އިސްލާމިކް މިނިސްޓްރީން ބުނީ، 37 މިސްކިތުގެ ފާހާނާތައް ވެސް ބޭނުންކޮށް، ވުލޫއު ވެސް ކުރެވޭނެ ކަމަށް.
މާލެ: މޭ 6، 2019- އިސްލާމީ މަރުކަޒުގައި ޖަމާއަތުގައި މިއަދު ކުރި މެންދުރު ނަމާދަށް ފަހު، ގުރުއާން ކިޔެވުމާއި ދުއާކުރުމުގައި ބަޔަކު ވަގުތު ހޭދަކުރަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު
01 ޖޫން 2021 - 21:27
މާލެ ސަރަހައްދުގައި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި ސަރުކާރުން އެޅި ރައްކާތެރިކަމުގެ ފިޔަވަޅުތަކުގެ ތެރެއިން، މިސްކިތްތައް ބަންދުކުރަން ނިންމި ނަމަވެސް މާލެ، ވިލިމާލެ އަދި ހުޅުމާލޭގެ 40 މިސްކިތުގެ ތެރެއިން 37 މިސްކިތެއްގައި ވަކިން ނަމާދުކުރެވޭނެ އިންތިޒާމު މިހާރު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް އެފެއާޒް މިނިސްޓްރީން މިރޭ ބުނެފި އެވެ.
އެޗްޕީއޭގެ ގައިޑްލައިނާ އެއްގޮތަށް މިސްކިތްތަކުގައި މީހުން އަމަލުނުކުރާ ކަމަށް ބުނެ، މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ ހުރިހާ މިސްކިތްތަކެއް އިސްލާމިކް މިނިސްޓްރީން ބަންދުކުރީ މިދިޔަ މަހުގެ 26 ގަ އެވެ. އެކަމަކު، އާންމުންގެ ފާޑުކިޔުންތަކާ ގުޅިގެން އެ އުސޫލަށް އެ މިނިސްޓްރީން ބަދަލު މި ގެނައީ އެ ނިންމުމަށް މާދަމާ ހަފުތާއެއް ވާން އުޅެނިކޮށެވެ.
"މިސްކިތްތައް ބަންދުކުރަން ނިންމި ކަމުގައި ވިޔަސް، ބައެއް އާންމު ފަރާތްތަކުން ޚާއްސަ ހާލަތްތަކުގައި މިސްކިތްތައް ބޭނުންކުރަމުންދާތީ، މާލެ ސަރަހައްދުގައި ހިމެނޭ 40 މިސްކިތުގެ ތެރެއިން 37 މިސްކިތުގައި ނަމާދުކުރުމާއި ފާހާނަކުރުމާއި ވުޟޫއުކުރެވޭނެ އިންތިޒާމު މިހާރު ވެސް ހުރިކަން ފާހަގަކުރަމެވެ،" އެ ނޫސްބަޔާނުގައި ވެ އެވެ.
މިސްކިތްތައް ބަންދުކުރުމުން މިނިސްޓްރީ އާއި ސަރުކާރަށް ވަރަށް ގިނަ ބައެއް ފާޑުކިޔުންތައް އަމާޒުވެފައިވެ އެވެ. އަދި މިސްކިތްތައް ބަންދުކޮށްފައި ހުއްޓާ ބައެއް މީހުން އެ ތަންތަނަށް ދިއުމުން ޖޫރިމަނާ ކުރި ކަމަށް ބުނާ މައްސަލަތަކެއް ވެސް ފެންމަތިވި އެވެ. އެކަމަކު، އެ ވާހަކަ ދޮގުކޮށް، ފުލުހުން ބުނީ މީހުން ޖޫރިމަނާކޮށްފައި ވާނީ ހުއްދަނެތި މަގުމާތީގައި އުޅުމުން ކަމަށެވެ.
Guideline ah amalu nukuraathee miskiy thah bandhu koffi
The most trusted news source in the Maldives
Mihaaru
ގައިޑްލައިނަށް އަމަލުނުކުރާ ކަމަށް ބުނެ މިސްކިތްތައް ބަންދުކުރީ މިދިޔަ މަހު 26 ގައި.
މާލެ ސަރަހައްދުގައި އެންމެ ފުރަތަމަ ކޮވިޑްގެ ހާލަތު ގޯސްވި ދުވަސްވަރު ނުވަތަ ފުރަތަމަ ލޮކްޑައުންގައި ވެސް މިސްކިތްތައް ބަންދުކުރި އެވެ. އެއީ މާޗު 18، 2020 ގަ އެވެ. އަދި އެ ލޮކްޑައުން އަށް ފަހު ދިން ލުއިތަކާއެކު މިސްކިތްތައް އަލުން ހުޅުވީ ތިން މަސް ފަހު ޖުލައި 1، 2020 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޮކްޓާރ. ބަނާނާ
02 June 2021
އުފާވެރި ޙަބަރެއް! އެކަމަކު ބަގުލާދޭޝް "ބޭފޫޅުން" ނިދާ ފާހާނާކޮށް ކެއުމާއި ބުއިމުގެ ކަންތައްތައް މިސްކިއްތެރޭގައި ކުރުމަށް ފުރުސަތު ނުދެއްވުންއެދެން!
ދަންޑަހެލި
02 June 2021
ހެޔޮ އެއްގޮތެއްވެސް ނޯންނާނެ. ލޯކަލް ކައުންސިލަށް ކެންޕޭނު ނުކުރެވިގެން ހަޅޭއްލަވާ ހީވަނީ އެހެންކަމެއްހެން. ކޮވިޑެއް ނޫޅެއޭ އެއީސަރުކާރު އިދިކޮޅުދެކެބިރުން އެންމެން ގެއަށްވައްދަން ކުރުކަމެކޭ ވެސްކީ. ދެން ކޭސްތައްގިނަވީމަ ކީ ލޮކްޑައުން ކުރާކަށްވެސް ނޫޅެއޭ މިހާރު ކިހާބައެއްހޭ މި މަރުވަނީ. ދެން ލޮކްޑައުން ކުރީމަ މިކިޔަނީ ކިހާ ބޮނޑުކަމެއްހޭ މީހުނގެ ވިޔަފާރި ހުއްޓި މީހުން ބަޑަށްޖެހެނީއޭ މީ ދިވެހިންގެ ހާލު ހުރިގޮތް.
ހަސްނު
02 June 2021
މާދަން ކާރު ޑޮރައިވަރުން ، އަނެއް ދުބަހު ސެލޫން ދެން ރެސްޓޯރަން ހިންގާ މީހުން ޖާމާއައި ހަދައިގެން ދާނެ ހުއްދަ ހޯދަން ،،،،، މިހާލަތުގައި މިސްކިތައް ހުޅުވާކައް ނުޖެހޭ... ތިބުނާ ހެން ހުޅުވަން ޖެހެންޔާ މައްކާގެ މާތް ހަރަންފުޅު ހުންނާނީ މިވަގުތު ހުރިހާ ގައުމެއްގެ މީހުން ހައްޖައް ދެވޭގޮތައް ހުޅުވާފަ. ބަޔަކައް ހީވާއެއްޗެއް އެމީހުން އެކަންޔޭ މުސްލިމުންނައް ދުނުޔޭގަ ތިބީ އަދި އެމީހުން މިސްކިތައް އަރައިގެން ނަމާދު ނުކުރަންޔާ ނަމާދު ކުރާބައެއް ނޫޅޭނެޔޭ
ޓޮއްޓޮއް
02 June 2021
ސައޫދީ އަރަބިޔާ ގެ މާތް މިސްކިއްތަކުގަ އޮންނަގޮތަށް، ބަންގިގޮވާ ވަގުތު ތާޅަފިލި އަޑު މަޑުކުރަން އެބަޖެހޭ. އަދި ބަންގިގޮވާނިމުމުން ތާޅަފިލި ނިއްވާލާނަވެސް ޖެހޭ. ގަމަތް ދޭ އިރުގަޔާ، ނަމާދުކުރާ އިރު ތާޅަފިލި ބޭނުން ނުކުރުން ވެސް މުހިންމު. ޙުތުބާ ކިޔާއިރުވެސް ތާޅަފިލި ބޭނުން ނުކުރަންވީ. މިކަންކަމީ ކީރިތި ގުރުއާން، ރަސޫލަގެ(ސއވ) ސުންނަތް އަދި ދީނީ އިލްމްވެރިންގެ އިރުޝާދުގެ މައްޗައް ނިންމާފަ ވާކަމެއްކަމައް ސައޫދީ މިނިސްޓަރު ވިދާޅުވަނީ.
ހައްބޮއްރާސް
02 June 2021
އެހެންވީމަ މާލެ ސަރަހައްދުގައި 40 މިސްކިތުން 37 މިސްކިތް ބޭނުން ކުރެވެންޏާ ބަންދުވީ އެންމެ 3 މިސްކިތެވެ. ސަރުކާރުން ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އެހީއެވެ. ނަމަވެސް ސުވާލަކީ މިސްކިތަށް ދާ މީހުން އެޗްޕީއޭގެ ގައިޑްލައިން ފޮލޯ ކުރަނީ ކިހާވަރަކަށްހޭ. ބޭރުގަ އުޅޭ ގަޑީގަ މަވެސް ދަނީ މިސްކިތަށް. %90 މީހުން މުސައްލަ ނުގެނޭ. މަދު ބަޔަކު މާސްކް ނާޅަނީ، އެކަމަކު %90 މީހުން ތިބެނީ ކުރިންވެސް ތިބޭހެން ކޮނޑާއި ފައި ޖައްސައިގެން ގައިދުރު ނުކޮށް.
ހަސް
02 June 2021
ޢިސްލާމމމމމމ މިކް މިނިސްޓަރު އިސްތިއުފާ 1 މިސްކިއްތަކިގެ ޖަމަޢަތް ހުއްޓާލަނީ ދެތިން އިމާމުންގެ ސަބަބުންނޯ 2 މިސްކިއްތަކިގެ ޖަމަޢަތް ހުއްޓާލަނީ ކުދިކުދި ޖަމާޢައް ހަދާތީއޯ 3
ބޮޑުމީހާ
02 June 2021
މިސްކިތްތައް ބަންދުކުރި ލަގަބުވެސް މިސަރުކާރުން ހޯދައިފި. ރަގަޅު ކަމެއް ނުވާތާ މުޅިން ގޯސްފަޅި ބަރު މިވަނީ
Happy 321
01 June 2021
މަވެސް މިސްކިތައްދިޔުން މެދުކަޑާލީ މިސްކިތަށް އަރާގިނަމީހުން އެޗްޕީޢޭ އިން އަންގާފައިވާ ގަވާއިދުތަކަށް އިހުތިރާމް ނުކުރާތީ.. މާސްކުނާޅާ ގއަިދުރުނުކޮށް އުޅުނީ... ހުރިހާވެސް ގެއްލުމެއް ހައރިސްކު މީހުނަށް
ބަނޑޭރި
01 June 2021
ޝުކްރަން
ހަސަނު
01 June 2021
ފުރުގާން މިސްކިތާ އަދި ބައެއް އެހެން މިސްކިތް ތަކުގަ މުދިމު ވެސް ގޮވާ ގާތް ގާތުގާ ފަޔަށް ފައިން އަރައިގެން ތިބެން.. މިސްކިތް ތައް ރަނގަލަށް މެނޭޖް ނުކުރެވޭނެ ނަމަ، މިސްކިތްތައް ހުޅުވުމަކީ ގޯހެއް..
ހަސަނުބެ
02 June 2021
ތީ ބުހުތާނު ދޮގެއް. ކުރިން ކޮނޑާކޮނޑު ފަޔާއި ފާ ޖެހޭގޮތަށްތިބެން ބުނާނެ. އެއީ ނަމާދުގަ ތިބެންޖެހޭގޮއި. އިމާމުންގެ ޒިންމާއެއް އެކަން ހަދާން ކޮއްދިނުމަކީ. އެކަމަކު މިހާރު ނުކިޔާނެ
ޢިޙްސާސް
02 June 2021
ކަލޭގެ ހުރި ނުބައިކަން ނިކަންދެކުބަލަ. ތީ ކަނޑައެޅިގެން ބޮޑު ދޮގެއް. ތިއިން އެއްވެސް މިސްކިތެއްގައި ފަޔަށް ފައިން އަރައިގެން ތިބޭކަށް ނުގޮވާ.
ޟޮއެއި
02 June 2021
ޠަގީން މީ މިސްކިތައްނާރާ ފިތުނަ އުފައްފާމީހެއް
ހަސަންބޭ
02 June 2021
ބުޙުތާނު ދޮގެއް ތިހެދީ ހެޔޮނުވާނެ ތިކަހަލަ ދޮގު ކަނޑަ އެޅިގެން ހަދަން
ރޯނުއެދުރު
01 June 2021
އޯކޭވާނެ ފެންވަރާ, ފާހާނަކޮށް, ބާބަކިއުހަދައިގެން ކައިބޮއި ހަދާ, އަދިނިދިޔަސް, މިސްކިތެއްނުން...މުޒާހިރާނޮކޮށް ހިޔެއްނުވެ މިއަހަރުގަވެސް ހައްޖުގެއަޅުކަން އަދާކުރުމަށް ދެވޭނެހެނެއް ދޯދޯ "ކެއްތެރިކަމެއްނެތްބައެއްގެ ކޮންއީމާންތެރިކަމެއް ހުންނާނީ"