ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނެ ދައުރު ކުރަމުންދާ ފޮޓޯ.-- ފޮޓޯ: ސޯޝަލް މީޑިއާ
03 މެއި 2021 - 13:24
ސިނަމާލެ ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ދައުރުކުރަމުންދާ ފޮޓޯގައި ފެންނަނީ ރެނދެއް ނޫން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި އެވެ.
ހައުސިން މިނިސްޓްރީގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ މި ފޮޓޯގައި ފެންނަ ރޮނގަކީ ބްރިޖުގެ އެކްސްޕެންޝަން ޖޮއިންޓަކުން ފެން ފޭބުމުން ކުރެހިފައިވާ ރޮނގެއް ކަމަށެވެ. މިއި ބްރިޖް މައްޗަށް އެޅޭ ފެން ފައިބާ ގޮތަށް އިންނަ ޖޮއިންޓެކެވެ.
ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނާ ތަނުގެ ފޮޓޯ: ހައުސިން މިނިސްޓްރީން ބުނީ އެއީ ފެން ފައިބާތީ ކުރެހިފައި އިން ރޮނގެއް ކަމަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
"ރެނދެއް ލައިފައި އިން ކަމަށް ބުނެގެން މީގެ ދެ ދުވަސްކުރިން މިނިސްޓްރީގެ އިންސްޕެކްޝަން ޓީމެއް ގޮސް މި ތަން ވާނީ ބަލައިފައި. އެއީ ފެން ފައިބައިގެން ކުރެހިފައި އިން ރޮނގެއް. މިހާރު ހުންނާނީ ސާފު ވެސް ކޮށްފައި،" އޮފިޝަލް ވިދާޅުވި އެވެ.
ރެނދު ލާފައިވާ ކަމަށް ބުނާ ތަނުގެ ފޮޓޯ މިއަދު ނެގި އިރު ވެސް އެ ރޮނގެއް ނުފެނެ އެވެ.
ބްރިޖުގައި ރެނދެއްލައިފައިވާ ކަމަށް ބުނާ ތަނުގެ ފޮޓޯ: ހައުސިން މިނިސްޓްރީން ބުނީ އެއީ ފެން ފައިބާތީ ކުރެހިފައި އިން ރޮނގެއް ކަމަށް.-- ފޮޓޯ: ނިޝާން އަލީ / މިހާރު
ސޯޝަލް މީޑިއާގައި މި ފޮޓޯ ދައުރުކޮށް، ވަރަށް ގިނަ މީހުން ދަނީ އެހާ އަވަހަށް ބްރިޖުގައި ރެނދުލީ ކަމަށް ބުނެ އެ މަސައްކަތަށް ފާޑުކިޔަމުންނެވެ.
ބްރިޖްގެ މަސައްކަތަށް 200 މިލިއަން ޑޮލަރު ޚަރަދުކޮށްފައިވެ އެވެ. އޭގެ ތެރެއިން 116 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 72 މިލިއަން ޑޮލަރަކީ ޗައިނާގެ ލޯނު އެހީ އެވެ. މި މަޝްރޫއަށް ދިވެހި ސަރުކާރުން 12 މިލިއަން ޑޮލަރު ހޭދަކުރެ އެވެ. މި ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯމީޓަރު އަދި ފުޅާ މިނުގައި، 20.3 މީޓަރު ހުރެއެވެ.
ޗައިނާގެ ސީސީސީސީ ކުންފުންޏާ ހަވާލުކޮށްގެން ހެދި ބްރިޖުގެ މެއިންޓަނަންސް މަސައްކަތް އަދިވެސް ކުރަނީ އެ ކުންފުނިންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެފްބެ
04 May 2021
ރެނދެއް ފެނިއްޖެއްޔާ މިވެރިންނަށް އެނގޭނެތޭ
އަހުމަދުއާ
04 May 2021
ރޮނގެއްވިޔަސް ދިވެހިން ވަރަށް ހުށިޔާރުބައެއްމީ. އަސްލު ރެނދެއް އެޅިނަމަވެސް ކުރިޔާލާ ފިޔަވަޅުއެޅޭނެދޯ
ހުތްއާދަނު
04 May 2021
ތީ ކޮން ދަނޑިމީހެއް
އިބްރ
03 May 2021
މަށަށް ހަމަ ޝައްކުވަނީ ދެން ރަހުނުކޮށް ފައިސާހޯދަން ބޭނުންކުރާނެ ތަނަކީ ބްރިޖްކަމަށް. އެކަހަލަ ގަނޑެއް ގަންނަންޏާމުން އެމްޑީޕީ ސަރުކާރުން އެތަނަކާއި އެކަމެއްކުރި ބައެއްގެ އަގުވައްޓާލަން މަސައްކަތްކުރޭ.
އިންތިނ
03 May 2021
ތިތަންވެސް ދުވަސްކޮޅަކުން ވިއްކާލަފާނެ
ށައހއ
03 May 2021
ރަގަޅަށް ބަލާ ހުންނާނެ ރެދުވެސް...މާކަ ކޮލިޓީ މަސައްކަތެއް ނޫން ތިޔައިކީ
ހަސަންނު
03 May 2021
ކޮލެޓީ މަސައްކަތް ވަކިކުރަން އެގޭތަ
ރޮދު
03 May 2021
ހށ ގެ އަކުރު ހުސްވަންދެން ނަމުގަ ޖަހައިގެން ހަގީގަތް އޮޅުވާލަން އުޅުނަސް އެކަމެއް ނުވާނެ. ޗައިނާ މީހުންގެ ކޮންސްޓްރަކްޝަން މަސައްކަތުގެ ފެނވަރު ރަނގަޅުވާނެ. އިންޑިޔާއިން ހަދަފަހުރި ގާކޮށްޓާ ޗައިނާގެ ފްލެޓްތަކާ ބަލާބަލަ
ތުއްތުބެ
04 May 2021
ކޮއްކޯ ކޮލިޓީކޮށް ކޮށްފައި ހުންނަ މަސައްކަތް ދަންނަންތަ. ފެނުނިއްޔާ އެނގޭނެތަ. ޓާޓާ ފުލެޓުތަކުން ބިއްލޫރިތައް ފޭބުން އެއީތޯ ކޮލިޓީ މަސައްކަތަކީ
ދޮންކަލޯބެ
03 May 2021
ބުރިޖު އެޅުމުގެ ކުރިން މީހަކުބުނި ބުރިޖެއް ނޭޅޭނެއޭވެސް. ބުރިޖު އަޅަމުން ދިޔަ ދުވަސްވަރު ޔެލޯ ކުދިން ބުނަމުންދިޔަ ބުރިޖު ވެއްޓޭނެއޭ، ބުރިޖުމައްޗަށް ރާޅު އަރާނެއޭވެސް. ހުޅުމާލެ ބުރިޖުގެ ނަމޫނާއެއް ކަމަށް ބުނެ ދަމާފައިވާ ވައިރެއްގައި ކައްޕިލައިގެން ތިންކުއްޖަކު ހުރަސްކުރާ މަންޒަރެއްގެ ފޮޓޯއެއްވެސް ފެނުނު. މިއަދު މިފަދަ މީހުންނަކީ ނޭޅޭނެއޭ ބުނި އެ ބުރިޖުން އެންމެ ގިނައިން ދަތުރުކުރާ މީހުން
މަންސޫރު
03 May 2021
މިކަހަލަ ދިޔުޅިއެއްނުވާ ވާހަކަ ދައްކާލަ ދައްކާލަ 5 އަހަރު ރާއްޖޭގެ ތަރައްގީގެ ހަޔާތުން މި ދުއްވާލަނީ... ހިތާމައިގެ ކޮޅެއްވެސް ނެތް
ދޮހޮއްތު
03 May 2021
ތިޔައީ އިންޑިޔާއިން އެޅި ބުރިޖެއްނަމަ ވަގުތުން ގަބޫލުކުރީމުސް..
އަހުމަދުއަލޯ
03 May 2021
ކަންކަމުގެ ހަގީގަތް ބަލަން ޖެހެނީ މިހެންވީމަ. އެންޑީޕީ ކުދިން ހާދަ ޖޭވެވެޔޭ އިބޫއަށް އެއްވެސް ކަމެއް ނުވެ ދާތި...ލޮލް.