އިދިކޮޅު ޕީޕީއެމްޕީއެންސީން ކުރިން ބޭއްވި ޖަލްސާއެއްގައި މީހުން ބައިވެރިވަނީ. މަސައްކަތްތެރިންނަށް ސަރުކާރުންވީ ވައުދު ފުއްދަން އިދިކޮޅުން މިއަދު ގޮވައިލި
01 މެއި 2021 - 21:59
ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށް، ސަރުކާރުން ވެފައިވާ ވައުދު ވީހާވެސް އަވަހަކަށް ފުއްދަން އިދިކޮޅު ޕީޕީޕީއެމް/ޕީއެންސީން މިއަދު ގޮވާލައިފި އެވެ.
މޭޑޭ ފާހަގަކުރަން އިދިކޮޅު ކޯލިޝަނުން ނެރުނު ބަޔާނެއްގައި ބުނީ މިސަރުކާރު ވެރިކަަމަށް އައީ މަސައްކަތްތެރިންގެ ހައްގުތައް ހިމާޔަތްކުރަން ގިނަ ވައުދުތަކެއް ވެގެން ކަމަށާއި ރާއްޖޭގައި ދެވޭނެ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ އެގޮތުން ވެފައިވާ އެންމެ ބޮޑު ވައުދު ކަމަށެވެ. އެކަމަކު މިސަރުކާރަށް ދެ އަހަރާއި ބައި ވާއިރު އެންމެ ކުޑަ އުޖޫރަ ކަނޑަނޭޅި އޮތުމަކީ އެކަމުގައި ސަރުކާރުގެ އިހުލާސްތެރިކަމެއް ނެތްކަން ދައްކައިދޭ ކަމެއް ކަމަށް ވެސް އިިދިކޮޅުގެ ބަޔާނުގައި ބުންޏެވެ.
"...މަސައްކަތްތެރިންގެ ދުވަހެއް ފާހަގަކުރެވޭ އިރު ސަރުކާރުގެ އެކިއެކި ލެވެލްތަކުން ނެރުއްވާ ބަޔާންްތަކާއި ދައްކަވާ ވާހަކަތަކަށް އަމަލީސިފައެއް ނުގެނެވޭތީ މިކޯލިޝަނުން ކަންބޮޑުވުން ފާޅުކުރަމެވެ. ރާއްޖޭގެ ހުރިހާ މަސައްކަތްތެރިންގެ ހައްގުތައް ކަށަަވަރުކޮށް ސަރުކާރުން ވެފައިވާ ވައުދުތައް ވީހާވެސް އަވަހަކަށް ފުއްދާދިނުމަސް މިކޯލިޝަނުން ގޮވައިލަމެވެ،" އިދިކޮޅު ކޯލިޝަނުގެ ބަޔާނުގައި ބުންޏެވެ.
މަސައްކަތްތެރިންގެ ހައްގުތައް ކަށަވަރުކޮށްދިނުމަށް ޓަކައި އެކަމާ ގުޅުންހުރި ގާނޫނުތައް އަވަހަށް ފާސްކުރުމަށް ވެސް އެ ބަޔާނުގައި ގޮވައިލި އެވެ.
މަަސައްކަތްތެރިންނާ ގުޅޭ މައިގަނޑު ދެކަންބޮޑުވުމެއް ބަޔާނުގައި ފާޅުކޮށްފައި ވެ އެވެ. އެއް ކަންބޮޑުވުމަކީ ކޮވިޑް-19 ގެ ބަލިމަޑުކަމާ ކުރިމަތިލުމުގައި އިސްސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ހައްގު އުޖޫރަނުލިބުމުގެ ކަންބޮޑުވުމެވެ. އަދި އަނެއް ކަންބޮޑުވުމަކީ މަަސައްކަތްތެރި އަންހެނުންނަށް ކުރިމަތިވާ ޖިންސީ ގޯނާއާއި ފުރައްސާރައަށް އިންސާފު ނުލިބޭ ކަމުގެ ކަންބޮޑުވުމެވެ. އިސްސަފުގައި މަސައްކަތްކުރާ ހިދުމަތްތެރިންނަށް ދެމުން އަންނަ އެލަވަންސް ދިނުމުގައި ހަމަހަމަކަމެއް ނެތް ކަމަށް ވެސް ތުހުމަތުކޮށްފައި ވެ އެވެ.
ކޮވިޑްގެ ބަލިމަޑުކަމުގެ އެންމެ ބޮޑު އަސަރަކާއި ހިތްދަތިކަމަކާ ކުރިމަތިލާން ޖެހިފައި ވަނީ ރާއްޖޭގެ މަސައްކަތްތެރިންނަށް ކަމަށާއި އަމިއްލަ މަސައްކަތުން އާމްދަނީ ހޯދާ ފަރާތްތަކަށް ވެސް ހަމަ އެހާލަތު މެދުވެރިވެފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.
ކޮންމެ އަހަރެއްގެ ވެސް މޭމަހުގެ ފުރަތަމަ ދުވަހަކީ ބައިނަލް އަގުވާމީ ގޮތުން ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހެވެ. އެ ދުވަސް ފާހަގަ ކުރުމަށް ގިނަ ގައުމުތަކުގައި މުޒަހާރާތަކާއި ހަޅުތާލުތައް ބާއްވަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ވައުދޭ
02 May 2021
މައްސަލައަކީ ވައުދުތައް ހަނދާންވަނީ އިދިކޮޅުގައި އޮންނައިރު. ފުރިހަމަ އާރާއި ބާރުގަ 5 އަހަރު ތަޅާ ބުރުވާލީ ވައްކަން ކުރުމުގަ. މެނިފެސްޓޯ ގަނޑުވެސް ވެބްސައިޓުން ނަގާ ގެއްލުވާލީ. ދެން ބުނީ މަސްވެރިންނަށް ދަނޑުވެރިންނަށް ވީ ވައުދު ފުއްދައިފީމޭ ލައްކަ ވަޒީފާ އުފައްދައިފީމޭ ތެޔޮވެސް އެބަހުއްޓޭ
އައްޔު
02 May 2021
ކާލޭމެން ގޮވާލުމުންނެއް ނޫން މިސަރުކާރުން ކަންތައް ކުރާނީ، ކަލޭމެންގެ ސަރުކާރެއް އޮވެމެ ކަލޭމެން އިންސްޓިޓިއުޝަންތަކުގެ ބޮލަށް އަރާ އެމީހުންނަކީ ނެތް ތަނެއް ކަމަށް ބަލައި ޑިސިޝަންތައް ނަގާ އަދި ހުރި ނުބައިކަމުން އެޑިސިޝަންތައް ނެގީ އިންސްޓިޓިއުޝަންސްތަކުން ބުނަމުން ދިޔަ ހަނދާނެއް ނެތް ދޯ؟
ޓެތްގޯނި
01 May 2021
ނުވާނެ މިހާރުވެސް ވެންޓިލޭޓަރު ވައްކަން ފޮރުވަން ްްްްްްްްްްްްްްްްްްްްްްްްްްްްްް އުޅެނީ ކޮބާކަދުރު ލިބުންބާ ހުސްކުރި ޕެކެޓުގަނޑުވެސްނެތް އެޔާވެސް އެކީ މިފަހަރު ހައްޕަޅާލީ އަދުލުއިންސާފު ލިބުންބާ އަދީބު ހުރީ ގޭގަ ހަދިޔާއެއްގޮތުގަ ޔާމިނުއައް ބޮނޑިދިނީމަ ނަޝީދު އެޅުވި ފަންޏަކައްވާތީ އަލީވަހީދު ދިޔައީ އިންސާފުގެ ދަތުރުގަ
އަ އަހުލިހަ
01 May 2021
ރަނގަޅު ގޮވާލުމެ އް. ނަމަވެސް ތި ޕާޓީ 2013ނ 2018ށ ކުރި ވެރިކަމުގަ އި ވެރިކަމަ އް އަ އުމަ އް މަސަ އްކަ އްތެރީންނަ އްވީ ވަ އުދު ވީ ކޮންތާކުތޯ؟ މަސްވެރީންނަ އް. ދަނޑުވެރީންނަ އް، ރިސޯޓުމު އް އަޒަފުންނަ އް ވި ވަ އުދުތަ އް. ކޮންމެ ބަޔަކުވެސް ބޭނުންވީމަ ވަ އުދުތަ އްވާނެ ވެރިކަން ލިބިނީމަ ހަނދާން ނެތޭނެ. ދެން އިދިކޮޅުގަ ތިބެގެން ގުދޯ ގުދޯ ގޮވާނެ. ދުނިޔެ ނިމިދާނީ ވެސް މިހާލަތުގަ އި. ދެމިންވަރަ އް އީމާނަ ނުވާމީހުންގެ ހާލު.
ހަދާންނެތުނު ވައުދު
01 May 2021
ތިކަމެއްނުވާނެ މިސަރުކާރަކަށް މިއީ ވައުދު ފުއްދާ ސަރުކާރެއްނޫން މިރީދޫ މީހުންނަށް އެގޭނީ ދޮގުވައުދުތައްވާން ތިވާހަކަ ނުދައްކާ 2023 އަށް ތައްޔާރުވޭ ދޮގުވައުދު ވާ މީހުން މަތިން ހަދާން ނައްތާލަންވާނެ މިފަހަރު
ރަަޝީދު
02 May 2021
ވަކި މިސަރުކާރެއް ނޫން، ކުރީ ސަރުކާރުންވެސް ވިވައުދުތައް ހުރީ ހުރިގޮތަށް އަދި މިސަރުކާރުވެސް. މިދެސަރުކާރުގައި އެމީހުން ކޮންޓޮރޯލް ދަށުގައި މަޖިލިސް އޮވެ، މިބުނާ އެއްވެސް ކަމެއް ނުކޮއް އެއްބައަކު އަނެއްބައަކު ކުށްވެރިކުރަނީ. އަހަރެންގެ ނަޡަރުގައި ތި ދެޕާޓީއަކީވެސް ދޮގާ އޮޅުވާލުމާއި މަކަރާއި ހީލަތްތެރި ބައެއް. އަދި ޤައުމަށް ހުރި ގެއްލުމެއް.