ޒަހަމްވި ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް
އެސްޓީއޯގެ މާލޭގައި ހުންނަ ކާޑު ގުދަން: އެކްސިޑެންޓު ހިންގާފައިވަނީ ހުޅުމާލޭގައި ހުންނަ ގުދަނުގައި --ފޮޓޯ:މިހާރު
24 އެޕްރީލް 2021 - 14:23
ހުޅުމާލޭގައި ހުންނަ އެސްޓީއޯ ކާޑު ގުދަނުގައި ކާޑު ބަސްތާތަކެއް ވެއްޓި އެ ކުންފުނީގެ ތިން މުވައްޒަފަކަށް އަނިޔާވެއްޖެ އެވެ.
އެސްޓީއޯ އިން ބުނީ މި އެކްސިޑެންޓު ހިނގީ މިއަދު ހެނދުނު ކަމަށެވެ. އަނިޔާވީ ބިދޭސީ ތިން މުވައްޒަފަކަށް ކަމަށާއި ފަރުވާ ދޭން ގެންދިޔައީ ހުޅުމާލެ ހޮސްޕިޓަލަށް ކަމަށް އެސްޓީއޯ އިން ބުންޏެވެ. އެ ތިން މީހުންގެ ތެރެއިން އެކެއްގެ ހާލު ސީރިއަސް ކަމަށް ބުންޏެވެ.
ހޮސްޕިޓަލުން ބުނީ ތިން މީހުން ވެސް ހޮސްޕިޓަލަށް ގެންދިޔައީ ހެނދުނު 11:30 ހާއިރު ކަމަށެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ފަރުވާ ދިނުމަށް ފަހު މެންދުރު ފަހު ދޫކޮށްލާފައި ކަމަށް ހޮސްޕިޓަލުން ބުންޏެވެ. އެސްޓީއޯއިން ބުނީ ހާލު ބޮޑު މީހާއަށް އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗަށް ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މި ހާދިސާ ހިނގި ގޮތުގެ ތަފްސީލު އެނގޭ ގޮތް ވަނީ ނުވެފަ އެވެ.
މުދާ އުފުލުމުގެ ތެރޭ ބޮޑެތި އެކްސިޑެންޓުތައް މި ފަހުން މާލޭގައި ހިނގާފައިވެ އެވެ. މާލޭ ކޮމާޝަލް ހާބަރު ތެރޭގައި މި އަހަރު ހިނގި ދެ އެކްސިޑެންޓެއްގައި ދެ މީހަކު ވަނީ މަރުވެފަ އެވެ. އޭގެ ފަހުން ރައްކާތެރިކަން އިތުރު ކުރުމަށް ވަނީ މަސައްކަތްތަކެއް ކޮށްފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އޮނަރަބްލް އަފީފު ދީދީ
24 April 2021
ސީޕޯޓްތައްއޮތް 3 ރީޖަނަށް އެސަރަހައްދުތަކަށްބޭނުންވާ ކާޑް އެތަނުގެ ޕޯޓްތަކަށްއެތެރެކުރާގޮތަށް ބިޑްނުކުރަނީ އެސްޓީއޯ ޕްރޮކިއުމަންޓްސް ނުވަތަ ލޮޖިސްޓިކްގައި އުޅޭކުދިންނަށް އެއްޗެއްލިބޭތީތޯ. # ބިމުގެއަގުބޮޑު ކ.އަތޮޅު މާލެއަށްނުގެންގޮސް ތިލަދުންމަތިން ފާދިއްޕޮޅަށް ނޯތު، ކ.އަތޮޅުން (މާލެ ހިމަނައި) ދާލަށް ސެންޓްރަލް އަދި ކޮޅުމަޑުލުން އައްޑުއަށް ސަދާންކަމުގައިކަޑައަޅާ ރީޖަންތަކުގައި ސްޓޯރޭޖްހަދާ އެތަންތަނަށްއެތެރެކޮށްދިނުމަށް ބިޑަށް ހުޅުވާލަންވީނޫންތޯ.
އަމީރުލް އަމްރު
25 April 2021
ކާޑުގެ ބާވަތްތައް ތިގޮތަށް އެތެރެކޮށް ރަށްރަށަށް ފޮނުވީމާ އެސްޓީއޯއިން މިހާރު ލޮޖިސްޓިކަށް ޙަރަދު ކުރާ މިލިޔަން ރުފިޔާ ސަލާމަތްވާނެ. އެކަމަކު އެކުދިން މާލެއިން އެހެން ރަށްރަށަށް ކާޑު ފޮނުވަން ކުއްޔަށް ހިފާ ދޯނީގެ މީހާ ދޭ ހަދިޔާ ބޭނުންވާނެދޯ. އެހެންވެ ތިހެން ތިކަމެއް ނުކުެާނެ
ޢަބްދުﷲ ސަޢީދު/ބ.މާޅޮސް، ޒަމާނީހައުސް
24 April 2021
ކަންކަމުގެ ވައްޓަފާޅި ހުންނާނީ، ތަޖުރިބާ ކާރުންގެ ކިބާގައެވެ. ސަރުދާރުންގެ ކިބާގައެވެ. މަސައްކަތުގެ ޢަމަލީ މައިދާނުގައި އިންސާނުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އެޅުމުގެ ހުނަރުވެސް ސަރުދާރުންގެ ކިބާގައި ހުންނާނެއެވެ.
ހަސަނަނާ
24 April 2021
ދިއްފުށީ ގޮނޑުދަށް މީހަކު މަރުވެގެން ލައްގައިފި، ޔާމީން ގެއައް ބަދަލުކޮށްދީ! ޕީޕީއެމް
ހުސައިނާ
24 April 2021
މަޖަލެއް ނޫން
ރާއްޖެ
24 April 2021
އޮކިއުޕޭޝަނަލް ހެލްތް މިއީ މި ކުންފުނި ތަކުން ދަންނަ އެއްޗެއް ނޫން.
ށަވިޔަނި
24 April 2021
އަވަސް ޝިފާއަކަށް އެދެން. ރައްކާތެރިކަމުގެ ފިޔަވަޅު! ދުވަހަކުވެސް ނުވާނެ. ވާނެކަމެއްނަމަ ވާނެވަރަށް ހާފިސާތައް ހިނގާފި.
ރަދީފްއޮފިޝިއަލް
24 April 2021
އަވަސް ޝިފާއެއް މިންވަރުކުރައްވާށި.އާމީން