ލައިފްސްޓައިލް

އޮޕަރޭޝަން ޑޮކްޓަރެއްގެ އަތުން އަހަރަކު ކިތައް މީހުން މަރުވޭތަ؟

ޑޮކްޓަރަކު އޮޕަރޭޝަން ތިއޭޓަރެއްގައި ފަރުވާ އަށް ތައްޔާރު ވަނީ: ޒަމާނީ ވަސީލަތްތަކާ އެކު މިހާރު ކުރެވޭ އޮޕަރޭޝަންތަކުން ސަލާމަތްކުރެވޭ އަދަދު ފާހަގަކުރެވާ މިންވަރަށް ވަނީ އިތުރުވެފައި. އެ އަދަދު ކުރި އަށް އޮތް ތަނުގައި އަދި އިތުރުވާނެ ކަމަށް ބެލެވޭ

ތިޔަ އަދަދު ހާމަކުރުން އަހަރެމެންގެ އަޚްލާގީ މިންގަނގާ ފުށުއަރަ އެވެ. ކިޔުންތެރިން ބިރުގެންފާނެތީ އެވެ. އޭގެ ތެރޭގައި މާދަމާ އޮޕަރޭޝަނެއްކުރާ މީހަކު ވެސް ހިމެނިދާނެ އެވެ. އޮޕަރޭޝަނަށް އޭނާ އިންކާރުކުރީ މި ލިޔުން ކިޔުމަށް ފަހު ކަމަށް ބުނާކަށް ނޭދެމެވެ.

ތިޔަ ސުވާލަށް ޖަވާބެއް ހޯދަން ކުރި މަސައްކަތުން އަތުޖެހުނީ "ޔޫރޮލޮޖިސްޓް"އެކެވެ. ކުޑަކަމުދާ ނިޒާމަށް ފަރުވާކުރުމާއި އޮޕަރޭޝަންކުރުމުގައި އޭނާ ވަނީ 32 އަހަރު ހޭދަކޮށްފަ އެވެ. ނަމަކީ ޖޯން ޝެލްގްރެން އެވެ. އެއީ އެމެރިކާގެ ނޯތު ކެރޮލައިނާގައި ހުންނަ "ވޭކް ފޮރެސްޓް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިން"ގެ ގްރެޖްއޭޓެކެވެ. http://www.wfu.edu/academics/schools

އޮޕަރޭޝަން ޑޮކްޓަރުންގެ އަތުން މަރުވާ އަދަދަށް ވުރެ ބޮޑަށް އެ މީހުން ހޯދާފައި ހުރި ކާމިޔާބީ އަށް ބަލަމާ ހިނގާށެވެ. އަދި އެ އަށް ފަހު ދެން ހާލަތު ބަދަލުވާ ގޮތްތަކަށެވެ.

ޖޯން ކިޔައިދިން ގޮތުގައި ހަފުތާއަކު އޭނާ އަށް ދެތިން އޮޕަރޭޝަންކުރަން ޖެހެ އެެވެ. އޭގެ ތެރޭގައި ކެންސަރު ފަދަ ބޮޑެތި ބަލިތައް، އެ ގުނަވަންތަކަށް ޖެހުމުގެ ސަބަބުން ކިޑްނީ އާއި ބްލެޑާ އަދި ފިރިހެނުންގެ ޕްރޮސްޓޭޓް ފަދަ ގުނަވަންތައް ނެގުމަށްޓަކައި އޮޕަރޭޝަން ކޮށްފައިވެ އެވެ. އޮޕަރޭޝަންކުރުމުގެ ތެރޭގައި އެއިން އެކަކު ވެސް މަރުވެފައި ނުވާކަން އުފަލާ އެކު އޭނާ ފާހަގަކުރެ އެވެ.

އޮޕަރޭޝަނަށް ފަހު ގިނަ މީހުން ހެޔޮ ހާލުގައި ދިރިއުޅެފައި ވެ އެވެ. އޭގެ ތެރެއިން ބައެއް މީހުން ފަރުވާ އަށް، ރޭޑިއޭޝަނާއި ކީމޯތެރަޕީ އަށް ކެތްނުކުރެވި މަރުވެފައި ވެސް ވެ އެވެ. އަދި ކެންސަރު އެނބުރި އައުމުގެ ސަބަބުން ވެސް ނަސީބު ދެރަ ގޮތްތައް ދިމާވެފައިވެ އެވެ. އެއިން އެކަކު ވެސް އޮޕަރޭޝަނާ ގުޅުން ހުރި ކަމެއްގައި މަރުވެފަައި ނުވެ އެވެ.

އެ ދުވަހު ކަން ދިމާވި ގޮތަކީ، ޖޯން ކިޔައިދިން ގޮތުގައި، މީހެއްގެ ދަށްބަނޑު ފަޅާލައި ކުރި އޮޕަރޭޝަނެއްގައި މައިނާރެއް ބުރިވީ އެވެ. އެ ހާލަތުގައި ލޭ މަނާކުރާނެ އެއްވެސް ގޮތެއް ނެތި އެ މީހާ މަރުވީ އެވެ. އެކަން ވީ ޑޮކްޓަރަށް ނަފުސާނީ ބޮޑު ބައްޔަކަށެވެ. އާދައިގެ ހާލަތަށް އެނބުރި އައުމަށް ދެތިން މަސް ނެގި އެވެ.

ޖޯން ކިޔައިދިން ގޮތުގައި އޮޕަރޭޝަންކުރުމަށްޓަކައި އޭނާ ބަލިމީހުން ލިސްޓްކުރަނީ ވަރަށް ބޮޑަށް ބަލައި، ފަރުވާތެރިކަމާ އެކު އެވެ. އެ މީހެއްގެ ހާލު ވަަރަށް ދެރަ ނަމަ އެ މީހަކު ފޮނުވަނީ ނަފުސާނީ ގޮތުން ނަސޭހަތް ދިނުމަށެވެ. އެ އަށް ފަހު އެ ތަނެއްގައި އެ މީހަކަށް ފަރުވާ ދެވެ އެވެ.

ބޭސްވެރިކަމުގެ ހަޔާތުގައި ޖޯން އަށް ދިމާވި އެހެން ކަމެއްގެ ވާހަކަ ވެސް ކިޔައިދި ނެވެ. އެއީ އޭނާއާ ވަރަށް ގާތް އެކުވެރިއެއްގެ އަތުން މީހަކު މަރުވި ވާހަކަ އެވެ. އެއީ ވެސް ޔޫރޮލޮޖިސްޓެކެވެ.

އެ ދުވަހު ކަން ދިމާވި ގޮތަކީ، ޖޯން ކިޔައިދިން ގޮތުގައި، މީހެއްގެ ދަށްބަނޑު ފަޅާލައި ކުރި އޮޕަރޭޝަނެއްގައި މައިނާރެއް ބުރިވީ އެވެ. އެ ހާލަތުގައި ލޭ މަނާކުރާނެ އެއްވެސް ގޮތެއް ނެތި އެ މީހާ މަރުވީ އެވެ. އެކަން ވީ އޭނާގެ އެކުވެރި ޑޮކްޓަރަށް ނަފުސާނީ ބޮޑު ބައްޔަކަށެވެ. އާދައިގެ ހާލަތަށް އެނބުރި އައުމަށް ދެތިން މަސް ނެގި އެވެ.

ކުޑަކަމުދާ ނިޒާމާ ގުޅުން ހުރި އޮޕަރޭޝަންތަކަކީ، ޖޯން ބުނި ގޮތުގައި، ނުރައްކާތެރި އޮޕަރޭޝަންތަކެއް ނޫނެވެ. އެހެން ނަމަވެސް ކަނޑިބަޑިން ހަމަލާ ބަދަލުކޮށް ބޮލަށާއި މެ އަށް އަރާ ވަޒަން ނަގަންކުރާ އޮޕަރޭޝަން ފަދަ ސީރިއަސް އެތައް އޮޕަރޭޝަނެއް އޭނާގެ ގާތް ޑޮކްޓަރުން ކުރެ އެވެ.

ޖޯން ލިޔެފައިވާ ލިޔުން ނިންމާލަމުން ބުނެފައި ވަނީ، ރަނގަޅަށް ރާވަލަން ވަގުތު ލިބިގެން ކުރާ ސީރިއަސް އޮޕަރޭޝަންތައް ވެސް ކާމިޔާބުކުރެވޭ ކަމަށެވެ.

މި ޑޮކްޓަރުގެ ވާހަކައިން އެނގެނީ އޮޕަރޭޝަން ކުރުމުގެ ތެރޭގައި ޑޮކްޓަރުންގެ އަތުން މީހުން މަރުވުން ވަރަށް ނާދިރު ކަމެވެ.

2 ކޮމެންޓް, 5 ރިއެކްޝަންސް

icon happy icon happy 40%
icon sad icon sad 0%
icon angry icon angry 60%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބޯގޯސް

05 June 2016

މަރަކީ މީހެއްގެ އަތުގައި ވާ އެއްޗެއް ނޫން.

The name is already taken The name is available. Register?

ައެއްކަލަ ބެ

05 June 2016

މަރަކީ ވަގުތު ޖެހުމުން ހިފެހެއްޓޭނެ އެއްޗެއް ނޫނެވެ، އެއީ ކޮންމެ ހާލަތެއްގަ ހުރިކަމުގައި ވިޔަސް މެއެވެ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454