ހުޅުމާލޭގައި ސިޓީ ބައިކް ޕްރޮޖެކްޓު ފަށަން އެޗްޑީސީއާއެކު ބީއެމްއެލް އިން ސޮއި ކުރީ މިއަދު--
03 ޖޫން 2021 - 11:50
ހުޅުމާލޭގައި ބައިސިކަލު ކުއްޔަށް ދޭން "ސިޓީ ބައިކް" ޕްރޮޖެކްޓެއް ކުރިއަށް ގެންދިއުމަށް އެޗްޑީސީއާއެކު ބީއެމްއެލުން މިއަދު ސޮއިކޮށްފި އެވެ.
ބީއެމްއެލް އިން ބުނީ، މި ޕްރޮޖެކްޓްގައި 300 ބައިސިކަލް ކުއްޔަށް ދޫކުރާނެ ކަމަށާއި އަގު ވެސް ބޮޑު ނުވާނެ ކަމަށެވެ.
މި ޕްރޮޖެކްޓުގެ ދަށުން ކުއްޔަށް ދޫކުރާ ބައިސިކަލުތައް ހުޅުމާލޭގެ ކޮންމެ ސަރަހައްދެއްގައި ވެސް ދުއްވޭނެ އެވެ. ބައިސިކަލުތައް ޕާކު ކުރުމަށް ޑޮކިން ސްޓޭޝަންތައް ގާއިމު ކުރުމަށް ނިންމާފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
ޕްރޮޖެކްޓަށް ފަންޑު ކުރަނީ ބީއެމްއެލުން ކަމަށް ވާއިރު، ބައިސިކަލް ކުއްޔަށް ދޫކުރުމަށް ފަހު ފައިސާ ނަގަނީ އެ ބޭންކުގެ ޑިޖިޓަލް ބޭންކިން ހިދުމަތުގެ ތެރެއިންނެވެ.
ބީއެމްއެލް ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު ޓިމް ސޯޔާ ވިދާޅުވީ އެޗްޑީސީއާ ގުޅިގެން މި ޕްރޮޖެކްޓު ކުރިއަށް ގެންދަން ނިންމީ ބައިސިކަލަކީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ވަސީލަތަކަށް ވެފައި ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ވެސް އެހީތެރިވެދޭ އެއްޗަކަށް ވާތީ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މޮޑީ12345
04 June 2021
ބުރިޖުގަ ބައިސްކަލް ލޭން އެއް ހެދިނަމަދޯ....
ހަސަނު
03 June 2021
ވަރަށް ފައްކާ ކަމެއް.. މަލެއަށް އާދެވޭ ގޮތް ވާނަމަ ވަރަށް ފައްކާ ވާނެ...
ބަޑީ
03 June 2021
ބުރިޖުގާ ބައިސްކަލް ދުއްވުމުގެ ހުއްދަ ނުދެނީ ކީއްވެބާ؟ މާލޭގަ ހުރިހާ މަގެއްގަ ބައިސްކަލް ދުއްވޭ ކަމަށްވަންޏާ، ބުރިޖުގާ ހެލްމެޓްއަޅާގެން ބައިސްކަލް ނުދުއްވޭންވީ ސަބަބެއް ހަމަ އެއްގޮތަކަށްވެސް ނޭގުނު. މާލޭގެ މާހަލަބޮލިމަގުތަކުގާވެސް ބައިސްކަލާ އަބަދު އެކްސިޑެންޓްވެގެން އުޅޭތަނެއް ނުފެނޭ. ބައިސްކަލް ހުއްދަކުރަންފެނޭ.