ޚަބަރު / ހެލްތު މިނިސްޓްރީ

އިމަޖެންސީ ހިދުމަތް ހޯދަން ވަކި ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ފަށައިފި

ގައުމީ އެމްބިއުލަންސްގެ ހިދުމަތް ފަށަން ހުޅުމާލޭގައި މިިދިޔަ އަހަރު ށްގެންދިޔަ ޑްރިލް އެކްސަސައިޒްގެ ތެރެއިން--. ފޮޓޯ: ނިޝާން އަލީ/މިހާރު

އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑުކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަމްބަރެއް ހަމަޖެއްސުމުގެ މަސައްކަތް ހެލްތު މިނިސްޓްރީން ފަށައިފި އެވެ.

ކޮވިޑު-19 ގައި ރާއްޖެއިން ނިޔާވި އެންމެ ހަގު ކުއްޖާ، 10 އަހަރުގެ މިޝްކާ މުހައްމަދަށް ފަރުވާ ދިނުމުގައި ލަސްތަކެއް ހުރިކަމުގެ ފާޑުކިޔުންތަކާ އެކު މިނިސްޓްރީން ހެދި ރިވިއުގައި، އިމަޖެންސީގައި އެމްބިއުލާންސް ފޮނުވުން ދެ ގަޑިއިރަށް ވުރެ ލަސްވިކަން ހާމަވެފައިވެ އެވެ. އިމަޖެންސީ ހާލަތުގައި އެމްބިއުލާންސް އެކްޓިވޭޓްކުރުން ލަސްވުމާއި ކުއްޖާގެ ހާލަތުގެ ސީރިއަސްކަމާއި އެހީއަށް ބޭނުންވެފައިވާ އަވަސް މިންވަރު ކޯލް ސެންޓަރަށް ބެލިފައި ނުވާކަން ރިވިއު އިން ހާމަވެ އެވެ.

އެހެންވެ އެފަދަ ފަދަ ދެ ވަނަ ހާދިސާއެއް ތަކުރާރުނުވާނެ ގޮތަށް ބައެއް ބަދަލުތައް ގެނައުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް ބުންޏެވެ.

އެ ރިވިއުގައި ބުނި ގޮތުގައި އިމަޖެންސީ މެޑިކަލް ސާވިސް (އީއެމްއެސް) ވަކި ހިދުމަތެއްގެ ގޮތުގައި ގާއިމްކޮށް އިމަޖެންސީ ހާލަތްތަކުގައި އަވަހަށް ރެސްޕޮންޑުކުރެވޭނެ ގޮތަށް ވަކި ހާއްސަ ނަމްބަރަކަށް ގުޅޭނެ އިންތިޒާމު ހަމަޖެއްސުމުގެ މަސައްކަތް ވަނީ ފަށައިފަ އެވެ.

މިދިޔަ މަހުގެ ފަހުކޮޅު ކޮވިޑަށް ޕޮޒިޓިވްވި މިޝްކާގެ ހާލު ބޮޑުވުމުން ހޮސްޕިޓަލަށް ގެންދަން އެ ކުއްޖާގެ ބެލެނިވެރިން ކޯލް ސެންޓަރަށް އެތައް ފަހަރަކު ގުޅި އެވެ. އެމްބިއުލާންސް ދާނެ ކަމަށް ބުނެ މައުލޫމާތު ދީފައި ވިޔަސް އޭރު ވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައި ނުވާ ކަމަށް ރިވިއުގައި ބުންޏެވެ.

"މި ކޯލްތަކުގައި ކުއްޖާ ބަލައި ފޮނުވާނެ ކަމަށް ބުނެފައިވާ ކަމަށާއި ނަމަވެސް އެމްބިއުލާންސް އައިސްފައި ނުވާ ކަމަށާއި އެމްބިއުލާންސް އައުން ލަސްވާ ކަމަށް ބެލެނިވެރިޔާ ބުނެފައިވެ އެވެ. އަދި އެމްބިއުލާންސް ފޮނުވާފައިވާ ކަމަށް ކޯލް ސެންޓަރުގެ ފަރާތުން ވެސް ބުނެފައިވީ ނަމަވެސް އެމްބިއުލާންސް އެކްޓިވޭޓްކޮށްފައެއް ނުވެ އެވެ." އެ ރިވިއުގައި ވެ އެވެ.

އެމްބިއުލާންސް މާ ބޮޑަށް ލަސްވާތީ އެންމެ ފަހުން އެ ރޭ 11:27 ގައި، ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) ހިންގާ ދަރުބާރުގެއަށް އާއިލާއިން މީހަކު ފޮނުވި އެވެ. މިޝްކާ ބަލައި އެމްބިއުލާންސް ފޮނުވީ އޭގެ ފަހުންނެވެ. އެ ގޭ ދޮށަށް ދެވުނުއިރު 11:38 އެވެ. އަދި އޭރު ކުއްޖާގެ އެއްވެސް ހަަރަކާތެއް ނެތެވެ. އެހެންވެ ވަގުތުން ސީޕީއާރް ދޭން ފެށި ކަމަށާއި އަދި 11:42 ގައި އައިޖީއެމްއެޗްގެ އިމަޖެންސީ ރޫމަށް ގެންދިޔަ އެވެ.

އެ ކުއްޖާ ނިޔާވީ އޭގެ ފަހުންނެވެ.

34 ކޮމެންޓް, 7 ރިއެކްޝަންސް

icon happy icon happy 14%
icon sad icon sad 0%
icon angry icon angry 86%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ރާއްޖެ

06 June 2021

ކޮބައިތޯ މިދިޔަ އަހަރު އޮގަސްޓް މަހު ބޮޑު ރަސްމިއްޔާތު ބާއްވާފަ ތައާރަފް ކުރި “ނެޝަނަލް އެމްބިއުލަންސް ސަރވިސް”. އެ ޚިދުމަތް ކޮންތާކު ތޯ ވީ؟

The name is already taken The name is available. Register?

މާހިރު

05 June 2021

މިހާރަށްބަލާއިރު ހަދަންވީ އިމަޖެންސީއަށް ޚާއްޞަ އެޕެކެވެ. އެޕްގައި އިމަޖެންސީ އެހީ ފޯރުވައިދޭ ފަރާތަށް ބޭނުންވާ މައުލޫމާތު ފަސޭހައިން ފިލް ކޮށްލެވޭގޮތަށް ހެދުމުން ވަރަށްބޮޑުތަން ފަސޭހަވާނެކަމަށް ފެނެއެވެ. ފުރިހަމައެޕެއް ހެދިއްޖެނަމަ އެމީހަކަށް ދިމާވެގެންއުޅޭކަމަކާގުޅިގެން ސްކްރީންގައިކޮށްލެވޭ އެންމެ ޓަޗަކުންވެސް އެކަމާގުޅޭ ގިނަ މަޢުލޫމާތުތަކެއް ކަމާބެހޭފަރާތާ ޙިއްސާ ކުރެވިދާނެއެވެ. ގުޅައިގެން ކަންކަންކުރުމަށްވުރެ މިހާރު ޒަމާނީވާން ވެއްޖެއެވެ.

The name is already taken The name is available. Register?

މާހިރު

05 June 2021

102 އަކީ އެމްބިއުލަންސަށް ގުޅަން އިންނަ އިމަޖެންސީ ނަންބަރެވެ. އިމަޖެންސީގައި ގުޅަންއިންނަ ކުރު ނަންބަރުތަކަށް ކޮންމެ ސަރަހައްދަކުން ގުޅިޔަސް އެޚިދުމަތް އަވަސްކަމާއެކު އެންމެކައިރި ހިސާބަކުން ލިބެންވާނެއެވެ. އެމްބިއުލަންސަށްގުޅަންވެސް އެކިހިސާބުގައި އެކިނަންބަރު ބޭނުންކުރުމުން ދަތުރުވަރެއްގައި ތަނަކަށްގޮސްހުއްޓާ ކަމެއްދިމާވެގެން ގުޅަންބަލާއިރު ގުޅަންޖެހޭނަންބަރެއް އޮންނާނީ ނޭނގިފައެވެ. މިހާރަށްބަލާއިރު ހަދަންވީ އިމަޖެންސީއަށް ޚާއްޞަ އެޕެކެވެ.

The name is already taken The name is available. Register?

ޖުލައި2021

05 June 2021

911 އެއީ އިމަޖެންސީ އަދި ރެސްކިޔު ހުރިހާ ކަމަކަށް ގުޅާނަމްބަރު ކަމަށްހަދާ.

The name is already taken The name is available. Register?

ބޮޑުމީހާ

05 June 2021

މާދަމާ ބުނާނެ ނަމްބަރ ހަމަޖެއްސުން ކޮވިޑާއި ހެދި ލަސްވެއްޖެއޭ

The name is already taken The name is available. Register?

އެމްސް

05 June 2021

ކޮވިޑް ވަރަށް ގޯސް! ސްޓެލްކޯއަށްވެސް އެއުޅެނީ ކޮވިޑާއި ހެދި ހުޅުމާލެ ފޭސް 2 ގެފްލެޓްތަކަށް ކަރަންޓްވެސް ނުލެވިގެން! މިހާރު މިއީ 3 ވަނަ އަހަރު، އެހެންވީމަ ކިހިނެއް ކޮވިޑް ރަގަނޅޭ ބުނެވޭނީ!

The name is already taken The name is available. Register?

ރަދުން999

05 June 2021

ކިތައްމެ ގިނަ ނަމްބަރެއް ހަމަޖެއްސިޔަސް މީހުން ފަރުވާ ކުޑަވީމާ ހުރިހާ ކަމެއްވެސް ގޯސްކޮށް ހިނގާނެ. މީހުން ޒިންމާ ކުރުވާ. މަގާމުތަކަށް އެކަށީގެންވާ މީހުންލާ ބަލަ.

The name is already taken The name is available. Register?

ެަެއާސިިދަ

05 June 2021

ފޯނެއްނުނަގާ ނޫނީ އެންގޭޖް ތިކަން ތަންކޮޅެއް ސިރިއަސް ކަމެއްދީގެން ރަނގަލުކޮށްބަލަ.....ކބާ ނަސިމު

The name is already taken The name is available. Register?

ދަންޑެހެހެހެލް

05 June 2021

ކުރިއަރާފައިވާ ގައުމުތަކުގައި ހުރިހާ އިމަޖެންސީއަކަށް ބޭނުންކުރަނީ އެންމެ ނަމްބަރެއް. އެކީއްވެ؟ އެއީ އިމަޖެންސީވެގެން އުޅޭއިރު އެމްބިއުލޭންސް، ފަޔަރު، ޕޮލިސް މިހުރިހާ ނަމްބަރެއް އެންމެންގެ ހިތަކު ނުހުންނާނެ. އެހެންވެ އެމެރިކާގަ އިމަޖެންސީ ނަމްބަރަކީ 911، ޔޫކޭ 999، އިންޑިޔާ 112، ބަންގަލަދޭޝް 999. ރާއްޖޭގަވެސް ނޭޝަނަލް އެމަޖެންސީ ނަމްބަރެއް ކަނޑައެޅުން ވަރަށް މުހިއްމު.

The name is already taken The name is available. Register?

ބުރުހާން

05 June 2021

ތިކަމެއނުވާނެމިރާއްޖެއަކު! ޕުރީޕެއިޑުނަމްބަރެއްނަގާފަބުނާނެ މީއޭ އެމަރޖެންސީ ނަމްބަރަކީ

The name is already taken The name is available. Register?

ފަހުދު

05 June 2021

މޑޕ ސަރުކާރުން މުޅިންވެސް ވިސްނަނީ ، މަޝްވަރާ ކުރަނީ ، ހަމަޖައްސަނީ ، ބަލަނީ.

The name is already taken The name is available. Register?

އެޑްމުންޑޯ

05 June 2021

އާދޭސްކޮއްފަ ބުނަން ތިކަހަލަ ނަންބަރ ތައް ހަމަނުޖައްސާ ، ތިކަމުން އިތުރަށް ހިއްދަތިވުން ނޫންކަމެއްނުވާނެ ، މިހާތަނަށް ތިގޮތަށް ހަމަޖެއްސި އެއްވެސް ނަންބަރ އަކުން ގުޅާގުޅާ ވަރުބަލިވާއިރުވެސް ޖަވާބެއްނުލިބޭ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454