މާލެ ސަރަހައްދުގައި މިދިޔަ އަހަރު ކޮވިޑް ފެތުރުނު ދުވަސްވަރު އިއުލާންކުރި ފުލް ލޮކްޑައުންގައި ފުލުހަކު މަގުމަތި ބަލަހައްޓަނީ: މާދަމާ އިން ފެށިގެން ހަފުތާއެއްގެ މުއްދަތަށް ހަވީރު 4 އިން ފަތިހު 4 އަށް ކާފިއު ހިންގާނެ.---ފައިލް ފޮޓޯ: މިހާރު
11 މެއި 2021 - 17:00
މާދަމާ އިން ފެށިގެން އެއް ހަފުތާގެ މުއްދަތަށް ކޮންމެ ދުވަހެއްގެ ހަވީރު 4 އިން ފަތިހު 4 އާ ހަމައަށް މާލޭ ސަރަހައްދުގައި ކާފިއު ހިންގާ ގޮތަށް ހަމަޖައްސައި، އެކަން ދެންމެ އިއުލާންކޮށްފި އެވެ.
އެޗްޕީއޭ އިން ވަނީ އިތުރު ފިޔަވަޅުތައް ވެސް އިއުލާން ކޮށްފަ އެވެ. އެއީ ހަފުތާއެއްގެ މުއްދަތަށް މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދުކުރުން ހުއްޓާލުމާއި ހޮޓާ، ކެފޭ އަދި ރެސްޓޯރަންޓްތަކުގައި އެތެރޭގައި ތިބެގެން ކެއުންބުއިމުގެ ހިދުމަތް ހުއްޓާލުމާއި މި މަހުގެ 13 ވަނަ ދުވަހުން ފެށިގެން ދެކުނު އޭޝިއާގެ ގައުމުތަކުން ޓޫރިސްޓުން އައުން ހަފުތާއަކަށް މަނާކުރުމެވެ. އެކަމަކު ކެއުންބުއިމުގެ ހިދުމަތް ދޭ ތަންތަނުން، ޓޭކް އަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވެ އެވެ. ޑެލިވަރީގެ ހިދުމަތް ދެވެނީ، ފުލުހުންގެ ހުއްދައިގެ ދަށުން މެންދަމު 12 އާ ހަމައަށެވެ.
މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ވަރަށް ގަދައަށް ކޮވިޑް ފެތުރެމުން ދާތާ މިހާރު ވަނީ ތިން ހަފުތާވަރު ވެފަ އެވެ. ވޭތުވެދިޔަ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި، ކޮވިޑަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު ވަރަށް ބޮޑަށް މައްޗަށް ގޮސް، މިހާރު ވަނީ މި ބައްޔަށް ޕޮޒިޓިވް ވާ މީހުންގެ އަދަދު 24 ގަޑިއިރުގެ ތެރޭގައި ހާހަކުން މައްޗަށް ގޮސްފަ އެވެ.
ތަޖުރިބާކާރުން ގަބޫލުކުރައްވަނީ އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި ބައެއް ބޭފުޅުން ގަބޫލުކުރައްވާ ގޮތުގައި، އެއީ މާލެ ސަރަހައްދު ވަގުތުން ލޮކްޑައުން އަކަށް ވެސް ދާން ޖެހޭ ހާލަތެކެވެ.
އެކަމަކު ފުލް ލޮކްޑައުންއަކަށް ނުގޮސް، ސަރުކާރުން މި އިއުލާން ކުރީ، ބެލެވޭ ގޮތުގައި އާންމުންނަށާއި ވިޔަފާރިތަކަށް ވެސް އެންމެ ދަތި ނުވާނެ ގޮތަށް ބަލައިގެން އެޅި ފިޔަވަޅުތަކެކެވެ.
މާލެ ސަރަހައްދުގައި މި މަހުގެ 5 ވަނަ ދުވަހުން ފެށިގެން މިހާރު ވެސް އޮތީ ކާފިއު އިއުލާންކޮށްފަ އެވެ. އެކަމަކު، އެއީ ރޭގަނޑު 9 އިން ފަތިހު 4 އާ ހަމައަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖުންގޯ
12 May 2021
ކޮބާހޭ ބޮނދުން ތައް. ދައުލަތައް ވިސާފީ ގަނޑުވެސ ނުދައްކާ ގާނޫނާ ހިލާފަށް ބޭނުން ގޮތަކަށް. އަހަރެމެން ސައިކަލު އަހަރީ ފީ، ސްޓިކަރ އެއް ޖެހިއްޔާ އެކަމަށް އެތައްލާރި އެއް.މީރާ އަށް ޓެކްސް،. އެވްރިޑޭ ޖީއެސްޓީ. އެކަމު ވެކްސިންކޮޅުވެސް އެންމެކުޑަމިނުން ނަންވެސް ނޭގޭ ވަގަށް އުޅޭ ބޭރުމީހުނަށް ދީފަ އަހަރުމެން މިތިބީ ފުރަތަމަޑޯޒް ޖަހައިގެން ހަނާވެފަ..ދިވެހިން ފެލާފަ ގަވައިދާ ހިލާފަށް އުޅޭ 70 ހާސް ބޮނދުން ނަށް ހުރިހާ މޮޅެއް.
1976
12 May 2021
60% އަށް މިބަލި ޖުހެން ވަރައް ދުވަސް ނަގާނެ.އަދި ވަރަށް ގިނަ މީހުން މަރުވެސް ވާނެ.
ކިލީ
12 May 2021
ކޮން ވަރުގަައެއް ތިކުރެވެނީ. ދަރުބާރުގޭ ގޮޑިތައް ތިވަރުގަދަ ކުރެވެނީ. ހުރިހާކަމެއް ފާލުން ނައްޓުވާފަ ތިންތަނުން އެލަވަސް ނަަގައިގެން ތިބެނީ ސަރުކާރު ރުއްސަން. ރައްޔިތުން ހަނާވަނީ
އަސްރަފް
12 May 2021
މިހާ ނާގާބިލު ސަރުކާރެއް މިދިވެހި ގައުމު ދެކިފަ ނުވޭ
މަހޭބެ
12 May 2021
ޑޮކްޓަރުންގެ އަތްމައްޗަށް މިކަން މިގޮތަށް ދޫކޮށްލައިގެން ދުވަހަކުވެސް މިކަމުން އަރައިނުގަނެވޭނެ... މިހާރުވެސް މިކަމުގައި ނަގާކިޔަން އުޅޭ ޑޮކްޓަރުންގެ ގްރޫޕަކުން ބޮޑެތި ވިޔަފާރީގެ އިންވެސްޓްމަންޓްތައް ކުރަންފަށައފި. މިވެރިންނަށް ރިސޯޓް ގަނެވޭނަރަށް ލާރިއެއްކޮށްފި. މިކޮމެންޓް ކިޔާފަރާތްތަކަށް ހީވެދާނެ އެއީކިހިނެއް ވާނެކަމެއް ބާއެވެ. މި ޕޮޒިޓިވް ވާ އަދަދު ނެރުމުގައިވެސް މިވެރިން ކަންކުރަނީ ބުއްދިވެސް ގަބޫލުނުކުރެވޭހާ ދޯދިޔާކޮށް.
ޒީރޯ ޓޮލަރެންސް
12 May 2021
ބިދޭސީން ބަދަލުކުރަން ހެދިތަންތަނުން، އެތަންތަން ހެދިދުވަހުން ފެށިގެން މިއަދާ ހަމައަށް އެކިގޮތްގޮތުން އެިކޮނޮމިކް މިނިސްޓަރގެ ޖީބަށް ކަޅާކުރަމުން އެގެންދަނީ ކިތަށް މިލިއަންތޯ ބަލާލަބަލަ. މިކަން ނިމޭއިރު އޭނާ ހުންނާނީ ބިލިއަނަރަކަށް ވެފަ
ބަރޯ ބުރޯ
12 May 2021
އޭނަ ބުނި އޭނަ ވައްކަން ކުރިޔަސް ނޭނގޭހާ މޮޅަށޭ ކުރާނީ ކުރިއްޔާ
އަކްމެދް
11 May 2021
ހެޔޮނުވާނެ. އާދޭސްކޮށްފަ ބުނަން. ބޭންކް ލޯނު ރީސްޓްރަކްޗަރ ކުރުވަދީ. ނޫނީ އެތައް ބަޔަކު ހަލާކުވާނެ.
އުވާލާ
11 May 2021
މާލެ ސަރަހައްދުގެ ކާފިއު އުވާލާށޭ މީހުން ބަނޑަށް މަރުވަނީއޭ ކާފިއު އުވާލާށޭ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ އުވާލާ
ފަހުދު
11 May 2021
މިހާރު މިއޮތް ފިޔަވަޅުތަކުންވެސް ފުދޭ. މައްސަލައަކީ އެއްވެސް ކަމެއް ތަންފީޒު ނުކުރެވޭކަން. ގަޓުސަރުކާރު އޮތްނަމަ މިހާރު މިކަން ހައްލުވީސް
ދިވެހި ބޭންކުން އެބަ އުޅޭ
11 May 2021
ދިވެހި ބޭންކުން އެބަ އުޅޭ ރައްޔިތުން ދިރިތިބީތީ. ސަރުކާރަކަށް ނޭގޭތަ ބޭންކުން ރައްޔިތުންނަށް ލޯންނުދެއްކިގެން ކޯޓުތަކަށް ގެންދަން އަންގަމުންދާކަމެއް