ޚަބަރު / މޫސުން

އުތުރަށް ވަރަށް ގަދަ؛ ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާތީ ދަތުރުތައް ހުއްޓިއްޖެ

އުތުރުގެ އަތޮޅުތަކަށް ގަދަ ވަޔާ އެކު ކުރަމުންދާ ވިއްސާރަ މެންދުރު ފަހު ގޯސްވާނެ ކަމަށް ވަނީ ބެލެވިފައި

ހޯރަފުށީ އެއާޕޯޓަށް ރާޅު އަރާފައި. -- ފޮޓޯ: ކިޔުންތެރިއެއް

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް އާދަޔާ ޚިލާފަށް މޫސުން ގޯސްވެ ގެއްލުންތައް ވަމުން ދާއިރު ހއ. ހޯރަފުށީ އެއާޕޯޓްގެ ރަންވޭ އާއި ހައިވޭއަށް ރާޅު އަރާތީ އެއާޕޯޓްގެ ޝެޑިއުލް ދަތުރުތައް މެދުކަނޑާލަން ޖެހިއްޖެ އެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ރަށަށް މިހާރު ވެސް ވަރަށް ބޮޑަށް އުދަ އަރަމުން އެބަދެ އެވެ. އުދަ އަރަމުންް އަންނަނީ އެއާޕޯޓާއި ހެލްތު ސެންޓަރު ހުރި ދިމާލުން ކަމަށް ވާތީ ފެންބޮޑުވާ ސަރަހައްދުތަކުގައި ވެލި ބަސްތާ ޖަހަމުން އަަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

ވަހީދު ވިދާޅުވި ގޮތުގައި، ވާރޭވެހި ގޭގެއަށް ފެން ވަނުމާއި، ގަސްތައް ވެއްޓި ގެއްލުންވުން ފަދަ ކަމެއް އެ ރަށަކު ނުހިނގަ އެވެ. އެކަމަކު ފަޅު ތެރެއިން ބިން ހިއްކައިގެން ހަދާފައިވާ އެއާޕޯޓަށް ވަރަށް ބޮޑަށް ގެއްލުންވެފައިވާ ކަމަށް ވިދާޅުވި އެވެ.

ވަހީދު ވިދާޅުވީ ރަށުގައި ހިލަ ނުޖަހާ އޮތް ސަރަހައްދުން އަންނަ ރާޅު، އެއާޕޯޓްގެ ހައިވޭ އާއި ރަންވޭއަށް ވެސް އަރަމުންދާ ކަމަށެވެ. އަދި އެތަނަށް ވަރަށް ބޮޑަށް ވެއްޔާއި ގާ އަރާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެހެންވެ ދަތުރުކުރުން ރައްކާތެރި ނުވާނެތީ ދަތުރުތައް ވަނީ މެދުކަނޑާލައިފަ އެވެ.

ހޯރަފުށީ އެއާޕޯޓަށް އުދަ އަރައި، ވެއްޔާއި ގަލުން ފުރިފައި-

މިދިޔަ އަހަރުގެ ނޮވެމްބަރު 19 ގައި ހުޅުވި، ހޯރަފުށީ އެއާޕޯޓްގެ ޓާމިނަލަށް ވެސް ގަދަ ވައިގައި ވަރަށް ބޮޑަށް ގެއްލުންވި އެވެ. އެތަނުގެ ބިއްލޫރި ބިއްގަނޑެއް ވެއްޓި ތަޅައިގެން ދިޔަައިރު ސީލިންގަށް ވެސް ގެއްލުން ވެފައިވެ އެވެ.

"މެންދުރެއްހާއިރަށް ދިޔަވަރު ބޮޑުވާނެ ކަމަށް މެޓުން އެބަ ލަފާކުރޭ. އެހެންވެ އަޅުގަނޑުމެން މިދަނީ ރާޅު އަރާފާނެހެން ހީވާ ތަންތަނުގައި ވެލި ބަސްތާ ޖަހައި ތައްޔާރުވަމުން،" ކައުންސިލްގެ ރައީސް ވިދާޅުވި އެވެ.

ހޯރަފުށީ އެއާޕޯޓްގެ ބިއްލޫރި ބިތްގަނޑު، ގަދަވަޔާ އެކު ވެއްޓިފައި

ހޯރަފުށީގެ އިތުރުން، ހދ. ކުޅުދުފުއްޓަށް ވެސް ގެއްލުންވެފައިވެ އެވެ. ވައިގަދަވެ، އެރަށުގެ މީހުން ދިރިއުޅޭ ގެއެއްގެ ފުރާޅު އެއްލާލާފައިވާއިރު ކައުންސިލްގެ ރައީސް އަބްދުއްލަތީފް ހަސަން ވިދާޅުވީ ސިފައިންނާ ގުޅިގެން މިހާރު އެ ގޭގައި ޓިނު ޖަހައި އެހީވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

ކުޅުދުއްފުށީ ގެއެއްގެ ފުރާޅު އެއްލާލައިގެން އެމްއެންޑީއެފުން އެހީވަނީ

ކުޅުދުފުއްޓަށް މިވަގުތު ވާރޭ ނުވެހުނަސް ވަރަށް ވައިގަދެ އެވެ. ސްކޫލުގެ ތިން ބުރީގެ އިމާރާތެއްގެ ފުރާޅުގެ ފެންފަތް ވެސް ނައްޓައިގެންދިޔަ އެވެ. އެތަން މިހާރު ރަނގަޅުކޮށްފައިވާ ކަމަށް ލަތީފް ވިދާޅުވެ އެވެ. އޭގެ އިތުރުން ވެސް، އިތުރު އިމާރާތެއްގެ ފުރާޅު އެއްލާލި އެވެ.

ލަތީފް ވަނީ ބައެެއް ގެތަކުން ފުރާޅު އެއްލާލުން ފަދަ ހާދިސާތައް ހިނގަނީ ފުރާޅުގައި ޖަހަން ޖެހޭ ވަރަށް އިސްކުރު ނުޖަހާ ހުރުމުން ކަމުން، ރައްކާތެރިކަމަށްޓަކައި ފިޔަވަޅު އަޅަން އިލްތިމާސްކޮށްފަ އެވެެ.

އުތުރުގެ ހުރިހާ ހިސާބަކަށް ވެސް ވަރަށް ވިއްސާރަ އެވެ. ބައެއް ރަށްރަށުން ބުނި ގޮތުގައި މެދު ނުކެނޑި ގަދަ ވައި ޖެހެމުން ދަނީ އާދަޔާ ހިލާފަށެވެ.

ހއ. އުލިގަން ބަނދަރުގައި ދޯނިތައް އަޅާފައި. މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މެޓުން ވަނީ މި ސަރަހައްދަށް ޔެލޯ އެލާޓް ނެރެފައި--

މޫސުން ގޯސްވެ، ހއ. އަތޮޅުން ފެށިގެން ވ. އަތޮޅާ ހަމައަށް ޔެލޯ އެލާޓް ވެސް މޫސުމާ ބެހޭ ގަައުމީ އިދާރާއިން ވަނީ ނެރެފަ އެވެ. ގަޑިއަކު 55 މޭލަށް ވައިގަދަވާނެ ކަމަށާއި ކަނޑުތައް ވެސް ގަދަވާނެ ކަމަށް ލަފާކުރެ އެވެ.

ހޯރަފުއްޓަށް އުދަ އަރަނީ--

ރާއްޖޭގެ ސަރަހައްދަށް މިހާ މޫސުން ގޯސްވެފައިވާއިރު މެޓުން އިއްޔެ ބުނެފައިވާ ގޮތުގައި އަރަބިކަނޑުގައި އުފެދިފައިވާ ބާރުގަދަ ކޮޅިގަނޑެއް، ތޫފާނަކަށް ބަދަލުވުމުގެ ފުރުސަތު އެބަ އޮތެވެ. ރާއްޖެއަށް އޭގެ ސީދާ އަސަރު ނުކުރިޔަސް، ރާއްޖޭގެ އަތޮޅުތަކުގެ މަތީގައި ގިނަ އަދަދަކަށް ބޯ ވިއްސާރާވިލާ އުފެދި ގަދަވާނެ ކަމަށް ކުރިން ވެސް އޮތީ ލަފާކޮށްފަ އެވެ.

53 ކޮމެންޓް, 25 ރިއެކްޝަންސް

icon happy icon happy 16%
icon sad icon sad 76%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 4%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަލީ ރިޔާޒު/ހޯރަފުށި

14 May 2021

ގުދުރަތީ ކާރިޟާތަކަކީ އެއްވެސް މީހަކަށް ބާރުފޮރުވޭނެ ކަންކަމެއްނޫން.އެކަމު ތިމާވެއްޓަށް އަންން ބަދަލުތަކުން ދުރާލާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅޭނެއެވެ.މި އަދު ހޯރަފުށި އެއާރޕޯޓަށް ދާ މަގު ކޯޒުވޭއެއް ގޮތަށް ނުހެދީމަ ލޯމަށްޗަށް ފެންނަމުން ދާމަޒަރުން އިބުރައް ހާސިލް ކުރަށްޖެހެއެވެ.އަމާބުނީތީ ފަރަށްދާ އުސޫލުން އީއައިއޭ ހެދީމަވާގޮތް މިއަދު މިފެންނަނީ.

The name is already taken The name is available. Register?

ދޮހުއްތު ބެ

14 May 2021

މިހާރު އެއާޕޯޓަށްވެސް ރާޅު އަރަން ފެށީ؟ ކީކޭ ދެން ކިޔާނީ! މަ. އަޑުއަހަނީ މޫދުން ރާޅު އަރާ ވާހަކަ!

The name is already taken The name is available. Register?

ޑިސްއޮނަރަބަލް ޑީޑީ

14 May 2021

ތިތަނަށް ދާންވީ ފަތާލަން. ♧

The name is already taken The name is available. Register?

ރެޓޭ

14 May 2021

މިއީ އެމް.ޓީ.ސީ.ސީގެ މައްސަލައެއްނޫން. އެމީހުން މަސައްކަތްކުރީ އެމީހުންނަށްދިން ކުރެހުމާ އެއްގޮތަށް މަސައްކަތްކޮށް ނިންމާލުމަށް. ޓެކްނިކަލީ އެތަނަށް ވިއްސާރަވީމަ ރާޅުއުފެދޭނެވަރާ އެތަނުގެ ހިމާހަތުގަ ބޮޑުހިލަ ޖަހާނެ ހިސާބަކާ ބޮޑުހިލަ ޖަހާނެތޯ އެކަކަން ބަލަންޖެހޭނީ މަސައްކަތް ހަވާލުކުރުވިފިރާތުން! މަޝްރޫޢުގެ މުޅިސްކޯޕަށް ހުރިހާ ޓެކްނިކަލްކަމަކަށް ބެލެބްޖެހޭނެ! މިއީ ވަރަށްޒިންމާދާރުކޮށް ޑިޒައިންކޮށްފައިވާ މަޝްރޫއެއް!

The name is already taken The name is available. Register?

Happy 321

14 May 2021

އެއަރޕޯޓް ހުޅުވިއިރުވެސް ވާނެއޭ ހިތަށް އެރި ގޮތަށް ތިޔަވީ. ވަޔާ ވިއްސާރަ ގަދަ އިރެއްގައި އެތަނަށް ވެއްޔާ އެއްޗެހި ނާރާނެ ގޮތަކީ ނެތް ގޮތެއްކަމަށް އޭރުވެސް ހީވެގެން ކޮމެނޓުވެސް ކުރިން.. ކަންކަން ވޯސްޓް ކޭސްއަށްވެސް ވިސްނާފަކުރުން ރަގަޅު!!

The name is already taken The name is available. Register?

ނާތަހުޒީބު

14 May 2021

ރައްޔިތުންގެ ބޮލުގަ ތެތް ގޯނި އަޅުވާ މޑޕ އަކީ އަބަދުވެސް ކަމެއް އެންމެ ދެރަކޮށް ކުރާ ސަރުކާރު. ހޯރަފުށީ ބޭފުޅުނަށް ކިހާ އުނދަގުލެއް ތި ޖެއްސީ. ގެއްލުންވި ހުރިހާ އާއިލާ ތަކަށް ކެއްތެރިކަން ދެއްވާށި.

The name is already taken The name is available. Register?

ތަރައްގުއި

14 May 2021

މިއީ އެމްޑީޕީ ގެ ތަރައްގީއަށް ވާގޮތް.

The name is already taken The name is available. Register?

ޖަމިލު

14 May 2021

ކުޅަދުންވަންތަ ކަންވެސް ހިތައް ނާރަނީ ތިޔަ އެމްޑިޕީ މަރުމޯލުތައް މީގެ ކުރިން ވިއްސާރަވިޔަސް ފެންބޮޑުވިޔަސް ޔާމިނުއާ ދިމާލައްވިޔައް ފެލުނި ކުޅުދުއްފުށި އެއަރޕޯޓް ރަންވެގަ ފެންބޮޑުވެގެންވެސް ތިޔަ ބައިގަނޑު ފެލުނީ މިއަދު ދެއްތޯ ހަނދާންވި ﷲ ގެ ކުޅަދުން ވަންތަވެރިކަން ދެންވެސް ތިޔަ ބައިގަނޑު އިސްލަހުވެބަލަ

The name is already taken The name is available. Register?

ޖަމަލު

14 May 2021

ޖަމަލު ގެ ސޕެލިންގް ވެސް ނޭނގޭ. ތަނެއްދޮރެއް ނުދަންނަ މޮޔައިން އިންޓަނެޓަށް ވަނީމަ ވާގޮތް.

The name is already taken The name is available. Register?

ޒައިކް

14 May 2021

އެއަރޕޯޓަކަށް ނޫން މުޅި ރަށުގެ ހުޅަނގު ކޮޅަށް އަދި އިހަވަން ދިއްޕޮޅުގެ ގެ ގިނަ ރަށް ތަކަށް ވެސް.. ހަމަ މޮޅު ސުރުހީއެއް ހަދާލީއެ ތި އެއްކަލަ

The name is already taken The name is available. Register?

ބަރުސޮރު

14 May 2021

މިހުރީ ރައްޔިތުންގެ ފައިސާހަރަދުކޮށްގެން ހަދާތަންތަން އެ ހަދާބަޔަކާ ހަދުވަން ހަވާލުކުރާބަޔަކު އަމިއްލަ ޖީބަށް ބަރުކޮށްފަ ހުންނަވަރު ގައިމު ފަޅު ހިއްކައިގެން ހަދާތަންތަން ހަމަ ބޭނުން އުސްމިނަކަށް ހިއްކޭނެތާ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454