ވަކީލް ޒަނީން: އޭނާ މިއަދު ވަނީ ނިޔާވެފައި --- ފޮޓޯ/ޓްވީޓާ
22 މެއި 2021 - 17:38
ގާނޫނީ ވަކީލު އަހުމަދު ޒަނީން އާދަމް މިއަދު ނިޔާވެއްޖެ އެވެ.
ޒަނީން، 59 ނިޔާވީ ކޮވިޑް-19 އަށް މީގެ ހަފުތާއެއްހާ ދުވަސް ކުރިން ޕޮޒިޓިވްވުމުން ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި ފަރުވާ ހޯއްދަވަމުން ދަނިކޮށް މިއަދު ހަވީރު 4:15 ގަ އެވެ. އެއީ ކޮވިޑް ބަލީގެ 122 ވަނަ މަރެވެ.
މިސްރުގެ އަޒްހަރު ޔުނިވަސިޓީން ތައުލީމް ހާސިލް ކުރެއްވި ޒަނީނަކީ ގާނޫނީ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރެއްވި އަދި ގިނަ މައްސަލަތަކެއްގައި ވަކާލާތު ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން 2013 ގެ ރިޔާސީ އިންތިޚާބުގެ މައްސަލައިގައި އިދިކޮޅު ޕީޕީއެމްގެ ވަކީލުންގެ ޓީމުގައި ވެސް އޭނާ ހިމެނިވަޑައިގަތެވެ. ޖިނާއީ އަދި މަދަނީ ގިނަ މައްސަލަތެއްގައި ވެސް ޒަނީން ވަކާލާތު ކުރެއްވި އެވެ.
މިއީ ރާއްޖޭގައި ކޮވިޑް ޖެހިގެން އެންމެ ގިނަ މީހުން ނިޔާވި މަހަށް ވެފައިވާއިރު، މިހާތަނަށް ޖުމުލަ 122 މީހަކު އެ ބަލީގައި ވަނީ ނިޔާވެފަ އެވެ. މި މަހު އެކަނިވެސް މިހާތަނަށް 49 މީހަކު ވަނީ ރާއްޖޭގައި ކޮވިޑްގައި ނިޔާވެފަ އެވެ.
ރާއްޖޭގައި ކޮވިޑް ޖެހޭ މީހުންގެ އަދަދު މަތިވަމުންދާއިރު، މިހާރުގެ އެންމެ ބޮޑު ކަންބޮޑުވުމަކީ އެ ބަލީގައި ނިޔާވާ މީހުންގެ އަދަދު ގިނަވާ މައްސަލަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޝިފާ
24 May 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ. މިހާ ނިޔަނެތި ވަފާތެރި ތެދުވެރި ޚުލްގު ހެޔޮ މީހަކު މަދުވާނެ، ލާމަސީލު ނަމޫނާ އެއް މިގެއްލިގެން ދިޔައީ. މިވަރު ވާއިރުވެސް ސަރުކާރު ނިދާފައި އޮތީމަ ކަންބޮޑުވޭ. ޒަނީނު އަށް ދަރިޔަކު ލިބިވަޑައިގެންނެވިތާ 2 ހަފްތާ. ޒުވާން އަނބިކަނބަލުން ހުވަފަތްވީ. ޒަނީނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން!
ހިތްހެޔޮރަހްމަތްރެތި ޒަނީނުއަށް
23 May 2021
ވަރަށް ވަރަށް ވަރަށް ދެރަވެއްޖެ! ޒަނީނު އަކީ ވަރަށް ހިތްތިރި އޯގާތެރި އަދި ރަހްމަތްތެރި ވަކީލެއް. ކޮންމެ މީހަކާވެސް ހަމަ އެހާ އެކުވެރިކޮށް އުޅޭނެ. މަގޭ އަލަތު ކައިވެންޔަށް ކޯޓުގެ މަރުހަލާގައި އަމިއްލަޔަށްއިސްނަގައިގެން އުޅެދިން. އަބަދުވެސް ޒަނީނު އަހަރަމެންގެ ހިތުގައި ވަރަށް ހާއްސަވާނެ. إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ޖާބެ
22 May 2021
إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ
ށަވިޔަނި
22 May 2021
اللَّهُمَّ اغْفِرْ لَهُ وَارْحَمْهُ وَعَافِهِ وَاعْفُ عَنْهُ وَأَكْرِمْ نُزُلَهُ وَوَسِّعْ مُدْخَلَهُ وَاغْسِلْهُ بِالْمَاءِ وَالثَّلْجِ وَالْبَرَدِ وَنَقِّهِ مِنَ الْخَطَايَا كَمَا نَقَّيْتَ الثَّوْبَ الأَبْيَضَ ޒަނީން ނިޔާވި ޚަބަރުލިބުމުން ވަރަށް ފުން ހިތާމައެއް ލިބުނެވެ. ޒަނީނަކީ މަށަށް ލިބޭ ބައެއް ކޭސްތަކުގައިވެސް ކޯޓަށް ގޮސްދިން ވަރަށްގާތް އެކުވެރިއެކެވެ. ހިތް ހެޔޮމީހެކެވެ. ގާނޫނީ ކަންކަމުގައި ލަފާދީ ލަފާ ހޯދާވެސް ހެދިއެވެ.
ޢައްފާން
22 May 2021
Aameen إِنَّا لِلَّٰهِ وَإِنَّا إِلَيْهِ رَاجِعُونَ.
އެކުވެރި
22 May 2021
?????انا لله وانا اليه راجعون. اللهم اغفر له وارحمه وعافه واعف عنه ووسع مدخله واغسله بالماء والثلج والبرد ونقه من الخطايا كما ينقى الثوب الأبيض من الدنس.
ރަދުން999
22 May 2021
މާތްﷲ ޒަނީނަށް ސުވަރުގޭގެ މަތިވެރި ނިއުމަތް ލައްވާށިއެވެ. ވަރަށް ރަނގަޅު ގާނޫނީ ވަކީލެއް. ގާތް އަޚެއް. އާއިލާއަށް ކެތްތެރިކަން ދެއްވާށިއެވެ.
wahާ
22 May 2021
إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ
ރަދީފުލް ކުމާރު
22 May 2021
إِنَّا لِلّهِ وَإِنَّـا إِلَيْهِ رٰجِعونَ.
އަދާލަތު
22 May 2021
މާތްﷲ މައްޔިތާގެ ފާފަ ފުއްސަވާ، ފުރާނަފުޅަށް ދާއިމީ ސުވަރުގޭގެ ނިޢުމަތް ދެއްވަވައި، ޢާއިލާޔަށް ކެތްތެރިކަމާއި، ހެޔޮދަރުމަ މިންވަރު ކުރައްވާށި. އާމީން