ޅ. ނައިފަރު: ކޮވިޑްގައި އެ ރަށުން ތިން މީހަކު ވަނީ މަރުވެފައި -- ފޮޓޯ: ޅ. ނައިފަރު ކައުންސިލްގެ ފޭސްބުކް
06 މެއި 2021 - 16:37
ކޮވިޑް-19ގައި މިއަދު ޅ. ނައިފަރުން މީހަކު މަރުވި އިރު، މިއީ އެ ބަލީގައި އެ ރަށުން މަރުވި ތިން ވަނަ މީހާ ކަމަށް، ޅ. އަތޮޅު ހޮސްޕިޓަލުން ބުނެފި އެވެ.
ކޮވިޑްގެ ހާލަތު މިހާރު ވަރަށް ބޮޑަށް ގޯސްވެފައިވާ ނައިފަރުގައި އެންމެ ފުރަތަމަ މީހަކު މަރުވީ، އެ އަތޮޅު ހިންނަވަރުގެ ބަލި މީހެކެވެ. އޭގެ ފަހުން، އެ ރަށުގެ މީހަކު ވެސް ކޮވިޑްގައި ވަނީ މަރުވެފަ އެވެ. މި ދެ މީހުންނަކީ ވެސް އުމުރުން ދުވަސްވީ މީހުންނެވެ.
ނައިފަރުގައި މިއަދު މަރުވީ، ކޮވިޑް ބަލީގައި ހާލު ދެރަވެގެން ހަފުތާއެއް ވަންދެން ހޮސްޕިޓަލުގައި ފަރުވާ ދެމުން އައި މީހެކެވެ. މިހާރު ވެސް، އެ ހޮސްޕިޓަލުގައި ހާލު ބޮޑު ބަލި މީހަކު އެބަ އޮތެވެ. ހޮސްޕިޓަލުން ބުނާ ގޮތުން، އުމުރުން ދުވަސްވީ އެ އަންހެން މީހާގެ ހާލު ވެސް ވަރަށް ސީރިއަސް އެވެ.
ކޮވިޑްގެ ހާލަތު ވަރަށް ބޮޑަށް ގޯސްވުމުން އަރައިފޭބުން މަނާކޮށްފައިވާތާ ދޮޅުމަސް ވެފައިވާ ނައިފަރުގައި މިހާތަނަށް 600 އަށް ވުރެ ގިނަ މީހުންނަށް ވަނީ އެ ބަލި ޖެހިފަ އެވެ. ކޮވިޑް ބަލީގެ 328 މީހުން މިހާރު ވެސް ނައިފަރުގައި އެބަތިއްބެވެ. ރަށުން އެންމެ ފުރަތަމަ ކޮވިޑް ފެނުނުތާ ދޮޅުމަސް ވެފައިވާއިރު އަދިވެސް ކޮންމެ ދުވަހަކު ގިނަ ބަޔަކަށް ބަލި ޖެހެ އެވެ. އިއްޔެ ވެސް 38 މީހަކަށް ބަލި ޖެހުނެވެ.
ރާއްޖޭގައި މާލެ ފިޔަވައި އެންމެ ހާލަތު ގޯހީ ނައިފަރުގަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު ރެކޯޑް އަދަދަކަށް މިހާރު ވަނީ ވަރަށް ބޮޑަށް މައްޗަށް ގޮސް، މުޅި ގައުމު އެލާޓަށް އައިސްފަ އެވެ. ކޮންމެ ދުވަހަކު ވެސް އެ ބަލި ޖެހެނީ ރެކޯޑް އަދަދަކަށެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޠައި
06 May 2021
އޮރެންޖް ޖޫސް ކޮވިޑް ބަލީގެ މީހުންނަށް ފާއިދާ ކުރޭ. ދިރާސާ
ޗަކޮއޭ
06 May 2021
މައިމޫނާއަށް އިނގޭބާ ނައިފަރުން 2 މީހުން ކުރިން މަރުވިކަން ކޮވިޑުގަ؟ ނޫހަކުން ނުދެކެން ކުރިއަކުން.
ކޮވިޑު
06 May 2021
ނައިފަރުގެ 2 ވަނަ މަރު. ފުރަތަމަ މަރަކީ ނައިފަރަށް ހިންނަވަރުންގެނައުމުގެ މަގުމަތީ ކަނޑުމަތިން މަރުވި ބަލިމީހެއް. ނައިފަރުން ސާމްޕަލް ނެގީމަ ނައިފަރު މަރެއްގެ ގޮތުގަ ޖަހާފައޮތީ.
ދެކޮލު
06 May 2021
ބުނާ ބަސް ކަންފަތަށް ނީވޭ ފެންނަ މަންޒަރުތައް ލޮލަށް ނުފެންނަ މީހަކަށް ވުރެ މިހަކު މޮޅު ޒާތީ ހަސަދައިން ފެންވަރައިގެން ތިބޭ ތަންތަން އެނގޭނެ ކޮވިޑް އައިމަ
ކޮޅެއްނެތް
06 May 2021
ކަލޭ ޒާތީ ތިކިޔަނީ ކައުންސިލަށް ނިސްބަތްކޮށް ކަމަށް ހާދަ ހީވެޔޭއެބަ. ކަލޯ އެތަންވެސް ހޮސްޕިޓަލްވެސް ޒާތީވެގެން ތިއުޅެނީ އެމްޑީޕީ ބައިގަނޑެއްނޫންތަ. ތިވެސް އޭގެ ޒާތީ ފަހުލަވާނެކޭ.