އިދިކޮޅުން ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން--
20 މެއި 2021 - 20:04
ކެނދިކުޅުދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު އީސަގެ މައްޗަށް އޭނާގެ ކުޑަދަރިފުޅާއި އަނބިކަނބަލުން އަސްރާ ނަސީމަށް އަނިޔާކުރި މައްސަލައިގައި ކަމާ ގުޅުން އިދާރާތަކުން ފިޔަވަޅު އެޅުން ލަސްވާތީ އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން މިއަދު ކަންބޮޑުވުން ފާޅުކޮށްފި އެވެ.
އިދިކޮޅުން ނެރުނު ބަޔާނެއްގައި ބުނީ، އެކަމާ ގުޅިގެން ރައްޔިތުންގެ މަޖިލީހުގެ އަމަލުތައް ހުރި ގޮތާއި ރިޕޯޓްކުރުމުން ވެސް ފިޔަވަޅު އެޅުން ލަސްވެފައި ވާތީ އެކަން ކުށްވެރިކުރާ ކަމަށެވެ.
އިދިކޮޅުން ބުނިގޮތުގައި ރާއްޖޭގައި ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތައް އިތުރުވަމުންދަނީ ތަންފީޒީ އިދާރާތަކުގެ އިހުމާލު ބޮޑުވުމާއި ޒިންމާ ފުރިހަމަ އަށް އަދާ ނުކުރެވޭތީ އެވެ. މި ފަހަކަށް އައިސް، އެފަދަ އަނިޔާތައް ކުރާ މީހުންގެ ތެރޭގައި އެ ކަންކަން ހުއްޓުވަން ތިބޭ މީސްމީހުންގެ އާއިލީ ގުޅުން އޮންނަ މީހުން ވެސް ހިމެނޭ ކަމަށާއި އަނިޔާގެ ޝިކާރައަކަށްވާ މީހުންގެ ބަޔާން ބަދަލުކުރުވާ މަންޒަރު ވެސް ފެންނަމުންދާ ކަމަށް ޕީޕީއެމް/ޕީއެންސީން ބުނެ އެވެ.
"ގެވެށި އަނިޔާ އާއި ޖިންސީ ގޯނާގެ މައްސަލަތަކަކީ އެ ކަންކަން ރިޕޯޓު ކުރުމާއެކު ލަސް ކުރުމެއް ނެތި ފިޔަވަޅު އެޅި ބެލެން ޖެހޭނެ މައްސަލަތައް ކަމުގައި މި ކޯލިޝަނުން ގަބޫލު ކުރަމެވެ. މީގެ އިތުރުން ވެސް އެފަދަ މައްސަލަތަކާ ދެކޮޅަށް އަޑު އުފުލާ ހިންގާ ހަރަކާތްތަކަށް ސަރުކާރުން ހުރަސް އަޅައި، އެފަދަ ކަންކަމުގައި އިސްކޮށް ހަރަކާތްތެރިވާ މީހުންގެ އަނގަ ބަންދުކުރަން ސަރުކާރުން މަސައްކަތް ކުރުމަކީ ހިތާމަކުރާ ކަމެކެވެ،" އިދިކޮޅުގެ ބަޔާނުގައި ވެ އެވެ.
އިދިކޮޅުން ވަނީ އެފަދަ އަނިޔާގެ މައްސަލަތައް ހިންގަނީ ދައުލަތުގެ ކޮންމެ މަގާމެއްގައި ހުރި މީހެއް ނަމަވެސް ފިޔަވަޅު އެޅުމަށް ހެދިފައިވާ ގާނޫނުތައް ފުރިހަމަ އަށް ތަންފީޒުކުރުމަށް ގޮވާލައިފަ އެވެ. އަދި މައްސަލަތައް ބަލައި އެކަމުގައި ޝާމިލުވާ މީހުން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް ވެސް ގޮވައިލި އެވެ.
އަނިޔާގެ ޝިކާރައަކަށްވާ މީހުންނަށް ހޯދައިދޭން ޖެހޭ ހިމާޔަތާއި ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ސަރުކާރަށް ގޮވައިލި އެވެ.
އީސަގެ ގެވެށި އަނިޔާގެ މައްސަލަ މީޑިއާ އިން ފެންމަތި ކުރުމާ ގުޅިގެން ކުރިމަތިވި ފިއްތުންތަކުގެ ތެރެއިން، އޭނާ ހައްޔަރުކުރުމުގެ އަމުރެއް ހޯދުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުގައި ފުލުހުން އެދިފައި ވާތީ އެ އަމުރު ހޯދަން ކްރިމިނަލް ކޯޓަށް މިއަދު ވަނީ ހުށަހަޅައިފަ އެވެ. އެކަމަކު، އެފަދަ އަމުރެއް ދިން ކަމެއް އަދި ނޭނގެ އެވެ.
ކުށެއް ކުރަމުންދަނިކޮށް ފެނިއްޖެ ހާލަތެއްގައި މެނުވީ މެންބަރަކު ހައްޔަރުކުރެވޭނީ ކޯޓު އަމުރަކަށެވެ. އެ އަމުރު ހޯދުމަށް އެދެން ޖެހޭނީ ޕީޖީ އޮފީހުންނެވެ.
އީސަ މިއަދު ނެރުއްވި ބަޔާނެއްގައި ވަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް އިންކާރު ކުރައްވައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލީހުގައި އޭނާ މުގައްރިރުކަން ކުރައްވާ އިޖުތިމާއީ ކޮމިޓީން ވެސް ވަނީ އިސްތިއުފާ ދެއްވައިފަ އެވެ.
ތުހުމަތަށް އިންކާރު ކުރައްވަމުން، އީސަގެ ބަޔާނުގައި ވިދާޅުވީ ރާއްޖޭގެ ގާނޫނުތަކާއި ގަވައިދުތަކާ ހިލާފު އެއްވެސް ކަމެއް ކޮށްފައި ނުވާނެ ކަމަށެވެ. އަދި ފުލުހުންނަށް އިތުބާރު އެބަ އޮތް ކަމަށާއި ދައުލަތުގެ މުއައްސަސާތަކަށް އެއްބާރުލުން ދެއްވާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.
އީސަގެ މައްޗަށް ކުރެވޭ ގެވެށި އަނިޔާގެ ތުހުމަތުތަކާ ގުޅިގެން އޭނާގެ މައްޗަށް ޖިނާއި ތަހުގީގުކޮށް ނިމެންދެން އެމްޑީޕީގެ ގައުމީ މަޖިލީހުންނާއި އެތެރޭގެ ކޮމިޓީތަކުގެ މުގައްރިރުކަމުން، އެކަހެރިކުރަން ނިންމާފައިވާ ކަމަށް އެ ޕާޓީން މިއަދު ބުނެފައި ވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނަޒާ
21 May 2021
މިހާރުތިތިބީ ގެއަށް ވަދެ ފިލާ ޖަލުގައި ހުރިމީހާ ގެއަށް ގެނައީމައި. ގައުމުގައި މިތިބީ އެތަށްހާސް ބަޔަކު ދެވަނަޑޯސް ވެކުސިން ނުޖެހިފައި ކޮބާ އިނދިކޮޅު؟!
އަލީ1
20 May 2021
ދެފުއްކެހެރި އިދިކޮޅު ކޯލިޝަން
ދެ ފުއް ކެހެރި
20 May 2021
މިއީ ވަރަށް ހެއްވާ ބައެކެވެ. އިއްޔެ ޕީޕީއެމް ޓިކެޓްގައި 02 ކުޑަކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއްގައި ދަޢުވާ އުފުލިފައިވާ މީހަކު ހޮވުމުން އޭނާ ދިފާޢު ކުރިއެވެ. ޢެއްވެސް ފިޔަވަޅެއް ނާޅައެވެ. ކަލޭމެން ތީ ދެ ފުއްކެހެރިންނެވެ. ޙަމަ ޑަބަލް ޓޭޕްއެވެ.
ސިލިކާ
20 May 2021
އީސާފުޅަށް މިއޮށް ޖެހުނު ހާލެއްދޯ..ކަނބުލޯ އަސޫ ދޫނުކުރާތީ...މިފަހަރު އީސާފުޅުގެ ބަނޑު ހަމަބިމުގަ ޖައްސަންވާނެ
އެދުރުކަލޭގެފާނު
20 May 2021
ތިޔައީ ޕީޕީއެމް ވެރިކަމުގައި ޕީޕީއެމްއަށް ނިސްބަތްވާ އެމްޕީއަކު ކުރިކަމެއްނަމަ ނޫހެއްގައި ޖަހަންވެސް އަދި ނޫސްކޮންފަރެންސެއް ބާއްވަންވެސް ނުކެރޭނެއެވެ. މަނިކުފާނުމެން ގެންގުޅުނު އަބުރުގެ ޤާނޫނާއި ހެދި އެކަމެއްނުވާނެއެވެ. މިހާރު މިކަންތައް ހިނގުމުން މިކަންތަކާއި ދެކޮޅަށް އަޑުއުފުލާއި ސަރުކާރު ޖަވާބުދާރީ ކުރުވަން ތިބީ ސީދާ އެމްޑީޕީ އާއްމު މެމްބަރުންނެވެ. ޕީޕީއަމް އަށް މިކަންތަކުގެ ބުރަދަން އިހްސާސްވެގެން ތިޔަ އުޅެނީ ސިޔާސީ ފައިދާ ނަންގަވާށެވެ!
އަހުމަދުއަލޯ
20 May 2021
ބަލަގަ އަދި ލަހެއް ނުވެެއެއްނު ކަރައިގެން އުޅޭކަށް. އޭނަައަކީ މެންބަރެއް. އިޖުރާއަތްތައް ފުރިހަމަ ނުކޮށް، ޖަޒުބާތުގައި ޖެހިގެން ހައްޔަރުކުރީމަ ކޯޓުން މައްސަލަ ބޭރުކުރާނީ. ސޮލިޑް ކޭސްއެއް ބިލްޑުކުރަން ޖެހޭ.
ގެދާނޯމޮސް
20 May 2021
މީ " ރާރާގުޑި " ސަރުކާރު : ފަތިއަޑު ގޮށްވުން ނޫން އަޑެއްރައްޔިތަކު ނާހާނެއެވެ.
ސީޒަން ޖެކްޝަން
20 May 2021
މިމީހުންނަށް ކޮންކިކެއް ކުއްލިކުއްލިއާމިއަންނަނީ؟
ރައްޔިތު
20 May 2021
މީ ސަފާރީ ރޭޕް ކޭސް އޮއްބާލި މީހުން. ސަރުކާރައް ހަމަ އޯކޭ. ސަރުކާރު އުޅެނީ އަންޑިޔާ ނުރުސިގެ ން ބިޒީކޮށް
12 ތިނު
20 May 2021
އެމްއެމްޕީއާރުސީގެ ވަގުންނަށް ފިޔަވަޅުއެޅުން ލަސްވާތީ މަމެން މާބޮޑަށް ކަންބޮޑު ވަމެވެ.
ބައި
20 May 2021
އޭގެތެރޭގައި ވެސް ގިނައީ އެމްޑީޕީކުދިން.