އުމުރުން 10 އަހަރުގެ ކުއްޖާ މަރުވީ މާ ބޮޑަށް ހާލު ދެރަވެގެން މިރޭ އައިޖީއެމްއެޗަށް ގެންދިޔަ ފަހުން.
މާލެ- މޭ 21، 2021: މާލެ ސަރަހައްދުން ކޮވިޑް-19 ގެ ސަބަބުން މަރުވި މީހެއްގެ ޖަނާޒާ ކުރިއަށް ދަނީ--. ފޮޓޯ: ނިޝާން އަލީ/މިހާރު
02 ޖޫން 2021 - 02:32
ރާއްޖެ އިން ކޮވިޑް ބަލީގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖަކު މިރޭ މަރުވެއްޖެ އެވެ. މިއީ މި ބަލީގަައި ރާއްޖެ އިން ކުޑަކުއްޖަކު މަރުވި ފުރަތަމަ ފަހަރެވެ.
މަރުވި ކުއްޖާގެ އާއިލާއާ ގާތް މީހަކު "މިހާރު" އަށް ބުނީ، އެ ކުއްޖާ މަރުވީ މާ ބޮޑަށް ހާލު ދެރަވެގެން މިރޭ އައިޖީއެމްއެޗް ގެންދިޔަ ފަހުން ކަމަށެވެ. ހޮސްޕިޓަލަށް ގެންދިޔައިރު ވެސް އެ ކުއްޖާގެ ހޭނެތިފައިވާ ކަމަށް އާއިލާ އިން ބުންޏެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އެ ކުއްޖާ ކޮވިޑަށް ޕޮޒިޓިވްވެފައިވާ ކަމަށާއި ނަމަވެސް ހާލު ދެރަވާން ފެށީ މީގެ ދެ ދުވަަސް ކުރިން ކަމަށް އާއިލާ އިން ބުނެ އެވެ.
މި މަސް އިއްޔެ ފެށުނުއިރު، އެ ދުވަހު އެކަނި ވެސް ކޮވިޑް ބަލީގައި އަށް މީހަކު މަރުވި އެވެ.
މި ކުޑަކުއްޖާއާ އެކު ކޮވިޑް ބަލީގައި ރާއްޖެ އިން މިހާތަނަށް 170 މީހަކު ވަނީ މަރުވެފަ އެވެ.
އެޗްޕީއޭ އިން ކުރިން ބުނެފައިވާ ގޮތުގައި، ކިޑްނީގެ ބައްޔަށް ބޭސްކުރަން މާލެ އައި ތަނުން ކޮވިޑް ޖެހި، ހާލު ދެރަވެގެން ވެސް އުމުރުން ހަތް އަހަރުގެ ކުއްޖަކަށް އަންނަނީ ވެންޓިލޭޓަރުގައި ފަރުވާދެމުންނެވެ. ތ. ވިލުފުށިން މާލެ އައި އެ ކުއްޖާގެ ހާލު ސީރިއަސް ކަމަށް މީގެ ހަތަރުވަރަކަށް ދުވަސް ކުރިން އެޗްޕީއޭ އިން ބުނެފައި ވެ އެވެ.
އެ އިދާރާ އިން ބުނެފައިވާ ގޮތުގައި، ކޮވިޑް ޖެހިގެން އުމުރުން 18 އަހަރުން ދަށުގެ 240 ކުޑަކުއްޖަކަށް އަންނަނީ ފަރުވާދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މިނިމަލް
02 June 2021
ވަރަށް ދެރަވޭ މި ޙަބަރު ފެންނާތީ.
ވަތަނ
02 June 2021
މިއިން އެނގެނީ މިހާރު މި ވައިރަހުގެ ނުރައްކާތެރިކަން އިތުރުވެފައިވާ މިންވަރެވެ. އަދި ދަންނަވަމެވެ. ރަށްރަށުގެ ސިއްހީމަރުކަޒުތަކުގެ އެމްބިއުލަންސްވެސް ނާޒުކުވަގުތުތކުގައި ލަސްވާފަހަރު އަންނަމުން ގޮސްފައިވެއެވެ.
ޑޮކްޓާރ. ބަނާނާ
02 June 2021
ކޮވިޑް ބަލީގައި ރާއްޖެ އިން ފުރަތަމަ ފަހަރަށް ކުޑަކުއްޖަކު މަރުވެއްޖެ މިސުރީހީގެ ބަދަލުގައި ކުޑަކުއްޖަކަށް ހޮސްޕިޓަލަށް ނުގެންދެވި ފަރުވާ ނުލިބި މަރުވެއްޖެ! ސުރުހީ ގެރަގަޅު ގޮތް. ޝުކުރިއްޔާ އިފޫ!
ޙެތްމިނިސްޓަރ
02 June 2021
ޙެލްތް މިނިސްޓރ ބުނުވީ ކޮވިޑް ޖެހިގެން މަރުވާ މީހެން ނިސްބަތުން މަދޯ. 900:10 900 މީހުން ތެރޭން 10 މީހުން މަރުވޭ.
ގެދާނޯމޮސް
02 June 2021
މާބޮޑަށް ސަރުކާރުގެ ވަސީލަތްތަކަށް ޑިޕެންޑް ވެގެން ނުތިބެ ދެވެން އޮތްފަރުވާއެއް ދީގެން ރަނގަޅުވޭތޯ ބެލުން މިހާލަތުގަ ކުރަންޖެހޭ ކަމަކަށް އަދިވާނެއެވެ.
ފަޓްލޫން
02 June 2021
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ
ހިރަޔާ
02 June 2021
ކޮވިޑް ވެގެން ކުޑަ ކުއްޖަކު މަރުވުމަށް ވުރެ މި ހާދިސާ މާނަ ކުރެވެނީ އިހުމާލުން ކުޑަ ކުއްޖެއްގެ ފުރާނަ ދިއުން ކަމަށް
ރަދީފްއޮފިޝިއަލް
02 June 2021
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ. އާއިލާއަށް ލިބުނު ފުން ހިތާމައިގަ ބައިވެރިވަން.ވ.ވެދުން
ވެދުން ސަލާމަށްފަހު
02 June 2021
إِنَّا لِلَّهِ وَإِنَّا إِلَيْهِ رَاجِعُونَ 2 ދުވަސް ކުރިން ހާލު ދެރަވަން ފެށީރު، ވީއެންމެ އަވަހަށް އެޗްޕީއޭ އަށް އެކަން އަންގައި ފަރުވާ ހޯދޭތޯ ކޮންމެ ބޭފުޅެއްވެސް އުޅެންވާނެ.. އެހައި ސީރިއަސް ވަންދެން މަޑު ނުކުރުމަށް އިލްތިމާސް ކުރަން. މައްޔިތާއަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖަ މާތްﷲ ސުބްޙާނަހޫވަތައާލާ މިންވަރު ކޮށްދެއްވުން. އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށިއެ.
ރާއްޖެ
02 June 2021
އެމްބިއުލަންސް އިމަޖެންސީ ވެގެން މީހަކު ގުޅީމާ ކިލޯމީޓަރެއް ހަމަ ނުވާ ތަނެއްގަ 2 ގަޑި ފަހުން ބަލިމީހާއަށް އެޑެންޓްވުން އެއީ އިހުމާލެއް. މި ދަނޑިވަޅުގަ ރައްޔިތަކަށް އެހެން ޗޮއިސް އެއް އޮތީކީ ނޫން. މިއީ ހިނގައިގެންވާނޭ ކަންކަމެއް ނޫން.
ހިމާރުލްގައުމު
02 June 2021
ސާލިހުގެ ހިންގުންތެރި ސަރުކާރުގެ މޮޅުކަން. ރައްޔިތުން ގޭގަ ބަންދުކޮށްފަ އިމަޖެންސީ ކަމެއްގަ ނުކުތަސް ޖުރިމައިނާކޮށް ފެލާލައިގެން މިދިޔަ ހަފްތާގަ މިލިއަނުން ރުފިޔާ ލިބިއްޖޭ ކިޔައި އިއުލާން ކުރަނީ. ކޮބައިތަ މީނަގެ ލަދުހަޔާތް.
ކާފަގެ ބަސްނާހާ ދަރި
02 June 2021
ސޯލިހު އިންތިހާބު ވެގެން ދިވެހިން ހީކުރީ ލައްކަ އެކޭ! އެއްވެސް ގާބިލު ކަމެއް ނެތް ބޮލެއް !އިސްތިއުފާ ދީ!