އިންޑިއާގެ ނިއު ދިއްލީގެ ބަސް ސްޓޭޝަނަކުން ފުރަން ބަޔަކު މިއަދު ދަނީ: އިންޑިއާގައި ކޮވިޑުގެ ހާލަތު ވަރަށް ގޯސް. --ފޮޓޯ:އޭއެފްޕީ
20 އެޕްރީލް 2021 - 15:10
ހޮން ކޮންގް (އެޕްރީލް 20) - އިންޑިއާގެ ވެރިރަށް ނިއު ދިއްލީން ހޮން ކޮންގަށް ދަތުރުކުރި މަތިންދާ ބޯޓަކުން 53 މީހުން ކޮރޯނާވައިރަހަށް ޕޮޒިޓިވްވެއްޖެ އެވެ.
އިންޑިއާގައި ކޮރޯނާވައިރަހުގެ ކޭސްތައް އާދަޔާޚިލާފަށް އިތުރުވާން ފެށުމުން ހޮން ކޮންގުން މިހާރު ވަނީ އިންޑިއާ އިން ދަތުރުކުރާ ފްލައިޓްތައް މަނާކޮށްފަ އެވެ. ޕާކިސްތާނާއި ފިލިޕީންސް އިން ހޮން ކޮންގަށް ދަތުރުކުރުން ވެސް މިހާރު ވަނީ މަނާކޮށްފަ އެވެ.
ގިނަ އަދަދެއްގެ ފަސިންޖަރުން ޕޮޒިޓިވްވެފައި ވަނީ އެޕްރީލް 4 ވަނަ ދުވަހުން ދިއްލީން ހޮން ކޮންގަށް ދަތުރުކުރި ވިސްޓާރާ އިން އޮޕަރޭޓްކުރާ ބޯޓަކުންނެވެ. ވިސްޓާރާގެ ބޯޓުން ހޮން ކޮންގަށް ދަތުރުކުރީ ކިތައް ފަސިންޖަރުން ކަމެއް ނޭނގެ އެވެ. ނަމަވެސް އެއީ 188 މީހުން އުފުލޭ ބޯޓެއް ކަމަށް އޮފިޝަލުން ބުނެފައިވެ އެވެ.
ފަސިންޖަރުން ޕޮޒިޓިވްކަން އެނގުނީ ހޮން ކޮންގަށް ދަތުރުކުރާ މީހުން ތިބެން ޖެހޭ ތިން ހަފުތާގެ ކަރަންޓީން މުއްދަތުގެ ތެރޭގަ އެވެ.
ހޮން ކޮންގަކީ ކޮރޯނާވައިރަސް ދުނިޔޭގައި ފެތުރެން ފެށިއިރު އެ ބަލި ފުރަތަމަ ފެނުނު އެއް ތަނެވެ. ނަމަވެސް ހަރުކަށި ފިޔަވަޅުތައް އަޅައިގެން ހޮން ކޮންގުގައި ވައިރަސް ވަނީ ކޮންޓްރޯލްކޮށްފަ އެވެ. އެ ޓެރިޓަރީން މިހާތަނަށް ޕޮޒިޓިވްވެފައި ވަނީ 11،700 މީހުންނެވެ. މަރުވި މީހުންގެ އަދަދަކީ 209 އެވެ. ހޮން ކޮންގުގެ 7.5 މިލިއަން އާބާދީގެ 9.8 ޕަސެންޓަށް މިހާތަނަށް ވަނީ ވެކްސިން ދީފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖިމ0
20 April 2021
ރާއްޖެއަށް އެންމެގިނައިން ފަތުރުވެރިން އަންނަނީ އިންޑިއާއިން