަން،" ސިއްދީގު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އުމަރުބެ
10 April 2021
ނަސީބެއްނު ވައްކަން ނުކުރާކަން.
ބަލްގިސްގިސް
10 April 2021
ހަހަހަ ކަލޭމެން ބޮޑާނަހާކާ އެއްކަމެއްވެސް ނޯވޭދޯހަމަ، ކެމްޕޭންކުރާށޭ ބުނީމަވެސް މަގުމައްޗަށް ނުކުމެ ކުރީ މުޒާހަރާ ދެން ކަލޭމެން ގޯސްކުރާނީ ރީދޫމީހުން ކެމްޕޭންކުރިގޮތް ސަކުވާކުރުމާ ބޮޑާހޭކުން ހުއްޓާލާފަ ތަސައްރަފުފުދޭ ސިޔާސީ ޕާޓީއަކަށްވާން މަސައްކަތްކޮށްބަލަ
ކަޓޭ
10 April 2021
މައްސަލައެއް ނެތެއްނު މުއިއްޒަށް ވަރަށް ތާއީދު އެބައޮތް. ތިމަރަ ވެސް ތާއީދުކުރަނީ މުއިއްޒަށް.
ކާންޏަ
10 April 2021
އެމްޑީޕީހާއްޔަށް ޕީޕީއެމުމް ބިސްއަޅާންބޭނުންކުރަނީ ޕްރައިމަރީ.
އެކެމްޕޭން
10 April 2021
ރީނދޫކުލައިގެ ގަމީހެއް ލައިގެން ވޯޓުލާންދިޔުމަކީ މައްސަލައެއްނޫން. އެމީހަކު ބޭނުން ކުލައިގެ އެއްޗެއް ލައިގެން ވޯޓުލާން ދާންވީ. އަހަރެން ދުށިން ޕިންކުކުލައިގެ ގަމީސް ލައިގެން ވޯޓުލާން މީހުން ދިޔަތަން. ތިޔަބުނާގޮތުން އެމީހުންވެސްހަމަކުރީ ކެމްޕޭން.
1828
10 April 2021
ފާޅުގައި އެމްޑީޕީ މީހުން ކެމްޕެއިން ކުރިޔަސް ކުރެވޭނެ އެއްވެސް ކަމެއް ނޯނާނެ. އެޅޭނެ ފިޔަވަޅެއްވެސް ނޯނާނެ. މިއީ އެމްޑީޕީގެ ވެރިކަން. އެމީހުން ކަންތައްކުރާނީ އެމީހުން ބޭނުންވާ ގޮތަކަށް. ކެމްޕެއިން ތެރޭގައި އެކަންވަނީ ވަރަށް ރަނގަޅަށް ދިވެހި ރައްޔިތުންނަށް ފެނިފައި
އައްޔަ ބޮޑޭ
10 April 2021
ތިހެނޭ ބުނާނީ! ތިމަންނަ މެނައްމާބޮޑު ސަޕޯޓެއް އޮތްކަމަމައް ހީކޮއް ބޮަޑާވެފަ ތިއްބާ މޑޕ ނިކުމެ ކެމްޕެެއިން ކޮއް ބޮޑުތަނުން އިންތިޚާބު ކާމިޔާބުކުރީމަަ މިބުނަނީ އެމީހުން މިއަދުވެސް ކެމްޕެއިން ކުރިއެެވެ. ކޮސްވާހަކަ ވެސް ދައްކަން ނޭނގޭ!
ޙައްޕު
10 April 2021
މާކުރިންވެސް އެނގޭ ކަލޭމެން ތިހާސަރުކިޔާނެކަން
ފައިބާފައިބާދެން
10 April 2021
ނަޝީދާއި ރައީސް މިއަދު ވެސް ކުރެއްވީ ކެމްޕެއިން ކަމަށްވާނަމަ ފުރަތަަމަ ވެސް މިލޯކަލް ކައުންސިލް އިންތިޚާބަކީ އެއީ ވަކި ފަރާތަކަށް ނާޖާއިޒު ފައިދާ ހޯދާ ދިނުމުގެ ނަމުގައި އެމްޑީޕީ އާއި ސަރުކާރު އަޑީގައި އޮވެގެން އިލެކްޝަންސް ކަމިޝަން ލައްވާ ކުރުވާ ކަމެކޭ މަމެންނަށް ޔަގީނޭ ވޯޓްގެ ސައްހަ ކަމާއި މެދުވެސް ދެން އިންތިޚާބުން މޮޅުވީ ކަމަށް ބުނެ ހުރިހާ ވޯޓް ކަރުދާސް ތައް ތަމެން އަންދާލާނެ ކަން އެއީ ވެސް މަމެން ދަންނަ ވައްކަމެކޭ ތަމެން ކުރާ ތަމެން
1235
10 April 2021
ނިދަންތިބެބަލަ ކަލޭމެން.. ކަންނެއް ފުޅަ