ގައްދޫ ކައުންސިލްގެ ރައީސްކަމަށް ވާދަކޮށް އެ ގޮނޑި ކާމިޔާބުކުރި މުހައްމަދު އަހުމަދު.
06 މެއި 2021 - 16:24
ޝަރީއަތް ނިމެންދެން ޖަލުގައި ބަންދުކޮށްފައި ހުއްޓާ، ގދ. ގައްދޫ ކައުންސިލްގެ ރައީސަކަށް އިންތިހާބުވި މުހައްމަދު އަހުމަދު ދޫކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފުކޮށްފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގެ ޕަބްލިކް ޕްރޮސެކިއުޓާ އަދި މީޑިއާ އޮފިޝަލް އަހުމަދު ޝަފީއު މިއަދު ވިދާޅުވީ، ގދ. ގައްދޫ، ވިންސެޓު މުހައްމަދު އަހުމަދު ދޫކޮށްލަން އެ ރަށު ކޯޓުން މިދިޔަ ހޯމަ ދުވަހު ނިންމި ނިންމުން އިސްތިއުނާފު ކޮށްފައިވާ ކަމަށެވެ.
މިިދިޔަ މަހުގެ 10 ވަނަ ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބުގައި އިދިކޮޅު ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރި މުހައްމަދަކީ އުމުރުން 18 އަހަރުން ދަށުގެ ކުއްޖަކަށް އޮރިޔާން ކާޑު ދެއްކުމުގެ ތުހުމަތުގައި މީގެ ފަސް މަހެއްހާ ދުވަސް ކުރިން ހައްޔަރުކޮށްފައިވާ މީހެކެވެ.
އެކަމުގައި ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ ދެ މައްސަލައެއްގައި އޭނާގެ މައްޗަށް ވަނީ ދައުވާ ކޮށްފަ އެވެ. މިދިޔަ ހޯމަ ދުވަހާ ހަމައަށް މުހައްމަދު ހުރީ ޖަލުގަ އެވެ.
ގައްދޫ ކައުންސިލް ރައީސްކަން ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތަށް ޖަލުގައި ހުރި މީހަކު ހޮވައިފި https://t.co/QC75Hsj8si
— Mihaaru (@Mihaarunews) April 11, 2021
ޝަފީއު ވިދާޅުވީ އެފަދަ މައްސަލަތަކުގައި ދައުވާ ލިބޭ މީހަކު، އިންތިހާބެއްގައި ވާދަކޮށް ކާމިޔާބުވުމަކީ އޭނާގެ ފަރާތުން މުޖުތަމައުގެ ކުދިންނަށް އޮތް ނުރައްކާ ނެތިދާ ސަބަބެއް ކަމަށް ދައުލަތުން ނުދެކޭ ކަމަށެވެ.
"އެ ނިންމުމާއި އެ ނިންމުން ބިނާކުރި ކަމަށް ބުނާ ސަބަބުތައް ދައުލަތަށް ބަލައި ނުގަނެވޭ،" އޭނާ ވިދާޅުވި އެވެ.
މިފަދަ ތުހުމަތެއްގައި ޖަލުގައި ހުރި ނަމަވެސް ކުށް ސާބިތުނުވާ ނަމަ އިންތިހާބުގައި ވާދަކުރެވޭނެ އެވެ.
އެ މައްސަލައިގައި ޕީޕީއެމުން ބުނީ އެ މީހާގެ މައްޗަށް ކުޑަކުދިންނަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތު އެޅުވީ ބަޔަކު ރާވައިގެން ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އެދުރުކަލޭގެފާނު
06 May 2021
މިކަމުން އެނގެނީ މިސަރުކާރުގެ ފިނޭންސް މިނިސްޓަރު ނިސްބަތްވާ އެރަށުގައިވެސް މީނާއަށް އެއްވެސް ސަޕޯރޓެއް ނެތްކަމެވެ. އެހެން ނޫންނަމަ ގައްދޫން އެމްޑީޕީ މީހަކު ނުހޮވި ޖަލުގައި އޮންނެވި މީހަކު ހޮވޭނެ ގޮތެއްނެތެވެ. ރައީސް ސާލިހްއަކީ ސިޔާސީވެރިއެއް ނަމަ މިކަމަށް ފިޔަވަޅު އެޅީހެވެ. ރިޔާސީ އިންތިޚާބުގައި މަނިކުފާނު ހޮވެން ތިޔަ އުޅެނީ ފައްޔާޒުއާއި އަމީރުގެ ވޯޓުންނަމަ ފަރުވާލެއް ބަހައްޓާނެ ކަމެއް ނެތެވެ.
ޖަހާންގީރު
06 May 2021
ތިމީހާ މެދު ތިފަދަގޮތަކަށްްްްްްް ޝައްކުވުމުން ވެސް ތިފަދަ މަގާމަކަށް ހޮވިގެންނުވާނެ. ސާބިތުވުން އެއީ އެހެންކަމެއް. ވިސްނޭ ދިވެހިން ގައުމުގައި މަދީ. ގައުމު ހަފުސްވެއްޖެއް.
ބަބުރަންޖީ ހާޖީ
06 May 2021
ގައްދޫރައްޔިތުންގެ ގިނަބަޔަކު މިތިބެނީ ބޯގޮވާފައިހެންހީވަނީ. ނޫނީ އެފަދަ ތުހުމަތެއްކުރެވޭމީހަކު އެފަދަ މަގާމަކަށް ގެންނާނެތަ؟
ޤައްދޫ ރަޝީދު
06 May 2021
ގައްދޫ މީހުނަށް އެނގޭ އެއީ ފުރ3މްކޮށްފައި ހުރި މީހެއްކަން. ސިޔާސީ ސަބަބުތަކަށް ޓަކައި
ފާރޫގު
06 May 2021
ތިބޭފުޅާ ވެސް ފުރޭމްކޮށްގެން އެގޮތަށް ތަޅުވާލީމާ ތިއަ އަނގައެއް ނޯންނާނެ. ރާއްޖޭގެ ގާނޫނު އަސާސީގައި ހުދާ ކަޅުން ލިއެފަ އޮންނާނެ މީހެއްގެ މައްޗަށް ކުށް ސާބިތުނުވާހާ ހިނދަކު އެއީ ކުށްވެރިއެއް ނޫންކަމަށް. ތުހުމަތު ހީ މިއީ ހުއްޖަތެއް ނޫން..