މެމްބަރު ހައިތަމް: މިޝްކާއަށް ފަރުވާ ދިނުން ލަސްވި މައްސަލަ ބަލަން މަޖިލީހަށް އޭނާ ވަނީ ހުށަހަޅާފައި --- ފޮޓޯ/މިހާރު
02 ޖޫން 2021 - 14:33
ކޮވިޑް-19 ގައި ރޭ ނިޔާވި ފާތިމަތު މިޝްކާ މުހައްމަދަށް ފަރުވާ ދިނުން ލަސްވި މައްސަލަ ބަލަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
ހދ. ކުޅުދުއްފުށި، ލާޖަހާގޭ މިޝްކާއަކީ އެ ބަލީގައި ރާއްޖެ އިން ނިޔާވި ފުރަތަމަ ކުޑަކުއްޖާ އެވެ. މިޝްކާ، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައި ވަނިކޮށް، ރޭ އޭނާގެ ހާލު ގޯސްވާން ފެށުމުން ހެލްތް ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އަށް ގުޅިޔަސް، އެމްބިއުލާންސް އައީ ދެ ގަޑިިއިރަށް ވުރެ ގިނައިރު ވީ ފަހުންނެވެ.
އެ މައްސަލަ ބަލަން މަޖިލީހަށް ހުށަހެޅުއްވީ މައްޗަންގޮޅީ ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ހައިތަމެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އޭނާ ފޮނުއްވި ސިޓީގައި ވަނީ ކުއްލި ހާލަތްތަކުގައި ފަރުވާ ލަސްވުމުގެ ޝަކުވާ މީގެ ކުރިން ވެސް ލިބޭ ކަމަށާއި މިކަން ތަކުރާރުވާ ސަބަބު ދެނެގަތުމަށާއި ޒިންމާ ނަގަންޖެހޭ ފަރާތްތަކާ ސުވާލު ކުރުވެން ޖެހޭނެ ކަމަށް ގަބޫލު ކުރައްވާ ކަމަށެވެ. އެހެންވެ، އެ މައްސަލަ ވީހާ ވެސް އަވަހަކަށް މަޖިލީހުން ބަލައި، ޒިންމާ ނަގަންޖެހޭ ފަރާތްތައް ކޮމިޓީ އަށް ހާޒިރުކުރަން އެދޭ ކަމަށް އެ ސިޓީގައިވެ އެވެ.
އެމްބިއުލާންސް ފޮނުވުން ލަސްވި މައްސަލާގައި އެޗްޕީއޭ އާއި ސަރުކާރަށް ގިނަ ފާޑުކިޔުންތަކެއް ދަނީ އަމާޒުވަމުންނެވެ. ހެލްތް މިނިސްޓްރީން ބުނީ އެ މައްސަލަ ބަލަމުންދާ ކަމަށާއި އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ.
ކޮވިޑް-19 ގައި މިދިޔަ އަހަރު އުމުރުން ދުވަސްވީ ދެމަފިރިއަކު މަރުވީ ވެސް އެޗްޕީއޭގެ ފަރުވާ ލަސްވުމުންނެވެ. އެ މައްސަލައިގައި ވެސް ގިނަ ފާޑުކިޔުންތަކެއް ސަރުކާރަށް އަމާޒުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެެރަވަރު
02 June 2021
މި ކުޑަކުޑަ ކުއްޖާގެ ފުރާނަ ދިއު މުގަ އެ މް.ޑީ.ޕީ މަޖިލިސް މެމ މްބަރުން ޝާ މިލުވޭ. ކޮވިޑަކީ ވަރަށް ލުއި ރޯގާއެކޭ މުންޖެކޭ ކިޔާފަ މުޅި ރާއްޖެއަށް ފަތުރައިފި. އިންތިހާބެއް ބާއްވާފަ. އިންޑިއާ އަށް ބޯޑަރު ބަންދު ނުކޮށް، ގެސްޓްހައުސް ތަކަށް އިންޑިޔާ މީހުން ގެނެސް. ނަސީ މު އެހުންނެވީ ބަސްނުވިކޭ އޮނޑިއެއްގެ ދިރުބާކޮޅަށް އަރުއްވައިގެން. ފުނުބެއްދޭ ވަރުގެ ބޮޑި ހިތާ މައެއް ލިބިގެން މިދަނީ.
ޟ އަސްލު
02 June 2021
ތިއީ އަލިފު ދާލު، ތިޔަތަނުން ބަލާ ހުކުމް ނުކުރާނެ މައްސަލައެއް މިދުނިޔޭގައި ނުހިގާނެ، ތިތަނަކާހެދި ގައުމު ދާމިސްރާބު ވެސް އޮޅޭހާ ވެއްޖެ،
އެޓޮމް
02 June 2021
މި މަޖިލިހުން ނުދެވޭ ފަރުވާއެއްނެތް، ހުރިހާކަމަކަށް ހައްލު، އެކަމަކު މަރު، ކަރަޕްޝަން ހައްދުފަހަނަޅާ ފަ
މަބުނީ
02 June 2021
ސިއްހީ ދާއިރާގެ މީހުންނަށްދޭންޖެހޭ ހުރިހާ އެލަވަންސެއްވެސް މި މީހުންނަށް ދޭންޖެހޭ. މިހެރީ މިމީހުންގެ ނުބައިކަން. އަދި ވެރިކަމާއި ވޯޓާއި ހެދި މޮޔަވެގެން ކޮއިޑް ފެތުރި ފެތުރި އޮއްވާ ވޯޓްލުން ބާވައި އަމިއްލަ އެދުން އިސްކުރިބައެއްތީ.
މަބުނީ
02 June 2021
ކުފޫ ހަމަނުވާ ބަޔަކަށް ކޮން ކަމެއް ބެލޭނީ , ނުބައްދަލް މުސާރަލިބޭ ކޮންކަމަކާ ހާސްވާންވީ. މިއަށްވުރެ ރަގަޅުނޅު ކުރަން އެވަޖެހޭ
އެމްސް
02 June 2021
މަޖިލިހުގަ ތިތިބަ ބޮޑުމުސާރަވެރިން ކޮންމެ މަހަކުވެސް މުސާރައިން ބަޔެއް ކޮވިޑް ފަންޑަށް ލައިގެން ނަމަވެސް ފެސިލިޓީސް އިތުރުކުރާކަށް ނުވޭތޯ؟ އަބަދު ސަލާންޖަހައިގެން އުޅޭ ޤައުމެއް މިނޫނީ އޮނާނެތޯ؟
ޑޮކްޓާރ. ބަނާނާ
02 June 2021
ކޮބާ ތޯ މިފަދަ މައްސަލަތައް ބަލަން ހުރި ސަރުކާރުހެ މުއައްސަސާތައް؟ ހަމަސިޔާސީ މީހުން މޮިފަދަ ކޮންމެ ކަމަކަށް އުދުޅި ބޭނުމުގެ ސަބަބަބުން މިހާލަތައް މިރާއްޖެ މިދިޔައީ! ފެއިލްޑް ސްޓޭޓޭ!
2222
02 June 2021
ބަލަންވީ މަޖިލިސް މެމްބަރުންގެ ނޭންގާނީކަން. ތެޅިގަނެފައި ބޭއްވި އިލެކްޝަން. އާދައިގެ ރޯގާއެއް ކަމަށް ހަދާ ރައްޔިތުންނަށް އޮޅުވާލި އޮޅުވާލުން.
ބަތޮލާ ފާތުމަ
02 June 2021
ތި އިއްޒެއްތެ ރި މެމްބަ ރުން ތިބެންވީނޫތޯ ފޫ ގަޅައިގެން ސިއްހީ ހިދުމަތް މިހާލަތު ގައި ފޯ ރު ކޮށް ދެ އް ވަން
ޝަހާދަތް
02 June 2021
ބަލަ ތި މަޖިލީހަކީ ގާނޫނު ހަދަން އޮތްތަނެކޭ. މައްސަލަ ބަލަން ޕޮލިހުން ތިބޭނެ
އެމްސް
02 June 2021
ކަމެއް ނެތް ތަނެއް ވީމަ ކޮންމެވެސް ކަމެއް ކުރަނީ، ރަަޢިއްޔަތުން ލޮލުގަ އަނދުނެއް އަޅުވަން! ދެންވެސް ޑްރާމާ ނުކުޅެ، ފެސިލިޓީސް އަށް ވޮލަންޓްރީ ކުރަން ނިކުތިއްޔާ ޔޯ؟