ކާފިއު ގަޑީގައި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ ކަމަށް އެޗްޕީއޭ އިން ބުނޭ.
ކޮވިޑާ ގުޅިގެން މާލޭގައި ކުރިން ކާފިއު އިއުލާން ކޮށްފައި އޮތް އިރު ފުލުހުން މަގުމަތި ބަލަހައްޓަނީ.---ފައިލް ފޮޓޯ: މިހާރު
06 މެއި 2021 - 00:53
ރާއްޖޭގައި ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން، މާލެ ސަރަހައްދުގައި މިރެއިން ފެށިގެން ރޭގަނޑު 9 އިން ފަތިހު 4 އަށް ކާފިއު ހިންގަން ސަރުކާރުން ނިންމައިފި އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ކޮންމެ ދުވަހަކު ރެކޯޑު އަދަދަކަށް މައްޗަށް ގޮސް މާލެ އިން އެކަނި ވެސް މިދިޔަ 24 ގަޑިއިރުގެ ތެރޭގައި އެ ބަލި ޖެހުނު މީހުންގެ އަދަދު ވަނީ 540 އަށް އަރައިފަ އެވެ. މިދިޔަ އަންގާރަ ދުވަހުގެ ހަވީރު 6 އިން އިއްޔެގެ ހަވީރު 6 އަށް ކޮވިޑަށް މުޅި ރާއްޖެ އިން އަލަށް ޕޮޒިޓިވް މީހުންގެ ޖުމުލަ އަކީ 734 އެވެ.
އެޗްޕީއޭ އިން ދެންމެ ކުރި ޓުވީޓެއްގައި ބުނީ، މާލެ އާއި ވިލިމާލެ އަދި ހުޅުމާލޭގައި ރޭގަނޑު 9 އިން ފަތިހު 4 އަށް ހިނގައިބިނގާވެ އުޅުމާއި އެއްޗެހި ދުއްވުން މަނާވާނެ ކަމަށެވެ.
✳️ COVID-19 : Case Updates pic.twitter.com/eLqF6fv8oC
— Health Protection Agency (@HPA_MV) May 5, 2021
މިދިޔަ 24 ގަޑިއިރުގެ މައުލޫމާތު
"އަދި ޒަރޫރީ ބޭނުމަށާއި ޑެލިވަރީގެ ހިދުމަތްތަކަށް ފުލުހުން ހުއްދަ ދޫކުރަމުން ގެންދާނެ،" އެޗްޕީއޭގެ ޓުވީޓުގައި ވެ އެވެ.
މާލެ ސަރަހައްދުގައި ރޭގަނޑު ހަތް ގަޑިއިރުގެ ކާފިއުއެއް ކުއްލި ގޮތަކަށް އިއުލާން ކުރިއިރު، އެޗްޕީއޭ އިން ކުރިން ނިންމާފައި އޮތީ ކޮންމެ ރެއެއްގެ ދަންވަރު 12 އިން ފަތިހު 4 އަށް ވެހިކަލް ދުއްވުން އެކަނި މަނާކުރާ ގޮތަށެވެ. މި މަހުގެ 15 އާ ހަމައަށް އަޅާ އެ ފިޔަވަޅަށް އަމަލުކުރަން ފެށީ ރޭގަ އެވެ.
ނަމަވެސް ކުއްލި ކާފިއުއެއް މި އިއުލާންކުރީ ކޮވިޑް ޖެހުނު މީހުންގެ އަދަދު މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ވަރަށް ބޮޑަށް އިތުރުވެ، ގޮތް ހުސްވުމުންނެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު އަތްނުފޯރާ ވަރަށް މައްޗަށް ގޮސް ކަންކަން ބޮއްސުންލާ ހިސާބަށް ގޮސްފައިވާއިރު، ސަރުކާރުން ފަހު ވަގުތު ވަނީ ފިޔަވަޅުތައް އަޅަން ފަށައިފަ އެވެ. އޭގެ ތެރޭގައި ރަށްރަށަށް ދަތުރުކުރުމާއި މާލެ ސަރަހައްދުގައި ހިންގާ ސަރުކާރުގެ އޮފީސްތައް ބަންދުކުރުމާއި މާލެ ސަރަހައްދުގައި ސްކޫލްތަކަށް ގޮސްގެން ކިޔެވުން ހިމެނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
06 May 2021
ެެއެމްޑީޕީ ގެ އިސްލީޑަރ މިކަމުގެ ޒިންމާ ނަގަންޖެހޭނެ. އިންތިހާބު ނުބޭއްވިގެން މީހާހުރީ މޮޔަވެފަ. މިހާލަތުގަ އަނެއްކާވެސް އެއުޅެނީ އިންތިހާބުބާއްވަން. ދެން އިންޑިޔާގެ ދަށުވެ އިންޑިޔާ މީހުން މިގައުމަށް އަޔަސް އަދި ކޮންމެ ކަމެއްކުރިއަސް ބަސްނުބުނެވޭވަރަށް އަޅުވެތި ވުމުގެ ހިތި ނަތީޖާމީ. އިންޑިޔާއެއް އެމްޑީޕީ އެއް ދިވެހިގައުމަކަށް ހެވެއްނޭދޭނެ. އަދިވެސް ގޮވާނަގަނީ ފަތުރުވެރިންނޭ. މަރުމަތީގައިވެސް ދިވެހިންނަށް މިހާރުގޮވޭނީ ފަތުރުވެރިކަމޭ. އެނޫންކަމެއްކުރަން ހިތަށްވެސް ނާރާ. އިބުރަތެއް ހާސިލެއް ނުކުރި.
ހަސަނު
06 May 2021
ވަރަށް ރަނގަޅު... ރޭގަނޑު 9 ވީމަ ތަންކޮޅެއް ލަސްވޭ..
މެކް
06 May 2021
އޮފީސްތައް ބަންދޯ ހުރިހާ ކޯޓެއްހުޅުވާގެ ބާރައް މަސައްކަތް ކުރިއައްގެންދާށޯ މިވަނީކިހެނެއް؟
ރޯޒީ
06 May 2021
އެވެދާނެ ޒަރޫރީ ވީމަކަމަށް..
ގެދާނޯމޮސް
06 May 2021
ވެކްސިން ޖަހަން ބޭންވި ބިޔަކިއުތަކުގެ ބަހައްޓަން ޖެހޭ ގައިދުރުކަން ފުލުހުން ނުބެލީ ކީއްވެތޯއެވެ. ސ . އިމްރާން: ހުޅުމާލެއަށް އިންޑިޔާ މީހުން ކަރަންޓީނުވާން ދޫކޮށްލުމުން އެމީހުން ނުކުމެ މިނިވަން ވެގަނެގެން އުޅުނީ ކީއްވެތޯއެވެ. . ސ . އެޗްޕީއޭ : ލާރިކެވޭނެ ގޮތަށް ބަލިފަތުރަން ވަސީލަތްތައް ހޯދުމުގެ ނިޔަތުގަ ރައްޔިތުން ނަށް މަކަރާއި ހީލަތް ހަދާކަން ވިސްނޭތޯއެވެ. ސ. ރައީސް : ނަމަނަމަ : ހަރާމްތަކެތި ކޭބަޔަކު ވައިރަހަށް ފިލަން ނުދުވާތި : މަގޭ . ޖ.
ކުޑަ އިބުރޭ
06 May 2021
އެޗްޕީއޭ އާއި ތަންފީޒީ އިދާރާތައް މިވަނީ ކޮވިޑައްވުރެ ނުބައި ބައްޔަކައްވެފަ! އެއްކަމެއްވެސް ތަންފީޒުކުރޭތޯވެސް ނުބަލާ! މާސްކް ނޭޅިއަސް ހެޔޮ، ރެސްޓޯރެންޓްގަ ބުފޭ، ފިހާރަ ބޭރުގަ 2 މީހުން ވަންނަން ހުއްދަދީފިޔާ 20 މީހުން ވަދެ ތިބޭ! އަދިވެސް މިކަހަލަ ކަންކަން.. އެހެންވީމަ މިއައްވުރެނުބައި ބައްޔެއް ނެތެންނު!!!
ކިޔާން.
06 May 2021
ކޮންއިރަކު ކިހިނެއް ނެގި ސާމްޕަލްތަކެއްގެ ނަތީޖާ މިހާރު މި ދައްކަނީ ޕޮޒިޓިވް ކަމަށް މިހާ މަތިކޮށް. ގައިމު ރެންޑޮމްކޮށް ސާމްޕަލް ނަގާތަނެއް ނުފެނޭ މިހާރު. އިންޑިއާގެ ލޭބަރ "ފަތުރުވެިންގެ" ނަތިޖާތައް ހެން ހާދަ ހީވެޔޭ. އެގަު ކޭލެއް މިގަހު ކޭލެއް ނޭނގޭ
ފައްސި މޭން
06 May 2021
ބަލަ، ތިޔަ ވައިރަހެއް ވަންނަތާ ދެ ވަރަކަށް ހަފުތާ ފަހުންނެއްނު ބަލިވަނީ. ޝުކުރު ކުރަން މަށަށްވުރެ ރަނގަޅަށް، އިތުރަށް ޤުރުއާން ހިތުން ދަސްކޮށްފައިވާ މީހެއްގެ ފަހަތުގައި 8 ރަކުއަތް ކޮށްލާނެ ފުރުސަތު ލިބިފައި އޮތީތީ ވެސް.
އަހުމަދު55
06 May 2021
ރާއްޖޭގަ މިބަލީގެ ފެޓާލިޓީ ރޭޓުހުރީ 0.29%ގަ އެއްޕަސަންޓަށްވެސް ނާރާ. އެއްޕަސަންޓުގެ 3ބައި ކޮށްފަ އެއްބައިވެސް ހަމަނުވޭ. މިޔަށްޓަކާ މުޅިދިވެހިރާއްޖޭގެ އިގްތިސޯދާ ދަރިންގެ ތައުލީމު ހަލާކު ކުރާއިރު ވިސްނަންޖުހޭ ބޮޑުވަރުވަނީ ވެކްސިން ގިނަފަހަރު ނުޖަހާމީހުންނަށްކަން. ބައެއްގެ އިހުމާލުން ވެކްސިން ނުޖެހުމަކީ އެހެންމީހުން އުފުލަންޖެހޭނެ ތަކުލީފެއް ކަމުގައި ނުދެކެން. މިހާރުގެ ހައްލަކީ ބޮޑުވަރުވެދާނެ މީހުރިމީހުން ބަލި ނުޖެހެނީސް އައިސޮލޭޓް ކުރުން.
މޮޔަ އާދަނު2
06 May 2021
ވެކްސިން ޖެހުމަށް މީހުން އެއްވާ އެއްވުން ހުއްޓުމަކަށް ގެންނަން ޖެހޭ.
ޑޮކްޓާރ. ބަނާނާ
06 May 2021
ވެކުސިންގެ ކިއު ނުބެލެއްޓި ވާނުވާނޭގޭހާލުގައި ވެކުސިން މެނޭޖު ނުކުރެވުނުތާ ބަލިވެސް ކޮންޓްރޯލްނުކުރެވުނު! މިޢީ ތަނެއް ދޮރެއް ދޮރާއްޓެއް ނޭގޭ ދިއުޅިއެއްނުވާ ސިޔާސީ މީހުން މިގައުމު ހިންގަންތިބުމުގެ ނަތީޖާ. މޯޑީމެން ފަދަ އިލްމީ ގާބިލް ކަމެއްނެތް މީހުންގެ އުގަށް ވެއްޓި މުޅިދިވެހި ރާއްޖެ ސިއްހީ ބޮޑު ކާރިސާ އެއްގެތެރެއަށް ވައްޓާލުން! ފެއިލްޑް ސްޓޭޓް!
އުމަރުބެ
06 May 2021
ޑޮކްޓާ ބަނާނާ ތިބޭފުޅާ އުލުއްވަނީ ރާއްޖޭގަތޯ ނޫނީ ބޭރުގާތޯ؟ މައުލޫމާތު ކޮށި ކަމުން އަހާލީ ޕޕމ އިން ކޮންމެ ރެޔަކު ބޭވާ މުޒާހަރާގެ ވަހަކަ ހިމެނިނަމަ ވވވ އިންސާފުވީސް މުޅި މަގުތައް ބުލޮކް ކޮގެން އެމީހުން ތެޅި ބޭލީ
ރެޓޭ
06 May 2021
ބަނާނާ އެއީ ޗިސްކޮށްގެން މޮޑެގެންވެސް ކެވޭއެއްޗެކެވެ.